Tuesday, July 31, 2012

ރަށްތަކުގެ މަންމަ: މާތްވެގެންވާ މައްކާ

ކީރިތި ޤުރުއާނުގައި މައްކާއަށް ތަފާތު ނަންތަކުން ޚިޠާބުކުރެވިފައި އެބަހުއްޓެވެ. މި ފަދަ ނަންތަކުގެ ތެރެއިން އެއް ނަމަކީ އުއްމުލްޤުރާ ("މައި ރަށް" ނުވަތަ "ރަށްތަކުގެ މަންމަ") އެވެ.  "وَهَـذَا كِتَابٌ أَنزَلْنَاهُ مُبَارَكٌ مُّصَدِّقُ الَّذِي بَيْنَ يَدَيْهِ وَلِتُنذِرَ أُمَّ الْقُرَى وَمَنْ حَوْلَهَا وَالَّذِينَ يُؤْمِنُونَ بِالآخِرَةِ يُؤْمِنُونَ بِهِ وَهُمْ عَلَى صَلاَتِهِمْ يُحَافِظُونَ."

Sunday, July 29, 2012

ބިސްމި ކިޔައިގެން ކަތިލުމާ، ބިސްމި ނުކިޔާ ކަތިލުމުގެ ތަފާތަކީ ކޮބާ؟

بِسْمِ اللهِ وَالله ُأَكْبَرُ

ކިޔައިގެން ކަތިލުމުގެ ޢިލްމީ މުޢުޖިޒާތް

ބިސްމި ކިޔައިގެން ކަތިލުމާ، ބިސްމި ނުކިޔާ ކަތިލުމުގެ ތަފާތަކީ ކޮބާ؟

Friday, July 27, 2012

މި ދީލަތިކަމުގެ މައްސަރުގައި ދީލަތި ބަޔަކު ކަމުގައި ވަމާ ހިނގާށެވެ.

މުސްލިމު އުންމަތުގެ އެންމެ ފުރަތަމަ ޖީލު ކަމަށްވާ ޞަޙާބީންނާއި، އޭގެ ފަހުގައި އައި ސަލަފުއް ޞާލިޙުންނަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި މުސްލިމު އުންމަތުގެ އެންމެ ޞާލިޙް މީހުންނެވެ. އެބޭކަލުން ދިރިއުޅުއްވުމުގެ އެންމެހާ ކަންތައްތަކަކީ މިކަމުގެ ހެކިތަކެވެ. އަދި މިބުނި ވާހަކައަށް ސާބިތުކަމެއް ދެނީ ނަބިއްޔާ (صلى الله عليه وسلم) ގެ މި ހަދީޘް ފުޅެވެ.

Wednesday, July 25, 2012

އިސްލާމް ދީނުގައި ޢުޤޫބާތާއި އޭގެ ވައްތަރުތައް

ޒަމާނާއި ތަން ބަދަލުވިއަސް ޙުކުމަށް ބަދަލު ނާންނަ ކަހަލަ މައްސަލަތަކުގައި، އިސްލާމް ދީން ވަނީ ކަނޑައެޅިގެންވާ ޚާއްސަ ޙުކުމްތަކެއް ކަނޑައަޅާފައެވެ. ޒަމާނާއި ތަން އަދި މުޖްތަމަޢު ބަދަލުވަމާއި، ގުޅިފައިވާ މައްސަލަތަކުގެ ޙުކުމް އިސްލާމީ ޝަރީޢަތުގައި ގެނެސްފައިވަނީ، ޙުކުމުގެ މައިގަނޑު ޤަވާޢިދުތަކެކެވެ. ވީމާ ޙުކުމް ތަންފީޒު ކުރާގޮތާއި ޙުކުމްވެސް މިފަދަ މައްސަލަތަކުގައި ތަފާތުވާނެއެވެ

Tuesday, July 24, 2012

ކަދުރު

ކަދުރަކީ ފޮނި އަނގަޔަށް މީރު މޭވާ އެކެވެ.  ކަދުރަކީ ހަށިގަނޑަށް ހަކަތާއި ބާރު ގެނެސްދޭ އެއްޗެކެވެ. ބޭނުންކުރާތާ ½ ގަޑިއެއް ހާއިރުގެ ތެރޭގައި ހަށިގަނޑަށް އޭގެ ސަބަބުން ހަކަތަ ލިއްބައި ދެއެވެ. މިއީ އާންމުކޮށް ހުހަށް ކެއުމަށާއި، ތަފާތު ކާތަކެތީގެ ތެރޭގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ
 

Monday, July 23, 2012

ރިވެތި އަޚްލާޤް

شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ
"ރަމަޟާންމަހަކީ އެމަހެއްގައި ޤުރުއާން ބާވައިލެއްވުނު މަހެވެ. އެ ޤުރުއާން ބާވައިލެއްވުނީ މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި، ޙައްޤާއި، ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއްކަމުގައެވެ." (އަލް ބަޤަރާ: 185)

Sunday, July 22, 2012

ރޭ އަޅުކަން ކުރާށެވެ! ފަހެ އެއީ ބަލިމަޑުކަން ފައްސައިލާ ކަމެކެވެ.

މާތްﷲ ރުއްސުންލެއްވި އަބުއްދަރްދާ ގެ އަރިހުން އިމާމު އަޙްމަދާއި ،އައްތިރްމިޛީ އާއި އަލްބައިހަޤީ އާއި، އައްޠަބަރާނީ އާއި ،އިބްނު ޚުޒައިމާ އާއި، އަލްޙާކިމު ރިވާކުރެއްވި ޙަދީސެއްގައިވެއެވެ. ރަސޫލުﷲގެފާނު ވިދާޅުވިއެވެ. (عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأَبُ الصَّالِحِينَ قَبْلَكُمْ وَإِنَّ قِيَامَ اللَّيْلِ قُرْبَةٌ إِلَى اللَّهِ وَمَنْهَاةٌ عَنْ الْإِثْمِ وَتَكْفِيرٌ لِلسَّيِّئَاتِ وَمَطْرَدَةٌ لِلدَّاءِ عَنْ الْجَسَدِ) "ތިޔަބައިމީހުންގެ މައްޗަށް قيام الليل (ރޭއަޅުކަންކުރުން) ހުއްޓެވެ. ފަހެ، ހަމަކަށަވަރުން އެއީ ތިޔަބައިމީހުންގެ ކުރީގެ ޞާލިޙުންގެ އާދައެކެވެ. ހަމަކަށަވަރުން قيام الليل އަކީ ﷲގެ ޙަޟްރަތާ ކުއްތަންކުރުވާ، ކުށްފާފަތައް ނަހީކުރާ، ފާފަތައް ފުހެލައި،  އަދި ހަށިގަނޑާދުރަށް ބަލިމަޑުކަން ފައްސާލައި ކަމެކެވެ."

Saturday, July 21, 2012

ރޯދަމަހާއި ރޭ އަޅުކަން

ރަމަޟާން މަހަކީ މައްސަރުތަކުގެ ތެރެއިން މާތް ކުރައްވާފައިވާ މަހެކެވެ. އެމަހުގައި ކީރިތި ޤުރުއާން ބާވައި ލެއްވިއެވެ. އެމަހުގެ ރޯދަ ފަރުޟު ކުރެއްވިއެވެ. އެމަހުގެ ރޭއަޅުކަން ސުންނަތެއް ކަމުގައި ލެއްވިއެވެ. އެމަހުގައި ކުރެވޭ ކޮންމެ ހެޔޮ ކަމެއްގެ ޘަވާބު އިތުރު ކުރެއްވިއެވެ. އަދި އެމަހުގެ ކުރީކޮޅުގައި ވަނީ ﷲ ގެ ރަޙްމަތެވެ. މެދުތެރޭގައި ވަނީ ﷲ ގެ ފުއްސެވުމެވެ. ފަހުކޮޅުގައި ވަނީ ނަރަކައިން މުއްތި ކުރެއްވުމެވެ. 

Friday, July 20, 2012

ރަމަޟާން މަހު ޢުމްރާ

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެން ވެއެވެ. އަންޞާރިއްޔަ ބޭކަނބަލުންގެ ތެރެއިން ބޭކަނބަލަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ތިބާ ތިމަންމެންނާއެކީ ޙައްޖު ނުވީ ކީއްވެ ހެއްޔެވެ؟ އެކަމަނާ ދެންނެވިއެވެ. ތިމަންމެންގެ އަތުގައި އޮތީ އެންމެ 2 ސަވާރީއެވެ. ތިމަންކަމަނާގެ ފިރިކަލުން އެއް ސަވާރީގައި ޙައްޖަށް ވަޑައިގަތެވެ. އަނެއް ސަވާރީ އަހަރެމެން ދަނޑަށް ފެންދިނުމަށް ބޭއްވީމެވެ.

Thursday, July 19, 2012

ރަމަޟާންމަހާއި ބައްދަލުވުމުގެ ހެޔޮ ނަޞީބު

މާތް ޞަޙާބީންނާއި އެބޭކަލުންނަށް ތަބަޢަވެވަޑައިގެންނެވި ތާބިޢީން އަދި އޭގެ ފަހުން ވަޑައިގެންނެވި ސަލަފުއްޞާލިޙުން ރަމަޟާން މަހާއިމެދު ވަރަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ބަހައްޓަވައެވެ. އަދި އެމައްސަރު އަންނާތީވެ އެކަމާއި ވަރަށް ބޮޑަށް އުފާ ކުރައްވައެވެ. ރަމަޟާންމަހާއި ބައްދަލުވުމުގެ ހެޔޮ ނަޞީބު ދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ކުރައްވައެވެ. 

Tuesday, July 17, 2012

އަންހެނުން އެހެން މީހަކާ ގުޅުން ހިންގާކަން އެނގޭނަމަ ހަދާނީ ކިހިނެއްތޯ؟

ސުވާލު:
އަނބިމީހާ އެހެން މީހެއްގެ ފިރިއަކާ ގުލުން ބާއްވާތީވެ ވަރަށް ދެރަވޭ އަދި އަޅުގަނޑަށް އެގޭކަން އަަނބިމީހާ އަށްވެސް އެނގޭ، އެތައްފަހަރަކު އެކަން ހުއްޓާށޭވެސް ބުނިން ނަމަވެސް ނުހުއްޓާ، އަޅުގަނޑުގެ ތިން ކުދިންވެސް ތިބޭ އަޅުގަނޑު ކިހިހނެއްތޯ ދެން ކަންތައްކުރަންވީ؟

Monday, July 16, 2012

އަޅުގަނޑު ދަމުނަމާދު ކުރަން ފެށި ސަބަބު

  
އަޅުގަނޑު ދަމުނަމާދުކުރަން ޝައުޤުވެރިވީ، ދަމުނަމާދާ ބެހޭ ގޮތުން ލިބުނު މަޢުލޫމާތުކޮޅެއްގެ ސަބަބުންނެވެ. އެ މަޢުލޫމާތުކޮޅުގެ މުހިންމުކަމަށްޓަކައި، ތިޔަބޭފުޅުންނާ އެކު ވެސް ޙިއްޞާކޮށްލާނަމެވެ.

Sunday, July 15, 2012

ޙަޟްރަތު ދިމާދު އިސްލާމްވީ ވާހަކަ

ރަސޫލާ صلى الله عليه وسلم އަކީ މޮޔައެއްކަމަށް ދެކި ބޭސްކުރަން ދިޔަ ކަލޭގެފާނު,،
ޙަޟްރަތު ދިމާދު އިސްލާމްވީ ވާހަކަ.

Friday, July 13, 2012

އިންސާނުންކުރި ޢަހުދުކަށަވަރު

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މިކާއިނާތުގައި ވާހާ އެއްޗެއް ޚަލްޤުކުރެއްވީ ﷲ ތަޢާލާއެވެ. އެކަލާނގެއީ މަންމައަކާއި އަދި ބައްޕައަކާވެސް ނުލާ އަޅުގަނޑުމެންގެ ބަފާކަލުންކަމުގައިވާ އާދަމް عليه السلام ހެއްދެވި ފަރާތެވެ. އަދި އެކަލާނގެއީ އެންމެހާ އިންސާނުންވެސް ހެއްދެވި ފަރާތެވެ.

Wednesday, July 11, 2012

އުއްމު ވަރަޤާ ރަޟިޔަﷲ ޢަންހާ

” ކަމަނާ ގޭގައި އިންނަވާށެވެ. ﷲ ތަޢާލާ ކަމަނާއަށް ޝަހީދުވުމުގެ ރަޙްމަތް ލައްވާނެއެވެ. “

ލޮބުވެތި މާތް ނަބިއްޔާއެވެ! ކަލޭގެފާނު ވިދާޅުވީ ހަމަ ތެދު ބަސްފުޅެކެވެ. ކަލޭގެފާނަކީ އެންމެ ތެދުވެރި އެންމެ އަމާނާތްތެރި އިންސާނާއެވެ. އަލްއަމީނުގެ ލަޤަބުން، ޖާހިލިއްޔަ ޒަމަނުގައާއި ފަހުގެ ޖީލުތަކުގައި ކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ މި ސަބަބާއި ހުރެއެވެ.

Monday, July 9, 2012

ޤުރުއާން ހިތުދަސްކުރުމަށް އެޅިދާނެ ޢަމަލީ ފިޔަވަޅުތަކެއް





ޤުރުއާން ހިތުދަސްކުރުމަށް އެޅިދާނެ ޢަމަލީ ފިޔަވަޅުތަކެއް,

01.    ޤުރްއާން ހިތުދަސްކުރުމަކީ ކިހާމުހިއްމު ކަމެއްކަން ފުރަތަމަ ދެނެގަންނާށެވެ.

02.    ޔަޤީނުންވެސް ތިމާޔަށް ދުވާލެއްގެ މައްޗަށް ދަސްވާނެ މިންވަރެއް ކަނޑައަޅާށެވެ. މިގޮތުން ދުވާލަކު އެކެއް ، ދޭއް ނުވަތަ ފަސް އާޔަތް ، ބައި ޞަފްޙާ ، ނުވަތަ އެއް ޞަފްޙާ ކަނޑައެޅިދާނެއެވެ. 

އިމާމު ޝާފިޢީގެފާނު

އަލްއިމާމު މުޙަންމަދު އިބްނު އިދްރީސް އައްޝާފިޢީ ގެ މަޝްހޫރު ނަންފުޅަކީ “އިމާމު ޝާފުޢީ” އެވެ. ދިވެހިން ކިޔާ ގޮތުންނަމަ ޝާފިޢީގެފާނެވެ. މި ނަންފުޅު ނިސްބަތްވަނީ އެކަލޭގެފާނުގެ ބައްޕާފުޅުގެ ފަރާތްޕުޅުުން ތިންވަނަ ކާފާފުޅު ޝާފިޢު އިބްނު ސާއިބުގެފާނަށެވެ.

Sunday, July 8, 2012

ހަމައެކަނި ކިޔުމާ ލިޔުމުގައި، ސިޔާސީ ވިދާޅުވުމާއި، ގިނަޝޭހުންގެ ވިދާޅުވުމުގައި އޮތް، އަމަލުގައި މިއަދު ނެތް އެއްޗެއް- ؟- " އިސްލާމީޝަރިޔަތް "

ރާއްޖޭގައި މަރަށް މަރު ހިފުން ތަންފީޒު ކުރަން ޖެހިފައިވާ އަޑުތައް ގަދަވެފައި ވަނިކޮށް މަރަށް މަރު ހިފުމުގެ އަދަބު ނައްތާލުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވައިފި އެވެ.

Saturday, July 7, 2012

އަޑުއަހަން ބޭނުންނުވާ ވާހަކަ.......

 މިއަދުގެ ޙާލަތަށް ބަލައިލިނަމަވެސް މާތް ﷲ އަށް އުރެދިފައިވާ މީހުންގެ ޢަމަލުތައް ހުރިގޮތް ހާމަވެގެން ދާނެއެވެ.

Friday, July 6, 2012

ﷲ ކަނޑައަޅުއްވާ ފަރްޟު ކުރައްވާފައިވާ މަރަށްމަރުހިފުން ތަންފީޛު ނުކުރާމީހުން ދީނުން ބޭރުވެގެން ދާނެ: ޝެއިޚް އަލީ ޒާހިރު

ﷲ ކަނޑައަޅުއްވާ ފަރްޟު ކުރައްވާފައިވާ މަރަށް މަރުހިފުން ތަންފީޛު ނުކުރާމީހުން ދީނުން ބޭރުވެގެންދާނެކަމަށް އައްޝެއިޚް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޓީވީއެމް އިން ގެނެސްދޭ އިސްލާމީދިރިއުޅުން ޕްރޮޤްރާމްގައި ކިޔުންތެރިއަކު "ރާއްޖޭގައި މަރަށް މަރު ނުހިފާތީވެ، ޙުކުމް ތަންފީޛު ނުކުރާމީހުންގެ ޙުކުމަކީ ކޮބައިތޯ؟" މިސުވާލުކުރެއްވުމުން ޝެއިޚް ވިދާޅުވީ މަރަށް މަރު ހިފުމުގައި އަޅުގަނޑުމެން އިޙްމާލުވާކަމަށްވަނީނަމަ އެކަމުގައި ބައިވެރިވާ މިންވަރުން ބައިވެރިވާ ބަޔަކު ފާފަވެރިވާނެކަމަށެވެ.

Thursday, July 5, 2012

އެންމެ ވަރުގަދަ ލަޝްކަރު

މުސްލިމުންގެ ހަތަރުވަނަ ޚަލީފާ ޢަލީ ރަޟިޔަﷲ ޢަންހު ގެ އަރިހުގައި ސުވާލު ދެންނެވުނެވެ. ކީރިތި ވަންތަ ﷲ ގެ އެންމެ ވަރުގަދަ ލަޝްކަރަކީ ކޮބައިތޯ އެވެ؟ ޖަވާބުގައި ޢަލީގެފާނު ވިދާޅުވިއެވެ.

Wednesday, July 4, 2012

ކާމިޔާބީއަށް ވާޞިލުވުމަށް މަގެއް

Tuesday, July 3, 2012

ބެޑް ޓައިމް ސްޓޯރީޒް

ކުޑަ ކުދީންގެ އެންމެ ތުއްތު ޢުމުރަކީ އެކުދީންނަށް ކޮންމެ ކަމެއްގައިވެސް ބޮޑު މީހެއްގެ އަޅާލުމާއި އޯގާތެރިކަން ބޭނުން ވާނެ ޢުމުރެވެ. މިގޮތުން ކުއްޖާ ބޮޑުވެ ތަސައްރަފު ފުދިގެން އަންނަ ދުވަސްވަރުގައި އެކުދީންނާއި އެކު ވީހާވެސް ގިނަ ވަގުތު ހޭދަ ކުރެވެން ޖެހެއެވެ.

Sunday, July 1, 2012

ދުނިޔޭގައިވާ ކޮންމެ އެއްޗެއްގެ ރިޒުޤު ވަނީ ﷲގެ ޙަޟްރަތުގައި ލިޔެވިގެންނެވެ.


ޞާލިޙު އަޅަކު ވިދާޅުވިއެވެ.



    " މީގެ ދުވަސްތަކެއް ކުރިން އަހަރެންނަށް ފެނުނު މަންޒަރެކެވެ. އަހަރެން ސަހަރާ ހިސާބެއްގައި ދިރިއުޅެމުން ދަނިކޮށް ކޮންމެ ދުވަހަކު ކުޑަކުޑަ ދޫންޏެއް އައިސް އެތަނުން ވަކި ކަދުރު ރުކަކަށް ތިރިކުރާތަން ފެންނަމުންދިޔައެވެ.


 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons