Saturday, November 28, 2015

ރާ ޙަރާމް ކުރެއްވުނީ ކީއްވެ؟

ﷲ ސުބުޙާނަހޫ ވަތަޢާލާ ރާ ޙަރާމް ކުރެއްވި ކަމަށް އަންގަވައި ވަޙީކުރެއްވި އާޔަތާއި އެއާޔަތާ ވިއްދައިގެން ދެން އޮތް ދެއާޔަތާއިމެދު ވިސްނައިލުމުން، ބުއްދީގެ އަހުލުވެރިންނަށް ހުރި ބޮޑުވެގެންވާ ފިލާވަޅުތަކެއް ވެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.

Thursday, November 26, 2015

މާތް ﷲ ގެ އެއްކައުވަންތަކަމުގެ ހެކިތައް


الله سبحانه وتعالىއަކީ އެއްކައުވަންތަ އިލާހުކަމާއި، ޚަލްޤުކުރެއްވުމާއި ރިޒުޤުދެއްވުމުގައި އެކަލާނގެ އެއްކައުވަންތަކަމާއި، އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަންމުގެ މައްޗަށް ހެކި ލިބޭ ކަންތައްތަކުގެ ތެރޭގައި:
1) الفطرة ފިޠުރަތު
2) الشرع ޝަރުޢީ ދަލީލުތައް
3) العقل ބުއްދީގެ ދަލީލުތައް
4) الحس. ޙިއްސީ ދަލީލުތައް

Sunday, November 22, 2015

ހިތާމަތަކާއި ކަންބޮޑުވުންތަކުން ސަލާމަތްވާނީ ކިހިނެތް؟


ދުނިޔޭގެ ޙަޔާތުގައި އިންސާނާއަށް އެތައް އިމްތިޙާންތަކަކާ، މުޞީބާތްތަކަކާއި ކުރިމަތިލާންޖެހެއެވެ. މިފަދަ މުޞީބާތްތަކުން ނިކަމެތި އިންސާނާއަށް ކުރިމަތިވާ ހިތާމަތަކާއި ނިކަމެތިކަމުން އޭނާ ސަލާމަތްވާނެމަގު މާތް ވެގެންވާ އިސްލާމްދީނުގައި ވަނީ އެންމެ ފުރިހަމަ ގޮތުގައި ބަޔާން ކޮއްދެއްވާފައެވެ.

Friday, November 20, 2015

ނައިސް ނުދާނެ ދުވަސް


ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ މިދުނިޔޭގެ ޙަޔާތް ލައްވާފައިވަނީ އަބަދަށް ދާއިމަށް ދެމިގެންވާ އެއްޗެއްގެ ގޮތުގައެއް ނޫނެވެ. އެހެނެއްކަމަކު މި ޙަޔާތް ލައްވާފައިވަނީ ނެތިވެ ފަނާވެގެންދާނެ އެއްޗެއްގެ ގޮތުގައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިއިލާހީ ޤާނޫނުން ބޭރުވުމުގެ ބާރެއް ހަމަހިލާ އެއްވެސް މަޚްލޫޤަކަށް ލިބިގެނެއްނުވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

Wednesday, November 18, 2015

ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ހަނދުމަކުރުމުންނެވެ.

އިންސާނާ ދުނިޔޭގައި ވޭތިކުރާ ޙަޔާތަކީ އުފާވެރި، ހަމަޖެހޭ ޙަޔާތަކަށް ހެދުމަކީ ކޮންމެ މީހެއްގެވެސް އެންމެ މުޙިއްމު އެއް މަޤުޞަދެވެ. އެގޮތުން އިންސާނުން ހިތްހަމަޖެހުން ހޯދުމަށްޓަކައި ތަފާތު އެތަށް ކަމެއް ކުރަމުން ގެންދެއެވެ. ބައެއް މީހުން އެނގި ހުރެ ﷲ ޙަރާމް ކުރެއްވި ކަންތައްތަކުން ހިތްހަމަޖެހުން ހޯދަމުންދާއިރު އަނެއްބަޔަކު ދަނީ ނޭނގިތިބެ ނަމަވެސް އެފަދަ ކަންކަމުން އުފާ ޙާސިލް ކުރަމުންނެވެ. ބައެއް މީހުން ސިއްރުގައި މިފަދަ އުފާތައް ހޯދަމުންދާއިރު އަނެއް ބަޔަކު ފާޅުގައި، ﷲ ޙަރާމް ކުރެއްވި ކަންތައްތަކަށް، ދަނީ އަރައިގަންނަމުންނެވެ.

Monday, November 16, 2015

ﷲ ޙަރާމްކުރައްވާފައިވާ ކަމެއް ހުއްދަކުރުން އަދި ﷲ ހުއްދަކުރައްވާފައިވާ ކަމެއް މަނާކުރުން

އަޅުގަނޑުމެންގެތެރޭގައި ފެތުރެމުންދާ އެންމެ ބޮޑު އެއް ޝިރުކަކީ މާތް ﷲ ޙަރާމްކުރައްވާފައިވާ ކަންތައްތައް ހުއްދަކުރުމާއި، ހުއްދަކުރައްވާފައިވާ ކަންތައްތައް މަނާކުރުމާއި، ނުވަތަ އެފަދަ ކަމެއް ކުރުމުގެ ޙައްޤު ﷲ ފިޔަވައި އެހެންފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ލިބިގެންވާކަމަށް ގަބޫލުކުރުމާއި، މުސްލިމް ނޫން ނުވަތަ މުސްލިމް ކޯޓަކުންވިޔަސް ނުވަތަ އެހެންވެސް މުއައްސަސާއަކުން ވިޔަސް ﷲ ބާވައިލައްވާފައިވާ ޙުކުމްފުޅުތަކާއި ޚިލާފަށް އަމިއްލައަށް އުފައްދާފައިވާ ޙުކުމްތައް އަޅުގަނޑުމެންގެ ކަންތައްތަކުގައި ޙުކުމް ކަޑައެޅުމުގައި ބޭނުންކުރުން، އަދި މިއީ ހުއްދަ ކަންތައްތައް ކަމުގައި ގަބޫލުކުރުމެވެ.

Thursday, November 12, 2015

ތައުޙީދު - ފުރަތަމަ އަދި ފަހުގެވެސް ވާޖިބިއްޔާތު


ދަންނާށެވެ! رسول الله صلى الله عليه وسلم، އެންމެ ފުރަތަމަ ވެސް ގޮވާލެއްވީ ތައުޙީދަށެވެ. އަދި الله سبحانه وتعالى ގެ މަގު، ޙައްޤުވެގެންވާ މަގު ހޯދާމީހަކަށްވާ ފުރަތަމަ މަރުޙަލާއަކީ ވެސް އެއީ އެވެ. އެހެންކަމުން އިސްލާމް ވާން ބޭނުން މީހާ އެންމެ ފުރަތަމަ ވެސް ދެނެގަންނަންވީ ތައުޙީދެވެ.

Tuesday, November 10, 2015

ތައުޙީދުގެ ސަބަބުން ފާފަތައް ފުހެވިގެން ދޭ

މާތްﷲ ވަހީކުރައްވާފައިވެއެވެ.

"الَّذِينَ آَمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ أُولَئِكَ لَهُمُ الْأَمْنُ وَهُمْ مُهْتَدُونَ" (الأنعام: 82)

މާނައީ: "އީމާންވެ، އެބައިމީހުންގެ ޢަމަލުތައް އަނިޔާއަކާއި، (އެބަހީ ޝިރުކަކާއި) މަސްހުނި ނުކުރިމީހުން ދަންނައެވެ. އެބައިމީހުންނަކީ އެއީ އަމާންކަން ލިބިގެންވާ މީހުންނެވެ. އަދި ހިދާޔަތް ލިބިގެންވާ މީހުންނަކީވެސް އެބައިމީހުންނެވެ."

Friday, November 6, 2015

ތިބާއަކީ ކާކު ހެއްޔެވެ؟


އަހަރެންނަކީ މީހަކު ތާނަ އަކުރުން ލިޔެ ދިވެހި ބަހުން ވާހަކަ ދައްކާ މީހުންނަށް ވިސްނޭގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމަކީމެވެ. އަހަރެންނަކީ މީހަކު ލިޔެފައިވާ ލިޔުމެއްކަމަށް، ދުނިޔޭގައި އުޅޭ ހަމަވިސްނޭ ކޮންމެ މީހަކުވެސް އެއްބަސް ވާނެއެވެ. މިލިޔުން މިއީ އަމިއްލައަށް މިހެން ހުރެފައި ލިޔެވުނު ލިޔުމެކޭ އަހަރެން ބުނެފިނަމަ މޮޔައަކު ނޫނީ އަހަރެންނާ އެއްބަސްނުވާނެއެވެ.

Wednesday, November 4, 2015

ތައުޙީދަކީ އަހަރެމެންގެ ޢަޤީދާއެވެ


ބަހުގެ ގޮތުން ތައުޙީދު މި ބަހަކީ (ވައްޙަދަ، ޔުވައްޙިދު) މި ފިޢުލުގެ މަސްދަރެވެ. އެހެންކަމުން ﷲ ތަޢާލާގެ ވަޙުދާނިއްޔަތުކަމަށް އީމާންވާ ނުވަތަ އެއްކައުވަންތަކުރާ މީހާއަކީ މުވައްޙިދެކެވެ. އަދި މުޝްރިކުން ﷲ ތަޢާލާގެ ޒާތުފުޅާއި ސިފަފުޅުތަކުގައި ބައިވެރިކުރާ އަދި ވައްތަރުކުރާ ތަކެތިން އެއިލާހު އެއްކައުވަންތަކުރާ މީހާއަކީވެސް މުވައްޙިދެކެވެ.

Monday, November 2, 2015

ތަފާތު މަޛްހަބުތަކަކަށް ބެހުނީ ކީއްވެ؟


"މިގޮތުން ކޮންމެ އިމާމެއްގެ ޢިލްމު އެއްޖީލަށްފަހު އަނެއްޖީލަކަށް ވާރުތަވަމުން އައިސް، އެބޭބޭފުޅުންގެ ނަޞީޙަތާއި ވަޞިއްޔަތްތައް ހަނދުމަނެތި ބައެއްމީހުން އެމީހެއްގެ އިމާމަށް ނިސްބަތްވުމަކީ ފަޚުރެއްކަމުގައި ދެކި، ވާދަވެރިކަން އުފެދި ކޮންމެ ބަޔެއްވެސް ތިމާމެންގެ އިމާމު އަނެއް އިމާމަށްވުރެ މޮޅުކަމާއި މާތްކަމުގައި ދަޢުވާކޮށް އިމާމުންގެ ނަމުގައި ދޮގުވާހަކަތައް ހަދައިގެން ދެއްކުމާއި، ކޮންމެ ބައެއްވެސް ތިމާމެންގެ އިމާމު ވިދާޅުވެފައި ވާގޮތް އެއީ އެންމެ ރަނގަޅު ގޮތްކަމުގައިނުވިޔަސް އެގޮތް ދޫނުކުރުމާއި އެނޫން އެންމެހައި ގޮތްތަކަކީ ބާޠިލު ގޮތެއްކަމުގައި ބުނެ، އެއްބަޔަކު އަނެއްބަޔަކާމެދު ނަފުރަތުއުފެދި، ބައިބައިވީއެވެ."

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons