Monday, September 29, 2014

އެތީސްޓުންނަށް އިމާމު އަބޫ ހަނީފާ ދެއްވި ރައްދު



އަޤީދަތުލް ވާސިތިއްޔާގެ ޝަރަޙާގައި އައްލާމާ ޝެއިޚު ޢުޘައިމީން ރަޙިމަހުﷲ 

ގެންނަވާފައިވެއެވެ. "(ﷲގެ 

ވޮޑިގެންވާކަމަށް އިންކާރުކުރާ) 

އިންޑިޔާގެ ބަޔަކު އިމާމު އަބޫ ހަނީފާ 

ރަޙިމަހުﷲގެ އަރިހަށް އައެވެ. އަދި ﷲ 

ސުބުޙާނަހޫ ވަތަޢާލާ 



ވޮޑިގެންވާކަމާއި މެދު އެބައިމީހުން 

އިމާމު އަބޫ ޙަނީފާއާއި ބަޙުސްކޮށްފިއެވެ. އިމާމު އަބޫ 

ޙަނީފާއަކީ ވަރަށް ބުއްދިވެރި ޢިލްމުވެރިޔެކެވެ. 

Saturday, September 27, 2014

ސަލަފުއްޞާލިޙުންގެ ހަޔާތްޕުޅުން އިބުރަތްތެރި ދިހަވާހަކަ




1. އިމާމު އަޙުމަދު ބިން މުޙައްމަދު ބިން 

ޙަންބަލް ރަޙިމަހުﷲ ވިދާޅުވިއެވެ. " ތިމަންކަލޭގެފާނު 

މައްކާގެ ކޮންމެސް ހިސާބެއްގެ ބަޔަކާއި އެކުގައި ވާން 

ލޯބިކުރައްވަމެވެ. އޭރުން މީހުންނަކަށް ތިމަންކަލޭގެފާނެއް 

ނޭންގޭނެއެވެ. ތިމަންކަލޭގެފާނު މަޝްހޫރުވުމުގެ މުސީބާތް 

ޖެހުނު ފަހުން ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު މަރުވުމަށް އުއްމީދުކުރައްވަމެވެ"

Thursday, September 25, 2014

ޤިޔާމަތް ގާތްވިވަރަކަށް ހެޔޮލަފާމީހުން ދާނީ މަދުވަމުން



ޙަޤީޤީ ބުއްދިވެރިޔަކީ ތިމާއަށް ލިބިފައިވާ ބުއްދިން ރަނގަޅުގޮތް ވިސްނާ އެގޮތް އިޚްތިޔާރުކުރާ މީހާއެވެ. ތިމާ ހެއްދެވިފައިވަނީ ހިތު ހުރިހައި ގޮތަކަށް އުޅުމަށް ނޫންކަމާއި، ކޮންމެއެއްޗެއްވެސް ވުޖޫދަށް ގެނެވުމުގައި މަޤްޞަދެއް ވާކަން ދެނެގަންނަ މީހާއެވެ. ﷲ ތަޢާލާ އަޅަމެން ހައްދަވާފައިވަނީ ބޭކާރު ގޮތުގައެއް ނޫނެވެ. ވަރަށްވެސް ބޮޑު މަޤްޞަދަކަށްޓަކައެވެ. އެއީ އެކަލާނގެ އެއްކައުވަންތަކުރުމަށެވެ.

Tuesday, September 23, 2014

ހުކުރު ދުވަހުގެ މާތްކަން



الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ހަފްތާގެ އެހެނިހެން ދުވަސްތަކާއި ޚިލާފަށް ހުކުރު ދުވަހަށް ޚާއްޞަ ކަންތައްތަކާއި މާތް ކަމެއް ވަނީ ލިބިގެންނެވެ.

Friday, September 19, 2014

ރަނުގެ އަގު އެނގޭނީ ހަމައެކަނި ރަންހަދާ މީހުންނަށެވެ.



ސުކޫލެއްގައި ޤުރުއާން ކިޔަވަމުން ދިޔަ ކުއްޖެކެވެ. އެއްދުވަހަކު ގައިން ތާހިރުވުމަށްޓަކައި ފައިސާދީގެން ފެންވެރެން ހުންނަ ތަނަކަށް (ޕޭ ޓޮއިލެޓް) މިކުއްޖާ ގޮސް އެތަނުގެ ވެރިމީހާ ކައިރީގައި މިކުއްޖާ ބުންޏެވެ. "އަހަރެން އަތުގައި ދެ ޤިރާން (ފައިސާ) އެއް ނެތެވެ.

Wednesday, September 17, 2014

ﷲ ލޯބިވެވޮޑިގަންނަވާ މީހުން


00-2الحمد لله والصلاة والسلام على رسول الله
ﷲ ތަޢާލާ އަހަރެމެން ދެކެ ލޯބިވެވޮޑިގަންނަވަނީ އަހަރެމެންގެ ކިބައިގައި ކޮންކޮން ޞިފަތަކެއް ހުރެގެން ހެއްޔެވެ؟

Monday, September 15, 2014

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަކީ ކޮބާ؟


Sunnah   ބަހުގެ ގޮތުން ސުންނަތް:

    ޢަރަބި ބަހުގައި ލުޣަވީގޮތުން(ބަހުގެގޮތުން) ސުންނަތަކީ ކަމެއް އޮންނަ ގޮތެވެ. އަދި ސީރަތް އަދި އެއްޗެއް ރަނގަޅަށް ބެލެހެއްޓުމަށްވެސް ސުންނަތޭ ކިޔެއެވެ.


Saturday, September 13, 2014

އިމާމު މާލިކުގެ މުޥައްޠާ (موطأ)


ހ. ފޮތުގެ ނަން
މިފޮތުގެ ނަމަކީ އަލްމުޥައްޠާ އެވެ. މިފޮތަކީ އެންމެފުރަތަމަ ބާބުތަކަށް އެކަށައަޅުއްވައި ލިޔެވުނު ޙަދީޘްފޮތްތަކުގެ ތެރެއިން ހިމެނޭ އެއް ޙަދީޘްފޮތެވެ.



Thursday, September 11, 2014

ދީނަށް މަލާމާތްކޮށްފި މީހާގެ ޢުޤޫބާތް.


laathauthaziroo

الحمد لله رب العالمين. و الصلاة و السلام على نبينا محمد، و على آله و أصحابه أجمعين. أما بعد:

“ﷲގެ ޝިޢާރުތަކުގެ ތެރެއިން ޝިޢާރަކަށް މަލާމާތްކޮށް ފުރައްސާރަކޮށްފި މީހާ ނުވަތަ އެއީ ކުޅިވަރެއްކަމުގައި ހަދައި އެޔަށް ޖޯކުޖަހައި ހަދައިފިނަމަ، ނުވަތަ އެޔަށް ރުޅިއަރައިފިނަމަ، ހަމަކަށަވަރުން މިބަސްފުޅުގައިވާ  ވަޢިދަށް އެމީހެއްގެއް ނަފުސު ހުށައަޅައިފިއެވެ.

Tuesday, September 9, 2014

ޣީބަ ބުނާއަޑު އިވިއްޖެނަމަ ކަންތައްކުރާނެ ގޮތް


ޣީބައަކީ ބޮޑު ފާފައެކެވެ. އެއީ މުސްލިމުން ދުރުހެލިވާންޖެހޭ ކަމެކެވެ. މުޖްތަމަޢުތަކުގެ ތެރޭގައި ފެތުރިފައިވާ އިޖްތިމާޢީ ބައްޔެވެ. އެތައްބަޔަކު އެބަލީގެ ޝިކާރައަކަށްވެފައިވާ، އެތައް ފިތުނަތަކަކަށް މަގުފަހިވާ މުޖްތަމަޢުގެ އިޖްތިމާޢީ ފޭރާން ވީދާ ކުދިކުދިކޮށްލާ ބައްޔެކެވެ.

Sunday, September 7, 2014

މުސްލިމުންގެ ސަލާމާއި ކާފިރުންގެ ސަލާމުގެ ތަފާތު



ސަލާމަކީ އިސްލާމްދީނުގެ ޝިޢާރުތަކުގެ ތެރެއިން ޝިޢާރެކެވެ. ދުނިޔޭގެ އެހެންދީންތަކާއި ފިލޯސަފީތަކުގައިވާ “ބާއްޖަވެރިކަމުގެ ހެޔޮއެދުންތަކާ” އިސްލާމުންގެ ސަލާމާ ވަރަށް ތަފާތެވެ.

Friday, September 5, 2014

ﷲ ގެ ރަސޫލާގެ ސުންނަތް ސާފުކޮށް ފެންނާން އެބައޮތެވެ.



ޔަހޫދީންނާއި ނަސާރާއިން އެބައިމީހުންގެ ނަބީންގެ ސުންނަތްތައް ބަދަލުކޮށް ހެދުމުގެ ސަބަބުން، އެދެ ދީނުގެ އަސްލު ގެއްލި އޮޅުންފިލާން ނެތްކަމުގައިވީ ނަމަވެސް މުސްލިމުންގެ މާތް ނަބިއްޔާގެ ސުންނަތް އާދެ، އެނަބިއްޔާގެ ބަސްފުޅުތަކާއި ޢަމަލު ފުޅުތަކުގެ ޚަބަރު އަދި އަދަށް ދާންދެންވެސް ނުހަނު ސާފުކޮށް ފެންނާން އެބައޮތެވެ.


 އަދި ޤިޔާމަތާ ޖެހެންދެންވެސް އޮންނާނެއެވެ.


Wednesday, September 3, 2014

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތައް ރިވާކުރެއްވުމަށް އަންހެން ޞަޙާބީން ދެއްވި އަހަންމިއްޔަތު


الْحَمْدُ للهِ وَكَفَى، وَالصَّلاَةُ وَالسَّلاَمُ عَلَى خَيْرِ خَلْقِهِ الْمُصْطَفَى وَعَلَى آلِهِ وَصَحْبِهِ أَهْلِ الصِّدْقِ وَالْوَفَاءِ. އަންހެން ޞަޙާބީންގެ ތެރެއިން ޖަމާޢަތެއްގެ ބޭކަނބަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އެކަލޭގެފާނުގެ ޙަދީޘްތައް ރިވާކުރައްވާފައިވެއެވެ.

Monday, September 1, 2014

ޙައްޤުތައް ހޯދުމުގައި ރިވެތި އަޚުލާޤު ބޭނުންކުރުން


އިސްލާމްދީނުގައި އިއްވޭ ނިޔަތަކާއި މަތިވެރި އަޚްލާޤު ވަރަށް ބޮޑަށް ގުޅިފައިވެއެވެ. ކުރެވޭ ދަޢްވާއެއްގައި ދެ ޚަޞްމުންކުރެ ޚަޞްމެއްގެ މޮޅުވާހަކަ ދެއްކުމުންނާއި ދިފާޢުވުމުގެ ކުޅަދާނަކަމުން އެމީހަކަށް ލިބެންނުވާ ޙައްޤެއް ލިބުމަކީ އިންޞާފުވެރި ގޮތެއްކަމަކަށް އިސްލާމްދީން ނުދެކެއެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons