Wednesday, July 31, 2013

ރާޒުވާކުޅުމަކީ ކޮންކަހަލަކަމެއްތޯ؟


ސުވާލު:

ރާޒުވާކުޅުމަކީ ކޮންކަހަލަކަމެއްތޯއެވެ.؟


Monday, July 29, 2013

ދުޢާ އާއި..... ބަލާ




އިބްނުލް ޤައްޔިމު رَحِمَه الله ވިދާޅުވިއެވެ.
    "...އަދި ދުޢާއަކީ އެންމެ ފައިދާކުރަނިވި ބޭހުގެ ތެރެއިން ހިމެނޭކަމެކެވެ. އެއީ ބަލާގެ ދުޝްމަނެވެ. އެދުޢާ ބަލާއިން ދިފާޢުކޮށް ފަރުވާކޮށްދީ އަދި ބަލާޖެހުމުން މަނާކުރެއެވެ. އަދި އެބަލާ ފިލުވާލައިފައި ނޫނީ ބަލާޖެހިއްޖެ ކަމުގައިވާނަމަ އެލުއިކޮށްދެއެވެ.

Sunday, July 28, 2013

އިސްލާމިކް ފެޝަންޝޯވ ބޭއްވުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްތޯ؟

     

"އިސްލާމިކް ފެޝަންޝޯވ އަކީ އަޅުގަނޑުމެންގެ ތެރެއަށް ފާފަ އެނޫން ނަންތަކަކަށް ބަދަލުކޮށްގެން ގެނެވޭ ގެނައުމެއް، އެކަންކަމާ އަޅުގަނޑުމެން އެއްކިބާވާންޖެހޭނެ"

Saturday, July 27, 2013

ސަޢުދު ބުން މުޢާޛު رضي الله عنه



ޞަޢުދު ބިން މުޢާޛު رضي الله عنه އިސްލާމްވެ ވަޑައިގަތީ އެކަލޭގެފާނުގެ އުމުރުން އެއްތިރީސް އަހަރުފުޅުގައެވެ. އަދި ޝަހީދުވެވަޑައިގެން މިދުނިޔެ ދޫކުރައްވާފައިވަނީ އުމުރުން ސަތުތިރީސް އަހަރުފުޅުގައެވެ. މި ހަތް އަހަރު ވެގެންދިޔައީ އެކަލޭގެފާނަށް ނުހަނު ބޮޑު އިމްތިޙާނުތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެން ހަތް އަހަރަށެވެ. އެކަލޭގެފާނުގެ ހުރިހާ ޖޯރެއް ( ހަކަތައެއް) ﷲ ގެ ދީނަށް ނަޞްރު ހޯދައިދިނުމުގައި ހޭދަކުރެއްވި ހަތް އަހަރަށެވެ. އެކަލޭގެފާނަކީ އިސްކޮޅުން ދިގު ފިރިހެންވަންތަ، އަލި މޫނެއްގެ ވެރިއެކެވެ.

Thursday, July 25, 2013

ބޭނުމަކީ މީހުން އިސްލާޙުވިޔަ ނުދިނުމެވެ



ދުނިޔޭގެ މީޑިޔާއަކީ ވަކިފަރާތަކަށް ނުޖެހި ޚަބަރު ފަތުރާ ވަޞީލަތްތަކެކޭ ބުނެފިނަމަ އަހަރެން އެވާހަކަ ޤަބޫލެއް ނުކުރާނަމެވެ. ސަބަބުތައް ބައިވަރެވެ.
 ދުނިޔޭގެ މީޑިޔާއިން އެބަޔަކާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ އެއްބަޔަކީ އަހަރެމެންނެވެ.

Tuesday, July 23, 2013

އދ. އާއި އެމެރިކާގެ ލޯ ދިވެހިރާއްޖެއަށް

އިސްލާމީ ޤައުމުތަކަށް "ޑިމޮކްރަސީ" ގެ ނަމުގައި އަމާންކަން ގެނައުމަށްޓަކައި އދ. އިން ސްޕޮންސާ ކޮށްގެން އެމެރިކާއިން ހިންގަމުންގެންދާ ކުޅިގަނޑު ނުވަތަ ގޭސްގަނޑު އެންމެފަހުން ދިވެހި ރާއްޖެއަށް އަމާޒު ވެއްޖެއެވެ. ޢަދުލު އިންސާފާއި، ޑިމޮކްރަސީއާއި، ޙައްޤުތަކުގެ ނަމުގައި މިކާފަރު ބައިގަނޑު ހިންގާފައިވާ ޖަރީމާތައް މިއަދުވެސް އަފްޣާނިސްތާނާއި ޢިރާޤުފަދަ އިސްލާމީ ޤައުމުތަކުން އެހެރަގެން ފެންނަމުންދަނީއެވެ.

Sunday, July 21, 2013

ޢިބްރަތް ޙާޞިލުކުރަމާތޯއެވެ!

الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ

Friday, July 19, 2013

ޑިމޮކްރަސީއަކީ އިސްލާމީ ޝަރީޢަތްތަށް ނައްތާލުމަށްޓަކާ ކާފަރުން ރާވަމުން ހިންގަމުން ފުޅާކުރަމުން ފެންދެމުން ދާ ދީނެކެއެވެ.

މިސްރުގައި ފުރަތަމަ ފަހަރަށް ބޭއްވި ޑިމޮކްރެޓިކް ވެރިކަން ފައިސާ އާއި ނުފޫޒު ބޭނުންކޮށްގެން އެމެރިކާއިން އެހީތެރިވެގެން ވައްޓާލާފައިވާތީ ޑިމޮކްރަސީ އޭ ކިޔައިގެން ވާހަކަ ދައްކަން އެމެރިކާ ލަދު ގަންނަން ޖެހޭނެއެވެ. ރާއްޖޭގައި ވެސް ވެރިކަމަށް ކުރިމަތިލުމަށް މަސަކައްކަތް ކުރާމީހުންނާއި ބައްދަލުކޮށް ވެރިކަން ލިބިއްޖެނަމަ ކަންތައް ކުރާނޭގޮތާއި ބެހޭގޮ ތުން މަޝްވަރާތައް ކުރަމުން ދާހެން ހީވެއެވެ.

Wednesday, July 17, 2013

ތަރާވީހް ނަމާދާއި ބެހޭގޮތުން ކުރެވޭ ބަހުސް

ސުވާލު: ކޮންމެ ރަމަޟާން މަހެއް ފެށުމާ ދިމާކޮށް ދީނީކުދިންގެ މެދުގައި ފެށޭ އެންމެ ބޮޑު ބަހުސަކީ ތަރާވީހް ނުވަތަ ޤިޔާމު ގައި ކުރަނީ ކިތައް ރަކުއަތްތޯބެލުމުގެ ބަހުސެވެ. 11 ނުވަތަ 20 ތޯއެވެ. މިކަމުގައި އެއްބަޔަކު އަނެއްބަޔަކު ބިދުއަވެރި ކުރާ ހިސާބަށް ކަންތައްތައް ގޮސްފައިވަނިކޮށް މިހާރު މިވަނީ އާ މައްސަލައެއް ފެންމަތިވެފައެވެ. އެއީ ރޯދަމަހުގެ ގިޔާމު ޖަމާއަތުގައި ކުރުމަށް ވުރެ ގޭގައި އެކަނި ކުރުން މޮޅުއިތުރު ކަމަށް ބުނެ ޖަމާއަތް ދޫކޮށް ފައިބައިގެން ދިޔުމުގެ މައްސަލައެވެ. ދަލީލަކަށް ގެންނަނީ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ޖަމާއަތުގައި ކުރެއްވީ 2 ރޭ ކަމަށާއި އަބޫބަކުރުގެފާނާއި އުމަރުގެފާނުވެސް ޖަމާއަތުގައި ޤިޔާމު ނުކުރައްވާ ކަމަށެވެ. ވީމާ މިކަމުގައި އަމަލުކުރުން އެންމެ ރަގަޅުގޮތަކީ ކޮބާ ކަން ބަޔާންކޮށްދެއްވާ ވަރަށް ތަފްސީލް ޖަވާބެއް ދިނުން އެދެމެވެ.

Monday, July 15, 2013

ބަލީގެ ސަބަބުން އެންއަހަރު އަނެއްއަހަރަށް ނުހިފޭ ރޯދައަށް ފިދުޔައިގެ ގޮތުގައި ދުވާލަކަށް ދޭންޖެހޭނީ ކިތައް ރުފިޔާތޯއެވެ؟

ސުވާލު: ބަލިހާލު ހުރިގޮތުން ރަމަޟާންމަހު ރޯދަ އެއް އަހަރުން އަނެއް އަހަރަށް ނުހިފިއްޖެ ނަމަ ފިދުޔައިގެ ގޮތުގައި ދުވާލަކަށް ދޭންޖެހޭނީ ކިތައް ރުފިޔާތޯއެވެ؟

Saturday, July 13, 2013

އެންމެ ބޮޑު ފާފަ

243_10151678277904105_1471264015_n
އެންމެ ބޮޑު ފާފައަކީ ޝިރުކުކުރުމެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަސްކަންފުޅާއި އެހެން ފަރާތަކާއި އެއްވަރުކޮށްދީ އެއިލާހުގެ ރަސްކަންފުޅާ ބައިވެރި ކުރުމެވެ.
ޚާއްސަކޮށް އަޅުކަން ކުރުމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާއާ އެހެން ފަރާތަކާއި ބައިވެރި ކުރުމެވެ.

ޛިކުރު ކުރުމުގެ ފާއިދާ


ދުޢާ ކުރުމުގެ އަދަބުތެރޭގައި އިމާމް އިބްނު އަލްޖައުޒީ،
އޭނާގެ ''އައްތަބްޞިރާ ފީ އަލްވަޢްޡި'' ގައި
 ނަވާރަ އަދަބެއް
ބަޔާން ކުރައްވާފައި ވެއެވެ.

Thursday, July 11, 2013

ޙަޔާތުގެ ކޮންމެ ދުވަހެއްގައި ތިބާގެ އެންމެ ގާތް އެކުވެރިއަކީ ކޮބައި ހެއްޔެވެ؟


  
Quran
އާނއެކެވެ! ތިބާގެ އެންމެ ގާތް އެކުވެރިއެއް ކަމުގައި ހަދަންވީ ތިބާއާއި އެކު އަބަދުވެސްވާނޭ، ތިބާވީ ކޮންމެތަނެއްގައި ތިބާއަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނެސްދޭނޭ، ތިބާއަށް ކުޑަވެސް ގެއްލުމެއް ގޯނާއެއް ނުދޭނޭ، ތިބާޔަށް ދުވަހަކުވެސް ޚިޔާނާތްތެރި ނުވާނޭ، ތިބާ މަރުވެ ދިއުމަށްފަހުވެސް ތިބާއާއިއެކުގައިވާނޭ، ދުނިޔެއާއި އާޚިރަތުގައިވެސް ތިބާއަށް ޝަފާޢަތްތެރިވާނޭ اللهގެ ކަލާމްފުޅު، "ކީރިތި ޤުރްއާން" އެވެ.
الْحَمْدُ لِلّـهِ الذِّي جَعَلَنَا مِنَ الْمُسْلِمِيْن.

آدم نشان بن علي آدم المالديفي

Tuesday, July 9, 2013

ރަމަޟާން މަސް


ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އަޅުގަނޑުމެންގެ ހިތްތަކަށް އިޙުސާސްވާ ޝުޢޫރެއްގެ ފޮނިކަމާއެވެ! މިއީ ދުނިޔެއާއި އާޚިރަތުގެ ޚަޒާނާތަކުގެ ތެރެއިން ބޮޑުވެގެންވާ ޚަޒާނާއެއް ހުޅުވުނު ދުވަހެކެވެ. މިއީ ރަޙުމަތާއި ބަރަކާތުގެ މައްސަރުގެ ފުރަތަމަ ދުވަހެވެ.

 މިއީ ފާފަފުއްސެވުމާއި ދިންނެވުމުގެ މައްސަރުގެ ފުރަތަމަ ދުވަހެވެ. މިއީ ހެޔޮކަންތައްތައް ކުރުމުގެ ތަނަވަސް މަހުރަޖާން މިއަހަރު ހުޅުވުނު ދުވަހެވެ. މި މަހުރަޖާނުގައި ބައިވެރިވެ މުބާރާތްތައް ކާމިޔާބު ކުރަން މަސައްކަތްކުރާނީ ބުއްދިވެރިންކަން ކަށަވަރެވެ. އަދި މިއަދު އެންމެ ބޮޑަށް އުފާފާޅުކުރާނީ މުއުމިނުންކަން ޔަޤީނެވެ.

Monday, July 8, 2013

އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބެންވާ ޙައްޤުތައް


twist-bar-table-red-450x450
ފިރިމީހާއަށް ޤަދުރުކޮށް އިޙްތިރާމް ކުރުން:
ފިރިމީހާއީ އަނބިމީހާގެ ކުރިމަތީގައި ވަރަށް ޢިއްޒަތްތެރި ޤަދަރުހުރި މީހަކުކަމުގައި އެކަނބަލުން ބަލަންޖެހޭނެއެވެ. އެއީ އެކި ރޮނގުރޮނގުން ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ލިބޭ ގިނަގުނަ ހެޔޮކަންތައްތަކަށްޓަކައެވެ.

Thursday, July 4, 2013

ހަށިގަނޑާއި އަހުލުންނަށް ޙައްޤުތަކެއް ވެއެެވެ.


ކީރިތި ރަސޫލާ އެއްދުވަހަކު ޢުޘްމާނު ބުނު މަޡްޢޫންގެ އަނބިކަނބަލުން ވަރަށް އާދައިގެ ހެދުންކޮޅެއްގައި ވަރަށް ހިތާމަކުރައްވައި ޙާލުގައި އިންނަވަނިކޮށް ފެނިވަޑައިގެން އެއީ ކީއްވެތޯ އޮޅުންފިލުއްވިއެވެ.

Tuesday, July 2, 2013

ކަދުރު އޮށެއްގެ ބަދަލު...



އެއްދުވަހަކު މާތް ބޭކަލަކު ކަދުރު ރުކުގެ ބަގީޗާއެއް ކައިރިން ވަޑައިގެންނެވިއެވެ. ވަޑައިގަންނަވަނިކޮށް މަގުމައްޗަށް ވެއްޓިފައި ހުރި ކަދުރު ތަކެއް ފެނިވަޑައިގަތެވެ. އެކަލޭގެފާނު އެތަނުން ކަދުރު އޮށެއް ނަންގަވާ ފަރީއްކުޅުއްވިއެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons