Thursday, May 31, 2012

ޔަހޫދީންގެ ލަނޑުދަނޑިތައް

ޔަހޫދީންގެ ލަނޑުދަނޑިތައް ވަރަށް ގިނައެވެ. މިބައިމީހުންގެ އެންމެ ބޮޑު ލަނޑުދަނޑިޔަކީ، މުޅި ދުނިޔޭގެ ވެރިކަން، ފަލަސްޠީނުގެ ބިމުގައި މިބައިމީހުން އުފައްދާފައިވާ ‘އިޒްރޭލު’ ގެ ބާރުގެ ދަށަށްގެނައުމެވެ.

Tuesday, May 29, 2012

ސަޢުދު ބިން އަބީ ވައްޤާސް ރަޟިޔަﷲ ޢަންހުގެ ޙަޔާތްޕުޅުން…!

ސަޢުދު ބިން  އަބީ ވައްޤާސް ރަޟިޔަﷲ ޢަންހު އިސްލާމްވުމަށްފަހުގައި، އެކަލޭގެފާނަށް ތަޖުރިބާކުރައްވަން ޖެހިވަޑައިގަތީ ވަރަށްވެސް ހިތްދަތި ދުވަސްތަކަކެވެ. އެކަލޭގެފާނަށް ﷲ ތަޢާލާގެ ހަޟްރަތުން ކުރިމަތިވި އިމްތިޙާނަކީ، ވަރުގަދަ އީމާނެއްގެ ވެރި އަޅަކަށް މެނުވީ ތަޙައްމަލު ނުކުރެވޭނޭ ފަދަ ބޮޑު އިމްތިޙާނެކެވެ. އެކަލޭގެފާނު މި އިމްތިޙާނުން ފާސްވެވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ކުރިމަތިވި ކަންތަކާއި ގުޅިގެން ﷲ ތަޢާލާ ވަނީ ކީރިތިޤުރުއާނުގައި އާޔަތެއް ބާވައިލައްވާފައެވެ.

Sunday, May 27, 2012

ވިހެއުމުގެ ވަގުތުގައި އެއްޗެއްގައި ހިފައި ދެމުމުން ވިހެއުމަށް ވާ ފަސޭހަ


”فَأَجَاءَهَا الْمَخَاضُ إِلَى جِذْعِ النَّخْلَةِ قَالَتْ يَا لَيْتَنِي مِتُّ قَبْلَ هَذَا وَكُنْتُ نَسْيًا مَنْسِيًّا. فَنَادَاهَا مِنْ تَحْتِهَا أَلا تَحْزَنِي قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا. وَهُزِّي إِلَيْكِ بِجِذْعِ النَّخْلَةِ تُسَاقِطْ عَلَيْكِ رُطَبًا جَنِيًّا.“

Friday, May 25, 2012

ފިކުރީ ހަނގުރާމަ މިއަދު ކުރެވޭ ގޮތްތައް.


الحمد لله والصلاة والسلام على رسول الله
ހަރުދަނާ ޢަޤީދާގެ ވެރި މުސްލިމުން ކަނޑި ބަޑިން ބަލިނުކުރެވުމުގެ ސަބަބުން މުސްލިމުން ބަލިކަށިކުރުމަށްޓަކައި ދެން ހަނގުރާމަފެށީ ފިކުރީގޮތުން މުސްލިމުންނާ ހަނގުރާމަކޮށް އިސްލާމީ ޢަޤީދާއާ މުސްލިމުން ދުރުހެލިކުރުމަށެވެ.

Wednesday, May 23, 2012

ޤިޔާމަތް ގާތްވިވަރަކަށް ހެޔޮލަފާމީހުން ދާނީ މަދުވަމުން

ޙަޤީޤީ ބުއްދިވެރިޔަކީ ތިމާއަށް ލިބިފައިވާ ބުއްދިން ރަނގަޅުގޮތް ވިސްނާ އެގޮތް އިޚްތިޔާރުކުރާ މީހާއެވެ. ތިމާ ހެއްދެވިފައިވަނީ ހިތު ހުރިހައި ގޮތަކަށް އުޅުމަށް ނޫންކަމާއި، ކޮންމެއެއްޗެއްވެސް ވުޖޫދަށް ގެނެވުމުގައި މަޤްޞަދެއް ވާކަން ދެނެގަންނަ މީހާއެވެ. ﷲ ތަޢާލާ އަޅަމެން ހައްދަވާފައިވަނީ ބޭކާރު ގޮތުގައެއް ނޫނެވެ. 

