Tuesday, September 6, 2011

ލައުނެތް ލެއްވި 10ފަރާތް.

 އަލްއިމާމް އަޙްމަދުބުނު ޙަންބަލް ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. ބަނގުރަލުގެ ސަބަބުން 10 ފަރާތަކަށް ﷲ ލަޢުނަތްލެއްވިއެވެ.
އެ 10 ފަރާތަކީ:
1. ބަނގުރާ ތައްޔާރުކުރުމަށް ދިޔަފެލާ ހަދާމީހާ
2. ދިޔަފެލައި ދެވުނު (އެކަމަށް) އެދުނު ) މީހާ
3. ބަނގުރާ ބޯމީހާ
4. ބަނގުރާ އުފުލައިދިން މީހާ
5. ބަނގުރާ އުފުލައިދެވުނު (އެކަމަށް އެދުނު )ފަރާތް
6. ބަނގުރާ ބޯންދޭމީހާ
7. ބަނގުރާ ވިއްކައިގެން އޭގެ ވިޔަފާރިކުރާ މީހާ
8. ބަނގުރަލުގެ ވިޔަފާރިއާއި ބަނގުރަލުގެޚިދުމަތުން ލިބޭފައިސާ ބޭނުންކުރާމީހާ
9. ބަނގުރާ ބުއިމަށް ނުވަތަ ވިއްކުމަށް ޙަވާލުވި ފަރާތް (ވަކީލު)
10. ބަނގުރާ ގަނެދިނުމަށް ޙަވާލުކުރި މީހާ (މުވައްކިލު)

ބަނގުރާ:
ބަނގުރަލަކީ އެއެއްޗެއް ބުއިމުން މަސްތުވާ ދިޔާ ކޮންމެ އެއްޗެކެވެ.

މަސްތުވާތަކެއްޗަކީ އެއެއްޗެއް ބޭނުންކުރުމުން އިންސާނާގެ ބުއްދިފިލައިދާ ކޮންމެ ހިކި އަދި ދިޔާ އެއްޗެކެވެ.

އިސްލާމްދީނުގައި މަސްތުވާ ތަކެތީގެ ޙުކުމް:

ޙަރާމް


ޤުރުއާނުގެ ދަލީލު:

يَا أَيُّهَا الَّذِينَ آمَنُواْ إِنَّمَا الْخَمْرُ وَالْمَيْسِرُ وَالأَنصَابُ وَالأَزْلامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ

"އޭ އީމާންވީ މީހުންނޭވެ! ހަމަކަށަވަރުން ބަނގުރަލާއި ޖުވާކުޅުމާއި އަޅުކަން ކުޅުމަށް ހަދާފައިވާ ބުދުތަކާއި ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނި ދަނޑިތަކަކީ ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ ، މުޑުދާރު ތަކެއްޗެވެ. ފަހެތިޔަބާމީހުން އެތަކެއްޗާއި ދުރުވެގަންނާށެވެ! (އެއީ) ތިޔަބާމީހުން ދިންނަވާ ނަސީބު ލިބުމަށްޓަކައެވެ. "
(ސޫރަތުލް މާއިދާ އާޔަތް: 90 )


ސުންނަތުގެ ދަލީލު:
އަލްއިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނަ:
" މަސްތުވާ ކޮންމެ އެއްޗަކީ ބަނގުރަލެވެ. އަދި މަސްތުވާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެކެވެ. "

ބައިބްލްގައި ބަނގުރާ ޙަރާމް ކޮށްފައިވޭ:

a. "Wine is a mocker, strong drink is raging; and whosoever is deceived thereby is not wise." |Proverbs 20:1|

b. "And be not drunk with wine." |Ephesians 5:18|

މަސްތުވާތަކެތިން ( ބަނގުރަލުން ) ލިބިދޭ ގެއްލުންތައް ބަހައިލެވޭ ދާއިރާތައް:
- ތިމާގެ އަޤީދާއާއި ދީނާއި ރޫޙާނީ ކުރިއެރުމަށް ލިބޭ ގެއްލުން
- ނަފްސާނީ ގެއްލުންތައް
- އަޚްލާޤީ ގެއްލުންތައް
- ސިއްޙީ ގެއްލުންތައް
- އިޖުތިމާއީ ގެއްލުންތައް
- އިޤްތިޞާދީ ގެއްލުންތައް

ޙަދީޘްފުޅެއްގައިވެއެވެ:
الخمر أم خبا اث

" ބަނގުރަލަކީ ހުރިހާ ނުބައިކަމެއްގެ ، ފާފައެއްގެ އަޞްލެވެ. "

ބަނގުރަލަކީ ދީނުގައި މިހާބޮޑަށް ނަހީ ކުރައްވައިފައިވާ އެއްޗެކެވެ. ވީމާ އަހަރެމެންގެ ޤައުމުގައި ބަނގުރަލުގެ މުޢާމަލާތްފަދަ ޙަރާމް މުޢާމަލާތް ހުއްދަކުރެވިގެން ނުވާނެއެވެ. ﷲ ޙަރާމް ކުރެއްވިކަމެއް ހުއްދަކުރަން އަހަރެމްން އުޅޭކަމުގައިވަނީނަމަ އަހަރެމެން ގެއްލުމާއި ހަލާކުވެދާނެއެވެ. ޔާ ﷲއެވެ. އަޅަމެން ޝައިޠާނާގެ ކިބައިން ސަލާމަތްކުރައްވާނދޭވެއެވެ. އަދި އަޅަމެންނަށް ހެޔޮވިސްނުން ދެއްވާނދޭވެއެވެ! އާމީން!   

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons