Saturday, December 31, 2011

މެއްސެއްގެ ސަބަބުން މީހަކު ސުވަރުގެ ވަންވާހަކަ އަޑުއެއްސެވީމުތޯއެވެ؟


މެއްސެއްގެ ސަބަބުން މީހަކު ސުވަރުގެ ވަންވާހަކަ އަޑުއެއްސެވީމުތޯއެވެ؟ މިއީ

Friday, December 30, 2011

އެތީސްޓުންގެ ވަހުމީ ނަޒަރިއްޔާ


ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވާކަމާއި މިކައުނު ހައްދަވާ ތަދްބީރު ކުރައްވާ ފަރާތަކީ އެއިލާހުކަން ދެނެގަތުމަށްޓަކައި އޮތް އެންމެ ފަސޭހަ މަގަކީ އިންސާނާއަށް ލިބިގެންވާ ސަލާމަތް ބުއްދީގެ މަގެވެ.

Thursday, December 29, 2011

ހިކްމަތް 4


އެއްދުވަހަކު މީހަކު ޢަލީގެފާނުގެ އަރިހުގައި ދެންނެވި އެވެ. ތިމަންނާ ކަލޭގެފާނަށް ހަތަރު ސުވާލެއް ދަންނަވަން ބޭނުމެވެ. އަދި އެ ސުވާލުތަކުގެ ޖަވާބު ކަލޭގެފާނު ތިމަންނާއަށް ދެއްވުން ވެސް އެދެމެވެ. ދެން ޢަލީގެފާނު އިޒުނައާއެކު އޭނާ ހަތަރު ސުވާލު ދެންނެވި އެވެ.

Wednesday, December 28, 2011

ކުރަން ގޮވާލި ކަންތައްތައް ތަންފީޒުކޮށްދޭން ބޭނުން ވަނީ މުޒާހަރާގައި ގޮވާލި ގޮތަށް: މަދަނީ އިއްތިހާދުގެ ނައިބު ރައީސް

ބައެއް ސިޔާސީ ޕާޓީތަކާއި މަދަނީ ބައެއް ޖަމިއްޔާތަކުން ކުރި މުޒާހަރާގައި ސަރުކާރަށް ހުށައެޅި ފަސް ކަންތައް ފުރިހަމަ ކޮށްދޭން ބޭނުން ވަނީ އެ ދުވަހު މުޒާހަރާގައި ހުށައެޅި ގޮތަށް

ސަރުކާރުގެ ވިސްނުމަކީ ބަނގުރަލާއި އޫރުމަހުގެ ވިޔަފާރި އެކުގައި ހުއްޓުވައި ހުރިހާ މަސާޖްޕާލަރތައް ބަންދުކުރުން: ޒުހައިރު


މިމަހު 23 ވަނަދުވަހު ބޭއްވި ބޮޑު މުޒާރާގެ ތެރެއިން ސަރުކާރަށް ގޮވައިލެވުނު ހުރިހައި ކަންކަން ފުރިހަމަ ކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާ ސަރުކާރުން ބޭނުންވަނީ ރާއްޖޭގެ އެއްވެސް ތަނެއްގައި ބަނގުރަލާއި އޫރުމަހުގެ ވިޔަފާރި ކުރުން ހުއްޓުވައި އަދި ރާއްޖޭގައި ހުރި ހުރިހާ މަސާޖްޕާލަރތަކެއް ބަންދުކުރަން ކަމަށް ޕްރެސް ސެކެޓްރީ މުޙައްމަދު ޒުހައިރު ވިދާޅުވެއްޖެއެވެ.

އިޒްރޭލާއެކު ސަރުކާރުން އެއްވެސް ގުޅުމެއް ނުބޭއްވުމަށް މަޖިލީހުން ޤަރާރެއް ފާސްކޮށްދިނުމަށް އިސްލާމިކް މިނިސްޓަރ އެދިވަޑައިގެންފި


އިޒްރޭލާއެކު ދިވެހި ސަރުކާރުން އެއްވެސް ގުޅުމެއް ނުބޭއްވުމަށް މަޖިލީހުން ޤަރާރެއް ފާސްލޮށްދެއްވުމަށް އިސްލާމިކް މިނިސްޓަރ ޑޮކްޓަރ އަބްދުލްމަޖީދު އަބްދުލްބާރީ އެދިވަޑައިގެންފިއެވެ.

"ފުލުހުން އަޅުގަނޑުކައިރީގައި ތައުބާވާނީ ކިހިނެތްތޯ ސުވާލުކުރި" ޝައިޚް އިލްޔާސް


ސާކްސަމިޓާއި އެކު ރަސްމީގޮތުން ބުދުތައް މިރާއްޖެއަށް ގެނެސް، ފާޅުކަން ބޮޑު ގޮތެއްގައި ބުދުތައް ބެހެއްޓުނު އެ ނުބައިވެގެންވާ ޝިރްކުގެ ޢަމަލުގެ ތެރޭގައި ނޭނގި ނަމަވެސް އަދި އެނގިގެން ނަމަވެސް އެ ދާއިރާގެ ތެރޭގައި ހިމެނުނު ބައެއް ފުލުހުން ޝައިޚްގެ ކައިރިން ތައުބާވާނީ ކިހިނެތްތޯ ސުވާލުކުރިކަމަށް ޝައިޚް ދެންނެވީ އާރޓިފިޝަލް ބީޗްގައި އޮތް

Tuesday, December 27, 2011

ދީނީ މިނިވަންކަމަށް ގޮވާލާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ގާނޫނީ ހުރަސްތަކެއް އެބަހުރި: މިނިސްޓައަބްދުލްމަޖީދު އަބްދުލްބާރީރު


ދީނީ މިނިވަންކަމަށް ގޮވާލާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ގާނޫނީ ހުރަސްތަކެއް އެބަހުރި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ މިއަދު ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގައި މަހާނައެއް ކޮނެފައިވާތީ ފުލުހުން އެކަން ބަލަނީ


ވިލިމާލޭ ގަބުރުސްތާނުގެ މަހާނައެއް ކޮނެފައިވާތީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ

ސުވަރުގޭ ނަންފުޅުތައް


   ސުވަރުގޭގައިވާ ދޮރުކޮޅުތަކުގެ ޢަދަދަކީ، އަށެއްކަމަށް ދަލީލު ލިބޭ ޙަދީޘްފުޅުތައް ވެއެވެ. ޠާޢަތާއި ނަމާދާއި ރޯދައާއި ޖިހާދާއި އެނޫން ހެޔޮކަންކަމުގެ ނަމުން ނަންދެއްވާފައިވާ ސުވަރުގޭގެ ދޮރުކޮޅުތައް ހިމެނޭ ޙަދީޘްފުޅުތަކެއް ބަޔާންކުރެއްވުމަށްފަހު، ޤުރުޠުބީ ވިދާޅުވެފައި ވެއެވެ. "މިއިން ދަލީލު ލިބޭ ގޮތުގައި، ސުވަރުގޭގެ ދޮރުކޮޅުތަކުގެ ޢަދަދު، އަށަކަށްވުރެ ގިނައެވެ. އެހެނީ، އެ ދޮރުކޮޅުތަކުގެ ޢަދަދު ތޭރައަށް އެބަ އަރައެވެ."

Monday, December 26, 2011

ހަތަރު ގެރި


އެންމެހާ ޙަމްދު ޘަނާ ޙައްޤުވެގެންވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އަހަރަމެން އެކަލާނގެ އެހީއަށާއި ފާފަފުއްސެވުމަށް އެދެމެވެ. އަދި އަހަރެމެން އަމިއްލަ ނަފްސުތަކާއި ނުބައި ފާފަތަކުގެ ނުބައިކަމުން ސަލާމަތްކޮށްދެއްވުމަށްވެސް އެދެމެވެ. ﷲ ހިދާޔަތް ދައްކަވައިފި މީހަކު މަގުފުރެދިގެންނުދާ ހުއްޓެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފިމީހަކަށް ހިދާޔަތް ދައްކާނެ ދެވަނަ އެހެން ފަރާތެއްނުވެއެވެ.

Sunday, December 25, 2011

އެއީ ހަމަ ޙަޤީޤަތުގައިވެސް ނަޞީބުވެރިންނެވެ

އެކަލިމަކީ އެކަލިމައެއްގެ މަތީގައި އުޑާއި ބިން ޤާއިމްވެފައިވާ ކަލިމައެވެ. އެކަލިމައަކަށްޓައި ހިސާބުބެއްލެވުމާއި ދުނިޔެ ލެއްވި ކަލިމައެވެ. އެއީ އިސްލާމްކަމުގެ ތަނބެވެ. ސުވަރުގޭގެ ތަޅުދަނޑި އެވެ. ފަރުޟުތަކާއި ސުންނަތްތަކުގެ އަސާސެވެ. ކޮންމެ އިންސާނެއްވެސް އެންމެ އަހަމިއްޔަތު ދޭންޖެހޭ އަދި ފުރަތަމަ އެކަމަކަށް އީމާންވުން ވާޖިބުވެ ލާޒިމް ވެގެންވާ ކަލިމައެވެ.

Friday, December 23, 2011

ޔަހޫދީންގެ އަސަރު އިސްލާމްދީނަށް


ޔަހޫދީންގެ މަކަރުވެރިކަމާއި ޙީލަތުގެ އަސަރު ވަރަށް ބޮޑަށް އިސްލާމްދީނަށް ކޮށްފައިވެއެވެ. އެންމެފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ދުނިޔެއަށް ފާޅުވާނެ ދުވަސްވަރާއި، އެކަލޭގެފާނުގެ ސިފަފުޅުތަކާއި، އެކަލޭގެފާނު އުޅުއްވާނެ ތަނުގެ ސިފަތައް ޔަހޫދީންނާއި ނަޞާރާއިންގެ ފޮތްތަކުގައި ބަޔާންވެގެންވެއެވެ. އެބައިމީހުންނަށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަމަ އެނގިގެންވެއެވެ.

Thursday, December 22, 2011

އިސްމާއިލް ހިލްއަތު ރަޝީދު އެއްވެސް ޝަރުތަކާ ނުލައި ހިލްއަތު ދޫކޮށްލުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި ނިއުމަތުﷲ އިދުރީސް ހަވީރުނޫސް


ދީނީ މިނިވަންކަމަށް ގޮވާލި އެއްވުމުގައި ބައިވެރިވި އިސްމާއިލް ހިލްއަތު ރަޝީދު އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން އިއްޔެ ގޮވާލައިފި އެވެ.

އަލްޙަސަނުން ބަޞްރީގެ ބައެއް ޙިކުމަތް

އަލްޙަސަނުލް ބަޞްރީގެ އަރިހުގައި މީހަކު ދެންނެވި އެވެ.
ތިމަންނާގެ އަންހެން ދަރިފުޅާ އިންނަން އެތައް ބަޔަކު ކުރިމަތިލައިފި އެވެ.
އެ މީހުންގެ ތެރޭން ތިމަންނާގެ އަންހެން ދަރިފުޅު ދެވާނީ ކާކާތޯ އެވެ؟

Tuesday, December 20, 2011

އެންމެ މާތް ހަތަރު ބޭކަނބަލުން


އަންހެނުންގެ ތެރޭގައި ވަރަށް މާތް ހަތަރު ބޭކަނބަލަކު ހިމެނިވަޑައިގަންނަވަ އެވެ. އެއީ، އީމާންތެރިކަމާއި، ޚުލްޤު ހެޔޮކަމާއި، އިޙުސާންތެރިކަމުގައި ވެސް މުސްލިމު އުޚުތުންނަށް ރިވެތި ނަމޫނާތަކެކެވެ. މާތް ﷲ، ދުނިޔެއާއި އާޚިރަތުގައި އެ ބޭކަނބަލުން މާތް ކުރައްވައި، އެ ބޭކަނބަލުންނަށް މަތިވެރި ދަރަޖަ ދެއްވި އެވެ. ތިރީގައި މިވަނީ އެ ހަތަރު ބޭކަނބަލުންގެ މަޢުލޫމާތުކޮޅެކެވެ.

Sunday, December 18, 2011

އެންމެ އުފަލުގައި އުޅޭ މީހެއް


ވަރަށް އުފަލާ އަރާމުގައި ދެމަފިރިއަކުއުޅުނެވެ. މި ދެމީހުންވެސް އެންމެ ކަންބޮޑުވަނީ އެމީހުންގެ އެ އުފާވެރިކަން ނިމުމަކަށް އައިސް އެ ދެމީހުންގެ ދެމެދުގައި މައްސަލަތަކެއް ޖެހިދާނެތީއެވެ.

Saturday, December 17, 2011

އީމާން


ހަމަކަށަވަރުން ޢިލްމުލްޢަޤީދާ އަކީ އެންމެ ޝަރަފުވެރި ޢިލްމެވެ. އަދި ޢިލްމުތަކުގެ ތެރެއިން އެންމެ ޤަދަރު އުފުލިގެންވާ ޢިލްމެވެ. އަދި އެންމެހާ ޢިލްމުތަކުގެ ތެރެއިން އެންމެ މުހިންމު ޢިލްމެވެ.

Friday, December 16, 2011

ކީރިތި ޤުރުއާން ކިޔެވުމަކީ ހަކަތަ ލިއްބައިދޭ ކަމެކެވެ.


އީމާންކަމާއެކު، ނަމާދުކޮށް، ކީރިތި ޤުރުއާން ކިޔަވައި، އެހެނިހެން ހެޔޮކަންތައްތައް ކުރާ މީހަކަށް، އެކަންކަމުން ގިނަގުނަ ޞިއްޙީ ފައިދާތައް ލިބެ އެވެ. މިޒަމާނުގައި މިކަން ކަށަވަރުކޮށްދެއްވި އެއް ސައިންޓިސްޓަކީ، ޑރ. ޢަލީ މަންޞޫރު ކަޔާލީ އެވެ. އޭނާއަކީ، ސީރިއާގެ ކުއްލިއްޔަތު ޙަލަބް ގެ ޕްރޮފެސަރެކެވެ.

Wednesday, December 14, 2011

އިސްތިސްޤާ ނަމާދު

1- ފެން ދަތިވެއްޖެނަމަ، ނުވަތަ ވާރޭ ވެހުން ލަސްވަނީނަމަ ވާރޭ ވެއްސެވުމަށް އެދި ނަމާދުކޮށް ދުޢާކުރުމީ ސުއްނަތެކެވެ. މިގޮތުން މޮޅުގޮތަކީ ބޮޑުޖަމާޢަތެއްގައި އެރަށެއްގެ ކުދިބޮޑު އެންމެން ޖަމާވެ ނަމާދުކުރުމަށްފަހު އިމާމުމީހާ ޚުޠުބާދިނުމެވެ. ޚުޠުބާގައްޔާއި ނަމާދުގެ ފަހުގައި ދުޢާކުރުން އޮންނާނެއެވެ.

Monday, December 12, 2011

ދޮގުހުވާކުރާ މީހުންނަށް ހުރި އަޒާބު


            ސުވާލު

ދޮގުހުވާކުރާ މީހުންނަށް ހުރި އަޒާބަކީ ކޮބައިތޯ އެވެ؟ އަދި މާތް ﷲ، އެމީހުންނަށް މިދުނިޔޭގައި އަޒާބުދެއްވުން އަވަސްކުރައްވާނެތޯ އެވެ؟

Saturday, December 10, 2011

އަޅުކަން ފާސިދުކުރާ ވަސްވާހުން ސަލާމަތްވުން


ސުވާލު

އަޅުގަނޑުކުރާ އަޅުކަން ފާސިދުކުރާ ވަސްވާސްތަކެއް، އަޅުގަނޑުގެ ހިތަށް ވެރިވެ އެވެ. އޭގެ ސަބަބުން އަޅުގަނޑުގެ ވިސްނުމާއި ފިކުރު ވިއްސިވިހާލިވެ، އެއްވެސް އަޅުކަމެއް އެދެވޭ ގޮތެއްގައި ނުކުރެވެ އެވެ. މިހެންވެ، ވުޟޫއާއި ނަމާދާއި ހިނައިގަތުން ފަދަ ކަންތައްތައް އިޢާދަކޮށް ކުރަން އެބަޖެހެ އެވެ. މިކަމުން ސަލާމަތްވުމަށްޓަކައި އަޅުގަނޑަށް ކުރެވޭނީ ކޮންކަމެއްތޯ އެވެ؟

Thursday, December 8, 2011

ނޫޙު ސޫރަތުގައިވާ ޢަދަދުގެ ބައެއް އިޢުޖާޒު




ނޫޙު ސޫރަތަކީ، ކީރިތި ޤުރުއާނުގެ 71 ވަނަ ސޫރަތެވެ. އެ ސޫރަތުގައިވަނީ، 28 އާޔަތެވެ.

Tuesday, December 6, 2011

ތިބާ ކަންކަމު އެދެނީ ކާކުގެ ފަރާތުންހެއްޔެވެ؟


ސުފްޔާން ބިން ޢުޔައިނާ ވިދާޅުވިއެވެ:
ޙިޝާމް ބިން ޢަބްދުލް މަލިކް (އޭރުގެ ޚަލީފާ) މައްކާގެ ބޮޑު މިސްކިތަށް ވެދެވަޑައިގެން އެތަނުން (ޢުމަރު ބުނުލް ޚައްޠާބުގެ ކާފަދަރިކަލުން) ސާލިމް ބިން ޢަބްދުﷲ ދެކެވަޑައިގަތެވެ.

Monday, December 5, 2011

އީމެއިލް


ޝައިޚު މުޙަންމަދު އަލްއަރީފީ ގެ އަރިހަށް ޢަރަބި ޒުވާން ފިރިހެނަކު އައިސް ކިޔާދިން ކަމަށް ޝައިޚު ވިދާޅުވިއެވެ.
އޭނާ ބުންޏެވެ. ” އޭ ޝައިޚުއެވެ. ކޮމްޕިޔުޓަރުގެ ދާއިރާއިން ވަރަށް ހުނަރުވެރި މޮޅު އެކުވެރިއަކު އަހަރެންގެ ވިއެވެ.“

Sunday, December 4, 2011

ޖަންނަތުގެ އެންމެ ބޮޑު ނިޢުމަތް


 އަބޫ ސަޢީދުލް ޚުދުރީ (رضى الله عنه)ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ (صلى الله عليه وسلم) ހަދީޘް ކުރެއްވިއެވެ.

Friday, December 2, 2011

މިއުޒިކީއަޑު


ހަމަ ޙަޤީޤަތުގައިވެސް މިއުޒިކަކީ އޭގެ ސަބަބުން ހިތް ހަމަޖެހުން ލިބޭ އެއްޗެއްބާ؟ މިއުޒިކު އަޑުނާހާ މީހުންގެ ހިތްތައް ވަނީ ހިތްހަމަޖެހުމާއި އުފާވެރިކަމުން މަޙްރޫމްވެފައިބާ؟ މިއުޒިކުގައި އާދަޔާ ޚިލާފު "ގެއްލުންތަކެއް" އެކުލެވޭބާ؟

Thursday, December 1, 2011

ސުވަރުގޭގެ އަހުލުވެރިން


ސުވަރުގޭގެ އަހުލުވެރިން ސާދަވިލޭރޭގެ ހަނދުފަދައެވެ. އެމީހުންގެ ކާނާއަކީ އެމީހުން އިޚްތިޔާރުކުރަން ލިބޭ މޭވާތެކެވެ. ސުވަރުގޭގެ އަހުލުވެރިންގެ ކެއުންކަމުގައިވާ މޭވާތައްވަނީ އެމީހުންގެ އަތްފޯރާ ހިސާބަށް ކައިރިވެގެންނެވެ. އަދި މަތީން އުދުހިފައިދާ ދޫނި އެމީހުން ހިތަށް އެރުމާއެކު ފިހެވިގެން (ކާންތައްޔާރުވެގެން) އެމީހުންގެ ކުރިމަތީގައިވާ ތަބައްތަކަށް ވެއްޓޭނެއެވެ.

Wednesday, November 30, 2011

ގެއްލިފައިވާ ރޯދައިގެ އަދަދު ނޭގޭނަމަ ހަދާނީ ކިހިނެއްތޯ އެވެ؟




ސުވާލު:ގެއްލިފާ ވާ ރޯދާގެ އަދަދު ނޭގޭނަމަ ހަދާނީ ކިހިނެއް ތޯ އެވެ؟ ކުރީގައި އަޅުގަޑަކީ މަސްތުވާތަ ކެ ތި ބޭނުން ކުރި މީ ހެ ކެވެ. އޭ ރު ދޫ ކުރިވިފާ ވައި ރޯދާގެ އަދަދު ނޭގޭތީ އެވެ.

Monday, November 28, 2011

ނުބައިވެގެންވާ ޢިލްމުވެރިޔާ


ދަންނާށެވެ! މަތީ މަޤާމްތަކާއި ދަރަޖަތައް ލިބިގަތުމަށް އުޅޭ މީހާއަށް، އެކަން ޙާޞިލުވުމުގެ ކުރިން އެފަދަ މީހަކަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެއެވެ. އެއީ އެކަމަށްޓަކައި ގަދައަޅާ ކުރަންޖެހޭ މަސައްކަތާއި އަދި އެކަން ދެމެހެއްޓުމުގައި އޭނާ ގަދައަޅާ އެދި އަދި އޭގެ ސަބަބުން އުފެދޭ ނާއިންސާފާއި ކިބުވެރިކަމާއި އަދި އެހެނިހެން ނުބައި ކަންތައްތަކެވެ.

Saturday, November 26, 2011

އީމާންކަން ގިނަވެ މަދުވުން

އަހްލުއްސުއްނާވަލްޖަމާޢާގެ ޢަޤީދާއަކީ އީމާންކަމަކީ އިތުރުވެ މަދުވާ އެއްޗެކެވެ. އީމާންކަން އިތުރުވަނީ ކިޔަމަންތެރިކަމާއި ހެޔޮޢަމަލުގެ ސަބަބުންނެވެ. އީމާންކަން ދަށްވެ އުނިވަނީ އުރެދުމާއި ނުބައި ކަންތަކުގެ ސަބަބުންނެވެ. މިކަމަށް ކީރިތި ޤުރްއާނުންނާއި މާތްނަބިއްޔާ صَلَّ اللهُ عَلَيْهِ وَسَلَّم ގެ ސުންނަތުންނާއި އަޞްޙާބު ބޭކަލުންގެ ބަސްފުޅުތަކުން ދަލީލު ލިބެއެވެ.

Thursday, November 24, 2011

ބަދަލު


މިސްކިތުން ދިމާވި ހަރު އުމުރުގެ މީހަކާއި ވާހަކަ ދައްކަމުން އަހަރެން ދީނަށް ލޯބިޖެހުނު ގޮތުގެ ވާހަކަޔާއި، އަހަރެންގެ ދިރިއުޅުމުގެ ވާހަކަ ކިޔައިދިނީމެވެ. އޭނާވެސް އޭނާގެ ވާހަކަ ބޭނުންވި  އަހަރެންވެސް އޭނާގެ ވާހަކަށް އަޑު އެހުމަށް ޝަޢުޤުވެރިވާކަން ހާމަކުރީމެވެ. އޭނާ އޭނާގެ ވާހަކަ ކިޔައިދޭންފެށިއެވެ.

Tuesday, November 22, 2011

ފަލަސްޠީނުގެއުޚުތުން


3 ނޮވެމްބަރ 2006 ވީ ހުކުރު ދުވަހު ފަލަސްޠީނުގެ އަންހެނުންތަކެއް އާދަޔާ ޚިލާފް ހިތްވަރެއް ސާބިތުކޮށްދިނެވެ.

Sunday, November 20, 2011

ބިދުޢަވެރިން


ކޮއިފުޅާއެވެ. ފުރިހަމަ އިސްލާމަކަށް ވަންޏާމު ބިދުޢަވެރިން ދަންނަން ވާނެއެވެ. އެބައިމީހުންނަކީ ކޮންބައެއްކަމާއި އެބައިމީހުންގެ ބޭނުމަކީ ކޮބައިކަމާއި އެބައިމީހުން ބިދުޢަވެރިންނަށް ވީ ކީއްވެކަމާއި މިހިރި މިހިރަ ކަންކަމީ މުސްލިމުންގެ އަހުލުއް ސުންނަތަށް ނިސްބަތްވަންޏާމު ކޮންމެހެންވެސް  ދަންނަން ޖެހޭނެ ކަންކަމެވެ.

Friday, November 18, 2011

މަންމަގެ ވާހަކަ


ޢާއިޝާ އަކީ ސްކޫލްގައި އެހާ ‘މަޝްހޫރު’ ކުއްޖެއް ނޫނެވެ. އޭނާއަކީ ބަސްއަހާ އަޚްލާޤު ރަނގަޅު ކުއްޖެކެވެ. ކުލާހުގެ ހުރިހާކުދިންނާއި މުދައްރިސުން އޭނާއަށް އިޙްތިރާމް ކުރެއެވެ. އެއީ ބަސްއަހާ ކުދިންދެކެ އެންމެންވެސް ލޯބިވާތީއެވެ.

Wednesday, November 16, 2011

މުއުމިނުންގެ އަމީރ



މުސްލިމުން އެއްޚިލާފަތެއްގެ ދަށުގައި އުޅުނު ދުވަސްވަރެވެ. މުސްލިމުންގެ ޚަލީފާ މުޢުތަޞިމް އާދައިގެ މަތިން އޭނާގެ މަޖިލީހުގައި، މުސްތަޝާރުންނާއި ވާހަކަ ދައްކަވަން ހުންނެވި ވަގުތެކެވެ. ކުއްލިއަކަށް މަޖިލީހުގައި ތިބި އެންމެންގެ ލޯތައް ހުއްޓުނީ އޭޝިޔާއިން އައި މީހަކާ ދިމާލަށެވެ.

Tuesday, November 15, 2011

ސިވާކު


ޖަރުމަނު ވިލާތުގެ ރޯސުޓޮކް ޔުނިވަރސިޓީއިން ކުރި ދިރާސާއަކުން ދައްކާގޮތުގައި ދަތްއުނގުޅަން މުސްލިމުން ބޭނުންކުރާ ސިވާކު ދަނޑިކޮޅަކީ އޭގައިވަރަށްގިނަ ފައިދާ އެކުލެވޭ ދަނޑިކޮޅެކެވެ.

Monday, November 14, 2011

އައްޑޫގައި ހުރި ބުދު ޕާކިސްތާން މޮނިޔުމެންޓްގައި ބަޔަކު ރޭ ދަންވަރު ރޯކޮށްލައިފި





އައްޑޫ ސިޓީގެ ހިތަދޫގައި ބަހައްޓާފައިވާ ޕާކިސްތާން މޮނިޔުމެންޓްގައި ކޮންބައެއްކަން ނޭންގޭ ބަޔަކު ރޭ ދަންވަރު 02:15 ހާއިރު ރޯކޮށްލާފިއެވެ. މަންޒަރުދުށް ފަރާތްތަކުން ހާމަ ކޮށްފައިވާ ގޮތުގައި މޮނިޔުމެންޓް ތަކުގައި ރޯކޮށްފައިވަނީ ސާފުތެޔޮ އަޅާގެންނެވެ.

“لا إله إلاّ الله


“لا إله إلاّ الله” އަކީ އެކަލިމައެއްގެ ސަބަބުން އެމީހަކަށް ދުނިޔެއާއި އާޚިރަތުގެ ފަލާޙާއި ކާމިޔާބު ލިއްބައިދޭނެ ކަލިމައެކެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަޛާބުގެ ގޯތިކަމުގައިވާ ނަރަކައިން މިންޖުވެ، އެއިލާހުގެ ރަޙްމަތާއި ނިޢުމަތުގެ ގޯތި ސުވަރުގެއަށް ވާޞިލުކޮށްދޭނެ ކަލިމައެކެވެ. މިފަދަ މާތް ކަލިމައަކަށް މިކަލިމަ ވީހިނދު، މިކަލިމައިގެ ސަބަބުން ބުނެވި ދިޔަ ކާމިޔާބީތައް ހޯދޭނީ، މިކަލިމައާމެދު ކޮންގޮތަކަށް ތެދުކޮށް، އަދި ޢަމަލުކޮށްގެންކަން ދެނެގަތުމަކީ އިންސާނާގެ އެންމެ މުހިއްމު ވާޖިބެވެ.

Sunday, November 13, 2011

އަލްއިމާމް އަޙްމަދު ބިން ޙަންބަލް


ދުވަސްވަރަކީ ޢައްބާސީ ޚިލާފަތުގެ ރަން ދުވަސްތަކެވެ. ފިކުރުގެ ދެފަރާތަކީ ނައްޞުގައި ހިފަހައްޓައި އޭގެ ބޭރުފުށަށް އީމާންވެ، ސިކުނޑިން ޤިޔާސްކުރުން، ކޮންމެހެން ކުރަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ދޫކޮށްލައިފައިވާ ފިކުރީ ވިސްނުމަކާއި، ވިސްނުމާއި ހޯދުމާއި ޤިޔާސްކުރުމުގައި ބުއްދި އެކީ ދޫކޮށް ބާރުވެރިކުރުވާފައިވާ ފިކުރީ ވިސްނުމެކެވެ. ފުރަތަމަ ފިކުރުގެ ރާއިދުންނަކީ، ޙަދީސުގެ އަހުލުވެރިންނެވެ. އެބޭފުޅުންގެ ފަހަތުގައި ޢާންމުންގެ ގިނަ މީސްތަކުން ތިބޫއެވެ.

Saturday, November 12, 2011

ސުލްޠާނު ޞަލާޙުއްދީނު އައްޔޫބީ

ސުލްޠާނު ޞަލާޙުއްދީނު އައްޔޫބީ (1138- 1193މ) ރައްކައުވީ ޢިރާޤުގެ ތިކުރީތެވެ ކިޔުނު ރަށުގަ އެވެ. އެއީ ދިޖުލަތު ކޯރުގެ ހުޅަނގު އައްސޭރީގައި ބަޣުދާދާއި، މުޞިލާ ދެމެދުގައި އޮންނަ ރަށެކެވެ. ޞަލާޙުއްދީނުގެ ބައްޕާފުޅަކީ، ނަޖުމުއްދީނު ބިން އައްޔޫބީ އެވެ.

ކީރިތި ރަސޫލާގެ ދަރިކަބަލުން އައްސައްޔިދާ ފާޠިމާ ރަޟިޔަ ﷲ ޢަންހާ



ކީރިތި ރަސޫލާގެ  ހަތަރުވަނަ  ދަރިކަބަލުން  އައްސައްޔިދާ ފާޠިމާ  ރަޟިޔަ ﷲ ޢަންހާއަކީ  ހުރިހާ  ގޮތަކުންމެ  މުއުމިނު އަންހެނުންނައްހުރި ނަމޫނާއެކެވެ. އެކަމަނާއަކީ ކީރިތި ރަސޫލާ އެންމެ ލޯބިފުޅުވާ ދަރިކަނބަލުންނެވެ.  އެކަމަނާ އެންމެ ވައްތަރުފުޅީ އެކަމަނާގެ ލޮބުވެތި މައިކަނބަލުން އުންމުލް މުއުމިނީން ޚަދީޖާ ރަޟިޔަ ﷲ ޢަންހާ އާއެވެ. ނަމަވެސް އުޅުއްވުމާ އަޚްލާޤުފުޅު އެންމެ ވައްތަރުފުޅީ ބައްޕާފުޅު ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމައެވެ.

ނުބައިކަންތަކަށް ވާގިވެރިނުވާށެވެ!




އައްޑޫ ސިޓީގައި ޕާކިސްތާނު ތަމްސިލުކުރުމަށް ބަހައްޓާފައިހުރި ބުދުތަކަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެދަށުން ރާއްޖެއަށް އެތެރެކުރެވިގެންވާނެ ބުދުތަކެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވެއްޖެއެވެ.

Wednesday, November 9, 2011

އެންމެ ބުރަ އަޅުކަން




އަހަރެން މިދީނަށް ނަޒަރު ހިންގާލުމުން އަދި މިދީނުގެ ނިޝާން ތަކާއި އަޅުކަމުގައިވީ ގިނަ ތަޖުރިބާ ތަކުން އަހަރެންނަށް އެނގުނު ގޮތުގައި އަޅާގެ މައްޗަށް އެންމެ ބުރަވެގެންވާ އަޅުކަމަކީ ޖިހާދު ކުރުމެވެ. އެހެންކަމުން މި އުދަގޫތަކާއިހުރެ އިސްލާމްދީނުގެ އެންމެމަތީ ދަރަޖައެއް ދެވިފައި ވަނީވެސް ޖިހާދަށެވެ. ﷲ سبحانه وتعالى މުޖާހިދުންނަށްޓަކައި ތައްޔާރު ކުރައްވަވާފައިވާ އަޖުރަކީ އޭގެން އުނި ކުރެވުމެއް ނުވާ މަތިވެރި އަޖުރެކެވެ.

Sunday, November 6, 2011

ކޮންމެ ދެމަފިރިއަކަށް އެންމެ ދަރިއެއް ހޯދުމުގެ ސިޔާސަތުން ޗައިނާ އަށް ބޮޑު ބުރައެއް!


ބޭޖިން (ނޮވެމްބަރު 5) - ޗައިނާގައި ކޮންމެ ދެމަފިރިއަކަށް އެންމެ ދަރިއެއް ހޯދުމުގެ ސިޔާސަތަށް އަމަލުކުރަން ފެށި ފަހުން އާބާދީން ބައި ބިލިއަން މަދުވެފައި ވާނެ ކަމަށް އަންދާޒާކުރެވެ އެވެ. އެކަމަކު މި ސިޔާސަތުގެ ސަބަބުން ޗައިނާގެ އާބާދީގެ އުމުރުފުރާތައް ބެހިގެންވާ ގޮތަށް ބޮޑު ބަދަލެއް އައިސް އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ވަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާން ފަށައިފަ އެވެ.

Saturday, November 5, 2011

ހައްޖު ދުވަސް




1.އެއްދުވަހަކު ޔަހޫދީންގެ މީހަކު ޢުމަރު ރަޟިޔަﷲޢަންހަށް ބުންޏެވެ. އޭ އަމީރުލްމުއުމިނީންއެވެ. އަޅުގަނޑުމެންނަށް ބާވައިލެއްވުނު ނަމަ، އެއާޔަތް ބާވައިލެއްވުނު ދުވަސް އަޅުގަނޑުމެން ޢީދެއްގެ ގޮތުގައި ފާހަނގަކުރާނޭފަދަ ޢާޔަތެއް މުސްލިމުން އެބައިމީހުންގެ ފޮތުން ކިޔަވަމުންދެއެވެ.

Thursday, November 3, 2011

ޤުރުއާނާއި ސުންނަތުގެ އަލީގައި ޒުވާނުން


އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ނިކަމެތިކަން މިއަދު ކުރިމަތިވެފައިވަނީ ކޮންބައެއްގެ ސަބަބުންހެއްޔެވެ؟
އެއީ އިސްލާމް ދީނުގައި ހުރި، އުނި ކަމެއްގެ ސަބަބުންހެއްޔެވެ؟ ނޫނީ އެ ދީނަށް ތަބާވެގެން ތިބި މީހުންގެ ސުލޫކުގައި ހުރި އުނިކަމެއްގެ ސަބަބުންހެއްޔެވެ؟ ޝައްކެއްވެސް ނެތް ގޮތުގައި ސުވާލުގެ ޖަވާބަކީ ހުރިހާ މައްސަލަތަކެއްގެ އަސްލަކީ އަހަރެމެން މުސްލިމުންގެ އުޅުމާއި ސުލޫކު ޤުރުއާނާއި ސުންނަތުގައި އަންގަވާފައިވާ ގޮތާއި ދުރަށް ދިއުމެވެ.

ބަދުރު ހަނގުރާމަ


ބަދުރު ހަނގުރާމަ ހިނގީ ހިޖުރައިން 2 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހުގައެވެ. މި ހަނގުރާމަ ކުރަން މެދުވެރިވި މައިގަނޑު ސަބަބަކީ ، ކުރީ ފަހަރެއްގައި މުސްލިމުން ދިމާކުރި ޝާމަށް ދިޔަ ޤުރަޝީ ޤާފިލާއެއް، މުސްލިމުން އަތު ނުޖެހި ފިލައިގެން ދިޔައެވެ. ދެން އެނބުރި އަންނަ ވަގުތަކަށް ބަލަބަލާ ތިބުމަށް ރަސޫލާ، ޠަލްޙާ ބިން ޢުބައިދުއްﷲ އާއި ސަޢީދު ބިން ޒައިދު ފޮނުއްވިއެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons