Saturday, August 30, 2014

މުސްލިމުންގެ ހައިބަތު



މުސްލިމުން އެއްޚިލާފަތެއްގެ ދަށުގައި އުޅުނު ދުވަސްވަރެވެ. މުސްލިމުންގެ ޚަލީފާ މުޢުތަޞިމް އާދައިގެ މަތިން އޭނާގެ މަޖިލީހުގައި، މުސްތަޝާރުންނާއި ވާހަކަ ދައްކަވަން ހުންނެވި ވަގުތެކެވެ. ކުއްލިއަކަށް މަޖިލީހުގައި ތިބި އެންމެންގެ ލޯތައް ހުއްޓުނީ އޭޝިޔާއިން އައި މީހަކާ ދިމާލަށެވެ. ޚަލީފާއަށް ސަލާމްގޮވުމަށްފަހު، އޭނާ ބުންޏެވެ. ” އޭ މުއުމިނުންގެ އަމީރެވެ. އަޅުގަނޑު މި އައީ ޢައްމޫރިއްޔާއިންނެވެ.

Thursday, August 28, 2014

ޞަޙާބީންގެ ތެރެއިން ތަފްސީރު ޢިލްމަށް މަޝްހޫރު ބޭކަލުން



1- ހަތަރު ޚަލީފާއިން ރަޟިޔަﷲ ޢަންހުމް





Tuesday, August 26, 2014

ތާބިޢީންގެ ތެރެއިން ތަފްސީރު ޢިލްމަށް މަޝްހޫރު ބޭކަލުން


ތާބިޢީންގެ ތެރެއިން ގިނަ ބޭކަލުންތަކެއް ތަފްސީރު ޢިލްމުގައި މަޝްހޫރުވެފައިވެއެވެ. 

Sunday, August 24, 2014

ބިދުޢަ



ބިދުޢައޭ ބުނެވުނު ބަހުގެ މާނައީ؛ އަލަށް ކަމެއް ނުވަތަ އެއްޗެއް އުފެއްދުމެވެ. ޝަރީޢަތުގެ އިޞްޠިލާޙުގައި ބިދުޢައޭ ބުނެވުނު ބަހުގެ މާނައީ؛ އިސްލާމް ދީނުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަނޑައަޅުއްވާފައި ނުވާކަމެއް އެނަބިއްޔާއަށް ފަހު، ދީނުގެ ކަމެއް ކަމުގައި ހަދައިގެން ކުރުމެވެ.

Friday, August 22, 2014

ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ މަތިވެރިކަން



"އަޅުގަނޑުމެންގެ ރާއްޖޭގައި ޢާއްމު ގޮތެއްގައި ޢީދު ދުވަހު ކަތިލާ އުޅެނީ ކުކުޅެވެ. އެހެންނަމަވެސް ޙަޤީޤަތަކީ ކޮންމެ އަޅުކަމެއްގައިވެސް އޭގެ ޖިންސު ދިމާކުރަން ޖެހޭކަމެވެ. އެހެންކަމުން ގެރިބަކަރިފަދަ ޖަނަވާރުން އަދާކުރަންޖެހޭ އަޅުކަމެއް އެތަކެތި ލިބެން ހުންނަކަމުގައިވާނަމަ މުސަޅެއް ނުވަތަ ކުކުޅެއް ނުވަތަ މަހެއް ކަތިލައިގެން ޤަބޫލު ނުކުރެވޭނެއެވެ."

Monday, August 18, 2014

Saturday, August 16, 2014

ދަރީންގެ ޢަދާވަތްތެރިކަމުން ރައްކާތެރިވުން


ތަރުބިއްޔަތުގައި އިހުމާލުވުމުގެ ސަބަބުން ނުވަތަ އިސްލާމީ ތަރުބިއްޔަތާ ދުރު ތަރުބިއްޔަތެއް ކުދިންނަށް ދިނުމުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އެއްކަމަކީ ދަރީންގެ ދެކޮޅުވެރިކަމާއި ޢަދާވާތްތެރިކަމެވެ. މިކަންކަމުން ދަރީން ސަލާމަތްކުރުމަށްޓަކައި އިސްލާމީ ތަރުބިއްޔަތުގެ މަންހަޖުގެ މަތީގައި އެކުދިން ތަރުބިއްޔަތުކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ﷲ ތަޢާލާ ވަނީ އަހަރެމެންގެ ދަރީންނާމެދު ސަމާލުވުމަށް އަހަރެމެންނަށް އަންގަވާފައެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ.

Thursday, August 14, 2014

އަންހެން ފިރިހެން ވަކީން ކިޔަވައިދިނުމުގެ ދަލީލު


ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ދިރުއުޅުއްވި އަންހެން ޞަޙާބީން ދީނުގެ ޢިލްމު އުނގެނުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވިއެވެ.

Tuesday, August 12, 2014

މުޖްތަމަޢުގެ ލޯބި ލިބުން




ފަރުދުންނާ ގުޅޭގޮތުން ތަރުބިއްޔާގެ މުހިއްމުކަން ވަޒަންކުރެވޭ އަނެއް ބަހާ އަކީ މުޖްތަމަޢެވެ. އޭގެ ސަބަބުން މުޖްތަމަޢުގެ ލޯތްބާ ޤަދަރު ލިބިގެންދެއެވެ. އެހެނީ އިސްލާމީ ތަރުބިއްޔަތުގެ މަތީގައި ތަރުބިއްޔަތު ވާ މީހާ އެ ޙާޞިލްކުރަނީ ﷲ ތަޢާލާގެ އޭނާއަށް ލިބުމަށް މިންވަރުކުރައްވާފައިވާ ހެޔޮކަމުގެ ތެރެއިން ވަރަށް ބޮޑު މިންވަރެކެވެ.

Sunday, August 10, 2014

ނަބިއްޔާ صلى الله عليه وسلمއަށް ތަބަޢަވުމާމެދު އަހަރެމެން އިމްތިޙާނުކުރެވެމުންދަނީ


މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރި ކުރައްވައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އަހަރެމެންނަށް ތެދުމަގު ދައްކަވާފައެވެ. އަނދިރި ކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ނެރުއްވާފައެވެ. އެކަލޭގެފާނުގެ ރިސާލަތުގެ ބަރަކާތުން ދެދުނިޔޭގެ ހެޔޮކަން އަޅުގަނޑުމެންނަށް ލިބިއްޖެއެވެ. އެކަލޭގެފާނުދެކެ ލޯބިވުން އަހަރެމެންގެ މައްޗަށް ﷲ ތަޢާލާ ވަނީ ވާޖިބުކުރައްވާފައެވެ.

Friday, August 8, 2014

Wednesday, August 6, 2014

ސިވާކުކުރުމުގެ ފައިދާތައް




ސިވާކުކުރުމުގެ އެންމެ މުހިއްމު ފައިދާއަކީ ޙަދީޘްގައި ބަޔާންވެގެންވާ ފަދައިން (ދުނިޔޭގައި) އަނގަޔަށް ޠާހިރުކަން ލިބުމާއި (އާޚިރަތުގައި) ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދަތްއުނގުޅާ މީހާއަށް ލިބުމެވެ.

Monday, August 4, 2014

ނިވާކަމެއް ނެތް ހެދުމާއި ޕާޓީތަކުގެ ބިމުގައި އިސްލާމް ކަމުގެ ނޫރ




ރިއޯ ޑި ޖެނެއިރޯ (އޯގަސްޓް 23) - "އައްސަލާމް އަލައިކުމް،" ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގައި ބިނާކުރި ފުރަތަމަ މިސްކިތުގައި ރޯދަ ވީއްލުމަށް ފަހު އެތެރެއަށް ވަންނަމުން އުމަރު ސަލާން ގޮވައިލި އެވެ.

Saturday, August 2, 2014

ޢިލްމާއި، ޢިލްމުގެ އަހުލުވެރިންގެ މާތްކަން




الحمد لله الذي أوضح لنا سبيل الهداية، وأزاح عن بصائرنا ظلمة الغواية، والصلاة والسلام على النبي المصطفى والرسول المجتبى، المبعوث رحمة للعالمين، وقدوة للسالكين، وعلى آله وصحبه ومن تبعهم بإحسان إلى يوم الدين

ހަމަކަށަވަރުން ޢިލްމު އުނގެނުމަކީ ﷲ ސުބްޙާނަހު ވަތަޢާލާއަށް ވެވޭ ބިރުވެތި ކަމެކެވެ. އެއީ އަޅުކަމެކެވެ. އަދި ޢިލްމު ދިރާސާ ކުރުމަކީ ތަސްބީޙައެކެވެ. ޢިލްމު ހޯދާ އެ ޢިލްމު ލިބިގަތުމައްޓަކައި މަސައްކަތްކުރުމަކީ ޖިހާދެކެވެ. އެހެންމީހުނަށް އެ ޢިލްމު އުނގަންނާދިނުމަކީ ޞަދަޤާތެކެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons