ޙަގީގީ މުއުމިނުންނަކީ، މާތްﷲ ގެ އެންގެވުންތަކަށް ފުރިހަމަގޮތުގައި އީމާންވާ މީހުން. އަދި އެކަލާނގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم އަންގަވާ ދެއްވާފައިވާ ގޮތްތައްގަބޫލު ކުރާމީހުން. އެއީ އެކަންތައްތަކުގެ ޙަގީގަތާއި ޙިކުމަތް ނޭގުނު ކަމުގައިވިޔަސް އަދި ނުވިސްނުނު ކަމުގައި ވިޔަސް. ސަބަބަކީ އިންސާނުންނަކީ، އެމީހުންގެ ސިކުނޑިއާއި ވިސްނުން ވަކީޙުދޫދެއްގެ ތެރޭގައި ހުންނަބަޔަކަށް ވާތީ. މިކާއިނާތާއި މިކާއިނާތުގައިވާ ހުރިހާ އެއްޗެހި އުފެއްދެވި ފަރާތަށް އެނގި ވޮޑިގެންވާ ކަންތައްތައް ބަލިކަށި ނިކަމެތި އިންސާނާ އަށް ނޭނގޭނެތީ.
ޣައިބަށް އީމާންވުމާއި އާޚިރަތްދުވަހަށް އީމާންވުމުގެ އިތުރުން، އަދި އާޚިރަތް ދުވަހުގެ ކުރިން އެކަންތައްތައް ވާނެކަމަށް ކީރިތި ގުރުއާނާއި ރަސޫލުﷲ ޞައްލަﷲ އަލައިހި
ވަސައްލަމް ގެ ޞައްޙަ ޙަދީޘްފުޅުތަކުން ވާރިދުވެފައިވާ ކަންތައް ތަކަށް އީމާންޖެހޭ.
އެގޮތުން މާތްﷲގެ ނަބިއްޔާ ޢީސާ ޢަލައިހިއްސަލާމް ގަތުލުކުރުމަށް ޔަހޫދީން މަސައްކަތް
ކުރުމުން މާތްﷲ ސުބްޙާނަހޫ ވަތަޢާލާވަނީ އެމީހުންގެ މަކަރުވެރިނުބައި ޢަމަލުން އެކަލޭގެފާނު ސަލާމަތް ކުރައްވައި އެކަލޭގެފާނުންގެ ހަށިކޮޅާއި ފުރާނަފުޅާއި އެކު އުޑަށް އުފެއްލަވައިފައި ކަމަށާއި ފަހުޒަމާނުގައި (އެބަހީ ގިޔާމަތް ވާން ކައިރިވުމުން އެކަލޭގެފާނު މާތްﷲގެ އަމުރުފުޅާއިއެކު) ބިމަށް ފައިބައި ވަޑައިގަންނަވާނެކަމަށާއި އެކަލޭގެފާނު ބިމަށް ފައިބައި ވަޑައި ގަތުމަކީ ގިޔާމަތް ވުމުގެ ޢަލާމާތް ތަކުގެ ތެރެއިން ޢަލާމާތެއްކަމަށް އީމާން ވާންޖެހޭ. އެއީ ކީރިތި ގުރުއާނާއި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމުގެ ޙަދީޘްފުޅުތަކުން ސާބިތުވާތީ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ވާރިދު ވެފައިވާ ވަރަށް ގިނަ ހަދީޘްފުޅުތަކުގައި ވަރަށްޞަރީޙަ ޢިބާރާތުން ޢީސާޢަލައިހިއްސަލާމްމާތްﷲ ގެވާގިފުޅާއެކުދިމިޝްގުގެ އިރުމަތިފަރާތުގެ އަލްމަނާރަތުލް ބައިޟާއަށް ފަތިސްނަމާދުގެ ވަގުތުގައި ފައިބައި ވަޑައި ގަންނަވާނެކަމަށް އަންގަވާފައިވޭ. އެކަލޭގެފާނުން ޙުކުމް ކުރައްވާނީ މުޙައްމަދުގެ ފާނުންގެ ޝަރީޢަތަށް. އެކަލޭގެފާނުންގެ އަމިއްލަފުޅަށް ދީނެއްނުގެންނަވާނެ ކަމަށާއި ޞަލީބުތައް މުގުރުއްވައި އޫރުތައް ކަތިލައްވާނެ ކަމަށާއި، ޖިޒުޔަ ކަނޑުއްވައި ކާފަރުންގެ ކިބައިން އިސްލާމްވުން ނޫން އެހެންގޮތެއް ގަބޫލު ފުޅު ނުކުރައްވާނެ ކަމަށާއި މުދާތައް ގިނަވެ ތަނަވަސް ކަންބޮޑުވެ މީސްތަކުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގެންދާނެކަން ވެސް އަންގަވާފައިވޭ.
އަލްއިމާމު އިބުނު ގުދާމަތުލް މަގުދިސީ، ވިދާޅުވެފައިވޭ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޚަބަރުދެއްވައި އެކަލޭގެފާނުންގެ އަރިހުން ޞައްޙަގޮތުގައި ވާރިދުވެފައިވާ ޚަބަރު ތައްގަބޫލުކޮށް އީމަންވުމަކީ ވާޖިބުކަމެއް.
މިމޭރުމުން އައްޠަޙާވީއާއި، ޝައިޚުލް އިސްލާމް އިބުނު ތައިމިއްޔާ އާއި މިފަދަ އެތައްބޭކަލުން ވާހަކަފުޅު ދައްކަވާފައިވޭ.
ފަހުޒަމާނަށްއައިސް ދައްޖާލު ދުނިޔެމައްޗަށް ނުކުންނާނެކަމާއި އެދައްޖާލު ގަތުލުކުރައްވާނީ އީސާގެފާނު ކަމަށާއި އެކަންވެގެންދާނީ ފަހުޒަމާނުގެ އަލާމަތްތަކުގެތެރެއިންކަމަށް ރަސޫލާ ހަދީޘްފުޅުކުރައްވާފައިވާކަމަށް އިތުބާރުހުރި ވަރަށްގިނަ އިލްމުވެރިން ވިދާޅުވެފައިވޭ.
ކީރިތި ރަސޫލާގެ ހަދީޘެއްގައިވަނީ ޢީސާގެ ފާނު ދުނިޔެއަށް ފައިބައިވަޑައިގަންނަވާނީ މީސްތަކުންގެ އިމާމެއްގެގޮތުގައި ޢަދުލުވެރިކަމާއެކު ޙުކުމްކުރައްވާ ބޭކަލެއްގެގޮތުގައިކަމަށް. މިފަދަ އެތައް ޙަދީޘްތަކެއް ހުރުމުން ޢިލްމުވެރިނ ވިދާޅުވަނީ ޢީސާގެ ފާނު ދުނިޔެއަށް އަލުންވަޑައިގެންނެވުމަކީ ދޮގުކުރެވެންހުރި ކަމެއްނޫންކަމަށް.
ހަނަފީ މަޒްހަބުގެ އިމާމް، އިމާމް އަބޫ ޙަނީފާ ވިދާޅުވެފައިވަނީ އީސާގެފާނު ދުނިޔެއަށް އަލުން ފޮނުއްވުމަކީ ފަހު ޒަމާނުގެ ޢަލާމާތްތަކުގެތެރެއިން ވާކަމެއްކަމަށް. މީގަ ފާހަގަކޮށްލަންޖެހޭކަމަކީ އަޞްޙާބު ބޭކަލުންގެ ދުވަސްވަރު އެބޭކަލުންވެސް މިކަމަށް އިންކާރުކުރައްވާފައިނުވާކަން.
ޢީސާ ޢަލައިހިއްސަލާމް ސަލީބަށް އެރުވުނުކަމަށް ނަސާރާއިން ކުރާ ދައުވާއަކީ ބާތިލު ދަޢުވާއެއް
ޢީސާ ޢަލައިހިއްސަލާމް ދުނިޔެއަށް އަލުން ފޮނުއްވުން

ޢީސާޢަލައިހިއްސަލާމް ވަޑައިގަތުމާއި ބޭހޭގޮތުން އަލްއިމާމުލް ބުޚާރާއާއި އަލްއިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނައިގައިވޭ. ތިމަންކަލޭގެފާނުންގެ ނަފުސުފުޅު އެފަރާތުގެ ބާރުގެދަށުގައިވާ ކަލާނގެ ގަންދެއްވައި ވިދާޅުވަމެވެ. މަރިޔަމުގެފާނުންގެ ދަރިކަލުން އަދުލުވެރި އިންސާފުވެރި ގޮތުގައި ތިޔަބައިމީހުންގެ ތެރެއަށް ފައިބައިވަޑައި ގަންނަވާނެއެވެ. އަދި އެކަލޭގެފާނު ޞަލީބުތައް މުގުރާލައްވައި އޫރުތައް ކަތިލައްވާނެއެވެ، އަދި ޖިޒުޔަ ދިނުންކަނޑުއްވައި ލައްވާނެއެވެ.
މުދާތައްގިނަވެގެންގޮސް އެއްވެސް މީހަކު އެހެންމީހަކުދޭ އެއްޗެއްގައި އަތެއްނުލާނެއެވެ. އެއްމެ ސަޖިދައެއްކުރުން ދުނިޔެއާއި ދުނިޔޭގައިވާ ތަކެއްޗަކަށް ވުރެ ހެއުކަން ބޮޑުކަމެއް ކަމުގައި ވެގެންދާނެއެވެ.
މުދާތައްގިނަވެގެންގޮސް އެއްވެސް މީހަކު އެހެންމީހަކުދޭ އެއްޗެއްގައި އަތެއްނުލާނެއެވެ. އެއްމެ ސަޖިދައެއްކުރުން ދުނިޔެއާއި ދުނިޔޭގައިވާ ތަކެއްޗަކަށް ވުރެ ހެއުކަން ބޮޑުކަމެއް ކަމުގައި ވެގެންދާނެއެވެ.
އަލްއިމާމު އިބުނު ގުދާމަތުލް މަގުދިސީ، ވިދާޅުވެފައިވޭ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޚަބަރުދެއްވައި އެކަލޭގެފާނުންގެ އަރިހުން ޞައްޙަގޮތުގައި ވާރިދުވެފައިވާ ޚަބަރު ތައްގަބޫލުކޮށް އީމަންވުމަކީ ވާޖިބުކަމެއް.
މިމޭރުމުން އައްޠަޙާވީއާއި، ޝައިޚުލް އިސްލާމް އިބުނު ތައިމިއްޔާ އާއި މިފަދަ އެތައްބޭކަލުން ވާހަކަފުޅު ދައްކަވާފައިވޭ.
ފަހުޒަމާނަށްއައިސް ދައްޖާލު ދުނިޔެމައްޗަށް ނުކުންނާނެކަމާއި އެދައްޖާލު ގަތުލުކުރައްވާނީ އީސާގެފާނު ކަމަށާއި އެކަންވެގެންދާނީ ފަހުޒަމާނުގެ އަލާމަތްތަކުގެތެރެއިންކަމަށް ރަސޫލާ ހަދީޘްފުޅުކުރައްވާފައިވާކަމަށް އިތުބާރުހުރި ވަރަށްގިނަ އިލްމުވެރިން ވިދާޅުވެފައިވޭ.
އީސާ ޢަލައިހިއްސަލާމް ދުނިޔެއަށް ފައިބާ ވަޑައިގަންނަވާނެކަމަށް އިންކާރުކުރާ މީހުންގެ އެއްވާހަކައަކީ ކީރިތި ރަސޫލާއަށްފަހު އެއްވެސް ނަބިއްޔަކު އަދި ރަސޫލަކު ވަޑައިނުގަންނަވާނެވާހަކަ. އެއީ މުޙައްމަދުގެ ފާނަކީ އެންމެ ފަހުގެ ނަބިއްޔާކަމާއި އެކަލޭގެފާނަށްފަހު އެއްވެސް ރަސޫލަކު އަދި ނަބިއްޔަކުވިޔަސް ނުފޮނުއްވާނެކަން ކީރިތި ޤުރްއާންގައި ﷲ ވަހީކުރައްވާފައިވާތީ.
އަދި ކީރިތި ރަސޫލާވެސް ވަނީ އެކަލޭގެފާނަށްފަހު ނަބިއްޔަކު ނުފޮނުއްވާނެކަމަށް ހަދީޘްކުރައްވާފައި. ޤުރްއާންގައި އަންގަވާފައިވާ އެންގެވުމާއި ކީރިތި ރަސޫލާގެ ހަދީޘް، ދަލީލަކަށް ނަންގަވާ ބޭފުޅުން މިދަލީލް ތަފްސީލުކޮށްދެއްވުމުގައި އޮޅުންއަރާގޮތަށް ވާހަކަފުޅުދައްކަވަނީކަމަށް އިލްމުވެރިން ވިދާޅުވޭ. ޢީސާ ޢަލައިހިއްސާލާމް ދުނިޔެއަށް ވަޑައިގަންނަވަނީ ނަބިއްޔެއްގެގޮތުގައި ނޫންކަމަށާއި އެހެންނަމަވެސް މުސްލިޙެއްގެގޮތުގައި، މިއުއްމަތުގެ ބޭފުޅެއްގެގޮތުގައިކަމަށް ޢިލްމުވެރިން ވިދާޅުވޭ!

ޢިލްމުވެރިން ވިދާޅުވާގޮތުގައި ނަބިއްޔުންނާއި ރަސޫލުބޭކަލުން ދުނިޔޭގައި ތިއްބަވަނިކޮށް މުޙައްމަދުގެފާނު ވަޑައިގެންފިނަމަ އެނަބިއްޔަކު ނުވަތަ ރަސޫލަކު، އެބޭފުޅަކަށް ތަބަޢަވީ ބަޔަކާއެކު މުޙައްމަދުގެ ފާނަށް ތަބަޢަ ވެވަޑައިގަތުމަށް ﷲ އެބޭބޭފުޅުންގެ ކިބައިން އަޙްދު ކަށަވަރު ހިއްޕަވާފައިވޭ. އެހެންވީމާ އެކަން އަމަލީގޮތުން ފެނިގެންދާނީ އީސާ އަލައިހިއްސަލާމް ވަޑައިގަތުމަށްފަހުގައި ކަމަށް އިލްމުވެރިން ވިދާޅުވޭ.
ކީރިތި ޤުރްއާންގެ އަންނިސާ ސޫރަތުގެ 159 ވަނަ އާޔަތަށް ބަލާލިޔަސް އީސާގެފާނު ދުނިޔެއަށް ވަޑައިގަންނަވާނެކަމުގެ އިޝާރާތް ލިބިގެންދާކަމަށް ޢިލްމުވެރިން ވިދާޅުވޭ. އެ އާޔަތުގެ މާނައިގައިވޭ
” އެމީހަކު މަރުވުމުގެކުރިން (ނުވަތަ އެކަލޭގެފާނު އަވަހާރަވުމުގެ ކުރިން) އެކަލޭގެފާނަށް ހަމަކަށަވަރުންވެސް إيمان ވާނެ މީހަކުކަމުގައި މެނުވީ، ފޮތުގެ أهل ވެރިންގެ ތެރެއިން އެކަކުވެސް ނުވެތެވެ. އަދި، قيامة ދުވަހުން އެއުރެންގެ މައްޗަށް ހެކިވަނިވި ބޭކަލަކު ކަމުގައި އެކަލޭގެފާނު ވާނެތެވެ.”
މިއާޔަތުންވެސް ޢިލްމުވެރިން ދަލީލް ނަންގަވަނީ ޢީސާ ޢަލައިހިއްސަލާމް ދުނިޔެއަށް ވަޑައިގަންނަވާނެކަން. ޢިލްމުވެރިން ވިދާޅުވަނީ މިއާޔަތުގައި އަންގަވާފައި އެވަނީ ޔަހޫދީންނާއި ނަޞާރާއިން އެކަލޭގެ ފާނުން އަވަހާރަވުމުގެކުރިން އެކަލޭގެފާނަށް އީމާންވާނޭކަމުގެ ވާހަކަ.
” އެމީހަކު މަރުވުމުގެކުރިން (ނުވަތަ އެކަލޭގެފާނު އަވަހާރަވުމުގެ ކުރިން) އެކަލޭގެފާނަށް ހަމަކަށަވަރުންވެސް إيمان ވާނެ މީހަކުކަމުގައި މެނުވީ، ފޮތުގެ أهل ވެރިންގެ ތެރެއިން އެކަކުވެސް ނުވެތެވެ. އަދި، قيامة ދުވަހުން އެއުރެންގެ މައްޗަށް ހެކިވަނިވި ބޭކަލަކު ކަމުގައި އެކަލޭގެފާނު ވާނެތެވެ.”
މިއާޔަތުންވެސް ޢިލްމުވެރިން ދަލީލް ނަންގަވަނީ ޢީސާ ޢަލައިހިއްސަލާމް ދުނިޔެއަށް ވަޑައިގަންނަވާނެކަން. ޢިލްމުވެރިން ވިދާޅުވަނީ މިއާޔަތުގައި އަންގަވާފައި އެވަނީ ޔަހޫދީންނާއި ނަޞާރާއިން އެކަލޭގެ ފާނުން އަވަހާރަވުމުގެކުރިން އެކަލޭގެފާނަށް އީމާންވާނޭކަމުގެ ވާހަކަ.
ކީރިތި ރަސޫލާގެ ހަދީޘެއްގައިވަނީ ޢީސާގެ ފާނު ދުނިޔެއަށް ފައިބައިވަޑައިގަންނަވާނީ މީސްތަކުންގެ އިމާމެއްގެގޮތުގައި ޢަދުލުވެރިކަމާއެކު ޙުކުމްކުރައްވާ ބޭކަލެއްގެގޮތުގައިކަމަށް. މިފަދަ އެތައް ޙަދީޘްތަކެއް ހުރުމުން ޢިލްމުވެރިނ ވިދާޅުވަނީ ޢީސާގެ ފާނު ދުނިޔެއަށް އަލުންވަޑައިގެންނެވުމަކީ ދޮގުކުރެވެންހުރި ކަމެއްނޫންކަމަށް.
ހަނަފީ މަޒްހަބުގެ އިމާމް، އިމާމް އަބޫ ޙަނީފާ ވިދާޅުވެފައިވަނީ އީސާގެފާނު ދުނިޔެއަށް އަލުން ފޮނުއްވުމަކީ ފަހު ޒަމާނުގެ ޢަލާމާތްތަކުގެތެރެއިން ވާކަމެއްކަމަށް. މީގަ ފާހަގަކޮށްލަންޖެހޭކަމަކީ އަޞްޙާބު ބޭކަލުންގެ ދުވަސްވަރު އެބޭކަލުންވެސް މިކަމަށް އިންކާރުކުރައްވާފައިނުވާކަން.
އާލަ ޢިމްރާން ސޫރަތުގެ 55 ވަނަ އަޔަތާއިމެދުވެސް ޢިލްމުވެރިން ވާހަކަފުޅުދައްކަވާ. މި އާޔަތުގެ މާނާގައިވަނީ
” اللَّه، وحى ކުރެއްވިހިނދު ހަނދުމަކުރާށެވެ! އޭ عيسى ގެފާނެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ގެންދަވާހުށީމެވެ. އަދި، ތިމަންރަސްކަލާނގެ حضرة އަށް ކަލޭގެފާނު އުފުއްލަވާ ހުށީމެވެ. އަދި، كافر ވި މީހުންގެ ކިބައިން ކަލޭގެފާނު ދުރުކުރައްވައި ސަލާމަތްކުރައްވާ ހުށީމެވެ.
އަދި، كافر ވި މީހުންނަށްވުރެ ކަލޭގެފާނަށް تبع ވި މީހުން قيامة ދުވަހާ ޖެހެންދެން މަތިވެރިކުރައްވާހުށީމެވެ. ދެން، ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން، ތިޔަބައިމީހުން خلاف ވެއުޅުނު ކަންތަކާމެދު، ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ حكم ކުރައްވާހުށީމެވެ.”

އީސާގެ ފާނު އަލުންދުނިޔެއަށް ފޮނުއްވުމަކީ އިސްލާމްދީނަށް ލިބިގެންދާ މަތިވެރިކަމެއް.
އަދި އެއީ ކީރިތި މާތް ރަސޫލާގެ މުޢުޖިޒާތެއް. އަދި ޢީސާ ޢަލައިހިއްސަލާމްގެވެސް މުޢުޖިޒާތެއް. ކީރިތި ރަސޫލާގެ ޙަދީޘެއްގެ މާނާގައިވޭ. ” ތިޔަބައިމީހުން ވާހުށީ ކޮންފަދަޔަކުން ހެއްޔޭ! މަރިޔަމްގެފާނުންގެ ދަރިކަލުން ތިޔަބައިމީހުންގެތެރެއަށް ފައިބައިވަޑައިގަންނަވާހިނދު ތިޔަބައިމީހުންގެ އިމާމަކަށްވާހުށީ ތިޔަބައިމީހުންގެތެރެއިންވާ މީކެވެ.”
އަދި އެއީ ކީރިތި މާތް ރަސޫލާގެ މުޢުޖިޒާތެއް. އަދި ޢީސާ ޢަލައިހިއްސަލާމްގެވެސް މުޢުޖިޒާތެއް. ކީރިތި ރަސޫލާގެ ޙަދީޘެއްގެ މާނާގައިވޭ. ” ތިޔަބައިމީހުން ވާހުށީ ކޮންފަދަޔަކުން ހެއްޔޭ! މަރިޔަމްގެފާނުންގެ ދަރިކަލުން ތިޔަބައިމީހުންގެތެރެއަށް ފައިބައިވަޑައިގަންނަވާހިނދު ތިޔަބައިމީހުންގެ އިމާމަކަށްވާހުށީ ތިޔަބައިމީހުންގެތެރެއިންވާ މީކެވެ.”
ޢީސާ ޢަލައިހިއްސަލާމް ސަލީބަށް އެރުވުނުކަމަށް ނަސާރާއިން ކުރާ ދައުވާއަކީ ބާތިލު ދަޢުވާއެއް
ސޫރަތުލް ނިސާގެ 157 ވަނަ އާޔަތުގައި މާތްﷲ ޞުބުހާނަހޫ ވަތަޢަލާ އެކަން ބަޔާން ކުރައްވައި ވަހީ ކުރައްވާފައި ވަނީ:
وَقَوْلِهِمْ إِنَّا قَتَلْنَا الْمَسِيحَ عِيسَى ابْنَ مَرْيَمَ رَسُولَ اللَّـهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَـٰكِن شُبِّهَ لَهُمْ ۚ وَإِنَّ الَّذِينَ اخْتَلَفُوا فِيهِ لَفِي شَكٍّ مِّنْهُ ۚ مَا لَهُم بِهِ مِنْ عِلْمٍ إِلَّا اتِّبَاعَ الظَّنِّ ۚ وَمَا قَتَلُوهُ يَقِينًا
ސޫރަތުލް ނިސާގެ 157 ވަނަ އާޔަތުގެ މާނާގައި ވަނީ:
“އަދި، ހަމަކަށަވަރުން، ތިމަންމެން اللَّه ގެ رسول، مريم ގެފާނުންގެ ދަރިކަލުން المسيح عيسى ގެފާނު، قتل ކޮށްފީމުއޭ އެއުރެން ބުނުމުގެ ސަބަބުންމެއެވެ. އެއުރެން އެކަލޭގެފާނު قتل އެއް ނުކުރެއެވެ.
އަދި، އެއުރެން އެކަލޭގެފާނު صليب އަކަށްވެސް ނާރުވައެވެ. އެހެނެއްކަމަކު (އެއުރެން قتل ކޮށް صليب އަށް އެރުވީ އެހެންމީހެކެވެ.) އެމީހާ، އެކަލޭގެފާނާ އެއްސިފަ ޖައްސަވާފައިވާތީ، އެއުރެންނަށް ފެނުނީއެވެ. ހަމަކަށަވަރުން، އެކަލޭގެފާނާމެދު خلاف ވީ މީހުންވަނީ، އެކަމާމެދު شك އެއްގައިކަން ކަށަވަރެވެ. ހީޔަކަށް تبع ވުން މެނުވީ، އެކަމާމެދު އެއުރެންނަކަށް އެނގުމެއްނެތެވެ. އަދި ހަމަ يقين ން، އެއުރެން އެކަލޭގެފާނު قتل އެއް ނުކުރެއެވެ.”
ކޮންމެއަކަސް ޢީސާ ޢަލައިހިއްސަލާމް އުޑަށް އުފުއްލެވިކަމާއި އެކަލޭގެފާނުން އަލުން ދުނިޔެއަށް ވަޑައިގަންނަވާނެކަމީ ކީރިތި ޤުރުއާނާއި މާތްރަސޫލާގެ ޙަދީޘްތަކްގައި ބަޔާންކުރައްވާފައިވާގޮތުންނަމަ ހިނގާނޭ ކަންކަން ޤަބޫލުކުރުމަކީ އަޅުގަނޑުމެން މުސްލިމުން ޤަބޫލުކުރަންވީގޮތްކަމަށް ބުނަންޖެހޭ.

0 comments:
Post a Comment