Wednesday, November 30, 2011

ގެއްލިފައިވާ ރޯދައިގެ އަދަދު ނޭގޭނަމަ ހަދާނީ ކިހިނެއްތޯ އެވެ؟




ސުވާލު:ގެއްލިފާ ވާ ރޯދާގެ އަދަދު ނޭގޭނަމަ ހަދާނީ ކިހިނެއް ތޯ އެވެ؟ ކުރީގައި އަޅުގަޑަކީ މަސްތުވާތަ ކެ ތި ބޭނުން ކުރި މީ ހެ ކެވެ. އޭ ރު ދޫ ކުރިވިފާ ވައި ރޯދާގެ އަދަދު ނޭގޭތީ އެވެ.

Monday, November 28, 2011

ނުބައިވެގެންވާ ޢިލްމުވެރިޔާ


ދަންނާށެވެ! މަތީ މަޤާމްތަކާއި ދަރަޖަތައް ލިބިގަތުމަށް އުޅޭ މީހާއަށް، އެކަން ޙާޞިލުވުމުގެ ކުރިން އެފަދަ މީހަކަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެއެވެ. އެއީ އެކަމަށްޓަކައި ގަދައަޅާ ކުރަންޖެހޭ މަސައްކަތާއި އަދި އެކަން ދެމެހެއްޓުމުގައި އޭނާ ގަދައަޅާ އެދި އަދި އޭގެ ސަބަބުން އުފެދޭ ނާއިންސާފާއި ކިބުވެރިކަމާއި އަދި އެހެނިހެން ނުބައި ކަންތައްތަކެވެ.

Saturday, November 26, 2011

އީމާންކަން ގިނަވެ މަދުވުން

އަހްލުއްސުއްނާވަލްޖަމާޢާގެ ޢަޤީދާއަކީ އީމާންކަމަކީ އިތުރުވެ މަދުވާ އެއްޗެކެވެ. އީމާންކަން އިތުރުވަނީ ކިޔަމަންތެރިކަމާއި ހެޔޮޢަމަލުގެ ސަބަބުންނެވެ. އީމާންކަން ދަށްވެ އުނިވަނީ އުރެދުމާއި ނުބައި ކަންތަކުގެ ސަބަބުންނެވެ. މިކަމަށް ކީރިތި ޤުރްއާނުންނާއި މާތްނަބިއްޔާ صَلَّ اللهُ عَلَيْهِ وَسَلَّم ގެ ސުންނަތުންނާއި އަޞްޙާބު ބޭކަލުންގެ ބަސްފުޅުތަކުން ދަލީލު ލިބެއެވެ.

Thursday, November 24, 2011

ބަދަލު


މިސްކިތުން ދިމާވި ހަރު އުމުރުގެ މީހަކާއި ވާހަކަ ދައްކަމުން އަހަރެން ދީނަށް ލޯބިޖެހުނު ގޮތުގެ ވާހަކަޔާއި، އަހަރެންގެ ދިރިއުޅުމުގެ ވާހަކަ ކިޔައިދިނީމެވެ. އޭނާވެސް އޭނާގެ ވާހަކަ ބޭނުންވި  އަހަރެންވެސް އޭނާގެ ވާހަކަށް އަޑު އެހުމަށް ޝަޢުޤުވެރިވާކަން ހާމަކުރީމެވެ. އޭނާ އޭނާގެ ވާހަކަ ކިޔައިދޭންފެށިއެވެ.

Tuesday, November 22, 2011

ފަލަސްޠީނުގެއުޚުތުން


3 ނޮވެމްބަރ 2006 ވީ ހުކުރު ދުވަހު ފަލަސްޠީނުގެ އަންހެނުންތަކެއް އާދަޔާ ޚިލާފް ހިތްވަރެއް ސާބިތުކޮށްދިނެވެ.

Sunday, November 20, 2011

ބިދުޢަވެރިން


ކޮއިފުޅާއެވެ. ފުރިހަމަ އިސްލާމަކަށް ވަންޏާމު ބިދުޢަވެރިން ދަންނަން ވާނެއެވެ. އެބައިމީހުންނަކީ ކޮންބައެއްކަމާއި އެބައިމީހުންގެ ބޭނުމަކީ ކޮބައިކަމާއި އެބައިމީހުން ބިދުޢަވެރިންނަށް ވީ ކީއްވެކަމާއި މިހިރި މިހިރަ ކަންކަމީ މުސްލިމުންގެ އަހުލުއް ސުންނަތަށް ނިސްބަތްވަންޏާމު ކޮންމެހެންވެސް  ދަންނަން ޖެހޭނެ ކަންކަމެވެ.

Friday, November 18, 2011

މަންމަގެ ވާހަކަ


ޢާއިޝާ އަކީ ސްކޫލްގައި އެހާ ‘މަޝްހޫރު’ ކުއްޖެއް ނޫނެވެ. އޭނާއަކީ ބަސްއަހާ އަޚްލާޤު ރަނގަޅު ކުއްޖެކެވެ. ކުލާހުގެ ހުރިހާކުދިންނާއި މުދައްރިސުން އޭނާއަށް އިޙްތިރާމް ކުރެއެވެ. އެއީ ބަސްއަހާ ކުދިންދެކެ އެންމެންވެސް ލޯބިވާތީއެވެ.

Wednesday, November 16, 2011

މުއުމިނުންގެ އަމީރ



މުސްލިމުން އެއްޚިލާފަތެއްގެ ދަށުގައި އުޅުނު ދުވަސްވަރެވެ. މުސްލިމުންގެ ޚަލީފާ މުޢުތަޞިމް އާދައިގެ މަތިން އޭނާގެ މަޖިލީހުގައި، މުސްތަޝާރުންނާއި ވާހަކަ ދައްކަވަން ހުންނެވި ވަގުތެކެވެ. ކުއްލިއަކަށް މަޖިލީހުގައި ތިބި އެންމެންގެ ލޯތައް ހުއްޓުނީ އޭޝިޔާއިން އައި މީހަކާ ދިމާލަށެވެ.

Tuesday, November 15, 2011

ސިވާކު


ޖަރުމަނު ވިލާތުގެ ރޯސުޓޮކް ޔުނިވަރސިޓީއިން ކުރި ދިރާސާއަކުން ދައްކާގޮތުގައި ދަތްއުނގުޅަން މުސްލިމުން ބޭނުންކުރާ ސިވާކު ދަނޑިކޮޅަކީ އޭގައިވަރަށްގިނަ ފައިދާ އެކުލެވޭ ދަނޑިކޮޅެކެވެ.

Monday, November 14, 2011

އައްޑޫގައި ހުރި ބުދު ޕާކިސްތާން މޮނިޔުމެންޓްގައި ބަޔަކު ރޭ ދަންވަރު ރޯކޮށްލައިފި





އައްޑޫ ސިޓީގެ ހިތަދޫގައި ބަހައްޓާފައިވާ ޕާކިސްތާން މޮނިޔުމެންޓްގައި ކޮންބައެއްކަން ނޭންގޭ ބަޔަކު ރޭ ދަންވަރު 02:15 ހާއިރު ރޯކޮށްލާފިއެވެ. މަންޒަރުދުށް ފަރާތްތަކުން ހާމަ ކޮށްފައިވާ ގޮތުގައި މޮނިޔުމެންޓް ތަކުގައި ރޯކޮށްފައިވަނީ ސާފުތެޔޮ އަޅާގެންނެވެ.

“لا إله إلاّ الله


“لا إله إلاّ الله” އަކީ އެކަލިމައެއްގެ ސަބަބުން އެމީހަކަށް ދުނިޔެއާއި އާޚިރަތުގެ ފަލާޙާއި ކާމިޔާބު ލިއްބައިދޭނެ ކަލިމައެކެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަޛާބުގެ ގޯތިކަމުގައިވާ ނަރަކައިން މިންޖުވެ، އެއިލާހުގެ ރަޙްމަތާއި ނިޢުމަތުގެ ގޯތި ސުވަރުގެއަށް ވާޞިލުކޮށްދޭނެ ކަލިމައެކެވެ. މިފަދަ މާތް ކަލިމައަކަށް މިކަލިމަ ވީހިނދު، މިކަލިމައިގެ ސަބަބުން ބުނެވި ދިޔަ ކާމިޔާބީތައް ހޯދޭނީ، މިކަލިމައާމެދު ކޮންގޮތަކަށް ތެދުކޮށް، އަދި ޢަމަލުކޮށްގެންކަން ދެނެގަތުމަކީ އިންސާނާގެ އެންމެ މުހިއްމު ވާޖިބެވެ.

Sunday, November 13, 2011

އަލްއިމާމް އަޙްމަދު ބިން ޙަންބަލް


ދުވަސްވަރަކީ ޢައްބާސީ ޚިލާފަތުގެ ރަން ދުވަސްތަކެވެ. ފިކުރުގެ ދެފަރާތަކީ ނައްޞުގައި ހިފަހައްޓައި އޭގެ ބޭރުފުށަށް އީމާންވެ، ސިކުނޑިން ޤިޔާސްކުރުން، ކޮންމެހެން ކުރަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ދޫކޮށްލައިފައިވާ ފިކުރީ ވިސްނުމަކާއި، ވިސްނުމާއި ހޯދުމާއި ޤިޔާސްކުރުމުގައި ބުއްދި އެކީ ދޫކޮށް ބާރުވެރިކުރުވާފައިވާ ފިކުރީ ވިސްނުމެކެވެ. ފުރަތަމަ ފިކުރުގެ ރާއިދުންނަކީ، ޙަދީސުގެ އަހުލުވެރިންނެވެ. އެބޭފުޅުންގެ ފަހަތުގައި ޢާންމުންގެ ގިނަ މީސްތަކުން ތިބޫއެވެ.

Saturday, November 12, 2011

ސުލްޠާނު ޞަލާޙުއްދީނު އައްޔޫބީ

ސުލްޠާނު ޞަލާޙުއްދީނު އައްޔޫބީ (1138- 1193މ) ރައްކައުވީ ޢިރާޤުގެ ތިކުރީތެވެ ކިޔުނު ރަށުގަ އެވެ. އެއީ ދިޖުލަތު ކޯރުގެ ހުޅަނގު އައްސޭރީގައި ބަޣުދާދާއި، މުޞިލާ ދެމެދުގައި އޮންނަ ރަށެކެވެ. ޞަލާޙުއްދީނުގެ ބައްޕާފުޅަކީ، ނަޖުމުއްދީނު ބިން އައްޔޫބީ އެވެ.

ކީރިތި ރަސޫލާގެ ދަރިކަބަލުން އައްސައްޔިދާ ފާޠިމާ ރަޟިޔަ ﷲ ޢަންހާ



ކީރިތި ރަސޫލާގެ  ހަތަރުވަނަ  ދަރިކަބަލުން  އައްސައްޔިދާ ފާޠިމާ  ރަޟިޔަ ﷲ ޢަންހާއަކީ  ހުރިހާ  ގޮތަކުންމެ  މުއުމިނު އަންހެނުންނައްހުރި ނަމޫނާއެކެވެ. އެކަމަނާއަކީ ކީރިތި ރަސޫލާ އެންމެ ލޯބިފުޅުވާ ދަރިކަނބަލުންނެވެ.  އެކަމަނާ އެންމެ ވައްތަރުފުޅީ އެކަމަނާގެ ލޮބުވެތި މައިކަނބަލުން އުންމުލް މުއުމިނީން ޚަދީޖާ ރަޟިޔަ ﷲ ޢަންހާ އާއެވެ. ނަމަވެސް އުޅުއްވުމާ އަޚްލާޤުފުޅު އެންމެ ވައްތަރުފުޅީ ބައްޕާފުޅު ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމައެވެ.

ނުބައިކަންތަކަށް ވާގިވެރިނުވާށެވެ!




އައްޑޫ ސިޓީގައި ޕާކިސްތާނު ތަމްސިލުކުރުމަށް ބަހައްޓާފައިހުރި ބުދުތަކަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެދަށުން ރާއްޖެއަށް އެތެރެކުރެވިގެންވާނެ ބުދުތަކެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވެއްޖެއެވެ.

Wednesday, November 9, 2011

އެންމެ ބުރަ އަޅުކަން




އަހަރެން މިދީނަށް ނަޒަރު ހިންގާލުމުން އަދި މިދީނުގެ ނިޝާން ތަކާއި އަޅުކަމުގައިވީ ގިނަ ތަޖުރިބާ ތަކުން އަހަރެންނަށް އެނގުނު ގޮތުގައި އަޅާގެ މައްޗަށް އެންމެ ބުރަވެގެންވާ އަޅުކަމަކީ ޖިހާދު ކުރުމެވެ. އެހެންކަމުން މި އުދަގޫތަކާއިހުރެ އިސްލާމްދީނުގެ އެންމެމަތީ ދަރަޖައެއް ދެވިފައި ވަނީވެސް ޖިހާދަށެވެ. ﷲ سبحانه وتعالى މުޖާހިދުންނަށްޓަކައި ތައްޔާރު ކުރައްވަވާފައިވާ އަޖުރަކީ އޭގެން އުނި ކުރެވުމެއް ނުވާ މަތިވެރި އަޖުރެކެވެ.

Sunday, November 6, 2011

ކޮންމެ ދެމަފިރިއަކަށް އެންމެ ދަރިއެއް ހޯދުމުގެ ސިޔާސަތުން ޗައިނާ އަށް ބޮޑު ބުރައެއް!


ބޭޖިން (ނޮވެމްބަރު 5) - ޗައިނާގައި ކޮންމެ ދެމަފިރިއަކަށް އެންމެ ދަރިއެއް ހޯދުމުގެ ސިޔާސަތަށް އަމަލުކުރަން ފެށި ފަހުން އާބާދީން ބައި ބިލިއަން މަދުވެފައި ވާނެ ކަމަށް އަންދާޒާކުރެވެ އެވެ. އެކަމަކު މި ސިޔާސަތުގެ ސަބަބުން ޗައިނާގެ އާބާދީގެ އުމުރުފުރާތައް ބެހިގެންވާ ގޮތަށް ބޮޑު ބަދަލެއް އައިސް އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ވަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާން ފަށައިފަ އެވެ.

Saturday, November 5, 2011

ހައްޖު ދުވަސް




1.އެއްދުވަހަކު ޔަހޫދީންގެ މީހަކު ޢުމަރު ރަޟިޔަﷲޢަންހަށް ބުންޏެވެ. އޭ އަމީރުލްމުއުމިނީންއެވެ. އަޅުގަނޑުމެންނަށް ބާވައިލެއްވުނު ނަމަ، އެއާޔަތް ބާވައިލެއްވުނު ދުވަސް އަޅުގަނޑުމެން ޢީދެއްގެ ގޮތުގައި ފާހަނގަކުރާނޭފަދަ ޢާޔަތެއް މުސްލިމުން އެބައިމީހުންގެ ފޮތުން ކިޔަވަމުންދެއެވެ.

Thursday, November 3, 2011

ޤުރުއާނާއި ސުންނަތުގެ އަލީގައި ޒުވާނުން


އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ނިކަމެތިކަން މިއަދު ކުރިމަތިވެފައިވަނީ ކޮންބައެއްގެ ސަބަބުންހެއްޔެވެ؟
އެއީ އިސްލާމް ދީނުގައި ހުރި، އުނި ކަމެއްގެ ސަބަބުންހެއްޔެވެ؟ ނޫނީ އެ ދީނަށް ތަބާވެގެން ތިބި މީހުންގެ ސުލޫކުގައި ހުރި އުނިކަމެއްގެ ސަބަބުންހެއްޔެވެ؟ ޝައްކެއްވެސް ނެތް ގޮތުގައި ސުވާލުގެ ޖަވާބަކީ ހުރިހާ މައްސަލަތަކެއްގެ އަސްލަކީ އަހަރެމެން މުސްލިމުންގެ އުޅުމާއި ސުލޫކު ޤުރުއާނާއި ސުންނަތުގައި އަންގަވާފައިވާ ގޮތާއި ދުރަށް ދިއުމެވެ.

ބަދުރު ހަނގުރާމަ


ބަދުރު ހަނގުރާމަ ހިނގީ ހިޖުރައިން 2 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހުގައެވެ. މި ހަނގުރާމަ ކުރަން މެދުވެރިވި މައިގަނޑު ސަބަބަކީ ، ކުރީ ފަހަރެއްގައި މުސްލިމުން ދިމާކުރި ޝާމަށް ދިޔަ ޤުރަޝީ ޤާފިލާއެއް، މުސްލިމުން އަތު ނުޖެހި ފިލައިގެން ދިޔައެވެ. ދެން އެނބުރި އަންނަ ވަގުތަކަށް ބަލަބަލާ ތިބުމަށް ރަސޫލާ، ޠަލްޙާ ބިން ޢުބައިދުއްﷲ އާއި ސަޢީދު ބިން ޒައިދު ފޮނުއްވިއެވެ.

ކީރިތި ރަސޫލު ﷲ صلى الله عليه وسلم އަށް ލިބިވަޑައިގަތް ބޭފުޅުން


ކީރިތި ރަސޫލާއަށް ލިބިވަޑައިގަތީ ޖުމުލަ ހަތް ބޭފުޅުންނެވެ. އެއީ ފިރިހެން ތިން ބޭފުޅުންނާއި ހަތަރު އަންހެން ބޭފުޅުންނެވެ. އިބްރާހީމް ފިޔަވާ ހުރިހާ ދަރިކަލުންނާއި ދަރިކަނބަލުންގެ މަންމާފުޅަކީ މަތީގައިވެސް ބުނެވުނުފަދައިން ޚަދީޖަތުގެފާނެވެ.

ނަބިއްޔާއަށް ފުރައްސާރަކުރި ނޫސްމަޖައްލާގެ އިދާރާ ގޮއްވާލައިފި

ފަރަންސޭސިވިލާތުގައި އިސްލާމްދީނަށާއި މާތް ނަބިއްޔާ محمد صلى الله عليه وسلم އަށް ނިސްބަތްކޮށް ފުރައްސާރަކުރުމާއި އިސްލާމްދީނުގެ ޝިޢާރުތަކަށް މަލާމާތްރައްދުކުރުމުގައާއި ފެތުރުމުގައި  ހައްދުފަހަނައަޅާފައިވާ ނޫހެއްކަމުގައިވާ ޗާރލީ ހެބްޑޯ ނޫހުގެ މައި މަރުކަޒަށް މިއަދު ވަރުގަދަ ބޮމުގެ ޙަމަލާއެއްދީފިއެވެ. 

Wednesday, November 2, 2011

ކިޔަމަންތެރި އަޅުތަކުން


އެންމެހާ ހަމްދާއި ތަޢުރީފާއި ޘަނާ ޙައްޤުވެގެންވަނީ ޢާލާމްތަކުގެ އެއްކައުވަންތަ އިލާހަށެވެ. އަދި ޞަލަވާތާއި ސަލާމާއި އަދި ބަރަކާތް ލެއްވުން އެދި ދުޢާކުރަނީ މިއުއްމަތުގެ މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ. މި ޞަލަވާތުގައި އެކަލޭގެފާނުގެ އާލުންނާއި ޢަޞްޙާބުން ސާމިލުކުރަމެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ އަޅުތަކުންގެ ތެރެއިން އެއިލާހަށް ބިރުވެތިވާ އަޅުތަކުންގެ ސިފަތައް އެއިލާހުގެ ދުސްތޫރުގައި ނުހަނު ފުރިހަމައަށް ބަޔާންކޮށްދެއްވާފައެވެ. މި ސިފަތައް ލިބިގަތުމަށް އަޅުގަނޑުމެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ނުހަނު ބޮޑު ވާޖިބެކެވެ.

Tuesday, November 1, 2011

ޔުނެސްކޯގެ މެމްބަރަކަށް ފަލަސްތީނު ހެދުމަށް ނެގި ވޯޓުގައި ރާއްޖެ ބައިވެރިއެއްނުވި.



އދ.ގެ ތައުލީމާއި ސައިންސް އަދި ސަގާފަތާ ބެހޭ ޖަމިއްޔާ (ޔުނެސްކޯ) އިން ފަލަސްތީނަށް ދާއިމީ މެމްބަރުކަން ދިނުމަށް އިއްޔެ ނެގި މުހިންމު ވޯޓުގައި ރާއްޖެއިން ބައިވެރިއެއް ނުވެ އެވެ.

ބަގީއު


ކީރިތި ރަސޫލާގެ ޒަމާނުއްސުރެވެސް ބަޤީޢް އަކީ މުސްލިމުންގެ ހިތާއި ސިނކުޑީގައި ޚާއްޞަ މަޤާމެއް ދެވިފައިވާ އިޙްތިރާމް ކުރެވޭ ތަނެކެވެ. އެއީ، އިސްލާމީ އުއްމަތަށް ގިނަ ގުނަ ޚިދުމަތްތަކާއި ޤުރުބާނީތަކެއް ވެވަޑައިގެންފައިވާ އެތައް ބޭފުޅުންތަކެއް އެތާގައި ފަސްދާނުލެވިފައިވާތީއެވެ. އެގޮތުން މި ތަން ވެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުން ޙައްޖަށް ދާ މީހުންނާއި ޙިޖާޒު ކަރައިގެ މީހުންވެސް ޒިޔާރަތް ކުރަން ނުހަނު އެދޭ މުޤައްދަސް ދަރަޖައެއް ދެވިފައިވާ ތަނެކަށެވެ.

އަޞްޙާބުލް އުޚްދޫދުގެ (ވަޅުތަކުގެވެރިންގެ) ވާހަކަ


ކީރިތި ޤުރުއާނުގައި މާތްﷲ އަޞްޙާބުލް އުޚްދޫދުގެ (ވަޅުތަކުގެވެރިންގެ ވާހަކަ) ވާހަކަ ސޫރަތުލް ބުރޫޖުގައި ބާވައި ލައްވާފައިވެއެވެ. ޤުރުއާނުގު ޢާއްމު އުސްލޫބުގެ މަތިން،މިވާހަކަ ގެނެސްދެއްވާފައިވަނީ ވަރަށްކުރު ގޮތަކަށެވެ. ވާހަކައިގެ އިތުރު ތަފްޞީލުތައް އަޅުގަނޑުމެންނާއި ހަމައަށް އައިސްފައިވަނީ މާތްރަސޫލާ މުޙައްމަދު ޞަލައްﷲ ޢަލައިހި ވަސައްލަމްގެ ޙަދީސް ފުޅުންނެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons