Monday, December 31, 2012

އަޚެއްގެ ވަޞިއްޔަތް


އަޚެއްގެ ވަޞިއްޔަތް

Saturday, December 29, 2012

ކީރިތި ޤުރުއާނާބެހޭ މަޢުލޫމާތު



ކިރިތި ޤުރުއާނުގައިވާ އެންމެ ދިގު އާޔަތަކީ، އަލްބަޤަރާ ސޫރަތުގެ 282 ވަނަ އާޔަތެވެ. އެ އާޔަތަށް ދެވިފައިވާ ނަމަކީ، "އާޔަތުއް ދައިނި" އެވެ. މާނައަކީ، ދަރަނީގެ އާޔަތެވެ. އެ އާޔަތުގައި ބަޔާންކުރައްވާފައިވަނީ، ދަރަންޏާ ބެހޭ ކަންކަމުގައި ޢަމަލުކުރަންވީ ގޮތެވެ.

Thursday, December 27, 2012

އޭ އަޚާއެވެ! ސަމާލުވާށެވެ!


ތިބާ ހަލާކުކޮށްލާނެ ކަންތައްތަކެއް ބުނެދެން ހެއްޔެވެ؟

Tuesday, December 25, 2012

ޖިންނީންނާއި ޖިންނީންގެ ވައްތަރުތައް

ޖިންނީންނަކީ ކޮބާ؟

              މާތް ﷲ ކީރިތި ޤުރުއާނުގައި ޖިންނީންގެ ވާހަކަ ބަޔާންކުރައްވާފައިވެ އެވެ. ކީރިތި ޤުރުއާނުގައި ޖިންނީންނަށް ޚާއްޞަކުރައްވާފައިވާ ސޫރަތެއްވެ އެވެ. އެއީ "ސޫރަތުލް ޖިންނި" އެވެ. ޖިންނީންނަކީ ބުއްދީގެ ބާރު ދެއްވާފައިވާ މަޚުލޫޤުންތަކެކެވެ.

Sunday, December 23, 2012

ސިޙުރުން ސަލާމަތްވާން ކުރާނެ ކަމަކީ ކޮބާ ؟


ސުވާލު:
އިނގިފަވާގޮތުގައި އަޅުގަނޑުގެ ޢާއިލާއަށް ސިހުރު ހަދާބަޔަކު އުޅެއެވެ. އެހެންކަމުން ޢާއިލާގެ މީހުންނަށް ޖިންނީގެ އުނދަގޫވެއެވެ. ވީމާ މިކަމުން އަޅުގަނޑުގެ ޢާއިލާ ސަލާމަތްވެ ތިބުމަށް ކުރާނެ ކަންތައްތައް ތަފްޞީލްކޮށް ބުނެދެއްވުން އެދެން..

Friday, December 21, 2012

ޖިންނީން އިންސާނުންނަށް ގޯނާކުރަނީ ކީއްވެ ؟


އިންސާނުންނަށް ޖިންނީން ގޯނާކުރަނީ ގިނަފަހަރަށް އިންސާނުންގެ ޢަމަލުތަކުގެ ސަބަބުންނެވެ. ޖިންނީންނަށް ﷲ ސުބުޙާނަހޫވަތަޢާލާ ވަނީ ސިފަބަދަލުވުމުގެ ބާރުދެއްވާފައެވެ. އަދި އެސޮރުމެން މިފަދަ ބާރެއްގެ ބޭނުން ހިފާފައިވާ ވަގުތު އިންސާނާއަށް ކުރެވޭ ކުޑަކުޑަ ކަމަކުންވެސް އެސޮރުމެން ބަދަލުހިފައި، އަނިޔާވެރިވެދާނެއެވެ. މިއީ ކަން ހިނގާ ގޮތެވެ.

Wednesday, December 19, 2012

ދުޢާކުރުމާއި ﷲ އެއްކައުވަންތަކުރުމާ ދެމެދުގައިވާ ގުޅުން


Monday, December 17, 2012

ފުންކޮށް ވިސްނާލައްވާ ބައްލަވާށެވެ




الله تعالى އަށް ފަށްފަށުން ޙަމްދުކުރަމެވެ. އަޅުގަނޑުމެންގެ މުސްލިމު ދިވެހި ދަރިންނަކީ އިސްލާމްދީންދެކެ ލޯބިވާ ބައެއްކަމާއި މެދު ޝައްކެއްތެވެ. ކޮންމެއެކަސް ދިވެހި ޤައުމަކީ އިސްލާމީ ޤައުމެކެވެ. މިހާތަނަށްވެސް ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި އޮތް މުސްލިމް ދައުލަތެކެވެ. ދުނިޔެ މަތީގައި އިންސާނާއަށް ލިބޭނެ ބޮޑު ނިޢުމަތްތަކުގެ ތެރެއިން އެއް ނިއުމަތް ލިބިފައިވާ މީސްތަކުންތަކެއް އުޅެމުންދާ ކުޑަކުޑަ މުޖުތަމައެކެވެ.

Saturday, December 15, 2012

ޖިންނި ސަހަރު ... ތުރުކީވިލާތުގެ ބިމުއަޑީގައި

ތުރުކީވިލާތުގެ ބިމުއަޑިން ފުރިހަމަ ސަހަރެއް ފެނިފައިވާ ވާހަކަ ދެންނެވުމުން ޤަބޫލުކުރައްވަން ދަތިވެދާނެ އެވެ. ﷲގެ ކުޅަދުންވަންތަކަމާއެވެ! 1963 ގައި ތުރުކީވިލާތުގެ  ޑެރިންކޫޔޫ (Derinkuyu) ސަހަރުގެ މީހަކު އޭނާގެ ގޭގެ ފާރެއް ތަޅައިލަން އުޅެނިކޮށް އޭނާއަށް ފާރުގެ އަނެއްފަރާތުން ކުރިން ދެކިފައިނުވާ އާދަޔާޚިލާފު ކޮޓަރިއެއް ފެނުނެވެ. މި ކޮޓަރިން އެހެންކޮޓަރިއަކަށް އަދި މިކޮޓަރިން އެހެންކޮޓަރިއަކަށް ދެވުނެވެ. މި ގޮތަށް އެއްކޮޓަރިން އަނެއްކޮޓަރިއަށް ވަދެ ހުހެއްނުވި އެވެ. މި ގޮތަށް ގޮސް ބޮޑު ސަހަރެއް ފެނުނެވެ. ތުރުކީ މީހުން މިސަހަރަށް ޖިންނި ސަހަރޭ ކިޔަ އެވެ. ބިމުއަޑީގައި ބިނާކޮށްފައިވާ މި ބިންގަރާސް ސަހަރުގެ ފުރަތަމަ ފަންގެފިލާ ބިނާކޮށްފައިވަނީ މީލާދީގެ 1400 ވަނައަހަރު ކުރިން  ކަމަށް ބުނެވެ އެވެ.

Thursday, December 13, 2012

ކޮނޑުގައި އެޅިފައިވާ އިޙްސާންތެރިކަމުގެ ދަރަނި ދެނެގަންނަމާތޯ!!

ކޮންމެ ޤައުމެއްގައިވެސް އެބަޔަކަށް އިޙްތިރާމުކުރެވޭ ބައެއްވެއެވެ. ކޮންމެ އޮފީހެއްގައިވެސް އެފަރާތަކަށް އިޙްތިރާމް ކުރެވޭ ފަރާތެއްވެއެވެ. ކޮންމެ ޢާއިލާއެއްގައިވެސް އެފަރާތަކަށް އިޙްތިރާމް ކުރެވޭ ފަރާތެއްވެއެވެ. 

Tuesday, December 11, 2012

ލާއިންސާނީ ޙައްޤުތަކުގެ ދިފާޢުގައި..

laa-insaanee-haqqu
ވަރަށްގިނަ އިންސާނުންގެ ކިބައިން އިންސާނީވާންތަކަން ކެނޑި ބުއްދިނެތް ޙައިވާނުންގެ ދަރަޖައަށް ވެއްޓިފައިވާ މިޒަމާނުގައި، އިންސާނީ ޙައްޤުތަކުގެ ވާހަކައަކީ ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ މައުޟޫއެކެވެ. އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ރިސާލަތުގައި މުޅި އިންސާނީ ކަރާމާތް ޙިމާޔަތް ކުރެވޭނެ ޙުކުމްތައް ބަޔާން ކުރައްވާފައިވީނަމަވެސް، އެކަލޭގެފާނަށް އީމާންވީ ގިނަބަޔަކުވަނީ އެކަންކަމާ އިހުމާލުވެފައެވެ.

Sunday, December 9, 2012

ރުޤްޔާހަދާމީހާ ހިލޭ އަންހެނެއްގައިގަ އަތްލުން


الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިސްލާމްދީނަކީ ޢިއްފަތްތެރިކަމާއި ކަރާމާތަށް ނުހަނު ބާރުއަޅާދީނެކެވެ. އަދި އިސްލާމްދީނުގެ އަހުލުވެރިންނަކީ ހުރިހާ ޒަމާނެއްގައިވެސް ރިވެތި އަޚްލާޤުގެ މަތިވެރި ޞިފަތަކުން ޞިފަލިބިގެން ތިބޭ ބައެކެވެ. ކަންމިހެންއޮތްއިރު ދެޖިންސުގެ މީހުން މަސްހުނިވެ ގައިގޯޅިވެ އުޅުމުގެ ހުރިހާ މަގެއް އިސްލާމްދީނުގައި ބަންދުކުރެވިފައިވާކަން މިއީ މުސްލިމުންނަށް ވަންހަނާވެފައި އޮންނަ ކަމެއްނޫނެވެ.

Friday, December 7, 2012

ޑިމޮކްރަސީގެ ޙަޤީގީ ސޫރަ


Wednesday, December 5, 2012

އަލް އިމާމް އިބުނު ކަޘީރު

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ނަމާއި ނަސަބުފުޅު:
އިސްމާޢީލް ބިން ޢުމަރު ބިން ކަޘީރު ބިން ޟައުއު ބިން ޒަރްޢު، އައްޝައިޚް އަލްއިމާމުލް ޢައްލާމާ ޢިމާދުއްދީން އަބުދްފިދާ އިބްނުއްޝައިޚް ޝިހާބުއްދީން އަބީ ޙަފްޞިލް ގުރަޝީ އަލްބަޞްރީ އައްދިމިޝްގީ އައްޝާފިޢީ، މަޝްހޫރުވެ ވަޑައިގެންފައިވަނީ އިބްނު ކަޘީރުގެ ނަންފުޅުންނެވެ.

Monday, December 3, 2012

ޤައުމީ ރޫޙު

އެންމެހާ ޙަމްދު ޘަނާއާއި ތަޢުރީފު ޙައްޤުވެގެންވަނީ މުޅި ކާއިނާތާއި އޭގައިވާ އެންމެހާ ތަކެތި ޚަލްޤުކުރައްވަވާ، އުޅެންވީ ނޫޅެންވީ ގޮތުގެ ދުސްތޫރު ބާވާލެއްވެވި ﷲ ތަޢާލާއަށެވެ. ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވެވުން އެދި ދުޢާކުރަނީ އެ ދުސްތޫރު އިންސީންނާއި ޖިންނީންގެ މެދުގައި ތަންފީޛު ކުރުމަށް އަމުރުކުރައްވަވާ އެކަން އުނގަންނާ ދެއްވެވުމަށް ފޮނުއްވެނި މާތް ނަބިއްޔާ މުޙައްމަދުގެފާނަށެވެ. އަދި އެކަލޭގެފާނުގެ ރިސާލަތައް ތަބަޢުވެވަޑައިގެންނެވި އެންމެހާ އާލުންނާއި އަޞްޙާބުން މި ދުޢާގައި ޝާމިލުކުރަމެވެ.

Saturday, December 1, 2012

ﷲ ތަޢާލާގެ ނިޢުމަތްތަކަށް އަހަރެން ޝުކުރުވެރިވާނީ ކިހިނެތް؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޝުކުރުކުރުންވަނީ ތިބާގެ ހިތުންނާއި ދުލުންނާއި ގުނަވަންތަކުންނެވެ.
ފަހެ ހިތުން ނިޢުމަތްތަކަށް ޝުކުރުކުރާނީ އެނިޢުމަތްތައް ޚަލްޤުކުރައްވާ، ދެއްވިފަރާތަށް އެނިޢުމަތްތައް ނިސްބަތްކުރުމުންނެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿وَمَا بِكُم مِّن نِّعْمَةٍ فَمِنَ اللَّـهِ… ﴾ (سورة النحل٥٣) މާނައި: “އަދި ތިޔަބައިމީހުންގެ ކިބައިގައިވާހާ ނިޢުމަތެއްވަނީ ﷲގެ ޙަޟްރަތުންނެވެ…”

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons