Wednesday, November 27, 2013

މާތް ﷲ އަށް ބިރުވެތިވެ އެކަލާނގެ ރަޙުމަތަށްއެދުން.

ދުނިޔޭގައި އުޅެމުންދާއިރު، އަބަދުވެސް މާތް ﷲ އަށް ބިރުވެތިވެ އެކަލާނގެ ޙަޟުރަތުން ރަޙުމަތަށް އެދެންވާނެއެވެ. އެކަލާނގެއަށް އުރެދިއްޖެނަމަ، ހުރި ޢަޛާބަކަށް ބިރުވެތިވެ، އެންގެވި ގޮތަށް ޢަމަލުތައް ބެހެއްޓުމުން، ލިބިގެންދާނެ ޘަވާބަށް އުންމީދު ކުރަންވާނެއެވެ.

Monday, November 25, 2013

ބިދުޢަ

 
DSC_0013ބިދުޢައޭ ބުނެވުނު ބަހުގެ މާނައީ؛ އަލަށް ކަމެއް ނުވަތަ އެއްޗެއް އުފެއްދުމެވެ. ޝަރީޢަތުގެ އިޞްޠިލާޙުގައި ބިދުޢައޭ ބުނެވުނު ބަހުގެ މާނައީ؛ އިސްލާމް ދީނުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަނޑައަޅުއްވާފައި ނުވާކަމެއް އެނަބިއްޔާއަށް ފަހު، ދީނުގެ ކަމެއް ކަމުގައި ހަދައިގެން ކުރުމެވެ.

Saturday, November 23, 2013

ޞާލިޙް އެކުވެރިން އިޚްތިޔާރު ކުރާށެވެ.

ހައްގުގޮތުގައި ދެމިހުރެ، ސީދާވެގެންވާ ތެދުމަގަށް އިންސާނާ ގެންގޮސް ދިނުމުގައި އެންމެ ބޮޑު އެހީތެރިޔަކަށްވަނީ ހެޔޮލަފާ ޞާލިޙް އެކުވެރިންނެވެ. އަދި ނުބައި ނުލަފާ މީހުންނާ ދުރުހެލިވުމެވެ. ސަބަބަކީ އިންސާނާއަކީ އޭނާއާއި އެންމެ އެކުގައި އުޅޭ މީހެއްގެ ގޮތް ކޮޕީކުރާ މީހެކެވެ.

Thursday, November 21, 2013

މަންމައެއްގެ ލޯބި


story

ތިމަންގެ ގާތް އެކުވެރިއެއް، އޭނާގެ ހިތްގައިމު ރަށުގައި ތިމަންގެ ޗުއްޓީ ހޭދަކޮށްލުމަށް ދަޢުވަތުދިނެވެ. އެ އެކުވެރިޔާގެ ރަށަކީ ކުޑަ ރަށެކެވެ. ވެރިރަށާ އެ ރަށާ ދެމެދުގައި ވަނީ ގާތްގަނޑަކަށް ކާރުގައި 12 ގަޑިއިރު ގެ ރާސްތާއެވެ.

Tuesday, November 19, 2013

ތަރުބިއްޔަތުގެ މުޞްޠަލަޙުތައް


ތަރުބިއްޔަތުގެ ޢިލްމުގައި
 ބޭނުންކުރާ ޚާއްޞަ ބަސްތަކެއްވެއެވެ.
 އޭގެ ތެރެއިން ބައެއް ބަސްތަކަކީ ތަރުބިއްޔަތު
 މިލަފުޒާ އެއް މާނައެއް ދޭހަވާ ބަސްތަކެވެ.

Sunday, November 17, 2013

ޞަދަޤާތުގެ ފަރުވާ


ޑަކުޓަރުންނާއި ބޭސްވެރިން ކުރާ ބޭހުގެ އިތުރުން، ޞަދަޤާތުން ފަރުވާ ކުރުމަކީ

 މުސްލިމުންގެ ތެރެއިން ގިނަބަޔެއްގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމެކެވެ. 

އައްތައުބާ ސޫރަތުގެ 103 ވަނަ އާޔަތުން އެނގޭ ގޮތުގައި ޞަދަޤާތް ދިނުމަކީ،

 އެކަންކުރާ ބަޔަކު ޠާހިރުވެ އުޖާލާވާ ކަމެކެވެ.

Friday, November 15, 2013

ތިބާގެ ރައްބު ތިބާއާ މެދު ކަންތައްކުރީ ކިހިނަކުންހެއްޔެވެ؟

އަބޫ ބަކުރު އައްސައިދަލާނީ ރިވާކުރެއްވިއެވެ.

 ސާލިމް ބިން މަންޞޫރު ބިން ޢައްމާރު ވިދާޅުވަނިކޮށް

 ތިމަން އަޑުއެހީމެވެ.

Wednesday, November 13, 2013

ޢާޝޫރާ ދުވަހުގައި (މުޙައްރަމު 10) ރޯދަހިފުމުގެ މަތިވެރިކަން


ޢާޝޫރާ ދުވަހުގައި (މުޙައްރަމު 10) ރޯދަހިފުމުގެ މަތިވެރިކަން

ފުރަތަމައާޝޫރާ ދުވަހުގެ ރޯދައަކީ ކޮބާ؟

އާޝޫރާ ދުވަހަކީ މުޙައްރަމު މަހުގެ 10 ވަނަ ދުވަހެވެ.


 މިދުވަހު ރޯދަހިފުމަކީ ގަދަވެގެންވާ ސުންނަތެކެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons