Thursday, September 29, 2011

ހުކުރު ދުވަސް

   عن أبي هريرة رضي الله عنه قال : قال رسول الله صلى الله عليه وسلم : ( خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ ، فِيهِ خُلِقَ آدَمُ ، وَفِيهِ أُدْخِلَ الْجَنَّةَ ، وَفِيهِ أُخْرِجَ مِنْهَا ) . رواه مسلم (1410) .
ﷲ ތަޢާލާ ރުއްސުންލެއްވެވި އަބޫ ހުރައިރާ ވިދާޅުވިއެވެ. ރަސޫލުﷲ صلى اللّـه عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. "އެންމެ ހެޔޮ ދުވަހަކަށް، އެދުވަހެއްގައި އިރު އެރި ދުވަހަކީ ހުކުރު ދުވަހެވެ.

بَلِّغ عَنِّيْ وَلَوْ آيَة

     މާތްރުއްސުންލެއްވި ޢަބްދުއިބްނު މަސްޢޫދުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން، ސަލާމާއި ޞަލަވާތްލެއްވި ރަސޫލުގެފާނު ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެބޭކަލެއްގެ އަމުރުފުޅުތަކަށް އިޤުތިދާވެ އެބޭކަލެއްގެ ސުންނަތުގައި ހިފަހައްޓާނެ ޙަވާރިންނާއި އަދި އަޞްޙާބުން އެބޭކަލަކަށް ނުވާ، ނަބީ ބޭކަލަކު މެނުވީ ތިމަން ކަލޭގެފާނުގެ ކުރިން އުއްމަތެއްގެ ތެރެއިން މާތްނުފޮނުއްވައެވެ.

Wednesday, September 28, 2011

ބުޅަލެއް މަރާލުމުން ހަމަސްދުވަހަށް ޖަލަށްލުމަށް ކޯޓަކުން ޙުކުމްކޮށްފި.

     މީހަކު ބުޅަލެއް މަރާލައިގެން ހަމަސްދުވަހަށްޖަލަށް ލުމަށް އެމެރިކާގެ ނިއުޔޯރކްގެ ކޯޓަކުން ޙުކުމް އިއްވައިފިއެވެ.

ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުން؟

    
إن الحمد لله نحمده ونستعينه ونستغفره ونعوذ بالله من شرور أنفسنا ومن سيئات أعمالنا، من يهده الله فلا مضل له ومن يضلل فلا هادي له. وأشهد أن لا إله إلاّ الله وأن محمد رسول الله, وصلىّ الله وسلّم على نبيِّنا محمّد وعلى آله وصحبه وسلّم.

ކިނބިހިއެޅުން

     ކިނބިއްސެއް ފެށެނީ ނޭފަތުގެ ތެތް ފަށަލާގައި ބީރައްޓެހި އެއްޗެއް ޖެހުންފަދަކަމެއް ދިމާވެ އެފަށަލަ ހިރުވަން ފެށުމުންނެވެ. ހިރަފުސް ނުވަތަ ކެމިކަލެއް ނުވަތަ ޖަރާސީމެއް ނުވަތަ އަމިއްލައަށް ނޭފަތް ހިރުވުމުގެ ސަބަބުންވެސް އެފަށަލަ ހިރުވަފާނެއެވެ. 

Tuesday, September 27, 2011

ކްރިސްޓްޗާޗް ކޮލެޖުން ރާއްޖެއަށް ދޭ ސްކޮލާޝިޕްތަކާ މެދު އަދާލަތުން ކަންބޮޑުވުން ފާޅުކޮށްފި



 އިނގިރޭސި ވިލާތުގެ ކްރިސްޓްޗާޗް ކޮލެޖުން ރާއްޖެއަށް ކޮންމެ އަހަރަކު ސްކޮލާޝިޕެއް ދޭން ހަމަޖައްސާފައިވާތީ އަދާލަތު ޕާޓީން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ބާއްޖަވެރި ދިރިއުޅުން

     ހަމަ ޔަޤީނުންވެސް ކޮންމެ އިންސާނަކީ އަމާން، އޮމާން، ބާއްޖަވެރި ޙަޔާތެއް ބޭނުންވާނެ މީހެކެވެ. މުސްލިމަކަށް ވިޔަސް ކާފިރަކަށް ވިޔަސް، ފަޤީރަކަށްވިޔަސް މުއްސަންޖަކަށް ވިޔަސްމެއެވެ. އެންމެންވެސް އެބަޔަކަށް ލިބިފައިވާ އެންމެހާ ވަޞީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރަމުން ދަނީ އުފާވެރި، ހިތްހަމަޖެހޭ ޙަޔާތެއް ހޯދުމަށެވެ.

އަދާލަތުން އެމްޑީޕީއާ ވަކިވެ ކޯލިޝަން އުވާލައިފި

     
އަދާލަތުޕާޓީ އާއި ވެރިކަން ކުރާ އެމްޑީޕީގެ ކޯލިޝަން އެއްބަސްވުން މިރޭ އުވާލައިފި އެވެ. ކޯލިޝަން ރަސްމީކޮށް އުވައިލިކަން މިރޭ ޢިއުލާންކުރެއްވީ އަދާލަތުޕާޓީގެ މަޝްވަރާ މަޖިލިސް ބައްދަލުވުމަށް އެކަން ހުށައެޅުމަށްފަހު ފަހު ހާޒިރުވި 34 މެންބަރުންގެ ތެރެއިން 32 މެމްބަރުންގެ ވޯޓުން ކޯލިޝަން އުވާލަން ފާސްކޮށްގެނެވެ.

Monday, September 26, 2011

އިޒްރޭލްގެ ފުލައިޓްތައް ރާއްޖޭގައި ޖެއްސުމާ ދެކޮޅަށް ބަޔަކު ވާހަކަ ދައްކަނީ ސިޔާސީ މަޤުސަދެއްގައި: ޝެއިޚް ހުސެއިން ރަޝީދު

     އިޒްރޭލްގެ ފުލައިޓްތައް ރާއްޖޭގެ ވައިގެ ބަނދަރުގައި ޖެއްސުމާއި ދެކޮޅަށް ބަޔަކު މީހުން ވާހަކަ ތަކެއް ދައްކަނީ ސިޔާސީ މަޤުސަދެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝެއިޚް ހުސެއިން ރައީދު ވިދާޅުވެއްޖެއެވެ.

Sunday, September 25, 2011

ފުރިހަމަ ޖަވާބު

     ހިޝާމް ބުން އަބްދުލް މާލިކުގެ ހިލާފަތުގައި އެއް އަހަރަކު އެކަލޭގެފާނު ހައްޖައްވަޑައިގަތެވެ. އަދި ސަހާބީއަކާއި ބައްދަލުކުރުމައް ބޭނުންވެ ވަޑައިގެން ދެންނެވުމުން ސަހާބީންގެ ދައުރު ނިމި ހިނގައްޖެކަމައް މީސްތަކުން ބުންޏެވެ.

ޙައްޖު މަހުގެ 10

- އިބްނު ޢައްބާސް ރަޟިޔަ ﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

Saturday, September 24, 2011

އެހެން ފިކުރެއްގައި؛؛؛؛؛؛؛؛

     ދިވެހިންނަކީ ޤައުމިއްޔަތަށް ލޯބިކުރާ ޤައުމިއްޔަތަށްގޮސް ހުސްވެފައިތިބި ބައެކެވެ. ނަމުން ސައްތައިން ސައްތަ މުސްލިމުންނެވެ. މި "މުސްލިމް" ޤައުމިއްޔަތުގެ އަހުލުވެރިންނަށް ހިތާމައިން ފުރިގެންވާ ދުވަސްތަކެއް މިވަނީ ދާދި ފަހުން ކުރިމަތިވެފައެވެ. އެއީ ﷲގެ އިރާދަފުޅެވެ. އެކަލާނގެ ވަޙީ ބަސްފުޅުގައިވާފަދައިންނެވެ.

ބަރުސީޝާ

   ވަރަށް ކުރީގެ ދުވަސްވަރެއްގައި ވަރަށް ޢިލްމުވެރި، އަޅުވެރި މީހަކު އުޅުނެވެ. އެ މީހާގެ ނަމަކީ ބަރްސީސާ އެވެ. އޭނާ އަކީ ބަލި މީހުންނަށް ފަރުވާ ދޭ މީހެކެވެ. ﷲ އޭނާގެ އަތުގައި ލައްވައިފައިވާ ޝިފާގެ ބާރުގެ ސަބަބުން ދުރު ދުރުން މީހުން އޭނާޔާ ބައްދަލު ކުރާން އާދެ އެވެ.

Thursday, September 22, 2011

ދީނީއެއްބައިވަންތަކަމުގެ ގަވާއިދުގައި މައްސަލައެއްނެތް. މިނިސްޓްރީ



xwaihc huseainc "hwvIrw"Sc burWscfwti duvwhu vidWLuvI dInI aeacbwaivwnctwkwnc himWywtckurumuge gWnUnuge dwSunc ae "gwvWaidu aekulwvWlWfwai aotI rwngwLwSc" kwmwSeve. ae gwvWaidugwai gcruaWnWai gWnUnu awsWsIaW vesc fuSuawrW awdi ailcmuverincnwSc dInI xiaWrufWLukurumuge furuswtu hwnivegencdW kwmwSc bune gwvwaidu aisclWhukurumwSc govWlWfwaivI nwmwvesc xwaihc huseainc vidWLuvI bwdwlu gencnwnc ae miniscTcrInc awdi viscnWfwainuvW kwmwSeve.

އިޒްރޭލުގެ ދަނޑުވެރިން ފިއްލަދޫއަށް ނާރުވަން ރައްޔިތުން ނިންމައިފި

     ދަނޑުވެރިކަން ކުރުމުގެ ނަމުގައި އެގްރިކަލްޗަރ މިނިސްޓްރީން ރާއްޖެ ގެންނަ އިޒްރޭލުގެ ދަނޑުވެރިން ހއ. ފިއްލަދޫއަށް ދިއުމަށް ހަމަޖެހިފައިވާތީ އެރަށަށް އިޒްރޭލުގެ ދަނޑުވެރިން ނާރުވަން އެރަށު ރައްޔިތުން ނިންމައިފިއެވެ.

Wednesday, September 21, 2011

އިމާމް ބުހާރީ...


     މީގެ އެތައް ޤަރުނެއްކުރިން އުޅުއްވި އިސްމާޢީލް ނަމަކަށް ކިޔުނު ބޭކަލެކެވެ. މި ބޭކަލަކީ އިމާމް މާލިކުގެ އަރިހުން ކިޔަވައި ވިދާޅުވެފައިވާ އިމާމް މާލިކުގެ ދަރިވަރެކެވެ. ޢިލްމުވެރި ބޭކަލެކެވެ.

އިސްލާމިކް މިނިސްޓަރ ތައުބާވުމަށް ޝައިޚް ފަރީދު ގޮވާލައްވައިފި

     ސަރުކާރުގެ ގެޒެޓުގައި ހޮނިހިރު ދުވަހު ޝާއިއުކުރެވުނު ދީނީ އެއްބައިވަންތަކަންހިމާޔަތްކުރާ ގަވާއިދު ކީރިތި ޤުރުއާނާ ތައާރަޒްވާކަމަށް ވިދާޅުވެ، މިނިސްޓަރ އޮފްއިސްލާމިކް އެފެއާޒް ޑރއަބްދުލްމަޖީދު އަބްދުލް ބާރީ ތައުބާވުމަށް ރާއްޖޭގެމަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ގޮވާލައްވައިފިއެވެ.

ކުއްލިއްޔާއަށް މޫނު ބުރުގާ އަޅައިގެން އައުން މަނާކޮށްފި

     މިދިޔަ ރޯދަމަހު ވީޓީވީ އިން ދެއްކި 'އިސްލާމް ދީނާމެދު ޝަރީއަތްކުރާ ދަރުބާރުގެ' ޕްރޮގްރާމްތަކުގެ ފުރަތަމަ ބައިގައި ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވަނީ މުސްލިމް އަންހެނުން ހިލޭފިރިހެނުން ކުރިމަތީ މޫނުބުރުގާ އެޅުމަކީ އިސްލާމް ދީނާ ސީދާ ގުޅުންހުރިކަމެއް ނޫންކަމަށް ބުނެ ވަކާލާތުކޮށްފަ އެވެ.

Monday, September 19, 2011

ފާފައިގެ ތައުބާ

  ވާރޭ ނުވެހޭތާ ގިނަދުވަސްވެ، ގަސްތަކުން އާރޯކަން ކެނޑުމުން، މޭވާއާއި ގޮވާމުގެ ބާވަތްތައް ލިބުން ދަތިވިއެވެ. ބަނީއިސްރާޢީލުންނަށް މިކުރިމަތިވި ތަދުމަޑުކަމުގެ ސަބަބުން މޫސާގެފާނުގެ އަރިހަށް އެމީހުން ދިޔައެވެ. އަދި ދެންނެވިއެވެ.

Sunday, September 18, 2011

ގަވާއިދުން ބަރީއަވުމުގެ ޖަލްސާގައި ޑރ. މަޖީދުވެސް ބައިވެރިވެވަޑައިގެންނެވި.

އިއްޔެ ގެޒެޓްކުރި ދީނީ އެއްބައި ވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދު ބަދަލުކޮށްފަވާކަމަށް ބުނެ އަދާލަތު ޕާރޓީ އެގަވާއިދުން ބަރީއަވާކަމަށް ބުނެ ފާސްކޮށްނެރުނު ބަޔާންނެރުމުގައި

ފަތިސް ނަމާދުގައި ޤުނޫތު ކިޔުމާއި ނަމާދުގައި އަޑުހަރުކޮށް ބިސްމިކިޔުމާމެދު އަޅުގަނޑުގެ އެންމެ ފަހު ބަސް

    އާނއެކެވެ. ޙާލަތު ރުޖޫޢަ ވަނީއެވެ. ކުރީގެ އާދަކާދަ ދިރުވާ ބަޔަކު އުފެދުނީއެވެ. ދީނީ ކަންތައް ގޮތްމުށުގެ ތެރެއަށް ލައި ފިއްތާލަނީއެވެ. ދީނަށް ބަދަލު ގެނެސް ދީނުގައި ބިދުޢަތައް ހަދައި އެގޮތްތައް ފަތުރަނީއެވެ. ބިދުޢަތައް ސުންނަތްތަކަށް ހަދައި ސުންނަތްތައް ބިދުޢަތަކަށް ހަދަނީއެވެ. ދީނުގެ ނަމުގައި މަޞްލަޙަތުގެ ނަމުގައި ސާފުބަހުން ޝިރުކަށް ގޮވަނީއެވެ. 

ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ގަވާއިދުގެ އަސްލުވަނީ ނުރައްކާތެރިގޮތަކަށް އޮޅުވާލާފައި: އަދާލަތު

     ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ގަވާއިދުގެ އަސްލަށް ނުރައްކާތެރި ބަދަލުތަކެއް ގެނެސްފައިވާކަމަށް ބުނެ ދީނީ ދަންނަބޭކަލުން އިސްކޮށް އުޅުއްވާ އަދާލަތުން އެ ގަވާއިދާއި ދެކޮޅު ހަދައިފި އެވެ.

ނޫސްތަކުން ހަބަރު: ދީނީ ސިއާރު ފާޅުކުރުމުގެ ފުރުސަތު އާގަވާއިދުން ހަންޏެއްނުވާނެ. ޑރ.މަޖީދު. ހަވީރުނޫ ސް

ބައެއްފަރާތް ތަކުން އިލްމުވެރިންނަށް ދަތިކުރިކަމަށް ތުހުމަތުކުރިޔަސް ދީނީއެއްބައިވަންތަ ގަވާއިދުން ދީނީސިއާރުފާޅުކުރުމަށް ހަނިވެގެން ނުދާކަމަށް ޑރ. ބާރީވިދާޅުވެއްޖެއެވެ.

ގެޒެޓްކޮށްފައިވާ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާ ބެހޭ ޤަވާޢިދުން ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖްލިސް ބަރީއަވުން


ނަންބަރު: 13/2011/ޕީއާރު/އޭޕީ

ނޫސްބަޔާން

ގެޒެޓްކޮށްފައިވާ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާ ބެހޭ ޤަވާޢިދުން ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖްލިސް ބަރީއަވުން

Saturday, September 17, 2011

ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރާ ޤަވާޢިދު ގެޒެޓްކޮށްފައިވަނީ މިއަދު

 ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރާ ޤަވާޢިދު ގެޒެޓްކޮށްފައިވަނީ މިއަދު (17 ސެޕްޓެމްބަރ 2011) ވީ ހޮނިހިރު ދުވަހުއެވެ. 10 ޞަފުޙާގެ މައްޗަށް އެކުލެވިގެންވާ މި ޤަވާއިދުގައި ދީނީނަޞޭޙަތްދިނުމާއި ތަޤުރީރު ކުރުމުގެ ހުއްދައާއި،

ނޫސްތަކުން ހަބަރު: އަދާލަތުޕާރޓީ، އިޒްރޭލުގެ ޖާސޫސީ ޓީމުން ހއ. އަދި ހދ. އަށް ކުރުމަށް ރާވާފައިވާ ދަތުރުގެ ދަތުރު ޝެޑިއުލް؛

 


އިޒްރޭލުގެ ޖާސޫސީ ޓީމުން ހއ. އަދި ހދ. އަށް ކުރުމަށް ރާވާފައިވާ ދަތުރުގެ ދަތުރު ޝެޑިއުލް


އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުގެ ފަރާތުން ދިވެހި ރާއްޖޭގައި އަތްފުނާއަޅާ މިޤައުމުގެ ބިމަށް ވެރިވެގަތުމަށް ރާވާފައިވާ ރޭވުމުގެ ދަށުން މިސެޕްޓެމްބަރމަހު ރާއްޖެއަށް ކުރުމަށް ހަމަޖައްސާފައިވާ ދަތުރުގެ ދަތުރު ޝެޑިއުލް މިހާރުވަނީ ޢަދާލަތު ޕާޓީއަށް ލިބިފައެވެ. އެގޮތުން ހއ. އަތޮޅަށް ކުރަން ހަމަޖެހިފައިވާ ދަތުރު ރޭވިފައިވާގޮތް ތިރީގައި އެވަނީއެވެ.

ވީޓޯކުރުމުގެބާރު، ޑިމޮކްރަސީގެ ލޭނާރު

     ފަހުޒަމާނަށްއައިސް އަލަށްބާވައިލެއްވުނު ދީނެއްހެން ބައެއްމީހުން އެދީނަކަށް އީމާންވެގެންއުޅޭ ޑިމޮކްރަސީއަކީ އެމީހުން ޤަބޫލުކުރާގޮތުގައި ދުނިޔެ އިޞްލާޙުވާނޭ ހަމައެކަނިނިޒާމެވެ. އަދި އެއީ އިންސާނީޙައްޤުތަކާއި ހަމަހަމަކަމަށްގޮވާލާ ހަމައެކަނިފަލްސަފާއެވެ. މީގެއަވައިގައިޖެހި ވިކިފައިވާ ބައެއްމީހުންގެގާތުގައި ޑިމޮކްރަސީދީނުގެ ކޮންމެމީހަކީ އޭނާގެއަޚެކެވެ. އެނިޒާމަށް ތާއީދުނުކުރާ ކޮންމެމީހަކީ އެމީހެއްގެ ޢަދާވާތްތެރިއެކެވެ. ހަމަމިއާއެކު ބުނާނެއެވެ. މީހަކު ޤަބޫލުކުރާ ޤަބޫލުކުރުމަކުން އެމީހަކު އެއްވެސްކަމެއްގައި ތަފާތުކޮށްގެންނުވާނެއެވެ.

الْإمَام مَــــــــــــالِك ( 3 )


    (   ކުރީދުވަހުގެ އަދަދާގުޅޭ )
މާލިކުގެފާނުގެ މަޛްހަބުގެ އުޞޫލުތައް:

   މާލިކުގެފާނަށް، މަސްއަލަތަކާއިމެދު، (قُرآن الْكَرِيْم)އާއި (سنَّة الرَّسُول)އިން، ދަލީލެއް ފެނި ވަޑައި ނުގެންނެވިނަމަ، (الْقِيَاس)އާއި، (الْإسْتِحْسَان)އާއި، (الْعُرفَة)އާއި، (سَدّ الزَّراعِر)އާއި، އަދި (مَصَالِحُ الْمُرسلَة) ވެސް ބޭނުންކުރައްވައެވެ. އެހެން ނަމަވެސް، (مَصَالِحُ الْمُرسلَة) ބޭނުން ކުރެއްވުމުގައި، އެކަލޭގެފާނުގެ ޝަރުޠުތަކެއްވެއެވެ.

އެމެރިކާގެ އެފް.ބީ.އައި އިން ދެކޭގޮތުގައި އާއްމު ގިނަމުސްލިމުންނަކީ ހައްދުފަހަނައަޅާފައިވާ ބައެއް.

    ޓެރަރިޒަމްއާއިދެކޮޅަށް މަސައްކަތްކުރާމީހުންނަށް ކިޔަވައިދިނުމަށާއި ތަމްރީނުކުރުމަށް އެފް.ބީ.އައި އިން ބޭނުންކުރާ ޓްރެއިނިންގ މެނުއަލްގައި ހިމަނައިގެން އެފް.ބީ.އައި އިން ކިޔަވާދެމުންގެންދަނީ އާންމުގިނަމުސްލިމުންނަކީ ނުރައްކާތެރި ހައްދުފަހަނައަޅާފައިވާ ބައެއްގެގޮތުގައެވެ. އަދި މީގެއިތުރުން ގިނަމުސްލިމުންނަކީ ޓެރަރިސްޓުންނާއި ހަމްދަރުދީވާ ބައެއްކަމަށާއި އަދި މުސްލިމުންދޭ ޞަދަގާތާއި ޒަކާތަކީ ހަނގުރާމަވެރިނަށް ފަންޑުކުރުމަށް ދޭފައިސާކަމަށްވެސް މި ޓްރެއިނިންގގައި ކިޔަވާދެއެވެ.

Thursday, September 15, 2011

ނޫސްތަކުން ހަބަރު: މާރކެޓް އަގަށްވުރެ ދަށްއަގުގައި އިޒްރޭލަށް ގޭސްފޯރުކޮށްދިން މައްސަލައިގެ ޝަރީޢަތް ކުރިއަށްދަނީ.

    ހުސްނީމުބާރަކްގެ ވެރިކަމުގައި މިސްރުން އިޒްރޭލަށް ގޭސްފޯރުކޮށްދިނުމަށް ވެފައިވާއެއްބަސްވުމުގެ ޝަރީއަތް ކުރިއަށް އެބަދެއެވެ.

ހުނަރުވެރި ރާނާ މީހާ........

     ހުނަރުވެރި ރާނާ މީހެކެވެ. އޭނާ ގިނަދުވަސްތަކެއް ވަންދެން ވަޒީފާގައި އުޅުމަށްފަހު ޕެންޝަނާއި ނުވަތަ ވަޒީފާ ދޫކޮށްލުމާއި ކައިރިވެއްޖެއެވެ. އޭނާ އޭނާގެ ވަޒީފާ ނިންމާލަން ބޭނުންވާ ވާހަކަ ވެރިމީހާގެ ކައިރީގައި ބުނެފިއެވެ. އަދި އޭނާގެ ޢާއިލާއާއެކު ގިނަ ވަޤުތު ހޭދަކުރުމަށްޓަކައި ވީހާ އަވަހަށް ވަޒީފާއިން ވަކިވާން ބޭނުންކަމުގައި ބުނެފިއެވެ

ނަމާދުގެ ފިނިކަން.

   ނަމާދުގެ ޙަޤީޤީ ފޮނިކަމާއި ލައްޒަތު އަޅުގަނޑުމެން ނަމާދު ކުރާއިރު އިޙްޞާޞްކުރެވޭ ބާއެވެ؟ ނަމާދުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބެންވީ ފައިދާތައް ޙަޤީޤަތުގައި އަޅުގަނޑުމެންނަށް އެބަ ލިބޭބާއެވެ؟ އަޅުގަނޑުމެން ގިނަ ފަހަރަށް ނަމާދުކުރަނީ މިސްކިތުގައި ނިތްތަޅާލާ އުޞޫލުންނެވެ. ނަމާދު އެ އަދާކުރަންވީ ގޮތުގައި ކުރެވޭނީ، ނަމާދަކީ ކޮން އެއްޗެއްކަން އަދި ނަމާދު ކުރަންވީ ކިހިނެއްކަން އެނގިގެންނެވެ. ނަމާދާއިމެދު ވިސްނާލަމާ ހިނގާށެވެ.

Wednesday, September 14, 2011

ޤުރުއާން ކިޔެވުމުގެ އަދަބު

 ޤުރުއާން ކިޔެވުމަކީ ޝައްކެއްވެސް ނެތް ގޮތުގައި މުސްލިމަކު އޭނާގެ ޘަވާބުގެ ތިލަފަތް ބަރު ކުރުމުގައި، ބޭނުން ކުރެވިދާނެ އެންމެ މުހިއްމު އެއް ވަސީލަތެވެ. އަދި އެންމެ މާތް އެއް އަޅުކަމެވެ. ޤުރުއާނަކީ މާތް ﷲގެ ކަލާމްފުޅެވެ. އިންސާނުންނަށް ހިދާޔަތް ދައްކައިދޭ ފޮތެވެ. އެއިން ކިޔަވާ ކޮންމެ އަކުރަކީ ލިބޭ ދިހަ ޘަވާބު ކަމުގައި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ފޮތަކީވެސް ހަމަ ޤުރުއާނެވެ.

الْإمَام مَــــــــــــالِك ( 2 )

(ކުރީދުވަހުގެ އަދަދާއި ގުޅޭ )

ޢިލްމު އުނގަންނައި ދެއްވުމަށް އިށީންދެވަޑައިގަތުން:

   މާލިކުގެފާނު، އެކަލޭގެފާނުގެ ނާޅިން މިނުއްވާނެ ވަރަކަށް، ޢިލްމު މިނުއްވިއެވެ. ސުންނަތުން، އެކަލޭގެފާނު ބޭނުންފުޅުވާ މިންވަރަކަށް، ދަސްކުރެއްވިއެވެ. އެކަލޭގެފާނަށް، ކެރި ކުޅަދާނަކަން ލިބިވަޑައިގެން ވީ މިންވަރަކުން، ދީނީ ޢިލްމު އުނގެނި ވަޑައިގެންނެވިއެވެ. ވަރަށް ދިގު، އެހެނަސް. ކުރު މުއްދަތެއްގެ ތެރޭގައެވެ. އެކަލޭގެފާނުގެ ޢުމުރު ފުޅުން، ސަތާރަ އަހަރުގައި، ޢިލްމު އުނގަންނައި ދެއްވުމަށް އިށީންދެ ވަޑައިގެންނެވިކަމަށް، ބައެއް ރިވާޔަތްތަކުގައި ވެއެވެ.

ނޫސްތަކުން ހަބަރު: ޢަދާލަތު ޕާޓީގެ ނޫސްބަޔާން ކުށްވެރިކޮށް ހުސެއިންރަޝީދު ބަޔާނެއްނެރެފި



ޢަދާލަތު ޕާޓީގެ ނޫސްބަޔާން ކުށްވެރިކޮށް ހުސެއިންރަޝީދު ބަޔާނެއްނެރެފިއެވެ. މިބަޔާނުގައި މިމަހުގެ 5 ވަނަ ދުވަހު ޢަދާލަތު ޕާޓީގެ ސައިޓުގައި ޝާއިޢު ކޮށްފައިވާ ނޫސްބަޔާނަކީ ވަރަށް ޒިއްމާދާރުކަން ކުޑަގޮތަކަށް، މީހަކު ތިމާގެ ހިތަށް އަރާހާ އެއްޗެއް ދުލުން ބޭރުކުރަމުންދާ ބީދައިން ނެރެފައިވާ ނޫސްބަޔާނެއްކަމަށް ހާމަކޮށްފައިވެއެވެ.

Tuesday, September 13, 2011

ގެސްޓުން ރާއްޖެ އަންނަނީ ރާބޯން ހެއްޔެވެ؟

   ރާ ދޯ!!! ރަލަކީ ކަނޑައެޅިގެން އިސްލާމީ ޝަރީޢަތުގެ ފުރަތަމަ މަަސްދަރު، އާދެ ކީރިތި ޤުރުއާނުގެ ނައްޞުން ޙަރާމް ކުރައްވާފައިވާ އެއްޗެކެވެ. ފަހެ މިފަދަ އެއްޗެއް ހުއްދަކޮށް އެފަދަ އެއްޗެއްގެ ވިޔަފާރި ހުއްދަކުރަން އުޅޭ ބައެއްގެ އިސްލާމްކަން ހުންނާނީ ކިހާ ހިސާބެއްގަިއި ތޯއެވެ!

"އަހަރެން ކޭ ފަދައޭ!"، ނަމަކަށް ކިޔުނު މިސްކިތް!

     އަލްއުސްތާޛު އޫރުޚާން މުޙަންމަދު ޢަލީ އޭނާގެ ފޮތް "އައްޝުއްޔަޤް" ގައި ޢުޘްމާނީ ތާރީޚްގެ ވާހަކަތައް ލިޔުއްވާފައިވާއިރު އޭނާ ދުށް އެންމެ ޢަޖައިބު ނަމެއް ކިޔާ މިސްކިތުގެ ވާހަކަ ލިޔުއްވާފައިވެއެވެ.

ނޫސްތަކުން ހަބަރު: ރާއްޖެ އަޑިއަށް ހިނގައިދާނެތީ އިންޑިޔާ އިން ބިން ގަންނަން ސަރުކާރުން ބޭނުންވޭ: ހިންދުސްތާން ޓައިމްސް . ސަންނޫސް

  13 ސެޕްޓެމްބަރ 2011 -
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެ އަޑިއަށް ދިއުމުގެ ބިރު އުފެދިފައިވާތީ، އެފަދަ ކަމެއް މެދުވެރި ވެއްޖެ ނަމަ ރާއްޖޭގެ އާބާދީގެ ކޮންމެ ވެސް ބައެއް އިންޑިޔާ އަށް ގެންދިއުމަށް ޓަކައި އިންޑިޔާ އިން ބިން ގަތުމަށް ދިވެހި ސަރުކާރުން ވިސްނަމުންދާ ކަމަށް އިންޑިޔާގެ ނޫހެއް ކަމަށްވާ ހިންދުސްތާން ޓައިމްސް އިން އިއްޔެ ބުނެފި އެވެ.

Monday, September 12, 2011

الْإمَام مَــــــــــــالِك (1 )


   ހަތަރު އިމާމުންގެ ތެރެއިން، ދެވަނައަށް ދުނިޔެއަށް އުފަންވެ ވަޑައިގަތީ އަލްއިމާމް މާލިކުގެފާނެވެ. އަލްއިމާމް މާލިކް އިބްނު އަނަސް، އުފަންވެ ވަޑައިގެންނެވީ، އަބޫ ޙަނީފާ

ދުނިޔެއަށް އުފަންވެ ވަޑައިގަތުމުގެ 13 އަހަރު ފަހުންނެވެ.

  

Sunday, September 11, 2011

ނިއުމަތަށް ޟުކުރުވެރިވުން.

   ..اعْمَلُواآلَ دَاوُودَ شُكْرًا وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ. (السبأ 13)
މާނަ: "އޭ ދާއޫދުގެފާނުގެ އާލުންނޭވެ! އެއިލާހަށް ޝުކުރުވެރިވުމުގެގޮތުން ތިޔަބައިމީހުން (ހެޔޮ) ޢަމަލު ކުރާށެވެ! އަދި ތިމަން ﷲ ގެ އަޅުތަކުންގެ ތެރެއިން ޝުކުރުވެރިވާ  އަޅުން  ވަރަށްމަދެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons