(ކުރީގެ އަދަދާއި ގުޅޭ)
(ނުނިމޭ)
ޤިޔާމަތުގެ ޢަލާމަތްތަކުގެ ތެރޭގައި ދުނިޔޭގެ ކަންތަކާއި މެދު އިންސާނުން އަވަދިނެތި އުޅުން ހިމެނެއެވެ. އިންސާނުން ހެއްދެވި ފަރާތް ހަނދުމަނެތިކޮށް އެމީހުން، އެމީހުންގެ ހުރިހައި ވަގުތެއް ހޭދަކުރާހުށީ އުސް ޢިމާރަތްތަކާއި، ދުނިޔަވީ އެހެން ކަންކަމުގައެވެ.
ޝަރީކުކުރުން ޢަންމުވާނެއެވެ!
ޤިޔާމަތުގެ ޢަލާމަތްތަކުގެ ތެރޭގައި މީހުންގެ މެދުގައި ޝަރީކުކުރުން ފެތުރޭނެއެވެ. މުސްލިމުން ޣައިބު މުސްލިމުންނާއި ގުޅުން ހިމެނެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. (لاَتَقُوْمُ السَّاعَةُ حَتَّيْ تَلْحَقَ قَبَاءِلُ مِنْ أُمَّتِيْ بِلْمُشْرِكِيْنَ وَحَتَّيْ يَعْبُدُوا الأَوْثَانَ)
މާނައި:" ތިމަންކަލޭގެފާނުގެ އުންމަތުގެ ޤަބީލާތަކެއް ކާފިރުންނާއި ގުޅި އެބައިމީހުންގެ ދީނަށް ތަބާވެއްޖައުމަށް ދާންދެން ޤިޔާމަތް ނުވާ ހުއްޓެވެ."
އެހެންކަމުން މުސްލިމުން އެބައިމީހުންގެ ދީން ދޫކޮށް، އެހެންފަރާތްތަކާއި މަގުދެއްކުމަށާއި، މަދަދަށް އެގި، ދީނުގެ މަގުން އެއްކިބާ ވެގެން ދާނެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. (لاَتَقُوْمُ السَّاعَةُ حَتَّيْ تأخُذَ أُمَّتِيْ بِأَخْذِ القُرُوْنِ قَبْلَهَا شِبْراً بِشِبْرٍ وَذِراَعًا بِذَراَعٍ) މާނައީ: " " ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުން، އޭގެ ކުރީގެ ޖީލުތަކުގެ އަތާއި އަތް އެއްގޮތްކޮށް، އެގޮތްތަކަށް ރުޖޫޢަވުމަށް ދާންދެން ޤިޔާމަތް ނުވާ ހުއްޓެވެ!"
ނަބީކަމަށް ދަޢުވާ ކުރާނެއެވެ!
ޤިޔާމަތުގެ ޢަލާމަތްތަކުގެ ތެރޭގައި ދޮގުހެދުމާއި، ދޮގުވެރިކަން އިތުރުވުން ހިމެނެއެވެ. ގާތްގަނޑަކަށް ތިރީސް ދޮގުވެރިން ފާޅުވެ، ތިމަންމެންނަކީ ރަސޫލުންކަމަށް ދަޢުވާ ކުރާނެއެވެ.
މީސްތަކުންގެ މެދުގައި އިތުބާރު ނެތުން ޢާންމުވާނެއެވެ.
ޤިޔާމަތުގެ ޢަލާމަތްތަކުގެ ތެރޭގައި އިންސާނުންގެ ތެރެއިން ތެދުވެރިކަމާއި، އަމާންތްތެރިކަން ނެތިދިއުން ހިމެނެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ." ޢާއިލާއެއްގައި އަމާނަތްތެރި މީހަކު ވިއެވެ. އޭނާއާމެދު ބުނެވޭ ހުއްޓެވެ! މިމީހާ ފަދަ ފުރިހަމަ ބުއްދިވެރި، ހަރުދަނާ އެހެން މީހަކު ދުނިޔެއަކު މިހާރަކު ނުވެއެވެ. އެފަދައިން ނިސްބަތްކުރި މީހަކީ އެމީހެއްގެ ހިތުގައި ތެދުވެރިކަމުގެ ރެވިފުކެއްގެ މިންވަރުވެސް ނުވާ މީހަކު ކަމުގައި ވުމާއެކުވެސް މެއެވެ. "
ނުބައި މީސްތަކުން މަދީނާއިން ބޭރުކުރެވޭނެއެވެ!
މަދީނާގައި އުޅޭ އެންމެހައި ނުބައި މީސްތަކުން، މަދީނާއިން ބޭރުކުރެއްވުމަށް ފަހު މެނުވީ ޤިޔާމަތެއް ނުވާނެއެވެ. މި މީހުންނަށް ފަހު މަދީނާގައި ދިރިއުޅޭނި މީސްތަކުންގެ ތެރޭގައި ހިމެނޭ އެންމެ ހެޔޮލަފާ މީހުންނެވެ.
މަދީނައަށް ބޮޑެތި ތިން ބިންހެލުން އަންނާނެއެވެ!
މެދުކެނޑުމެއް ނެތި ބޮޑު ތިން ބިންހެލުއް މަދީނާއަށް އަންނާނެއެވެ. މި ބިންހެލުންތަކުގެ ސަބަބުން، އެރަށުގައި ދިރިއުޅޭ ކާފިރުންނާއި، مُنَافِقوْنْ، އެރަށް ދޫކޮށް ދާނެއެވެ.
މަދީނާ ފަޅުވެގެން ދާނެއެވެ!
ވަލު ޖަނަވާރުތަކާއި ދޫނިސޫފާސޫފި އެތަކެތި ކައިބޮއި ހެދުމަށްޓަކައި، އެހެން އެއްޗެއްސަށް ކުރާ ނުރައްކާ ފިޔަވައި، އެހެން ނުރައްކަލެއް މަދީނާގައި ނުވާނެއެވެ. މުޒައިނާގެ (މުޒައިނާއަކީ މުޟަރު ވަންހައިގެ ޤަބީލާއެކެވެ.) ދެ ޖަމާއަތް ފަދައިން އެންމެ ފަހު ޖީލުގައި މަދީނާ ހޯދުމަށް ދެބަޔަކަށް ބެހިގެން ނުކުންނަ ހުއްޓެވެ! އެބައިމީހުންނަށް މަދީނާއާ ހަމައަށް އާދެވޭހިނދު އެބައިމީހުންގެ ކަންބަޅިތަކަށް އަޑު ލައްވާނެތެވެ. އެބައިމީހުން އެ މަދީނާ ދެކޭހުށީ އެއްވެސް ހިޔާވެހިކަމެއް ނެތް، ހަނަފަސް ފަޅުވެފައިވާ ތަނެއް ކަމުގައެވެ. އެކަކުވެސް ނެތް ހާލަތެއްގައެވެ. ދެން އެބައިމީހުން އެ "ވާދީ " ގެ މެދަށް ގޮސް ތިރިއަށް ބަލާ ހުއްޓެވެ!
ދައްޖާލު ފާޅުވާނެއެވެ!
ސަލާމްލެއްވި އާދަމްގެފާނަށް ފަހު، ދުނިޔެ ޤިޔާމަތް ވުމާ ހަމައަށް ވެސް، ދައްޖާލަށް ވުރެ ވަރުގަދަ އެހެން މަޚްލޫޤެއް ނާންނާނެއެވެ. މާތްﷲ އިންސާނުންގެ ގާތަށް ރަސޫލުކަމައިގެން ފޮނުއްވި އެންމެހައި ބޭކަލުން ވަނީ އެބޭކަލުންގެ އުންމަތްތަކަށް ދައްޖާލާމެދު އިންޒާރުކުރައްވައިފައެވެ. ކީރިތި ރަސޫލާ ވަނީ ދައްޖާލުގެ ކިބައިން ސަލާމަތްކޮށްދެއްވުން އެދި އެކަލޭގެފާނު ކުރެއްވި ކޮންމެ ނަމާދުފުޅެއްގައި ވަނީ ދުޢާ ކުރައްވައިފައެވެ. الَّنَوَاسْ بُنْ سَمْعَانْ ވިދާޅުވެފައިވެއެވެ. ދައްޖާލު ވަނީ ދާދި ގާތުގައިވާ ކަދުރު ރުއްތަކުގެ ތެރޭގައި ޣައިބުވެގެން ކަމަށް ތިމަންމެންނަށް ހީވެއްޖައުމަށް ދާންދެން ދައްޖާލުގެ ވާހަކަ ކީރިތި ރަސޫލާ ދެއްކެވިއެވެ. އެއްދުވަހަކު ތިމަންމެން ކީރިތި ރަސޫލާ އަރިހަށް ވަޑައިގެންނެވީމެވެ. އެކަލޭގެފާނަށް ތިމަންމެން ފެނި ވަޑައިގެން ހިނދު ތިމަންމެން ކޮންމެ ވެސް ކަމަކާއި ކަންބޮޑުވެވަޑައިގެންފައި ވާ ކަން އެކަލޭގެފާނު ދެނެވެޑައިގެންފިއެވެ. އެހިނދު އެކަލޭގެފާނު ސުވާލުކުރެއްވިއެވެ. " ކިހިނެއް ވީ ހެއްޔެވެ؟" ތިމަންމެން ޖަވާބު ދިނީމެވެ. އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނު މިއަދު ހެދުނު ދައްޖާލުގެ ވާހަކަ ތިމަންމެންނަށް ވިދާޅުވެދެއްވާފީމުއެވެ. ދައްޖާލު ވާނީ ދާދި ގާތުގައިވާ ކަދުރު ރުއްތަކެއްގެ ތެރޭގައި ޣައިބު ވެގެން ކަމަށް ތިމަންމެނަށް ހީވެއްޖެއުމަށް ދާންދެން އެއާމެދު ކަންބޮޑުވެވަޑައިގަންނަވައިފަދަ ގޮތަކަށް ކަލޭގެފާނުގެ އަޑުފުޅު އުފުއްލަވައި ތިރިކުރައްވައި ހައްދަވައިފީމުއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. (غَيْرُ الدَّجَالِ أَخْوَفني عَلَيْكُمْ, إِنْ يَخْرُجُ وَأَنَا فِيْكُمْ فَأَنَا حَجِيْجُهُ دُوْنَكُمْ, وَإِنْ يَخْرُجُ وَلَسْتُ فِيْكُمْ فَامْرُؤٌ حَجِيْجُ نَفْسِهِ, وَاللَّهُ خَلِيْفَتِيْ عَلَيْ كُلّ مُسْلِمٍ) މާނައީ: "ދައްޖާލުގެ ސަބަބުން ތިޔަބައިމީހުންނާމެދު، ތިމަންކަލޭގެފާނު ކަންބޮޑުވެވަޑައި ނުގަންނަވަމެވެ. ތިޔަބައިމީހުންގެ ތެރޭގައި، ތިމަންކަލޭގެފާނު ވަޑައިގެން ވަނިކޮށް، ދައްޖާލު ފާޅުވެއްޖެނަމަ، ތިމަންކަލޭގެފާނު، އޭގެ ނުބައިކަމުން ތިޔަބައިމީހުންނަށް ސަލާމަތްކަން ހޯއްދަވައި ދެއްވާ ހުށީމެވެ. ތިމަންކަލޭގެފާނު، ތިޔަބައިމީހުންނާ ވަކިވެ ވަޑައިގަންނަވާ ފަހުން އެފާޅުވެއްޖެނަމަ، އެމީހެއްގެ އަމިއްލަ ނަފްސުގެ ސަލާމަތްކަން ހޯދަންޖެހޭހުށީ، އެމީހަކު އަމިއްލައަށެވެ. ތިމަންކަލޭގެފާނަށްފަހު، ކޮންމެ މުސްލިމެއްގެ ވެސް، ބަދަލުވެރި ފަރާތްކަމުގައި، ﷲ ވޮޑިގެންވެއެވެ."
ދައްޖާލު ފާޅުވާނީ، އިރުމަތީ ފަރާތުންނެވެ!
އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީން ބަޔާންކޮށްދީފައިވާ ގޮތުގައި، ދައްޖާލު ފާޅުވާހުށީ އިރުމަތީ ފަރާތުންނެވެ. އެއަށްފަހު، މީސްތަކުން، އަވަސްއަވަހަށް ފަރުބަދަތަކުގެ މައްޗަށް އަރާ ހުއްޓެވެ! އަދި ދައްޖާލު ދުނިޔޭގެ ކަންކޮޅުތަކުގައި ދަތުރުކުރާނެއެވެ.
ދައްޖާލަށް މައްކާއަށާއި، މަދީނާއަކަށް ނޭރޭނެއެވެ!
މާތްވެގެންވާ މައްކާއާއި، މަދީނާގެ ބިން ފިޔަވައި، ދައްޖާލު ނާރާނެ އެއްވެސް ބިމެއް ދުނިޔެއަކު ނުވާނެއެވެ. މާތްﷲވަނީ، މައްކާއާއި، މަދީނާއަށް އެރުން، އެއަށް މަނާކުރައްވާފައެވެ. ދައްޖާލު، މައްކާއަށާއި، މަދީނާއަށް އަރަން ޤަޞްދުކުރާ ކޮންމެ ވަޤުތަކު، އުރައިން ދަމައިގަނެފައިވާ ކަނޑިއެއް ހިއްޕަވައިގެން ހުންނަވާ މަލާއިކަތް ބޭކަލަކު، އެއާއި ބައްދަލުކުރާ ހުއްޓެވެ. އެދެރަށަށް އަރަން ހުރި ހުރިހާ މަގެއްވެސް ޙިމާޔަތްކުރައްވައިގެން މަލާކަތް ބޭކަލުން ތިއްބަވާނެއެވެ.
ދައްޖާލަށް ކިޔަމަންވާ މީހުންގެ ތެރޭގައި ގިނަވާނީ އަންހެނުންނެވެ.
ތެތްކަން އެކުލެވިގެންވާ ބިމެއްގައި، ނުވަތަ ފެނުގެ އައްސޭރި ފަށުގައި، ދައްޖާލު ޤާއިމުވާނެއެވެ. އަދި، އެއަށް ތަބާވާ މީހުންގެ ތެރޭގައި، ގިނަވާހުށީ އަންހެނުންނެވެ. މީހާ، އޭނާގެ އަންހެނުންނާއި، އޭނާގެ މަންމައާއި، އޭނާގެ ދައްތައާއި، އޭނާގެ ބޮޑުދައިތަ، ދައްޖާލަށް ތަބާވުމަށް ގޮސްދާނެކަމުގެ ބިރަށްޓަކައި، އެމީސްމީހުން، ގޭގައި ބަންނަންޖެހޭ ފަދަ ދަރަޖައަކަށް މިކަން އިތުރުވެގެންދާ ހުއްޓެވެ.
ދައްޖާލު ދައްކާ ދަޅަތައް
ޝައްކެއް ނެތް ގޮތުގައި، ދައްޖާލަކީ، އިންސާނުން އެއަށް ކިޔަމަންކުރުވުމަށް ދަޅަ ދައްކައިގެން އިންސާނުން މަގު ފުރައްދާނެ އެއްޗެކެވެ. ދެމިދެމި އޮތް ދެކޯރު، އެއަށް ލިބިގެންވެއެވެ. އޭގެ ތެރެއިން، އެއްކޯރު، އިންސާނުންގެ ލޯތަކަށް ފެންނާނީ، ދެމިދެމި އޮތް ސާފު ފެންކޯރެއްގެ ގޮތުގައެވެ. އަނެއްކޯރު ލޯތަކަށް، ފެންނަހުށީ ވަރުގަދައަށް އަނދަމުންދާ އަލިފާން ގަނޑެއްގެ ގޮތުގައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (فَإمَّا أدْرَكَنَّ أحَدٌ فَلْيَأتِ النَّهْرَ الَّذِيْ يَرَاهُ نَارًا وَلْيُغَمِّضْ, ثُمَّ لْيُطَأ طِيْء رَأسَهُ فَيَشْرَبَ مِنْه فَإنَّهُ مَاءٌ بَارِدٌ) މާނައީ: "އެއްވެސް މީހަކު، މިކަން ދެކެފިނަމަ، އެތަނެއްގައި އަލިފާން އަނދަމުންދާ ކަމަށް، އޭނާއަށް ފެންނަ ކޯރު އިޚްތިޔާރުކުރާށެވެ! އެހާއިރުން އެ އަލިފާންގަނޑަށް، އޭނާ އެއްލާލެވޭނެއެވެ. ހަމަކަށަވަރުން، ސަލާމަތްކަންހުރި ފެނުގެ ކޯރަކީ، އެއީއެވެ."
ފެންކޯރެއްކަމަށް، އިންސާނުންގެ ލޯތަކަށް ފެނުނު ކޯރު ވާހުށީ، އަނދައަނދާ ހުރި އަލިފާންގަނޑަކަށެވެ.(ނުނިމޭ)
0 comments:
Post a Comment