Monday, May 21, 2012

ﷲ ތަޢާލާގެ ޙުކުމްފުޅުތަކާއި ޚިލާފަށް ޙުކުމްތައް ހަދައި، އެއަށް ޙުކުމް ކުރުމަކީމުރުތައްދުވެ ދީނުން ބޭރުވާނޭ ކަމެކެވެ.


 .“كتاب التوحيد”
ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
“أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنْزِلَ إِلَيْكَ وَمَا أُنْزِلَ مِنْ قَبْلِكَ يُرِيدُونَ أَنْ يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَنْ يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَنْ يُضِلَّهُمْ ضَلالاً بَعِيداً” (النساء: 60)
މާނައީ: “ކަލޭގެފާނަށް ބާވައިލެވުނު ފޮތަށާއި ކަލޭގެފާނުގެ ކުރިން ބާވައިލެވުނު ފޮތްތަކަށް އީމާންވެގެންވާކަމަށް ދަޢުވާކުރާ ބަޔަކު ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އެބައިމީހުންގެ މައްސަލަ ޠާޣޫތަށް ހުށައަޅައި ޠާޣޫތުލައްވައި ޙުކުމް ކުރުވުމަށް އެބައިމީހުން އެދެތެވެ. އެކަމަކު އެބައިމީހުންނަށް އަމުރުކުރެވިގެންވަނީ އެ ޠާޣޫތަށް ކާފަރުވުމަށެވެ. އަދި ޝައިޠާނާ އެދެނީ އެބައިމީހުން ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރައްދައިލުމަށެވެ.”

ޖަވާބު އެންމެ ބޮޑަށް އޮޅުވާލެވިފައިވާ ސުވާލު: މިޒަމާނުގައި އިސްލާމީ ޝަރީޢަތް ޤާއިމްކުރާނީ ކިހިނެތް؟


 شيخ انور العولقي (رحمه الله)
( މިހާރަކަށް އައިސް މުސްލިމުންގެ ތެރޭގައި އުފެދޭ އެންމެ ބޮޑު އެއް ސުވާލަކީ އިސްލާމީ ޝަރީޢަތް މުސްލިމު ބިންތަކުގައި ތަންފީޛު ކުރާނީ ކިހިނެއް ހެއްޔެވެ؟ އިސްލާމީ ޝަރީޢަތް ގެނައުމަށްޓަކައި މިވަގުތު މުސްލިމުންތައް ކުރަންވީ ކޮންކަމެއް ހެއްޔެވެ؟ 

Sunday, May 20, 2012

އިޒްރޭލުގެ ފްލޭޓާ، ބުދު، ހުދުހެދުމުގައި ރާއްޖެއަށް؟ތިން އަހަރު ދުވަހުގެ މެދު ކެނޑުމަކަށް ފަހު ސިފައިންގެ " ސިފައުފާ" ޝޯވް ވަރަށް ކުލަގަދަ ގޮތަކަށް






އިޒްރޭލްގެ ފްލޭޓް ރާއްޖެއަށް ޖައްސަން އުޅޭތީއާއި، އައްޑޫގަ ބުދު ބެހެއްޓުމުގެ މައްސަލާގަ، އިލްމުވެރިންގެ ބަޔަކާ، އިއްތިހާދު، ޕާޓީތަކުން  ނުކުމެ ލާދީނީސަރުކާރު ވައްޓާލިފަހުން، އިޒްރޭލްގެ ޕްރައިވެޓް ޖެޓެއް އައްޑޫ ސިޓީގެ ގަމަށް ޖައްސާ، ލަވަމުބާރާތް ގައުމީފެންވަރުގަ ކުލަގަދަކޮށް ބާއްވާ، އައްޑޫގައި ދެރަށުގެރައްޔިތުން ތަމްސީލުކުރާބިނާއެއް ބުދު ހިމެނޭގޮތުން ހުދު އައްޑޫ ރައްޔިތުން ހަދަމުންދާއިރު، އިލްމްވެރިންނާ އިއްތިހާދު، ޕާރޓީތައް ހަބަރުފަތުރާ ވަސީލަތްތައް ލޯމަރާލާގެން..... ކީހާޅެން ފަރިއްސަށް.............؟ 

ބޮންބާޑިއާ ޗެލެންޖާ 300 ސީރީޒްގެ ޕްރިވެޓް ޖެޓެއް | އަލްޖެމެނިއާ

Saturday, May 19, 2012

ﷲއަށް ކިޔަމަންތެރި އަޅުތަކުންގެ ސިފަތައް


އެންމެހާ ހަމްދާއި ތަޢުރީފާއި ޘަނާ ޙައްޤުވެގެންވަނީ ޢާލާމްތަކުގެ އެއްކައުވަންތަ އިލާހަށެވެ. އަދި ޞަލަވާތާއި ސަލާމާއި އަދި ބަރަކާތް ލެއްވުން އެދި ދުޢާކުރަނީ މިއުއްމަތުގެ މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ. މި ޞަލަވާތުގައި އެކަލޭގެފާނުގެ އާލުންނާއި ޢަޞްޙާބުން ސާމިލުކުރަމެވެ.

Friday, May 18, 2012

ތުނބުޅި ބެހެއްޓުމުގެ ޙުކުމާއިމެދު ބައެއްމީހުން އޮޅުވާލަމުންދާތީ ޖަމްޢިއްޔަތުއްސަލަފުން ބަޔާނެއް ނެރެފި.




ތުނބުޅި ބެހެއްޓުމުގެ ޙުކުމާއިމެދު އަސްކަރިއްޔާގެ އަޚުންނަށް ބައެއް މީހުން އޮޅުވާލަމުންދާތީ ތުނބުޅީގެ ޙުކުމް ބަޔާންކޮށް ޖަމްޢިއްޔަތުއްސަލަފުން މިއަދު ބަޔާނެއް ނެރެފިއެވެ.

Thursday, May 17, 2012

ޤުރްއާން ކިޔަވާ ޒުވާނާ!

އަހަރެންގެ ރައްޓެއްސަކު ބަލިވެގެން ޑޮކްޓަރަށް ދައްކަން ދިޔަ ދުވަހެކެވެ. ހަވީރު އޮފީސް ނިންމާލާފައި އޭނާ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދިޔައިމެވެ. އަހަރެމެންނަށް ހޮސްޕިޓަލަށް ދެވުނު އިރު އެތާނގައި ވަރަށް ގިނަ މީހުން ޑޮކްޓަރަށް ދައްކަން އައިސް ތިއްބެވެ. އެހެންކަމުން އަވަހަށް ނަމްބަރެއް ނަގައިގެން ގޮނޑި ބަރީގައި އިށީންދެއްޖައީމެވެ. ހީވާގޮތުން އަހަރެމެން ޖެހޭނީ ގަޑިއެއްހާ އިރު ފަހުންނެވެ.

Wednesday, May 16, 2012

ދަރިއަކު ލިބުމުން ކަންކަން ކުރަންޖެހޭގޮތް

ސުވާލު:

ދަރިއަކު ލިބުމުން ކަންކަން ކުރަންޖެހޭގޮތް ސާފުކޮށްދެއްވުން އެދެމެވެ. އަދި 7 ވަނަ ދުވަހު ހަނދާން ނެތުމުގެ ސަބަބުން ނުވަތަ ކޮންމެވެސް ސަބަބަކާހުރެ ބޯ ނުބޭލިއްޖެނަމަ ދެން ހަދާނީ ކިހިނެތްތޯ އޮޅުންފިލުވައި ދެއްވުން އެދެމެވެ.

Tuesday, May 15, 2012

މަހުދީގެފާނަކީ ކޮބާ؟

މަހުދީގެފާނަކީ ފަހުޒަމާނުގައި ޤިޔާމާތުގެ އަލާމާތެއްގެ ގޮތުން ފާޅުވާނެ އަދުލުވެރި އިމާމު ބޭކަލެއްކަމަށް ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ޚަބަރުދެއްވާފައިވާ ފަރާތެކެވެ. އެކަލޭގެފާނަކީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ އަހުލުބައިތުންގެ ދަރިކޮޅުން ވަޑައިގަންނަވާނެ ބޭކަލެކެވެ.

Monday, May 14, 2012

އެއީ މުޖާހިދެއް ހެއްޔެވެ؟ ނުވަތަ މަލާއިކަތްބޭކަލެއް ހެއްޔެވެ؟

މާތް ﷲ ޥަޙީކުރައްވާފައިވެއެވެ.{{أَلَنْ يَكْفِيَكُمْ أَنْ يُمِدَّكُمْ رَبُّكُمْ بِثَلاثَةِ آلافٍ مِنَ الْمَلائِكَةِ مُنْزَلِينَ}} (އާލްޢިމްރާން 124) މާނައަކީ: "ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުނަށް ތިން ސަތޭކަ މަލާއިކަތުންގެ މަދަދު ފޮނުއްވުން ތިޔަބައިމީހުނަށް ނުފުދޭ ހެއްޔެވެ. އެބޭކަލުން ފައިބައިވަޑައިގެން ތިޔަބައި މީހުންނާއެކުގައި ހަނގުރާމަ ކުރައްވާނެއެވެ"

Sunday, May 13, 2012

ޞަޙާބީންގެ ވާހަކަ – އަބްދުﷲ ބުން އުންމު މަކްތޫމް(رضى الله عنه)

އަބްދުﷲ ބުން އުންމު މަކްތޫމަކީ(رضى الله عنها) މުއުމިނުތަކުންގެ މަންމަ ޚަދީޖާ ބިންތި ޚުވައިލަދު(رضى الله عنها) ދެބެންގެ ދެ ދަރި ބޭކަލެކެވެ. އެކަލޭގެ ފާނުންގެ ބައްޕާފުޅަކީ ޤައިސް ބިން ޒަޢިދެވެ. މަންމާ ފުޅަކީ އާތިކާ ބިންތި އަބްދުﷲ އެވެ.

Saturday, May 12, 2012

ހިޔާލުތަފާތުވުންތަކެއް އުފެދި އަބްދުﷲ ރަސްގެފާނުގެ ދީނީ މުސްތަޝާރު މަގާމުންވަކިކޮށްފި

ރިޔާޟް (މޭ 12): މުސްލިމުންނާ ދެކޮޅަށް ފާޅުގައި ޖަރީމާ ހިންގާ މުސްލިމުން ކަތިލާ މެރުމުގެ ލީޑަރ އެމެރިކާގެ އެންމެއެކުވެރި ދެހަރަމުގެ އިމާމް  ސައޫދީ ރަސްގެފާނު ޢަބްދުﷲ އަށް ދީނީ ކަންކަމުގައި މުސްތަޝާރެއްގެ ގޮތުންލަފާއަރުވާ ދަންނަބޭކަލަކު، ހިޔާލުތަފާތުވުންތައް އުފެދި މަޤާމުން ވަކިކޮށްފި އެވެ.

Friday, May 11, 2012

"އަޅުތަކުންގެ އަޅުވެތިކަމުން މީސްތަކުން ނެރެ ، ﷲ ގެ އަޅުވެތިކަމުގެ ދަށަށް މީސްތަކުން ގެންދިޔުމަށް ،


ހިޖުރައިން 15 ވަނަ އަހަރު ހިނގާދިޔަ ޤާދިސިއްޔާ ހަނގުރާމައިގައި އިރާޤު އިސްތިއުމާރުކޮށްގެން ތިބި ފާރިސީންގެ 80000 ހަނގުރާމަވެރިންނާ މުސްލިމުންގެ ލަޝްކަރު ކުރިމަތިލި ހިނދު ، ކާފިރުންގެ ލަޝްކަރުގެ ވެރިއެއްގެ ގޮތުގައި ހުރި ރުސްތުމް، ސުވާލުކޮށް އޮޅުން ފިލުވަން ބޭނުންވެފައިވާ ކަންކަން ސާފުކޮށްދެވޭވަރުގެ ވިސްނުންތޫނު ޤާބިލު ފަހުލަވާނަކު މުސްލިމުންގެ ލަޝްކަރުގެ ތެރެއިން ފޮނުވައިދެއްވުމަށް އެވަގުތު މުސްލިމުންގެ ލަޝްކަރުގެ ވެރިޔާ، ﷲ ރުއްސުންލެއްވި މާތް ޞަޙާބީ، ސަޢްދު ބްނި އަބީ ޥައްޤާޞްގެ އަރިހުން އެދުނެވެ. އެހިނދު އެކަލޭގެފާނުގެ އަރިހުގައި ހުންނެވި ރިބްޢިއްޔު ބްނި ޢާމިރު ކިޔާ ބޭފުޅަކު އެކަމާއިގެން ރުސްތުމްގެ ގާތަށް ފޮނުއްވުމަށް ނިންމެވިއެވެ.
 

Thursday, May 10, 2012

އަޅުގަނޑަށް ނުގޮވޭ އަވަގުރާނެއް ނުހުންނާނެ: ޑރ. ޒަކަރިއްޔާ




އަވަގުރާނަ ނުގޮވާ މިހުންނަނީ ނޭނގޭތީ ނޫންކަމަށާއި އަވަގުރާނަގޮވުމުގެ މުބާރާތެއް ބާއްވައިފިއްޔާ އެންމެ ކުރިއަރާ ދާނެކަމަށް ޑރ. ޒަކަރިއްޔާ ބުނެފިއެވެ.

Wednesday, May 9, 2012

އަލް އިމާމް ޙަސަނުލް ބަޞަރީ

ހަސަނުލް ބަޞަރީ ރަޙިމަޙުﷲ އުފަންވެ ވަޑައިގަތީ ހިޖުރީ ސަނަތުން 21 ވަނަ އަހަރު އުމަރު ބުނުލް ޚައްތާބުގެ ހިލާފަތުގެ ފަހުކޮޅު މަދީނާގައެވެ. އެކަލޭގެފާނުގެ މަންމާ ފުޅަކީ މުއުމިނުތަކުންގެ މައިކަނބަލެއްކަމަށްވާ އުއްމު ސަލްމާ ރަޟިޔަﷲ އަންހާގެ ޙިދުމަތުގައި އުޅުއްވި ބޭކަނބަލެކެވެ.

Tuesday, May 8, 2012

ﷲ ތަޢާލާއަށް ބަރޯސާވުމުގެ ފޮނިކަން

       އެންމެ އިޚްލާސްތެރި މީހަކީ، ﷲ ތަޢާލާއަށް ހުރީހާކަމެއްގެ މައްޗަށް ބާރުލިބިވޮޑިގެންވާކަން ދެނެހުރެ، އޭނާގެ ރޭވުންތަކާއި އިޚްތިޔާރުތައް (އެއިލާހަށް) ދޫކޮށްލާ މީހާއެވެ. އިޚްތިޔާރު ކުރުމާއި ރޭވުންތެރިކަން މިލްކުވެގެން ވަނީ އެއިލާހަށް ކަމާއި، އަޅާއަށް އެންމެ ފައިދާހުރިގޮތް ދެނެވޮޑިގެންވާކަމާއި، ބޭނުންތައް ފުއްދައިދިނުމުގެ ކުޅަދުންވަންތަކަން ލިބިވޮޑިގެންވަނީ ގަދަ ކީރިތިވަންތަ އެއިލާހަށްކަން ދެނެގަންނަމީހާއެވެ. އޭނާގެ އަމިއްލަ ނަފްސަށްވުރެ އޭނާއަށް ﷲ ތަޢާލާގެ ބޭނުންެތެރިކަން ބޮޑުކަމާއި، ﷲ ތަޢާލާ އޭނާގެ މައްޗަށް ރަޙްމަތްވަންތަކަމާއި ދީލަތިވަންތަކަން ދަންނަ މީހާއެވެ.

Monday, May 7, 2012

ރާއްޖެއިންބޭރަށް ގޮސްއުޅޭއިރު ކުކުޅުމަހުން ހަދާފައިހުންނަ އެއްޗެތި ކެއުމަކީ ކޮންކަހަލަ ކަމެއްތޯ؟



ސުވާލު:

ރާއްޖެއިން ބޭރަށް ގޮސް އުޅޭއިރު ކުކުޅުމަހުން ހަދާފައިހުންނަ އެއްޗެތި ކެއުމަކީ ކޮންކަހަލަ ކަމެއްތޯ؟ މިހެން މިދެންނެވީ އެކުކުޅަކީ ކޮންގޮތަކަށް ކަތިލާފައިވާ ކުކުޅު ކަން ނޭގޭތީ ނުވަތަ ހަލާލު ކުކުޅުކަން ނޭގެތީ. އެފަދަ އެއްޗެއް ކެއުމުގައި ނުވަތަ ކެވިއްޖެނަމަ އަމަލު ކުރަންވީ ކޮން ގޮތަކަށްތޯ؟ މިފަދަ އެއްޗެއް ކާއިރު ކިޔާނެ ދުޢާއެއް އޮވޭތޯ؟

Saturday, May 5, 2012

ނިޢުމަތްތަކުގެ ތެރެއިން – ދުޅަހެޔޮ ޞިއްޙަތު

އާދެ! ދުޅަހެޔޮ ޞިއްޙަތަކީ، ﷲ ތަޢާލާ އިންސާނުންނަށް ދެއްވެވި ނިޢުމަތްތަކުގެ ތެރެއިން ވަރަށް އަގުބޮޑު ނިޢުމަތެކެވެ. އިސްލާމްދީނުގައި ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެވިފައިވާ ނިޢުމަތެކެވެ. މިކަން ﷲ ގެ ފޮތާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ބަލައިފިމީހަކަށް ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ.

Friday, May 4, 2012

ފިގުހު އެކަޑަމީއަލުން އެކުލަވާލުމުގައި ސިއްރުއެޖެންޑާއެއްވޭބާއެވެ؟

   ފިގުހު އެކަޑަމީ އަލުން އެކުލަވާލަން ނިންމާފައިމިވަނީ، ގިނަ އިލްމުވެރިންގެބަޔަކުމިއުޒިކާލަވަ ހަރާމްކަމަށް ބުނެއެކަންނުކުރުމަށާއި،މުޖުތަމައުގާ އެފަދަ ހަރާމްކަންތަކަށް ހިތްވަރުލިބޭލަވަމުބާރާތްފަދަކަންކަންނުބޭއްވުމަށްއެދެމުންދަނިކޮށް އެއަށްބެލުމެއްނެތި ރާއްޖޭގެ ގައުމީޓީވީންނާއި، ވިލާޓީވީން ލަވަމުބާރާތްތައް ވަރަށް ކުލަގަދަކޮށް ބާއްވަވާ، އަދި ކުރީގެ އިސްލާމިކް މިނިސްޓަރ، ބާރީއާއި އެމިނިސްޓްރީގެ އޭރުގެ ނައިބު ހުސައިން ރަސީދުއަހްމަދުވެސްހިމެނިވަޑައިގަންނަވާ  ފިގުހުއެކަޑަމީގެ އިސްމެމްބަރ ފައްޔާޒު އަލިމަނިކު  ދާދިފަހުން ނިކުތް ދީނީމަޖައްލާއެއްކަމަށްވާ ދަރުމާގައި ގުރުއާނާ ހަދީސްގެ އަލީގައި ވަރަށް ފުރިހަމަ ހުއްޖަތާދަލީލާއެކު ވެރިކަމާދެކޮޅަށް ބައާވަތްކުރުމާބެހޭގޮތުން  ލިއުއްވާފައިވުމާއި، އަދި ހަމަމިފަދައިން އަދާލަތުޕާޓީއާއި ބައެއްއިލްމުވެރިން ގުރުއާނާ ހަދީސުން ބައެއްކަންކަން ފާޅުގައި އޮޅުވާލަައްވާފަވާކަމަށާ، އެއޮޅުވާލެއްވި ބައެއްކަންކަންވެސް ވަރަށްތަފްސީލުކޮށް ދަރުމަ މަޖެއްލާގައި ޑރ.އަބްދުއްސައްތާރުއަބްދުއްރަހްމާން ބަޔާންކޮށް ދެއްވާފައިވާ ދަޑިވަޅެއްގައެވެ.

Thursday, May 3, 2012

ދިރޭތަކެތީގެ ސޫރަކުރުން


އައްޝައިޚު މުޙައްމަދު މުނައްޖިދު އެކަލޭގެފާނުގެ ފޮތްކަމުގައިވާ (މުޙައްރަމާތު އިސްތަހާނަ ބިހާ ކަޘީރުން މިނައް ނާސި)" ގިނަމީހުން ލުއިކޮށްލަމުންދާ ޙަރާމްކަންތައްތައް" މިފޮތުގައި މަތީގައިވާ ސުރުހީގެ ދަށުން ލިޔުއްވާފައިވާ ލިޔުމެއްގައިވެއެވެ.

Tuesday, May 1, 2012

ވަޤުތާއި ދިޔަވަރަކީ މީހަކަށްޓަކައި މަޑުކުރާނެ އެއްޗެއްނޫނެވެ


ވަޤުތަކީ ކޮންމެ އިންސާނެއްގެ ހަޤީޤީ ހަޔާތެވެ. ތިބާގެ ހަޔާތުގައި ﷲއަށްޓަކައި ހޭދަކުރެވޭ ވަޤުތަކީ އެންމެ ހެޔޮވަޤުތެވެ. އެނޫން ވަޤުތުތަކަކީ އެއްވެސް އަގެއްހުރި ތިބާއަށް ފައިދާކޮށްދޭނެ ވަޤުތެއްނޫނެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons