Wednesday, August 31, 2011

ބޮޑެތި މުޞީބާތްތަކުގައި ޞާލިޙުންނާއި ކުޑަކުދިން މަރުވަނީ ކީއްވެގެންހެއްޔެވެ؟



ލިޔުނީ: އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު....


އާދެ! ބައެއްފަހަރު ބޮޑެތި މުޞީބާތްތަކާއި ، ބޮޑެތި ޠޫފާންތަށް އައިސް ތަންތަން ހަލާކުވެގެންދާއިރު ސާލިޙު ރަނގަޅު މީހުންހަލާކުވެދަނީ ކީއްވެގެންހޭ ބައެއް މީހުން ބުނެއުޅެއެވެ . ޝައްކެއްނެތްގޮތުގައި އެއީ ވެދާނެކަމެކެވެ. ކީރިތި ރަސޫލާގެ އަރިހުގައި އަޞްޙާބުން ދެންނެވިއެވެ. އަޅުގަނޑުމެންގެތެރޭގައި ރަނގަޅު މީހުން ވަނިކޮށް ، އަޅުގަނޑުމެން ހަލާކުވެދާނެތޯއެވެ؟ އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި  އާއެކެވެ. ނުބައިކަންތައް ގިނަވެއްޖެނަމަ އެންމެން ހަލާކުވެދާހުއްޓެވެ ''

Monday, August 29, 2011

ﷲ ތަޢާލާ ދެއްވާފައިވާ ނިޢުމަތް ތަކަށް ޝުކުރުވެރިވާނީ ކިހިނެއް!

 އަހަރެމެން ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވި އިލާހު އަހަރެމެންނަށް ވަރަށް ގިނަ ގުނަ ވެގެންވާ ނިޢުމަތްތަކެއް ދެއްވިއެވެ. އެއީ އަހަރެމެން އެ ނިޢުމަތްތަށް ގުނާ ޢަދަދު ކުރަން އުޅެފިނަމަ ޢަދަދު ނުކުރެވޭނޭހާ ގިނަ ނިޢުމަތް ތަކެކެވެ. އެހެން ކަމުން އަހަރެމެންގެ މައްޗަށް ވާޖިބު ވެގެން ވަނީ މިނިޢުމަތް ތަކުގެ މައްޗަށް މި ނިޢުމަތްތައް ދެއްވި އިލާހަށް ޝުކުރުކުރުން ޙައްޤު ގޮތުގައި ޝުކުރު ކުރުމެވެ.

ދަރިފުޅާއި މޮހޮރުކޮތަޅު.



   އެއްރަށެއްގައި، ޢާއިލާއަކަށް ވަރަށް ރުޅިގަދަ ކުއްޖަކު ލިބުނެވެ. މިކުއްޖާއަކީ، އެހެން ކުދިންނާއި، ޖަދަލުކޮށް ޒުވާބުކުރާ ކުއްޖެކެވެ. ދަރިފުޅުގެ ބައްޕަ، އެއްދުވަހަކު ތަންކޮޅެއް އަވަހަށް މަހުން އައިއިރު، ގޭދޮށުގައި މީހުން އެއްވެފައި އޮތެވެ

Sunday, August 28, 2011

ފުރާނައިގެ ކާނާ

  ﷲ ސުބުޙާނަހޫ ވަތަޢާލާ އާދަމްގެފާނު ހެއްދެވީ ވެލީންނެވެ. ނުވަތަ މަށީންނެވެ. އިންސާނުންގެ ތެރެއިން އެންމެ ފުރަތަމަ އުފެއްދެވީ އާދަމްގެފާނެވެ. ތަކެތީގެ ތެރެއިން އެންމެ ފުރަތަމަ ހެއްދެވީ ޤަލަމެވެ.

ނަރަކައިގެ ބިރުވެރިކަމާއި ނާމާންކަމުން އަޅަމެން ސަލާމަތް ކުރައްވާށިއެވެ

އޭ ޣާފިލްވެފައިވާ އަޚުންނާއި އުޚްތުންނެވެ! މިފަނާވެ ދަނިވި ދުނިޔޭގެ ދަޅަތަކަށް ހެއްލިފައިވާ މީހުންނޭވެ! ތިބާ ދޫކުރަން ތިޔައުޅޭ ތަނާމެދު އެވަރަށް ނުވިސްނަވާށެވެ! އޭގެ ބަދަލުގައި ތިބާ ދާން އުޅޭ ތަނާމެދު ވިސްނަވާށެވެ! އެހެނީ އެންމެން ނަރަކައިގެ ކައިރިން ގެންދެވޭނެކަމަށް ވަނީ ޚަބަރުކުރެވިފައެވެ.

ނޫސްތަކުން ހަބަރު؛ 2013އަށް ވޯޓްލާނެ ރަގަޅުވެރިޔަކު ދައްކާދޭން ސަލަފުޖަމްއިއްޔާއިން އިންޓަރވިޔުކުރަނީ.

 ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވާދަކުރާނެކަމަށްބެލެވޭ ކެނޑިޑޭޓުންނާއިގުޅޭ މައުލޫމާތުތައް ދިރާސާކުރުމުގެ މަސައްކަތް ޖަމްޢިއްޔަތުއްސަލަފުން މިއަދު ފަށައިފިއެވެ.

Saturday, August 27, 2011

ލޮލުގެ ކޮއި...

    "އޭނާގެ މަންމަ ހުންނަނީ އެއް ލޮލެވެ. އޭނާ މަންމަ ދެކެ ވަރަށް ރުޅިއާދެއެވެ. މަންމައަކީ އޭނާގެ ޙަޔާތުގައި ޖެހިފައިވާ ލަދުވެތިކަމުގެ ލައްގަނޑެކެވެ. ޢާއިލާގެ ޚަރަދު ބަރަދު ބެލެހެއްޓުމަށްޓަކައި މަންމަ ކުރާ ކަމަކީ މީހުންނަށް ކައްކައި ދިނުމެވެ.

ސިރުކުގެ ވައްތަރުތައް ރާއްޖޭގައިވެސް އާންމެވެ.

  ޝިރުކު އުފެދުނުގޮތް

ނޫޙު ޢަލައިހިއްސަލާމުގެ ޤައުމުގައި ވަރަށް ޞާލިޙު ބަޔަކު އުޅުނެވެ. އެމީހުން އެގޮތުގައި އުޅެ ފަނާވެ ދިޔުމަށްފަހު އެމީހުންގެ ޤައުމުގެ މީހުންގެ ކައިރިއަށް ޝައިޠާނާ އައިސް ވަސްވާސް ލައިދިނެވެ.

ހަސަދަވެރިވުމާއި އީބަބުނުން.



ރޯދަވެރިޔާ، ރޯދައިގެ ވަޤުތުތަކުގައި، ކެއުން ބުއިމުން ދުރުހެލިވެ ހުންނަ ފަދައިން، 

މާތްﷲ ޙަރާމް ކުރައްވައިފައިވާ އެންމެހައި ކަންތައްތަކުން އެއްކިބާވެ ހުންނަންޖެހެއެވެ. އަދި ރޯދައަށް ހުންނަ ހުރުމުގައި، ދުރުހެލިވާންޖެހޭ ކަންތައްތަކުން، ދުރުހެލިނުވާނަމަ، ހަމަ އެކަނި ނުކައި ނުބޮއެ ހުރުމުގެ ބޭނުމެއް ނެތެވެ. އެހެނީ، ކީރިތި ރަސޫލާގެ ބަސްފުޅުތަކުން، އެނގޭ ގޮތުގައި، މާތްﷲ ނަހީ ކުރައްވައިފައިވާ އެންމެހައި ކަންތައްތަކުން ދުރުހެލިނުވެ، ރޯދަވެރިޔާއަށް ބަނޑުހައި ހޫނުކަމާއި، ކަރުހިއްކުން ނޫން އެހެން ކަމެއް ނެތެވެ. އަދި އެފަދަ މީހާގެ ރޯދަ، މާތްﷲ، ޤަބޫލު ނުކުރައްވާނެތެވެ.

ފިތުރު ޒަކާތް.

       ރަމަޟާން މަހުގައި، މާތް، އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް ރޯދަހިފުން ފަރުޟު ކުރައްވައިފައިވާ ފަދައިން، އެހެން ކަމެއްވެސް ފަރުޟު ކުރައްވައިފައިވެއެވެ. އެއީ (فِطْر زَكَاة) އެވެ.

Thursday, August 25, 2011

"ޖިންނިއަކާއި އެކު ދެކެވުނު ވާހަކަތަކެއް!"

އަހަރެމެން ކީރިތި ޤުރުއާނާއި ނަބިއްޔާ (صلى الله عليه وسلم) ގެ ސުންނަތް ކިޔާ އެޤަބޫލު ކުރަމެވެ. އަހަރެމެންނަށް އޭގައި ބަޔާންކުރެވިފައިވާ ކަންތައްތައް ފެނި ހެކި ނުވެވުނު ކަމުގައިވިޔަސް އަހަރެމެން އެއްވެސް ޝައްކަކާއި ނުލާ އެޤަބޫލު ކުރަމެވެ. ބައެއް ފަހަރު ﷲ ގެ ރަޙްމަތް ފުޅުން އަހަރުމެންނަށް، މިފަދަ ކަންތައްތައް ދެކި އަޑު އެހުމުގެ ނަސީބުލިބެއެވެ. އޭގެ ސަބަބުން އަހަރެމެންގެ ހިތުގެ ޘާބިތުކަން އިތުރުވާފަދަ ކަންތައްތަކެވެ. މިފަދަ ނިޢްމަތަކަށް އަހަރެމެން ﷲ ތަޢާލާއަށް ޙަމްދުކުރަމެވެ.

ކީރިތި ކުރެއްވުމަށް މަޖުބޫރުކުރުވީ ކޮންކަމެއްތޯއެވެ؟

 قَالَ عَلِىُ بْنِ أَبِى طَالِبٍ رضى الله عنه : دَخَلْتُ عَلَى النبىِّ صلى الله عليه وسلم أَنَا وَفَاطِمَة رضى الله عنها وَوَجَدْنَاه يبكى بكاءً شَدِيْدًا ، فَقُلْتُ لَهُ : فِداكَ أَبِى وَأُمِّى يَارَسُوْلَ اللهِ ، مَا الذِيْ أَبْكَاكَ ؟ قَالَ : يَا عَلِىُّ لَيْلَةً أُسْرِىَ بِى إلَى السَّمَاءِ رَأَيْتُ نِسَاءً مِنْ أُمَّتِى يُعَذِّبْنَ بِأَنْوَاعِ الْعَذَابِ فَبَكَيْتُ لَمَّا رَأَيْتُ مِنْ شِدَّةِ عَذَابِهِنَّ ، وَرَأِيْتُ امْرَأَةً مُعَلَّقَةً بِشَعْرِهَا يُغْلَى دِمَاغُهَا ، وَرَأِيْتُ امْرَأَةً مُعَلَّقَةً بِلِسَانِهَا وَالْحَمِيْمُ يُصَبُّ فِى حَلْقِهَا

Wednesday, August 24, 2011

މުދަލާއި ފައިސާ ހޯދުން.


  ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. 
"އެމީހަކަށް މާތް ﷲ މުދާ ދެއްވުމުން އެމުދަލުން އޭނާ ޒަކާތް ނުދޭކަމުގައިވާނަމަ ޤިޔާމަތް ދުވަހުގައި ﷲ އޭނާގެ މައްޗަށް ގަދަފަދަ ވެގެންވާ ވިހަގަދަ ބިޔަ ނާގަހަރުފައެއް ފާކުރައްވާނެތެވެ. އެސޮރުގެ އަނގައިން ބޮޑު ދެފޭރާދަތް ނިކުމެފަ ހުންނާނެއެވެ.

ސަދަގާތްކުރުމުގެ މާތްކަން.


( ކުރީދުވަހުގެ އަދަދާއި ގުޅޭ)
ޞަދަޤާތްކުރުމަކީ ހުރިހާބައްޔަކަށް ހުރި ފަރުވާއެއް
رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
[ داووا مرضاكم باالصدقة ] މާނައީ: " ތިޔަބައިމީހުންގެ ބަލިމީހުންނަށް ޞަދަޤާތުން ފަރުވާކުރާށެވެ"

Tuesday, August 23, 2011

ނަދުރު.

 الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ނަދުރަކީ އިންސާނާ ބޭނުންވާ ކަމެއް ފުދުމުގެ މައްޗަށް ނުވަތަ ފުދުމަށް އެދިގެން ނުވަތަ ހަމައެކަނި މާތް  އާއި ކުށްތަންވުމަށް އެދިގެން ތިމާގެ މަށްޗަށް އެކަލާނގެ ވާޖިބު ކުރައްވާފައި ނުވާކަމެއް އަމިއްލައަށް ވާޖިބު ކުރުމެވެ. ނުވަތަ ލާޒިމު ކުރުމެވެ.

ނޫސްތަކުން ހަބަރު: ވިލާ ޓީވީގެ" އިޖްތިމާއީދަރު ބާރު."

الحمد لله , والصلاة على رسول الله وبعد!
ވީޓީވީއިން މިރަމަޟާންމަހު ގެންނެސްފައިވާ "އިޖްތިމާޢީ ދަރުބާރު" ކިޔާ ދަރުބާރެއްގައި ސުންނަތުގެ ކަންކަމަށް ކުޑައިމީސްކޮށް ވާހަކަދައްކާފައިވާތީ އެކަމާއި ވަރަށްގިނައަޚުން ކަންބޮޑުވުން ފާޅުކޮށް ފޯނުންނާއި، އެސް.އެމް.އެސް އިންނާއި އަދި ބައްދަލުކޮށްގެންވެސް އަޅުގަނޑަށް ސުޥާލުހުށައަޅަމުންދާތީ

ނޫސްތަކުން ހަބަރު ؛ ފާޅުގައި އިސްލާމް ދީން ގަބޫލު ނުކުރާކަމަށް ދިވެހި އަންހެނަކު ބުނަންފަށައިފި.

 އައްޑޫ ސިޓީގެ މީދޫ އަންހެނަކު ، އޭނާ އިސްލާމްދީން ގަބޫލު ނުކުރާކަމަށާއި ، އަދި އިސްލާމްދީނަށް އޭނާ އިންކާރު ކުރާކަމަށް ފާޅުގައި ބުނަން ފަށައިފިއެވެ. ސ.މީދޫ ހުދުފަޅު  އައިމިނަތު ފަތޫނާ 22 އ ، އިސްލާމް ދީނުގައި ކުރަން އަންގަވާފައިވާ އަޅުކަންތައް ކުރަން އިންކާރު ކުރާކަމަށާއި ، އެއްކައުވަންތަ މާތް ﷲ ، އެއީ ނުވާ ފަރާތެއް ކަމަށް ބުނާކަމަށް އޭނާގެ މަންމަ އައިޝަދު ދީދީ ވަނީ މީޑިއާއަށް ހާމަކޮށްފައެވެ.

Monday, August 22, 2011

ސަދަގާތްކުރުމުގެ މާތްކަން.

ދަރުމަޔާއި ޘަވާބަށް އެދިﷲގެ ވަޖްހުފުޅަށްޓަކައި ތިމާގެ މުދަލުން ހޭދަކުރުމަކީ ޞަދަޤާތް ކުރުމެވެ. ޞަދަޤާތް ދިނުމަކީ އިސްލާމްދީނުގައި އެކަމަށް ބާރުއަޅުއްވާފައިވާ އަޅުކަމެކެވެ. އެއީ މިހާގެ ކިބައިގައި އީމާންކަން ވާކަމުގެ ޢަލާމަތަކެވެ.

ދެއްކުންތެރި ކަމާދުރުވާށެވެ.


ހައްވަ ކޮޓަރީގައި ނަމާދުކުރަމުންދިޔަލެއް އަވަސްކަމުން ހީވަނީ ޗާބީ ދީފައި ހުރި ބުދެއްހެންނެވެ. ނަމާދަށް ހަރަމް ބަނުމާއި ސަޖިދަ އަށް ދިޔުމާއި ދެމެދުގައި ބައި ސިކުންތު ނުވެޔޭ ބުންޏަސް ރަނގަޅުވާނެއެވެ. ކުއްލިއަކަށް މިއަވަސްކަމުގައި ނަމާދުގެ ރަކުއަތަކަށްފަހު ރަކުއަތެއް ކުރަމުންދަނިކޮށް ކޮޓަރީގެ ދޮރުން މީހަކުވަދެއްޖެއެވެ.

Sunday, August 21, 2011

ނޫސްތަކުން ހަބަރު..... .ސަންނޫސް ؛ ގަބުރުފެނިގެން އައްޑޫމިސްކިތެއްބަންދުކޮށްފި.



ގަބުރު ފެނިގެން ސ. ހިތަދޫގެ މިސްކިތެއް ބަންދުކޮށްފި

    21 އޯގަސްޓް 2011 - 3 ގަޑި 46 މިނެޓް ކުރިން

    0 ކޮމެންޓު


އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ "މަސްޖިދުލް ބާބުލް ހައިރު" އިން ގަބުރުފެނިގެން އެ މިސްކިތް އިއްޔެ ބަންދުކޮށްފި އެވެ.

އިސްލާމީ ޝަރީޢަތުގެ ފުރަތަމަ މަޞްދަރު: القُرْآن

 ސުވާލާއި ޖަވާބު

1) ކީރިތި ޤުރްއާނުގެ އެންމެ މަޝްހޫރު ނަމަކީ [قُرْآن] އެވެ. މި ލަފްޡުގެ މާނައަކީ ކޮބައިކަން ދަލީލާއެކު ބަޔާންކުރޭ!

ހަޔާތްބާއްޖަވެރި ވުމުގައިވާ ތިމާގެ ޒިންމާ.

ހަމަ ޔަޤީނުންވެސް ކޮންމެ އިންސާނަކީ އަމާން، އޮމާން، ބާއްޖަވެރި ޙަޔާތެއް ބޭނުންވާނެ މީހެކެވެ. މުސްލިމަކަށް ވިޔަސް ކާފިރަކަށް ވިޔަސް، ފަޤީރަކަށްވިޔަސް މުއްސަންޖަކަށް ވިޔަސްމެއެވެ. އެންމެންވެސް އެބަޔަކަށް ލިބިފައިވާ އެންމެހާ ވަޞީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރަމުން ދަނީ އުފާވެރި، ހިތްހަމަޖެހޭ ޙަޔާތެއް ހޯދުމަށެވެ.

Saturday, August 20, 2011

މަރުވެފައިވާ މީހުން މެދުވެރިކޮށް ކަންކަމު އެދުމާއިމެދު ސުޢޫދީ ޢަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖިލީހުގެ ފަތުވާ

  ފަތުވާނަންބަރު : 2871


ސ: ކީރިތި ރަސޫލާ صلى الله عليه وسلم ނުވަތަ ވަލީވެރިން ،ނުވަތަ ޢަލީ ބިން އަބީ ޠާލިބް رضي الله عنه އަށް ކުރާ ދުޢާ އެބޭކަލުން އައްސަވާނެކަމަށާއި، އަދި އެ ދުޢާތަކަކީ އިޖާބަކުރެވޭނެ ދުޢާތަކެއް ކަމަށް ޤަބޫލުކުރާ މީހެއްގެ ފަހަތުގައި ނަމާދުކުރުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ ޕާކިސްތާނުގެ ގިނަމީހުން ރަސޫލާ صلى الله عليه وسلم ނުވަތަ ޢަލީ ބިން އަބީ ޠާލިބް رضي الله عنه ނުވަތަ ޢަބްދުލް ޤާދިރު ޖީލާނީ އަށް ކަންކަމު އެދި މުޞީބާތްތަކުން ދުރުކުރުމަށް އެދި އުޅެއެވެ.

ނޫސްތަކުން ޚަބަރު: ބުރުމާޤާސިމްގެ ވީޓީވީން އިސްލާމްދީނަށް ފުރައްސާރަކުރުމުގައި މެކުހަށް.

  އަދާލަތުޕާޓީއަކީ މަޝްހޫރުނަމުންނަމަ " ތުނބުޅިލީ މީހުންގެ" ޚާއްޞަޕާޓީއެވެ. މިއީ ލާދީނީ ހުރިހާ މީހުން ޢަދާލަތު ނަންކުރާގޮތެވެ. އަދި އޭގެތެރެއިން ބައެއް ހައްދުފަހަނައަޅައިފާ މީހުން " ތުނބުޅިލީ މުއްލާއިން" ގެ ޕާޓީކަމުގައި ބުނަމުންދިޔައެވެ. އެހެނީ އަދާލަތު އެބައެއްގެ މައްޗަށް އެއްވެފައިވަނީ މާތްރަސޫލާގެ ސުންނަތަށް ލޯބިކުރާ ﷲއާއި ރަސޫލާއަށް ނަޞްރުދޭނޭ މީހުން އެކަނިވަދެގެން ފެށިގެންއައި ޕާޓީއެއްގެގޮތުގައެވެ.

ނައިސް ނުދާނޭ ދުވަސް.....

 ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ މިދުނިޔޭގެ ޙަޔާތް ލައްވާފައިވަނީ އަބަދަށް ދާއިމަށް ދެމިގެންވާ އެއްޗެއްގެ ގޮތުގައެއް ނޫނެވެ. އެހެނެއްކަމަކު މި ޙަޔާތް ލައްވާފައިވަނީ ނެތިވެ ފަނާވެގެންދާނެ އެއްޗެއްގެ ގޮތުގައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިއިލާހީ ޤާނޫނުން ބޭރުވުމުގެ ބާރެއް ހަމަހިލާ އެއްވެސް މަޚްލޫޤަކަށް ލިބިގެނެއްނުވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ

މަންމައާއި ބައްޕައަށް......

 އޭ ލޯބިވާ މަންމައާއި ބައްޕައެވެ.

އޭ އަހަރެންގެ ލޮލުގެ ފިނިކަން ކަމުގައިވާ މަންމާއެވެ.
އޭ އަހަރެންހެ ހިތުގެ ދިރުންކަމުގައިވާ ބައްޕާއެވެ.
އަހަރެން މިސިޓީ ލިޔުމުގެ ކުރިން ވަރަށް ވިސްނީމެވެ.
މިސިޓީ ލިޔަން ވަރަށް ފަސްޖެހުނީމެވެ. ސަބަބަކީ މަންމައާއި ބައްޕައަށްޓަކައި އަހަރެންގެހިތުގައިވާ މަތިވެރި ދަރަޖައެވެ. ތި ދެމައިންނަށްޓަކައި އަހަރެންގެ ހިތުގައިވާ އިޙްތިރާމެވެ.
އެކަމަކު ވަގުތު ފާއިތުވަނީއެވެ. ވަގުތު ފާއިތުވުމުގެ ކުރިން މަންމަމެންނަށް އަހަރެންގެ ހިތުގައިމިވާ އުދާސްތައް ބަޔާންކުރަން ބޭނުމެވެ.

Thursday, August 18, 2011

މިއުއްމަތުގެމާތް ނަބިއްޔާ، މުޙައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ގަބުރުފުޅު ބިމުއަޑިކޮނެގެން ވަގަންނެގުމަށް ޔޫރަޕްގެ މީހުން ކުރި މަސައްކަތް.


   އަރަހުށި މާތް ﷲ ވަޙީ ކުރެއްވިއެވެ. ( يَا أيُّهَا الرَّسُولُ بَلِّغْ مَا أُنْزِلَ إلَيْكَ مِنْ رَبِّكَ وَإنْ لَمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ وَالله يَعْصِمُكَ مِنَ النَّاسِ إنَّ اللهَ لاَ يَهْدِيْ الْقَومَ الْكَافِرِيْنَ ) (المائدة: 67) މާނައީ: "އޭ ރަސޫލާއެވެ! ކަލޭގެފާނުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން، ކަލޭގެފާނަށް ބާއްވާލެއްވުނު އާޔަތްތައް، ކަލޭގެފާނު ވިދާޅުވާށެވެ! އަދި ކަލޭގެފާނު އެކަން ނުކުރެއްވިނަމަ، ކަލޭގެފާނު އެކަލާނގެ ރިސާލަތު އިއްވެވިކަމަށް، ނުވާނެއެވެ. އަދި ﷲ، މީސްތަކުންގެ ކިބައިން، ކަލޭގެފާނު ރައްކާތެރި ކުރައްވާނެއެވެ. ހަމަކަށަވަރުން، ކާފިރުވީ މީސްތަކުންނަށް، ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.

"
  
   މިއުއްމަތުގެ ނަބިއްޔާ، މުޙައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ، ދިރި ދުނިޔޭގައި ހުންނެވުމާއި، ސުވަރުގެ ވަޑައިގަތުމަށްފަހުވެސް، މާތްﷲ މީސްތަކުންގެ ކިބައިން ރައްކާތެރި ކޮށްދެއްވާފައެވެ. ނުހަނު ގިނަ ޙާލަތުގައި، މިކަންވަނީ އެނގި ފާޅުވެފައެވެ. ސުވަރުގެ ވަޑައިގަތުމަށްފަހު، ހިނގާފައިވާ، މިބާވަތުގެ ޙާދިޘާތަކުގެ ތެރޭގައި، އަންނަނިވި ނުރައްކާތެރި ޙާދިޘާ ހިމެނެއެވެ.
  
(الزَّيْن الْمَراغِيْ) އާއި، (السَّيّد السَّمْهُوديّ) ލިޔުއްވާފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަށިކޮޅު، ޔޫރަޕަށް ގެންދި އުމަށްޓަކައި، ނަޞާރާއިންގެ ތެރެއިން، ދެމީހަކު ރޫމީން ފޮނުވިއެވެ. މިދެމީހުން، މަޣްރިބްކަރައިގެ މީހުން، ލައިއުޅޭ ހެދުން އަޅައިގެން، ޙައްޖުވެރިންގެ ގޮތުގައި، ނިކުމެއްޖައޫ އެވެ.
   ދެން އެއަށްފަހު، އަލްމަދީނާއަށް ހިނގައްޖައޫއެވެ. ބޭނުމަކީ، ޤަބުރުފުޅަށް ޒިޔާރަތްކުރުމާއި، ޢިލްމު އުނގެނުމާއި، އަހަރު ދުވަހެއްގެ މުއްދަތަކަށް، އަޅުކަމައިގެން މަޝްޣޫލުވެގެން، އަލްމަދީނާގައި ތިބުން ކަމުގައި ބުނަމުންނެވެ. އަލްމަދީނާއަށް ދިއުމަށްފަހު، އަލް މަސްޖިދުއް ނަބަވީގެ، ބާބުއް ސަލާމުގެ ދޮރުކޮޅު ކައިރީގައި، ދޮރުކޮޅާ ދިމާ ބޭރުގައި ޖާގައެއްހިފައި، އެތާނގައި ދިރިއުޅެން ފަށައިފިއެވެ.

ދައްކަމުން ދިޔައީ، ނުހަނު ޞާލިޙް ދިރިއުޅުމެކެވެ. އަލް މަސްޖިދުއް ނަބަވީގައި، ނަމާދު ޤާއިމްކުރުމުގައި، ދެމިތިބޭ ޙާލުގައިއެވެ. ހަމައެފަދައިން، ފަޤީރުންނަށާއި، ނިކަމެތިންނަށް އެހީވުމާއި، އޯގާވެރި ވުމުގައިވެސް، ނުހަނު މަތިވެރި ބައެއްކަން ހާމަކޮށްދެމުން ދިޔައެވެ. މިފަދައިން، މިދެމީހުންގެ ޢަމަލުތައް ފާޅުކުރަމުން ދިޔައިރު، އަނެއްކޮޅުން މިދެމީހުން، ބިމު އަޑީގައި ބިންގަރާހެއް ކޮންނަން ފަށައިފޫއެވެ. އެކަމެއް ކުރަމުން ދިޔައީ، ރޭގަނޑު އަނދިރީގައެވެ. ކޮނެގެން ނަގާވެލިތައް، މިދެމީހުން ގައިގައި ލާ ފޮށާގައި، ގެންގޮސް އުކާލަނީ (جَنَّة البَقِيْعُ) އަށެވެ. އެއީ، ޤަބުރުސްތާނަށް، ޒިޔާރަތް ކުރުމުގެ ނަމުގައި އެތަނަށް، ދާ ދިޔުމެއްގެ ގޮތުގައެވެ.

 މިޙާލުގައި، ދުވަސްތައް ވޭތުވަމުން ދަނީއެވެ. ކޮންނަމުން ދިޔަ ބިންގަރާސް، ބިމުގެ އަޑީން ގޮސް، މިސްކިތްކޮޅުގެ ފާރުކޮޅާއި އަރާ ހަމަވެއްޖެއެވެ. އެއީ ޤަބުރުފުޅަށް ޒިޔާރަތްކުރާ މީހުން، މިޒަމާނުގައި، ހުއްޓި ތިބެގެން ސަލާމް ދަންނަވާ ހިސާބެވެ.
   ދެން، ފަހެ މަސްއަލާގެ ޚުޠޫރަތްތެރިކަން މިހިސާބަށް ގޮސްފައި ވަނިކޮށް، ހެޔޮ ލަފާ ޞާލިޙް ރަސްކަލަކުކަމުގައިވާ، (السُلْطَان نُورُ الدِّيْن زَنْكِيْ) އެހިނދު މާތް ހުވަފެން ފުޅެއް ދެކެވަޑައިގެންފިއެވެ. ހުވަފެން ފުޅުގައި، ރަސްގެފާނު ދެކެވަޑައިގަތީ، ރަސޫލުﷲ ގެފާނެވެ. ހުވަފެންފުޅުގައި، ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު، އެދެމީހުންގެ މޫނުގެ ޞިފަ ދައްކަވާފައި ޙަދީޘްކުރެއްވިއެވެ. "ނުބައިކަމަށް އެދިގެން މިދެމީހުން، ތިމަންކަލޭގެފާނުގެ ޤަބުރުފުޅާއި ދިމާއަށް، ބިމުގެ އަޑިން ކޮންނަމުން އެބައާދެއެވެ."

 ފަހެ އެކަންތަކަކީ، އެދެމީހުންގެ ކަންތައް ނިންމައި ލެއްވުމަށްޓަކައި، ރަސޫލުﷲ ގެފާނު އެންގެވި އެންގެވުމެއް ކަމުގައި، ރަސްގެފާނަށް ވިސްނި ވަޑައިގެންފިއެވެ. އެހެނީ މީހަކަށް ހަމަކަށަވަރުން، ރަސޫލުﷲގެފާނު، ހުވަފެނުން ފެނިއްޖެނަމަ، އެއީ ތެދު ހުވަފެނެއް ކަމީ، އެނގި ކަށަވަރު ވެގެންވާ ކަމެކެވެ. އެއީ ޝައިޠާނާގެ ފަރާތުގެ ކަމެއް ނޫނެވެ. އެއީ، ޝައިޠާނާއަކަށް، އިތުރު އެކަލޭގެފާނު ހުވަފެނުގައި، ތަމްޘީލުކޮށެއް ނުދެވޭނެއެވެ. މިއީ ޞައްޙަ ޙަދީޘުން ޘާބިތުވާ ކަމެކެވެ. 

ކޮންމެ އަކަސް، ހުވަފެން ފުޅުން ފެނި ވަޑައިގަތުމުން، ބިރުފުލުން ހޭފުޅު ލެވިއްޖެއެވެ. އަދި ﷲ ހަނދުމަކުރައްވާ، ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށް އެދި ވަޑައިގެން، ދުޢާ ކުރައްވަމުން އަވަހާރަ ލައްޕަވައިފިއެވެ. ފަހެ، ދެވަނަ ފަހަރަށްވެސް، އެހުވަފެންފުޅު ފެނިވަޑައިގަތެވެ. މިމޭރުމުން، ތިންފަހަރު، މިހުވަފެންފުޅު ފެނިވަޑައިގަތުމަށްފަހު، އެރަސްގެފާނު އެންމެ އިތުބާރުކުރައްވާ ޞާލިޙް ވަޒީރު، (جَمَال الدِّيْن الْمُوصلي) ގެންނަވައި މިވާހަކަ ވިދާޅުވެ ދެއްވައިފިއެވެ. މިވާހަކަ ސިއްރު ކުރައްވައިފައި ބޭވުމަށް އެދިވަޑައިގަންނަވަމުން، މިޞާލިޙް ވަޒީރު، ރަސްގެފާނަށް މަޝްވަރާ ދެއްވީ، އަވަސްއަވަހަށް މަދީނާއަށް ދަތުރު ފުޅު ފެއްޓެވުމެވެ.

އެހެންކަމުން، ދަތުރުފުޅު ތައްޔާރުކުރައްވައިގެން، އެވަޒީރު އިސްވެ ހުންނަވައި ގޮތަށް، ވިހި ބޭކަލުންނާއިގެން ދަތުރުފުޅު ފައްޓަވައި ފިއެވެ. ރަސްގެފާނު ނުހަނު ގިނަ މުދާ، އެދަތުރު ފުޅުގައި ގެންދެވިއެވެ. ފަހެ، ސޯޅަ ދުވަހުގެ ތެރޭގައި، މަދީނާއަށް ވާޞިލް ވެއްޖައޫއެވެ. ދަތުރު ފުޅުގައި، ސޫރިޔާއާއި، އުރުދުނާއި، ޢަރަބި ކަރައިގެ އުތުރު ހުރަސްކުރައްވާ، މަދީނާއަށް މިހާ ކުރު މުއްދަތެއްގެ ތެރޭގައި، ވަޑައިގެންނެވުނުކަން، އެއީ ޢަޖައިބު ވަނިވި ކަމެކެވެ. އެހެނީ، މިދަތުރުގެ މަސާފާއަކީ، ޢާއްމު ގޮތެއްގައި، އެޒަމާނުގައި ދޮޅު މަސްދުވަހަށް ވުރެ ކުރުމުއްދަތެއްގައި، ކަޑައްތުކޮށް ނުލެވޭ މަސާފާއެކެވެ. ޙަލަބުން މަދީނާ އަށެވެ.
   ރަސްގެފާނު، މަދީނާއަށް ވަޑައިގަތުމަށްފަހު، ޠާހިރުވެ ވަޑައިގެން، އަލް މަސްޖިދުއް ނަބަވީއަށް ވަދެ ވަޑައިގެންފޫއެވެ. ދެން، ރަވްޟަތުއް ޝަރީފްގައި، ދެރަކްޢަތް ނަމާދެއް ކުރައްވާ، އެއަށްފަހު، ރަސޫލުﷲ ގެފާނުގެ ޤަބުރު ފުޅަށާއި، އަރިހުގައި ފަސްދާނު ލެއްވިފައިވާ ދެބޭކަލުންނަސް ޒިޔާރަތްކުރެއްވިއެވެ. ދެން އެއަށްފަހު، މިސްކިތުގައި އިށިންދެ ވަޑައިގެންނެވިއެވެ. އެހިނދު، މަދީނާގެ އަހުލުވެރިން، ރަސްގެފާނުގެ އަރިހަށް ޖަމާވެއްޖެއެވެ. ޒަމާން ދިގުވެގެން ދިޔަކަމުގައި ވީނަމަވެސް، އެތާގައި ޢިލްމުވެރިންނާއި، ޚިޔާރު ކުރެއްވިގެންވާ ބޭކަލުން އުޅުއްވަމުން ގެންދެވިއެވެ.
   ދެންފަހެ، ރަސްގެފާނު މަދީނާއަށް ޒިޔާރަތް ކުރެއްވި ވާހަކައާއި، މަދީނާގެ އަހްލުވެރިންނަށް، ޞަދަޤާތް ކުރެއްވުމަށް، ނުހަނު ގިނަ މުދާ ގެންނެވި ވާހަކަ އާއި، ރަސްގެފާނު އިސް ވަޒީރު، މަދީނާގެ އަހްލުވެރިންނަށް އަންގަވައިފިއެވެ. މިކަމަކީ، މުސްލިމުންގެ ރަސްރަސްކަލުންގެ އާދައެއްވެސް މެއެވެ. ކޮންމެ އަކަށް، މީސްތަކުން ރަސްގެފާނުގެ އަރިހަށް ޖަމާވެއްޖައޫއެވެ. ރަސްގެފާނު، އެބައިމީހުންގެ ތެރެއިން، ކޮންމެ މީހަކައްމެ ޞަދަޤާތް ކުރައްވަމުން ގެންދެވިއެވެ. ހުވަފެންފުޅުގައި، ރަސޫލުﷲ ގެފާނު، ރަސްގެފާނަށް ދެއްކެވި މޫނުތައް ދެކެވަޑައިގަތުމުގެ އުއްމީދުގައި، ރަސްގެފާނު ޞަދަޤާތް ކުރައްވަމުން ގެންދެވީ، ނުހަނު ފަރުވާތެރިކަން ބަހައްޓަމުންނެވެ. ނަމަވެސް، މަދީނާގެ އެންމެހާ މީސްތަކުންނަށް ދެއްވައި ނިމުނުއިރުވެސް، އެމޫނުތަކެއް ދެކެވަޑައިނުގަތެވެ.

 އެހެންކަމުން، ރަސްގެފާނުގެ އަރިހަށް ނާންނަ އެއްވެސް މީހަކު ހުރިތޯ އެބައިމީހުންނާއި ސުވާލުކުރި އެވެ. އެބައިމީހުން ދެންނެވިއެވެ. "މަދީނާގެ އެންމެހައި މީސްތަކުން، މަނިކުފާނުގެ އަރިހަށް ޖަމާވިއެވެ. ދެމީހަކު މެނުވީއެވެ. އެދެމީހުންނަކީ، އަންދަލުސް (ސްޕޭނުން) އައިސްގެން އުޅޭ މަޣްރިބްކަރައިގެ ދެމީހުންނެވެ. އެދެމީހުންނަކީ، ޢިލްމު އުނގެނޭ ބައެކެވެ. މަސްޖިދުއް ނަބަވީގައި، ނުހަނު ބަރާބަރަށް ނަމާދަށް ޙާޟިރުވާ ބައެކެވެ. އެދެމީހުން ބުނާ ގޮތުގައި، އެމީހުން އެއްވެސް އެއްޗެއް ބޭނުން ވެގެންނެއް ނުވެއެވެ. އެދެމީހުންނަކީ މުއްސަނދީންނެވެ."

 އެހިނދު، ބާރުގެ ބޭނުންކޮށްގެން ކަމަށްވިޔަސް، އެދެމީހުން ރަސްގެފާނުގެ އަރިހަށް ގެންނަން އަމުރު ކުރައްވައިފިއެވެ. ރަސްގެފާނުގެ އަރިހަށް އެދެމީހުން ޙާޟިރު ކުރެވުނު ހިނދު، އެދެމީހުންނަކީ، ރަސްގެފާނު ދެކެވަޑައިގަތުން ބޭނުންފުޅުވެގެން އުޅުއްވާ ދެމީހުންކަން، ރަސްގެފާނަށް އެނގި ވަޑައިގަންނަވައިފިއެވެ. އެއީ ހުވަފެންފުޅުގައި ދެކެ ވަޑައިގެންނެވި ދެމީހުންނެވެ. އެއީ ރަސޫލުﷲ ގެފާނު ރަސްގެފާނަށް، ޞިފަކޮށްދެއްވި ދެމީހުންނެވެ.
   ދެން އެހިނދު، ރަސްގެފާނު، މިދެމީހުންނާއި ސުވާލުކުރިއެވެ. "ތިޔަބައިމީހުން ޞަދަޤާތް ލިބިގަތުމަށް ޙާޟިރްނުވީ ކީއްވެ ހެއްޔެވެ؟" މިދެމީހުން ދެންނެވިއެވެ. "އަޅުގަނޑުމެން އަތުގައި، ފުދޭ ވަރަށް މުދާ އެބަހުއްޓެވެ. އަޅުގަނޑުމެން  އެއްވެސް އެއްޗަކަށް ބޭނުންވެގެން ނުވަމުއެވެ." ފަހެ، ރަސްގެފާނު މިމީހުންނާ ސުވާލުކުރެއްވުން ހުއްޓަވައެއް ނުލައްވައެވެ. އަދި، އެހިނދު މަދީނާގެ އަހުލުވެރިން، މިދެމީހުންގެ ރަނގަޅު ވާހަކަ ދަންނަވަމުން، ޘަނާ ކިޔަމުންދެއެވެ.

 މިދެމީހުން ބަސްމަގު ހުރިގޮތް ދަންނައެވެ! "ހަމަކަށަވަރުން، އަޅުގަނޑުމެންނަކީ، މަޣްރިބް ކަރައިގެ ބަޔަކީމުއެވެ. އަޅުގަނޑުމެން އައީ ޙައްޖުވުމަށެވެ. އަދި ޤަބުރުފުޅަށް ޒިޔާރަތް ކުރުމަށެވެ. އަދި މަސްޖިދުއް ނަބަވީގައި، އަހަރު ދުވަހުގެ މުއްދަތަކަށް އަޅުކަންކުރުމަށް ތިބުމުގެ މާތްކަން ލިބިގަތުމަށެވެ." މިބައިމީހުން، ރަސްގެފާނަށް، މިބާވަތުގެ ޢިބާރަތްތައް ދަންވަމުން ދިއައެވެ. އެންމެ ފަހުން، މިދެމީހުންނާއިއެކު، ރަސްގެފާނު މިބައިމީހުން ތިބޭ ކޮޓަރިއަށް ވަޑައިގަންނަވައިފިއެވެ. އެކަމަކު، ޝައްކެއްވާ ބާއްވަތެއްގެ އެއްވެސް ކަމެއް، އެކޮޓަރީގެ ތެރެއަކުން، ރަސްގެފާނަށް ފެނިވަޑައިނުގަތެވެ.

 އެހިނދު، ރަސްގެފާނު އަމިއްލަ ނަފުސާއި މެދު ޢަޖާއިބުވާން ފައްޓަވައިފިއެވެ. އަދި މަދީނާގެ އަހުލުވެރިންވެސް، ރަސްގެފާނުގެ ޢަމަލުފުޅާއި، މެދު ޢަޖާއިބުވާން ފައްޓައިފިއެވެ. ރަސްގެފާނު ބޭނުންފުޅު ވެގެން އުޅުއްވަނީ، ކޮން ކަމެއްކަން އެމީހުންނަކަށް ނުވިސްނުނެވެ.

 ދެންފަހެ، އެންމެ ފަހު ވަޤުތުގައި، ކޮޓަރީގައި ބަހައްޓާފައިހުރި ހިކި ހުއި ފުންޏެއް ވަރަށް ކުއްލި ގޮތަކަށް އެއްފަރާތް ކޮށްލިއެވެ. ސުބްޙާނަﷲ! އޭގެ ދަށުން ފެނިވަޑައިގަތީ، ބިންގަރާހެއްގެ އަނގަ މައްޗެވެ. ހޮހޮޅައިގެ ފެށުމެވެ. ބިންގަރަށް ކޮންނަން ފަށައިފައިވާ ތަނެވެ. ފަހެ، ރަސްގެފާނު، ބިންގަރާހުގެ ތެރެއަށް ބައްލަވައި ލެއްވިއެވެ. އަދި ބިން ގަރާހުގެ ތެރެއަށް ވަނުމަށް، މީހަކަށް އަމުރު ކުރިއެވެ. އެމީހަކު އެއިގެ ތެރެއަށް ވަދެ ބަލައިލުމުން، އެނގި ކަށަވަރުވީ، އެއީ މަސްޖިދުއް ނަބަވީ އާ ދިމާއަށް ކޮންނަމުން ގޮސްފައިވާ ބިންގަރާހެއް ކަމެވެ. އަދި ކިއެއްތަ! މިބިންގަރާސް، ވަނީ އަޑިން ކޮންނަމުންގޮސް، މަސްޖިދުއް ނަބަވީޢާ ހަމައަށް ފޯރައިފައެވެ. މާތް ޤަބުރުފުޅާއި ނުހަނު ގާތްވެފައެވެ.

 ފަހެ، އެހިނދު، ﷲގެ ޙަޟްރަތަށް، ރަސްގެފާނު ޙަމްދުކުރެއްވިއެވެ. އެހެނީ އެބައިމީހުންގެ މިނުބައި ރޭވުން، ފާޅުވެގެން ދިއުމުންނެވެ. ދެން އެއަށްފަހު، މިދެމީހުންގެ ކިބައިން މިކަމުގެ ޖަވާބަށް އެދި ވަޑައިގެން، މިދެ މީހުންގެ މައްޗަށް ދަތި ކޮއްލެއްވިއެވެ. ސުވާލުކުރެއްވުން ހަރުކަށި ކޮށްލެއްވިއެވެ. އެންމެ ފަހުން، އިޢްތިރާފްވުން މިދެމީހުންނަށް މަޖުބޫރު ވެއްޖެއެވެ. އިޢްތިރާފް ވެއްޖެ އެވެ. ހަމަކަށަވަރުން މިދެމީހުންނަކީ، ނަޞާރާއިން ކަމާއި، މި މިހުން ފޮނުވައިފައިވަނީ ޔޫރަޕްގެ ރަސްރަސްކަލުންކަމާއި، ބޭނުމަކީ، މުޙައްމަދުގެފާނުގެ ޤަބުރުފުޅު ކޮނެ، ޔޫރަޕަށް ގެންދިއުން ކަމާއި، މިކަންކަމަށް މިދެމީހުން އިޢްތިރާފް ވެއްޖެއެވެ.

 އެހެންކަމުން، މިމީހުން އުޅެމުން ދިޔަ ކޮޓަރީގެ، ކުޑަދޮރު ކައިރީގައި މިދެމީހުންގެ ބޯ ބުރިކޮށްލުމަށް ޙުކުމް ތަންފީޛް ކުރެއްވިއެވެ.
  
 މިޙާދީޘާއަކީ، މާތްވެގެންވާ އިސްލާމް ދީންގެ މާތް ނަބިއްޔާ އަށާއި، އިސްލާމް ދީނަށާއި، މުސްލިމުންގެ މައްޗަށް ޞަލީބީން ހިތްތަކުގައި، ދިގުޒަމާނެއްގައި ހިނގަމުން އަންނަ ރުޅިވެރިކާމާއި ޙަސަދަވެރިކަން، ބަޔާންވެގެންވާ ޙާދިޘާތަކުގެ ތެރެއިން ޙާދިޘާއެކެވެ.
   ދެންފަހެ، މިނުރައްކާތެރި ޙާދިޘާ އަށްފަހު، މާތްވެގެންވާ ކޮޓަރިކޮޅުގެ ވަށައިގެން ފުންކޮށް ފެނާ ޖެހެންދެން، ޚަންދަޤެއް ކޮނުމަށް، ރަސްގެފާނު އަމުރު ކުރައްވައިފިއެވެ. ދެން، އެއަށްފަހު، ތިމަރަ ވިރުވާފައި، އެޚަންދަޤުގެ ތެރެއަށް އަޅުއްވައިފިއެވެ. އެހެންކަމުން، ތިމަރަ ވިރުވައި އަޅާފައިވާ ގަދަފަދަ ފާރެއްކަމުގައި އެތަންވެއްޖެއެވެ. މިމާތްވެގެންވާ ޝަރަފުވެރި ކޮޓަރިކޮޅު ވަށައިގެން، ބިމުތެރޭ ލެވިފައިވާ މިވަރިގަދަ، ގަދަފަދަ ފާރު، ފޫއަޅުވާލައިފައި، އެއްވެސް ޒަމާނެއްގައި، ހަމައެކަކަށްވެސް، މާތް ޤަބުރުފުޅާއި ހަމައަށް ވާޞިލެއް ނުވެވޭނެއެވެ.

 އެއަށްފަހު (السُلْطَان نُورُ الدِّيْن زَنْكِيْ) އެމަނިކުފާނުގެ ސަހަރަށް ވަޑައިގެންފިއެވެ. ދެން އެމަނިކުފާނުގެ ވެރިކަމުގެ ދަށުގައި އުޅެމުންދާ ނަޞާރާއިންނާއި މެދު ހަރުކަށި ފިޔަވަޅެއް އެޅުއްވިއެވެ. އެއީ ނަޞާރާއިން، ކުރި މިނުބައި ޢަމަލުގެ ސަބަބުންނެވެ. އަދަބެއްގެ ގޮތުންނެވެ. މިނުރައްކާތެރި ޙާދިޘާ ހިނގާފައިވަނީ، 557 ހ. ވަނަ އަހަރުއެވެ.  

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons