Friday, January 30, 2015

އަސްމާ ބިންތު ޔަޒީދު ރަޟިޔަﷲ ޢަންހާ

070720106689ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާއިން މަދީނާއަށް ހިޖްރަޔަށް ވަޑައިގަތުމާއިއެކު މަދީނާގެ އަންޞާރުންކުރެ އަޤަބާގެ ބައިޢަތުގައި ބައިވެރިވެ ވަޑައިގަތުމުގެ ނަޞީބު ލިބިވަޑައި ނުގަންނަވާ ބޭބޭކައުކަނބަލުން ބައިޢަތުގެ ބާއްޖަވެރިކަން ހޯއްދަވަން އަވަސްވެ ވަޑައިގެންނެވިއެވެ.


Wednesday, January 28, 2015

އުއްމު ވަރަޤާ ރަޟިޔަﷲ ޢަންހާ

20110822_003

ލޮބުވެތި މާތް ނަބިއްޔާއެވެ! ކަލޭގެފާނު ވިދާޅުވީ ހަމަ ތެދު ބަސްފުޅެކެވެ. ކަލޭގެފާނަކީ އެންމެ ތެދުވެރި އެންމެ އަމާނާތްތެރި އިންސާނާއެވެ. އަލްއަމީނުގެ ލަޤަބުން، ޖާހިލިއްޔަ ޒަމަނުގައާއި ފަހުގެ ޖީލުތަކުގައި ކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ މި ސަބަބާއި ހުރެއެވެ. ކަލޭގެފާނުގެ ޚުލުޤުފުޅުގެ މަތިވެރި ކަމާއެވެ! ކަލޭގެފާނު ކިހާޤަދަރުވެރި ހެއްޔެވެ!

Sunday, January 11, 2015

ކަޅުކޮފީއާއި ކަޅުސައިގެ ތަފާތު

ކަޅުސަޔާއި ކަޅުކޮފީއަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ ދިވެހިން ވަރަށް ގިނައިން ބޭނުންކުރާ ދެބުއިމެވެ. ހެނދުނާއި ހަވީރުގެ ސައިގަޑީގައެވެ. ނުވަގަޑީގެ ސައިގައިވެސް މެއެވެ. 

މިދެބުއިމުގެ އެއްގޮތްކަމަކީ ހަމައެކަނި މިދެބަހުގެ ކުރިއަށް އައިސްފައި އެވާ 'ކަޅު' މިބަހެވެ. ރަހަ ތަފާތެވެ.

Friday, January 9, 2015

އިންސާނާގެ އުއްމީދުތަކަށް ނިމުމެއްނެތެވެ

އަޚާއެވެ. ވިސްނާލީމުހެއްޔެވެ؟ އިންސާނާގެ އުއްމީދުތަކަށް ދުވަހަކުވެސް ނިމުމެއްނުވެއެވެ. ހޫނު މޫސުމުގައި އިންސާނާ އުއްމީދުކުރަނީ ފިނި މޫސުމަށެވެ.

 އަދި ފިނި މޫސުން އައުމާއެކުގައި އިންސާނާ ހޫނު މޫސުމަށް އުއްމީދުކުރަން ފަށައެވެ.

Wednesday, January 7, 2015

މަހުދީ

މައްކާގެ މާތްވެގެންވާ ކަޢުބަތުﷲ ގެފުޅު ހުރި ޙަރަމްފުޅުގައި މިދިޔަ ހޯމަދުވަހު 30 އަހަރުގެ މިޞްރުގެ މީހަކު މަހުދީގެފާނު ކަމަށް ދައުވާކޮށްފިއެވެ. އެންމެން ޢަސުރު ނަމާދަށް ފެށިތަނާ އޭނާ މައިކު ދަމައިގަތުމަށްފަހު އޭނާއަކީ މަހުދީކަމަށް އިއުލާން ކުރުމާއި އެކު ނަމާދަށް ތިބި ގިނަބަޔަކަށް ކުއްލި ހައިރާންކަމެއް ލިބިގެންދިޔައެވެ.

Monday, January 5, 2015

ބިރުވެރި ޤިޔާމަތްދުވަސް އައުމުގެ އަލާމާތްތަކުގެ ތެރެއިން ކުއްލިމަރު

ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން އެއްކަމަކީ، އަހަރެމެންގެ އަމިއްލަލޮލަށް މިއަދު ފެންނަމުންދާ އިތުރުވަމުންދާ ކުއްލިއަކަށް މަރުވަމުންދާ މަރުވުމެވެ. ކުއްލިމަރެވެ. ހިތުގެ ބައްޔަކުން ނުވަތަ ސުޓުރޯކަކުން، ކާރު އެކްސިޑެންޓުވެގެން ނުވަތަ މަތިންދާބޯޓު ވެއްޓިގެން މީހުން ކުއްލިއަކަށް މިމަރުވަމުންދާ މަރުވުމެވެ.

Saturday, January 3, 2015

އިސްތަށި ކަޅުކުރުން

މިކަމުގައި އެންމެ ރަނގަޅުގޮތަކީ މިއީ ޙަރާމްކަމެއްކަމުގައި ދެކުމެވެ. ސަބަބަކީ މިކަމާއި ބެހޭގޮތުން ޙަދީޘްފުޅުގައި އައިސްފައިވާ ވަޢީދުގެ ބަސްފުޅުގެ ސަބަބުންނެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.

Thursday, January 1, 2015

ޛުލްޤަރުނައިނިއަކީ ކޮންބޭކަލެއް؟

ޛުލްޤަރުނުއަކީ މާތްﷲ އަށް އީމާންވެގެންހުންނެވި ހެޔޮލަފާ ޞާލިޙު ރަސްކަލެކެވެ. ނަމަވެސް ގިނަ ޢިލްމުވެރިން ދެކިލައްވާ އެންމެ ޞައްޙަ ގޮތަކީ އެކަލޭގެފާނަކީ ނަބީބޭކަލެއްނޫންކަމެވެ. އެކަލޭގެފާނަށް ޛުލްޤަރުނައިނި މިނަމުން ނަންދެވިފައިވަނީ އެކަލޭގެފާނު ހުޅަނގާއި އަދި އިރުމަތީގައިވާ ރަށްތަކަށް ދަތުރުކުރައްވާފައިވުމުގު ސަބަބުންނެވެ. ރިވާވެފައިވާ ގޮތުގައި އެއީ ޝައިތާނާގެ ދެދަޅު އަރާ އަދި ގެއްލޭތަނެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons