ނަންބަރު: 13/2011/ޕީއާރު/އޭޕީ
ނޫސްބަޔާން
ގެޒެޓްކޮށްފައިވާ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާ ބެހޭ ޤަވާޢިދުން ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖްލިސް ބަރީއަވުން
الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين، ومن تبعهم بإحسان إلى يوم الدين.
ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ އަޞްލު ޤަވާޢިދަކީ ދިވެހިރާއްޖޭގެ ފުލުހުންގެ މުއައްސަސާގެ ލީގަލްޓީމާއި، ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ ތެރެއިން އެގާރަ ޢިލްމުވެރިންވެގެން ތައްޔާރުކޮށްފައިވާ ޤަވާޢިދެކެވެ. އަދި އެއަށް ފަހު ދިވެހިރާއްޖޭގެ ތިން އެޓާނީ ޖެނެރަލުން ބައްލަވައި ރުހުން ދެއްވާފައިވާ ޤަވާޢިދެކެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާވެސް ބައްލަވައި ރުހުން ދެއްވާފައި ވަނިކޮށް، މިޤަވާޢިދުގައި ޕޮލިސީ މައްސަލަތައް ހުރިކަމަށް ބުނެ މިޤަވާޢިދު ހިފަހައްޓައި މިޤަވާޢިދުގެ އަޞްލާވަނީ ކުޅެލާފައެވެ.
މިގޮތުން އެޤަވާޢިދުގައި ހިމަނާފައިވާ ވަރަށް މުހިންމު އަސާސްތައް ވަނީ މިޤަވާޢިދުން އުނިކޮށްފައެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގައި ފައްޅި އެޅުން މަނާކުރާ މާއްދާއާއި، ދިވެހިރާއްޖޭގައި ދީނީ ވަޢުޘުބުނުމާއި ފަތުވާދިނުން އޮންނަންޖެހޭނީ ސުންނަތްޖަމާޢަތާ އެއްގޮތަށްކަން ލާޒިމު ކޮށްފައިވާ މާއްދާއާއި، ފަތުވާ ދިނުމުގައި ރިޢާޔަތްކުރަން ބަޔާންކޮށްފައިވާ ބައިނަލްއަޤުވާމީ ސުންނަތް ޖަމާޢަތުގެ ބޮޑެތި ދަންނަބޭކަލުންގެ މަޖްލިސްތައް އުނިކޮށްފައިވުމާއި ފުރައްސާރަކުރުން މަނާކަންކަމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލޮބުވެތި އަޞްޙާބު ބޭކަލުންގެ ވާހަކަ އުނިކޮށްފައިވުމާއި އެޤަވާޢިދުގައި ސުންނަތް ޖަމާޢަތުގެ ޢަޤީދާ ފެތުރުމަށް ބާރުއަޅާފައިވާވުން އެއިން އުނިކޮށްފައިވުން ހިމެނެއެވެ.
މިގޮތުން އެޤަވާޢިދުގައި ހިމަނާފައިވާ ވަރަށް މުހިންމު އަސާސްތައް ވަނީ މިޤަވާޢިދުން އުނިކޮށްފައެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގައި ފައްޅި އެޅުން މަނާކުރާ މާއްދާއާއި، ދިވެހިރާއްޖޭގައި ދީނީ ވަޢުޘުބުނުމާއި ފަތުވާދިނުން އޮންނަންޖެހޭނީ ސުންނަތްޖަމާޢަތާ އެއްގޮތަށްކަން ލާޒިމު ކޮށްފައިވާ މާއްދާއާއި، ފަތުވާ ދިނުމުގައި ރިޢާޔަތްކުރަން ބަޔާންކޮށްފައިވާ ބައިނަލްއަޤުވާމީ ސުންނަތް ޖަމާޢަތުގެ ބޮޑެތި ދަންނަބޭކަލުންގެ މަޖްލިސްތައް އުނިކޮށްފައިވުމާއި ފުރައްސާރަކުރުން މަނާކަންކަމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލޮބުވެތި އަޞްޙާބު ބޭކަލުންގެ ވާހަކަ އުނިކޮށްފައިވުމާއި އެޤަވާޢިދުގައި ސުންނަތް ޖަމާޢަތުގެ ޢަޤީދާ ފެތުރުމަށް ބާރުއަޅާފައިވާވުން އެއިން އުނިކޮށްފައިވުން ހިމެނެއެވެ.
މިކަންކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ގެޒެޓްކުރެވިފައިވާ ޤަވާޢިދުން ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖިލީހާއި، ޕާޓީގެ އެންމެހާ މެންބަރުން ބަރީއަވެގެންވާ ކަން ދިވެހިލޮބުވެތި ރައްޔިތުންނަށް ހާމަކޮށް އަންގަމެވެ. އަދި މިޤަވާޢިދުގައި ކުރިން ހިމެނިފައިނުވާ، އަދި ސައްތައިން ސައްތަ އިސްލާމީ މުޖްތަމަޢަކާ ނުގުޅޭ، އިނގިރޭސި ޤާނޫނުގައިވާ ބައެއް މާއްދާތައް އިތުރުކުރެވިފައިވާކަން ވެސް ފާހަގަކުރަމެވެ. އަދި މިނޫންވެސް ވަރަށް ނުރައްކާތެރި ބަދަލުތައް މި ޤަވާޢިދަށް ގެނެސްފައިވާކަން ފާހަނގަކުރަމެވެ. އަދި ޕާޓީގެ ޢިލްމުވެރިންގެ މަޝްވަރާއެއްނެތި މިޤަވާޢިދު ގެޒެޓްގައި ޝާއިޢުކުރުމަށް އެއްބަސްވެނުލެއްވުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒަށް ދަންނަވާފައިވަނިކޮށް، މިޤަވާޢިދު ގެޒެޓްކުރެވިފައިވާގޮތަށް އެޤަވާޢިދު ނެރެފައިވަނީ ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖިލީހާއި އެއްވެސް ވަރެއްގެ މަޝްވަރާއެއް ކުރެއްވުމެއްނެތިކަން ވެސް ހާމަކޮށް އަންގަމެވެ. ތިރީގައި ބަޔާންކޮށްފައިވަނީ އަޞްލު ޤަވާޢިދުން އުނިކޮށްފައިވާ މުހިންމު ބައެއް މާއްދާތަކެވެ.
- · މާއްދާ 15 ދީނީ ތަޤްރީރު ކުރުމުގެ ހުއްދަ ދޫކުރުމުގެ ޝަރުޠުތައް
ށ- 1 ސުންނަތް ޖަމާޢަތުގެ މީހެއްކަމުގައިވުން ( އުނިކޮށްފަ)
- · މާއްދާ 19 ދީނީ ކަންކަމުގެ ޙުކުމް ބަޔާންކުރުން
ހ. ދިވެހިރާއްޖޭގައި ދީނީ ކަންކަމުގެ ޙުކުމްތައް ބަޔާންކުރަންވާނީ ސުންނަތްޖަމާޢަތާ އެއްގޮތަށެވެ. (އުނިކޮށްފަ)
ރ. ދިވެހިރާއްޖޭގައި ދީނީ ފަތުވާ ދިނުމުގައި ތިރީގައިވާ ފަތުވާ މަޖްލިސްތަކުގެ ފަތުވާތަކަށް ރިޢާޔަތްކުރަންޖެހޭނެއެވެ. ( އުނިކޮށްފައި)
1- އޯއައިސީގެ އިންޓަރނނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީ
2- ޔޫރަޕިއަން ކައުންސިލް ފޯ ފަތުވާ އެންޑް ރިސާރޗް
3- މިޞްރުގެ ދާރުލްއިފްތާއު
4- ސަޢޫދީ ޢަރަބިއްޔާ އައްލަޖުނަތުއްދާއިމާ ލިލްއިފްތާއި ވަލްބުޙޫޘް
5 މިޞްރުގެ އިސްލާމިކް ރިސާޗް އެކަޑެމީ
6- ދިވެހިރާއްޖޭގެ އިސްލާމިކް ފިޤުހު އެކަޑެމީ
7 – ރާބިޠާގެ އިސްލާމިކް ފިޤުހު އެކަޑެމީ
- · މާއްދާ 22 އިސްލާމްދީން ފިޔަވައި އެހެންދީންފަތުރާ މީހުން ޑީޕޯރޓްކުރުމަށް ކަމާބެހޭ ފަރާތުގައި އެދުން
ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން ދީނެއް، ނުވަތަ މުސްލިމުންގެ ޖަމާޢަތްތަކުގެ ތެރޭން ސުންނަތް ޖަމާޢަތުގެ މަޛްހަބު ނޫން އެހެން މަޛްހަބެއްގެ ގޮތާއި ޢަޤީދާ ފަތުރަން މަސައްކަތްކުރާ ކަމަށް ނުވަތަ އެފަދަ ކަމަކާ ގުޅުން ހުރި ކަމެއް ކޮށްފިކަމަށް އެކަށީގެންވާ ހެއްކާއި ޤަރީނާއެކު ތުހުމަތުކުރެވިއްޖެ ކޮންމެ ބޭރުގެ ފަރާތެއް، ކަނޑައެޅޭ މުއްދަތަކަށް ރާއްޖޭން ފޮނުވައިލުމުގެ ނުވަތަ ޢުމުރަށް ރާއްޖެ ނާދެވޭގޮތަށް ފޮނުވައިލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަމާބެހޭ އިދާރާގައި އެދެވިދާނެއެވެ. ( މި މާއްދާ ވަނީ އެހެން ގޮތަކަށް ބަދަލު ކޮށްފަ)
- މާއްދާ 25 އިސްލާމްދީން ފިޔަވައި އެހެންދީންތަކުގެ ބިނާތަށް ޤާއިމުކުރުމާއި އެހެންދީންތަކުގެ ޝިޢާރުތައް އުފެއްދުމާއި ވިއްކުން
ހ) ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެންދީންތަކުގެ ބިނާތައް ނުވަތަ އަޅުކަންކުރާތަންތަން ހެދުން ނުވަތަ ބިނާކުރުމަކީ މަނާކަމެކެވެ. އަދި އިސްލާމްދީން ފިޔަވައި އެހެންދީނަކަށް އަޅުކަންކުރުމަށް ނުވަތަނަ އެހެންދީނަކަށް އަޅުކަންކުރާތަނަކަށް ނުވަތަ އެހެންދީނަކަށް ނިސްބަތްވާތަނަކަށް ދިވެހިރާއްޖޭގައި ބިނާކޮށްފައިވާ ނުވަތަ ބިނާކުރަމުންދާ ޢިމާރާތެއް ބަދަލުކުރުމަކީ ވެސް މަނާކަމެކެވެ. ( މި މާއްދާ ވަނީ އުނިކޮށްފަ)
ށ) ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ ދީނީ ޝިޢާރެއްކަމަށް ބެލެވޭ އެއްވެސް އެއްޗެއް އުފެއްދުމާއި ވިއްކުމަކީ މަނާކަމެކެވެ. ( އުނިކޮށްފަ)
- · މާއްދާ 27 އިސްލާމީ ޝިޢާރުތަކަށް އިހާނާތްތެރިވުން ނުވަތަ ބޭ އަދަބީވާ ފަދަ ޢަމަލެއްކުރުން
ހ) މާތް ﷲ އާއި އެކަލާނގެ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނާއި ކީރިތި ރަސޫލާގެ އަޞްޙާބު ބޭކަލުންނަށްއިހާނާތްތެރިވާ ފަދަ އެއްވެސް ޢަމަލެއްކުރުން ނުވަތަ ބަހެއް ބުނުން ނުވަތަ އެއްޗެއް ކުރެހުމަކީ މަނާކަމެކެވެ. ( މި މާއެްދާ ބަދަލުކޮށް އަޞްޙާބު ބޭކަލުންގެ ވާހަކަ އުނިކޮށްފަ)
- މާއްދާ 28 ޣައިރު މުސްލިމުން އެމީހުންގެ ދީނީ ޝިޢާރު ފާޅުކުރުމާއި ދީނީ ޙަރަކާތްތަށް ހިންގުން
ހ) ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން އެމީހުން އަޅުކަންކުރަން ގެންގުޅޭތަކެތި ޢާއްމުތަންތާގައި ބެހެއްޓުމާއި އެނޫންގޮތްގޮތުން ޖަމާޢަތް ހަދައިގެން އެފަދަ ދީނީ ޙަރަކާތްތައް ހިންގުމާއި އެމީހުންގެ އެފަދަ އެއްވެސް ޙަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމީ މަނާކަމެކެވެ. ( މި މާއްދާ ޞީޣާ ވަނީ އެހެން ގޮތަކަށް ބަދަލުކޮށްފަ)
ށ) ދިވެހިރާއްޖޭގައި ކިޔަވައިދޭ ރާއްޖެއިން ބޭރުގެ މުސްލިމް ނޫން ޓީޗަރުންނާއި އެހެނިހެން މީހުން، އެމީހަކު ކިޔަވައިދޭ ސިލަބަހުގެ އިތުރުން، ސްކޫލުތަކުގައި ވެސް އަދި ސްކޫލުން ބޭރުގައިވެސް އެއްވެސް ދީނެއްގެ ވާހަކައެއް ދައްކައި ހެދުމަކީ މަނާކަމެކެވެ. ( އުނިކޮށްފަ)
- މާއްދާ 29 ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގެއްލޭފަދަ ޕްރޮގްރާމްތަށް ޓެލެކާސްޓްކުރުމާއި ބްރޮޑްކާސްޓްކުރުމާއި ޝާއިޢުކުރުން
ހ) ދިވެހިރާއްޖޭގައި ލައިސަންސް ލިބިގެން ޓެލެކާސްޓްކުރާ ފަރާތްތަކާއި ބްރޯޑްކާސްޓްކުރާ ފަރާތްތަކުން މާތްﷲ އަށް ނުވަތަ ކީރިތި ރަސޫލާ އަށް ނުވަތަ އެކަލޭގެފާނުގެ ޞަޙާބީއަކަށް ނުވަތަ ކީރިތި ޤުރްއާނަށް ނުވަތަ ކީރިތި ރަސޫލާގެ ސުންނަތަށް ނުވަތަ އިސްލާމްދީނަށް ފުރައްސާރަކޮށްފައި ހުންނަ ޕްރޮގްރާމްތައް ދެއްކުން ނުވަތަ އަޑުފެތުރުމަކީ މަނާކަމެކެވެ.( މި މާއްދާގެ ޞީޣާ ބަދަލުކޮށް އަޞްޙާބު ބޭކަލުންގެ ވާހަކަ އުނިކޮށްފައި)
ށ) މި މާއްދާގެ ( ހ) ގައި ބުނެފައިވާ ކަމެއް އިންޓަނެޓް ވެބްސައިޓް ނުވަތަ ބްލޮގް ނުވަތަ ނޫސް މަޖައްލާ ފަދަ ވަސީލަތެއް މެދުވެރިކޮށް ޝާއިޢުކުރުމަކީ މަނާކަކެމެވެ. ( އުނިކޮށްފަ)
- މާއްދާ 30 ޖަމާޢަތުގައި ނަމާދު ކުރުން
ހ) ސުންނަތް ޖަމާޢަތާ ޚިލާފަށް ދިވެހިރާއްޖޭގެ މިސްކިތްތަކުގައި ނަމާދުކުރުމަކީ މަނާކަމެކެވެ. ( އުނިކޮށްފަ)
ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖްލީހުން މިބަޔާން ނެރެނީ، ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާބެހޭ ގޮތުން ހެދި ޤަވާޢިދުގެ އަޞްލަށް ބަލައި، މިހާރު ނެރެފައިވާ ޤަވާޢިދާ އަޅާކިޔައި ދިރާސާކުރުމަށް ފަހުގައެވެ.
ޢިލްމުވެރިންގެ މަޖްލިސްގެ ފަރާތުން
އިލްޔާސް ޙުސައިން
ނައިބް ރައީސް
19 ޝައްޥާލް 1432
17 ސެޕްޓެމްބަރ 2011
0 comments:
Post a Comment