Thursday, February 28, 2013

ދުނިޔޭގައި ދަތި އުނދަގޫތަކުން މީސްތަކުން ސަލާމަތްކޮށްދިނުމަކީ އާޚީރަތުގެ ދަތި އުނދަގޫތަކުން ތިބާ ސަލާމަތްވާނޭކަމެއް


الحمد الله رب العالمين ، والصلاة والسلام على سيد الأولين وعلى آله وأصحابه الذين ساروا على طريقه ومنهاجه، وعلى التابعين ومن تبعهم إلى يوم الدين.

Tuesday, February 26, 2013

ޝާމް

ޝާމްއަކީ މިހާރުގެ ސީރިޔާވެސް ހިމެނޭ ސަރަޙައްދެވެ. އެއީ އެބިމެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ މިދުނިޔެއަށް ފޮނުއްވި އެތައް ނަބީންނަކާއި ރަސޫލުންނެއް އެބޭކަލުންގެ ދަޢުވަތު މިބިންމަތީ ފެތުރުއްވެވި ބިމެވެ.

Sunday, February 24, 2013

ޤިޔާމަތް ދުވަހުން މުއުމިނުން އެބައިމީހުންގެ ރައްބު ދެކޭނެއެވެ

ޤިޔާމަތް ދުވަހުން ﷲ ތަޢާލާ މުއުމިނުންނަށް ބަސް ވަޙީ ކުރައްވާނެއެވެ. އަދި އެބައިމީހުންނަށް އެއިލާހު ދުށުމުގެ ނިޢުނަތް ދެއްވާނެެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿ وُجُوهٌ يَوْمَئِذٍ نَّاضِرَةٌ إِلَىٰ رَبِّهَا نَاظِرَةٌ ﴾ سورة القيامة މާނައީ: “އެދުވަހުން މޫނުތަކެއް ރީތިވެ އަލި ވެގެން ވެއެވެ. އެމޫނުތަކުގެ ވެރިރަސްކަލާނގެ އަށް ބަލަބަލައި ތިބެއެވެ.” މިއީ އަހްލުއްސުންނާ ވަލްޖަމާޢަތުގެ ޢަޤީދާއެވެ.

Friday, February 22, 2013

ދަމުނަމާދު ކުރާގޮތް.


ސުވާލު:

ދަމުނަމާދު ކުރާގޮތް ތަފްސީލްކޮށް ބުނެދެވިދާނެތޯ؟ ކިޔާ ސޫރަތްތަކާ އެކު؟

Wednesday, February 20, 2013

ތިބާ ބޭނުން ސުރުހީއެއް ދޭށެވެ.


އަހަރެންގެ މަންމަ އަހަރެންގެ މަރުވެފައިވާ މަސްގަނޑު ކައިރީ ހުރެ ރޮނީއެވެ. ގިސްލަ ގިސްލާފައެވެ. މަންމަ އެރޮނީ އަހަރެން މަރުވުމުންނެވެ. މަންމަގެ އެންމެ ހަނގު ފިރިހެންދަރިފުޅެވެ. އަހަރެން މަރުވީ މިއަދެވެ. އުފަންވީ ނަވާރަ ސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގެ ޖުލައި މަހުގެ ދިހަވަނަ ދުވަހުއެވެ. މިއަދު އަހަރެން މަރުވި އިރު އުމުރަކީ 24 އަހަރާއި 1 މަހާއި 8 ދުވަހެވެ.

Monday, February 18, 2013

ސަރުކާރުން ދީނާ ޚިލާފު ކަންތައްތައް ކުރާނަމަ ސަރުކާރަށް ތަބާވާންޖެހޭނެތޯ؟

ސުވާލު: ސަރުކާރުން ދީނާއި ޚިލާފަށް ކަންތައްތައް ކުރާނަމަ އެސަރުކާރަކަށް ތަބާވާންޖެހޭނެތޯ؟

Saturday, February 16, 2013

ފަތިސްނަމާދު….


ޒަމާނަށް އަންނަމުންދާ ބަދަލުގައި އެއިގެ އަވައިގައި އެންމެ ފުރަތަމަ ޖެހޭބަޔަކީ ހަމަ ޔަޤީނުންވެސް ޤައުމުގެ ޒުވާނުންކަން ކަށަވަރެވެ. މިޒަމާނުގެ ކުއްޖަކަށް ގޮވާލުމަށްފަހު މަންމަ ދަރިފުޅާއޭ އަވަހަށް ނިދާ އަވަހަށް ހޭލުމަށް އާދަކުރާށޭ ބުނެފިނަމަ އެ މަންމަ އަކީ މިވަނީ “ކަޓް” މަންމަ އަކަށެވެ. ބޯދާ ޚިޔާލުގެ މުސްކުޅި މަންމަ އަކަށެވެ.

Thursday, February 14, 2013

ތައުބާވުމާއި ދުނިޔެވީ ނިޢުމަތާއިހުރި ބަދަހިގުޅުން


ވާރޭނުވެހި ޒަމާންތަކެއެއް ވުމުގެ ސަބަބުން ގަސްގަހާގެހި ވަނީ ހިކިފައެވެ، އަދި ނަޢާމްސޫފިތަށްވަނީ މަރުވެފައެވެ. ދުވަސްވަރަކީ މުސާގެފާނުގެ ޒަމާނެވެ. މިބައިމީހުނަށް ދިމާވެފައިމިވަނީ ވަރަށްވެސް އުނދަގޫދަތިދުވަސްވަރަކާއެވެ. އެހެންކަމުން މުސާ ޢަލައިހިއްސަލާމް ހަތްދިހަ ބޭކަލުންނާއިއެކު ރަށުންބޭރަށް ވަޑައިގަތެވެ.

Tuesday, February 12, 2013

ލޯބިވެރިންގެ ދުވަހަށް ތައްޔާރުވުމުގެ ކުރިން މިލިޔުން ކިޔާލުން އެދެން



މި ލިޔުމުގައި ވަނީ

މި ދުވަސް ފާހަގަ ކުރުމާއި ބެހޭގޮތުން އުޘައިމީން ރަޙިމަޙުﷲ ދެއްވާފައިވާ ފަތުވާ

މިފަދަ ދުވަސްތައް މުސްލިމުން ފާހަގަ ކުރުމާއި ބެހޭގޮތުން
ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާގެ ރައުޔު

އިމާމް އިބުނު ޤައްޔިމުގެ ރައުޔު


ވެލެންޓައިންސު ދުވަހަކީ ކޮބާ؟

Sunday, February 10, 2013

އެންމެ މޮޅުއިތުރު ޒިކުރުގައިވާ ބައެއް ސިއްރުތަކަށް ނަޒަރެއް!


ކީރިތި ޤުރުއާނުގެ، އައްޞާފާތު ސޫރަތުގެ 35 ވަނަ އާޔަތާއި، މުޙައްމަދު ސޫރަތުގެ 19 ވަނަ އާޔަތުގައި، ތައުޙީދުގެ ކަލިމަ ނަންގަނެވިފައިވެ އެވެ. ތައުޙީދުގެ ކަލިމައަކީ، لَا إِلَهَ إِلَّا اللَّهُ އެވެ. ވަކިވަކިން ގުނައިފިނަމަ، މިއީ، ހަތަރު ލަފުޒެވެ. މި ހަތަރު ލަފުޒު، އެއްކަލިމައެއްގެ ގޮތުގައި ސިފަކޮށް، މިއަށް "ތައުޙީދުގެ ކަލިމަ" އެވެ، ކިޔަނީ އިސްލާމީ ޢަޤީދާގެ އިސްޠިލާޙެއްގެ ގޮތުގަ އެވެ. މި ކަލިމައާމެދު ކީރިތި މާތް ނަބިއްޔާ ޙަދީޘްކުރައްވާފައިވެ އެވެ.

Friday, February 8, 2013

ބަދު ދުޢާ


ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާއި ދެކޮޅަށް ހަނގުރާމަ ކުރާ މީހުން ހަލާކު ކުރެއްވުން އެދި ބަދު ދުޢާ ކުރުމަކީ މަޝްރޫޢު ކަމެކެވެ. އެކަމުގެ ދަލީލުތައް ގުރްއާނާއި ސުންނަތުން ލިބެން އެބަހުއްޓެވެ.

Wednesday, February 6, 2013

ތިބާ އުފަންވެފައިވަނީ މި ތިން ހަޤީޤަތާއެކުއެވެ.


ތިބާ އުފަންވުމުގެ އެއްއަހަރުކުރި ހިތައްގެންނާވާށެވެ. އޭރު ތިބާއަކީ ނެތުމުގެ ތެރޭގައިވާ ނަފްސެކެވެ. ތިބާގެ މައިމީހާގެ ބަނޑުގައި 9 މަހާ 9 ދުވަސް ހޭދަކުރުމަށްފަހު ދުނިޔެއަށް ނޭވާލަނީ މިހުސްކަމުގެ ތެރެއިންނެވެ.

Monday, February 4, 2013

ޓައިޓޭނިކް ކަނޑުއަޑީގައި އޮންނަތާ ގަރުނެއް


.ޓައިޓޭނިކް ކަނޑުއަޑީގައި އޮންނަތާ ގަރުނެއްއެ ބޯޓެއްގެ ފުރަތަމަ ދަތުރުގައި ގަނޑުފެންގަނޑެއްގައި ޖެހި ކަނޑުގެ ތެރެއަށް ޣަރަގުވެގެން ދިޔަ މަޝްހޫރު ޓައިޓޭނިކް ފެތުނު ހާދިސާއަށް މިއަދު 100 އަހަރު ފުރޭނެއެވެ. މީގެ ގަރުނެއް ކުރިން ޓައިޓޭނިކް ކަނޑުގެ ތެރެއަށް ފެތިގެން ދިޔުން ވެގެން ދިޔައީ އޭރު މުޅި ދުނިޔެ ސިއްސުވާލި ހަބަރަކަށެވެ. ކަނޑުމަތީގައި ހިނގާދިޔަ އެންމެ ހިތާމަވެރި ހާދިސާ ކަމަށް ގިނަބަޔަކު ސިފަކުރާ މިހާދިސާގައި 1517 މީހުން މަރުވިއެވެ. 

Saturday, February 2, 2013

ހެއުކަންތަކުގައި ތިމަންބޭކަލުންނަށްވުރެ ކުރިއެރުއްވީ އަބޫބަކުރުގެފާނު

ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްދުވަހެއްގެ ފަތިސްނަމާދުން ނިމިވަޑައިގެން އަޞްޙާބު ބޭކަލުންނާ ކުރިމަތިލައްވާ ސުވާލު ކުރެއްވިއެވެ. " ތިޔަބައިމީހުންކުރެ ރޯދައަށް ހުންނަވާ ޙާލުގައި ފަތިސް ކުރެއްވީ ކޮން ބޭކަލެއްތޯއެވެ؟ ޢުމަރުގެފާނު ވިދާޅުވިއެވެ. "ރޭގައި ތިމަންކަލޭގެފާނު ރޯދައަށް ހުންނެވުމަކަށް ޤަޞްދެއް ނުކުރައްވަމެވެ. އެހެންކަމުން ފަތިސްވީ ރޯދައަށް ހުންނަވާ ޙާލަކު ނޫނެވެ."  ފަހެ މިހިދުގައި އަބޫބަކުރުގެފާނު ވިދާޅުވިއެވެ. "

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons