Monday, January 23, 2012

ފާފައެއް ކުރެވުމުން އެކަމުގެ ޢަޛާބުން ދުރުވެވޭނެ 10 ގޮތް


ޝެއިޚުލް އިސްލާމް އިބްނި ތައިމިއްޔާ (رحمه الله) ވިދާޅުވިއެވެ. މުއުމިނު އަޅަކަށް ކުރެވޭ ފާފައެއްގެ އަޛާބު ފޮހެލެވޭނެ 10 ގޮތެއްވެއެވެ.

Saturday, January 21, 2012

އަބޫ ޛައްރު (رضي الله عنه) ގެ ނަސޭޙަތްޕުޅު


އަބޫ ޛައްރު (رضي الله عنه) އަކީ ޞަޙާބީންގެ ތެރެއިން ވަރަށް ފާހަގަ ކުރެވޭފަދަ ޝަޚްޞިއްޔަތެއް ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ.

Friday, January 20, 2012

ތިބާގެ 40 ނަމާދު އެކަމެއްގެ ސަބަބުން ގަބޫލުވެވިގެން ނުވާ ކަންތައްތައް

ސުވާލު:
އެއްވެސް ފާފައެއް ވޭތޯ އެފާފައަކަށް އަރައިގަތުމުން 40 ދުވަސް ވަންދެން ނަމާދު ޤަބޫލު ނުކުރެވޭ؟

Thursday, January 19, 2012

ކައްވަޅުމަތިން ހަނދާން އެބަހުރިތޯއެވެ.؟؟؟

އަޅުގަނޑުމެން ދުނިޔޭގެ ޙަޔާތުގެ ބޭނުން ރަނގަޅުގޮތުގައި ހޭދަކުރެވޭނީ އަޅުގަނޑުމެނަނަށް އަޅުގަނޑުމެންގެ އަސްލު އެގިގެންނެވެ.

Wednesday, January 18, 2012

ތަޤުވާވެރި އަޅުންގެ ގާތައް މަރު ޙާޟިރުވާ ހިނދު…


ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ” إِنَّ الَّذِينَ قَالُوا رَ‌بُّنَا اللَّـهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُ‌وا بِالْجَنَّةِ الَّتِي كُنتُمْ تُوعَدُونَ ﴿٣٠﴾ نَحْنُ أَوْلِيَاؤُكُمْ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَ‌ةِ ۖ وَلَكُمْ فِيهَا مَا تَشْتَهِي أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ ﴿٣١﴾ نُزُلًا مِّنْ غَفُورٍ‌ رَّ‌حِيمٍ ﴿٣٢﴾  سورة فصلت

Tuesday, January 17, 2012

ﷲ އަށް ވަކީލް ކުރުމުގެ މަތިވެރިކަން


 ރަސޫލު ކަމަށް ދަޢްވާ ކުރި މީހެއް ކަމަށްވާ އަލްއަސްވަދުލް އަންސީ ކިޔާ މީހެއް އަބޫ މުސްލިމް (رحمه الله) ގެ ގާތުގައި އޭނާ އަކީ ރަސޫލާކަމަށް ޤަބޫލުކޮށް ހެކިވުމަށް ބުންޏެވެ.

Monday, January 16, 2012

ސުކޫލްކުދިންގެ ތުބުޅި ބޭލުމަށް ސުކޫލްގެ އިސްވެރިންނަށް އެންގިދާނެތޯ

ތުނބުޅިބޭލުމަށް ސްކޫލްތަކުގެވެރިން އަމުރުކުރިކަމުގައިވިއަސް އެ އަމުރަށް ކިޔަމަންވާން ނުޖެހޭނެކަމަށް އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. ޝައިޚް މިހެން ވިދާޅުވެފައިވަނީ ސުކޫލްކުދިންގެ ތުބުޅި ބޭލުމަށް ސުކޫލްގެ އިސްވެރިންނަށް އެންގިދާނެތޯއާއި އަދި ތުބުޅި ބޭލުމާއިގުޅޭގޮތުން އިސްލާމްދީނުގައި އޮންނަ ގޮތް އޮޅުންފިލުވުމަށް ރާއްޖެއިސްލާމްގެ ކިއުންތެރިއަކު ފޮނުވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަހަރެމެންގެ ރަސޫލާއަށް އެއްޗެހި ކީމީހަކަށް ވީ ގޮތް


ދާރްއަލްކާމިނާ‘ ލިޔުއްވާފައިވާ ލިޔުންތެރިޔާ އޭގެ ތިންވަނަ ފޮތުގެ 202 ވަނަ ޞަފްޙާގައި ހިމަނާފައިވާ ވާހަކައެއްގައިވެއެވެ. ނަޞާރާއިންގެ އިސްވެރިންތަކެއް، އަލަށް ނަޞާރާދީނަށް ވަތް، މޮންގޯލްގެ ރަސްގެފާނަކާއި ބައްދަލު ކުރުމަށް ދިޔައެވެ.

Sunday, January 15, 2012

އާދަޔާ ޙިލާފުގޮތަކަށް ﷲ އެބައިމީހުން ކަނުކުރެއްވިއެވެ.


އިމާމް ޤުރުތުބީއަކީ ކޮންބޭކަލެއް؟

އެކަލޭގެފާނަކީ އަންދަލުސް (މިހާރުގެ ފުރާންސާއި ސުޕޭން ހިސާބުގައި އޮތްރަށެއް) ގައި އުފަންވެ ވަޑައިގެން ބޭކަލެކެވެ. އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ އަބޫ އަބްދުﷲ މުޙައްމަދު ބުން އަބީބަކުރު ބިން ފަރުހުލް އަންޞާރީ އެވެ. އެކަލޭގެފާނަކީ ކީރިތި ޤުރުއާނާއި އަރަބި ބަހާއި ފިޤުހާއި އަދި ޢަރަބި ޅެންވެރިކަން ވަރަށް މޮޅަށް ދެނެވަޑައިގަންނަވާ ޢިލްމުވެރި ބޭކަލެކެވެ.

Saturday, January 14, 2012

ބަގީޗާގެ އަހުލުވެރިން


މިވާހަކަ އަކީ ސޫރަތުލް ޤަލަމްގައި އައިސްފައިވާ ވާހަކަ އެކެވެ.
އެއް ދުވަސްވަރެއްގައި ވަރަށް މުދާވެރި ޞޯލިހް މީހަކު އުޅުނެވެ. އޭނާގެ މިލްކިއްޔާތުގައި ބޮޑޫވެގެންވާ ބަގީޗާއެއް ވިއެވެ. އެބަގީޗާވަނީ މޭވާ އަޅާ ފެހި ގަސްތަކުން ފުރިފައެވެ.

Friday, January 13, 2012

ސަލަފުންގެ ކިބައިގައި ލަދުވެތިކަން ހުންނެވި މިންވަރު



 
1- އަބޫމޫސާ އަލް އަޝްޢަރީ: އަނަސް ބިން މާލިކް ވިދާޅުވެފައި ވެއެވެ.

Thursday, January 12, 2012

މާލިކު ބުނު ދީނާރު ރަޙިމަހުﷲގެ އާދަޔާ ޚިލާފު ހުވަފެންފުޅު


މާލިކު ބުނު ދީނާރު ރަޙިމަހުﷲ ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު އެއްދުވަހަކު ގެފުޅުގައި ޠަވާފުކުރެއްވިއިރު ފެނިވަޑައިގަތް، ޙައްޖުވެރިންނާއި ޢުމްރާވެރިންގެ ޢަދަދު ގިނަކަމުން ހައިރާންވެ  ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ އަމިއްލަ ނަފްސަށް ވިދާޅުވިއެވެ.

Wednesday, January 11, 2012

ﷲ އަށްޓަކައި ލޯބިވުމާއި ރުޅިވެރިވުމާއި ގުޅޭގޮތުން ސަލަފުންގެ ބަސްފުޅެއް


ޢުމަރު ބިން އަލްޚައްޠާބު (رضي الله عنه) ވިދާޅުވިއެވެ. ”ކަލޭމެންގެ ތެރެއިން މީހަކު އޭނާގެ އަޚާގެ ގާތްކަމުގެ ރަޙްމަތް ލިބިއްޖެ މީހަކު އޭގައި އޭނާއަށް ވީ މިންވަރަކުން ހިފަހައްޓާ ހުށިކަމެވެ. އެހެނީ، މީހަކަށް މިފަދަ ރަޙްމަތެއް ލިބުމީ ނުހަނު މަދުން ވާކަމެކެވެ.“

Tuesday, January 10, 2012

”ޣުރަބާ“ (ބީރައްޓެހިން)


ނަބިއްޔާ (صلّى الله عليه وسلّم) ޙަދީޘް ކުރެއްވިކަމަށް އަބޫ ހުރައިރާ (رضي الله عنه) ގެ އަރިހުން ރިވާ ވެގެންވެއެވެ. ”بَدَأَ الإِسْلاَمُ غَرِيْبًا وَسَيَعُودُ غَرِيْبًا كَمَا بَدَأَ فَطُوبَى لِلْغُرَبَاء“ (މާނައީ:) ”އިސްލާމްދީން ފެށިފައިވަނީ ބީރައްޓެހި ގޮތުގައެވެ. އަދި އެނބުރި ރުޖޫޢަ ވާހުށީ ފެށުނުފަދައިން ބީރައްޓެހި ގޮތުގައެވެ. ބީރައްޓެހިންނަށް އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ.“

Monday, January 9, 2012

ފަލަޞްތީނުގެ މަންމަޔަކު އޭނާގެ ކުޑަދަރިފުޅަށް


 އޭ ތުއްތު ތުއްތު ފުރާނަޔާއެވެ! ތިބާގެ ޙަޔާތް ފުރިހަމަ ވެއްޖެއެވެ. ތިބާ އަހަރެން ދޫކޮށްފަދާނެއެވެ. އަހަންނަށް އޮތީ ކުރިއަށްދިއުމެވެ. އެއްވެސްފަދަ މަކަރެއް ޙީލަތެއް ނުދަންނަ ތިޠާހިރު ފުރާނައިގެ މައްޗަށް އެންމެ ޙައްގުވެރި ފަރާތަކީ ތިބާ ހެއްދެވި ފަރާތެވެ.

Sunday, January 8, 2012

މީހުންމެރުމާ، ރޭޕްކުރުމާ ބޮޑެތި ޖަރީމާތައް ހުއްޓޭނީ އިސްލާމީސަރީއަތް ތަންފީޒްކޮށް މަރަށް މަރުހިފާގެންނެވެ. ހުޅަގުގެ ޑިމޮކްރަސީގެ ޕާލަމަންޓްތަކުން ހަދާވަހުސީ ގާނޫނަކުން ނޫނެވެ.


މަރަށް މަރުހިފުމަކީ އިންސާނީ ހަޔާތުގެ ކޮންމެ ދުވަސްވަރެއްގައިވެސް ޢަމަލު ކުރެވެމުން އައިސްފައިވާ ވަރަށް ޤަދީދީ އުޤޫބާތެކެވެ.

Saturday, January 7, 2012

ކާބަފައިންނަށް އަޅުކަން ކުރާކަށްނޫނެވެ. ﷲ އަށް އަޅުކަންކުރުމަށެވެ.


ކާބަފައިން އުޅުނުގޮތް ، ނުވަތަ ކާބަފައިން ކަންތައްކުރާގޮތް އެއީ އެންމެ ހެޔޮގޮތް ކަމުގައިވާނަ އުޑުން ޝަރީޢަތެއް ބާވައިލެއްވުމުގެ މާނައެއްނެތެވެ. ﷲ ތަޢާލާ އެއިލާހުގެ ހަޟްރަތުން ރިސާލަތާއިގެން ، މީސްތަކުންނަށް އެބައިމީހުން އުޅެންވީ ގޮތް ސާފްކޮށް ބަޔާންކޮށްދެއްވުމަށް އެކި ޒަމާންތަކުގައި ރަސޫލުން ފޮނުއްވާފައިވަނީ ، ކާބަފައިން އުޅުނުގޮތް ކަމުނުދާތީއެވެ.

Friday, January 6, 2012

ސްޕާތައް ބަންދުކުރަން އެންގި ނަމަވެސް ބަނގުރަލުގެ ވިޔަފާރި ނުހުއްޓުވީ ސަރުކާރުން ފަސްޖެހޭތީ: ރައީސް


ސްޕާތައް ބަންދުކުރަން ސަރުކާރުން އެންގި ނަމަވެސް ރިޒޯޓުތަކުގައި ކުރަމުން އަންނަ ބަނގުރަލުގެ ވިޔަފާރި ހުއްޓަން އަމުރުނުކުރީ އެކަމުން ޤައުމުގެ އިޤްޠިޞާދަށް ލިބޭނެ ބޮޑު ގެއްލުން ސަރުކާރަށް ޤަބޫލުކުރެވޭތީ އެކަން ކުރުމަށް ފަސްޖެހޭތީ ކަމަށް ރައީސުލްޖުމްހުރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތިން ހިނިތުންވުމާއި ތިން ރުއިން


އަބޫ އަލް ދަރްދާ (رضي الله عنه) ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. - ތިން ކަމެއް ތިމަން ހިނިތުން ކުރުވައެވެ. އަދި ތިން ކަމަކުން ތިމަނައަށް ރޮވެއެވެ.

Thursday, January 5, 2012

ތުނބުޅި ބާލާކަށް އެއްވެސް މީހަކަށް ނޭންގޭނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި


ޑީޕީއާރްއެސްގެ އެއްވެސް މުވައްޒަފަކަށް ތުނބުޅި ބާލަން ނޭންގޭނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.

ﷲއަށާއި އެއިލާހުގެ އާޔަތްތަކަށާއި އެއިލާހުގެ ރަސޫލާއަށް ހަޖޫޖަހައި ފުރައްސާރަކުރުމަކީ ބިރުހުރިކަމެކެވެ.


ﷲއަށާއި އެއިލާހުގެ އާޔަތްތަކަށާއި އެއިލާހުގެ ރަސޫލާއަށް ހަޖޫޖަހައި ފުރައްސާރަކުރުމަކީ ބިރުހުރިކަމެކެވެ. އެއީ އެކަމިގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި އެމީހަކަށް ޢުޤޫބާތް ލިބޭނޭކަމެކެވެ. މިގޮތުން ތާރީޚުގެ ތެރެއިން އިސްލާމްދީނަށް ފުރައްސާރަކޮށްއުޅުނުމީހުންގެ ބައެއް މިސާލުތައް ޢިބުރަތަކަށްޓަކައި ބަޔާންކޮށްލަމެވެ.

Wednesday, January 4, 2012

ރަލާއި އޫރުމަސް ވިއްކުމާއި ސްޕާތައް ހިންގުމަކީ ކުރެވިދާނެ ކަމެއްތޯ ސާފް ކުރުމަށް ދައުލަތުގެ ބަންޑާރަނައިބް އަބްދުﷲ މުއިޒް ، ސްޕްރީމް ކޯޓްގައި އެކަމުގެ އިސްތިޝާރީ ލަފައަކަށް އިއްޔެ އެދި


ދީން ހިމާޔަތް ކުރުމުގެ ނަމުގައި ބޭއްވި ބޮޑު މުޒާހަރާއާއި ގުޅިގެން  ، ރަލާއި އޫރުމަސް ވިއްކުމާއި ސްޕާތައް ހިންގުމަކީ  ކުރެވިދާނެ ކަމެއްތޯ  ސާފް ކުރުމަށް  ދައުލަތުގެ ބަންޑާރަނައިބް އަބްދުﷲ މުއިޒް ، ސްޕްރީމް ކޯޓްގައި އެކަމުގެ އިސްތިޝާރީ ލަފައަކަށް އިއްޔެ އެދި ވަޑައިގެންފިއެވެ.

ދެފަހަރު މަރުވުމާއި ދެފަހަރު ދިރުން


 ﷲ تعالى އަހަރެމެންނަށް ދެފަހަރު މަރުވުމާއި ދެފަހަރު ދިރުން ދެއްވާކަމަށް ޤުރުއާނުގައި ވާރިދުވެގެން އައިސްފައިވެއެވެ.

Tuesday, January 3, 2012

ވާހަކަ ދައްކާ ގުރާ


ޢިލްމުވެރިޔަކު އުޅުއްވިއެވެ. ކިޔަވައިދެއްވަނީ އިސްލާމީ ޢަޤީދާއެވެ. އޭނާގެ ދަރިވަރުންނަށް لا إله إلا اللهގެ މާނަ ޝަރަޙަކުރައްވައި މިކަލިމައިގެ މަތީގައި ތަރުބިއްޔަތު ކުރައްވަމުން ގެންދެވިއެވެ.

Monday, January 2, 2012

ޚިޔާލު ތަފާތުވުންތައް ވެސް، އެންމެ ބޮޑަށް އޮތީ ދީނީ އިލްމުވެރިންގެ މެދުގައި ނޫން ކަމަށާއި އެ ޚިޔާލު ތަފާތުންތައް ބޮޑުވެފައިވަނީ އާންމު ރައްޔިތުންގެ މެދުގައި ކަމަށް، އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ރޭ ވިދާޅުވެއްޖެ އެވެ.


ރާއްޖޭގައި އާންމު ރައްޔިތުންގެ މެދުގައި ދީނީ ގޮތުން މި ފަހަކަށް އައިސް އެންމެ ބޮޑަށް ޚިޔާލު ތަފާތުވެ ދެބަސްވުން އުފެދިފައިވާ މައިގަނޑު ޚިލާފުތަކާ މެދު އިލްމުވެރިންގެ މެދުގައި އެއްބަސްވެ، އިލްމުވެރިންގެ މަހާސިންތާ ނިންމާލައިފި އެވެ.

ވެރިންނަށް ކިޔަމަންތެރިކަން އަދާކުރުމުގައި ދީނުން ބޭރުވާ ހިސާބު


الحمدلله. الصلاة والسلام على نبينا محمد وعلى آله وصحبه أجمعين.

އެންމެހާ ލޮބުވެތި އަޚުންނޭވެ. ރޯކުފުރަށް ދަޢުވަތު ދެވިއްޖެނަމަ “ނޯ” ބުނާށެވެ. ބިދުޢަތަކަށް ދަޢުވަތު ދެވިއްޖެނަމަ “ނޯ” ބުނާށެވެ. “ނޯ” ބުނުމުގެ “ގަޓް” ލިބިގަންނާށެވެ. ޙަޤީޤީ ފިރިހެނުންނަކީ އެއީއެވެ. ކެރޭ ހިތްވަރުގަދަ މީހުންގެ ގޮތަކީ ތިމާ ނޫނެކޭ ބުނަން ޖެހޭ ވަޤުތުގައި ނޫނެކޭ ބުނާމީހާއެވެ. ހިތްވަރުގަދަ މިދުނިޔެ ދެއްކި ޙަޤީޤީ އަބްތާލުންތަކީ އެއީއެވެ. ﷲގެ ދީނަށްޓަކައި ނަޞްރުދިން ޢިލްމުވެރިންގެ މަގަކީ އެއީއެވެ.

Sunday, January 1, 2012

ޝެއިޚް މަރުވާން ޙަދީދް


މިއީ ޝެއިޚް ޢަބްދުﷲ ޢައްޒާމް ކިޔައިދީފައިވާ ހަޤީޤީ ވާހަކައެކެވެ.
އެއީ 1963 ވަނަ އަހަރެވެ. ސޫރިޔާ ގައި ނުސައިރީސް އާއި ބާތީސް އިސްލާމް ދީން ފުހެލުމަށް އެތައް މަސައްކަތެއް ކުރަމުން ގޮސް އެންމެ ފަހުން ދިމިސްކުގައި އެމީހުންގެ ކަލާނގެ އަކީ މާތް ކަލާނގެ ކަމަށާއި ދީން އަކީ އެރޭބިޒަމް ކަމަށް އިޢުލާން ކުރިއެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons