Thursday, November 29, 2012

ކީރިތި ރަސޫލާގެ އެންމެފަހު ޚުތުބާ

ka__bah__makkah_by_nouf2012-d4rlnwhކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމްގެ ވަދާއީ ހައްޖަކީ އެކަލޭގެފާނުގެ ރަސޫލުކަމުގެ ހަޔާތްޕުޅު ފުރިހަމަވުމުގެ އެންމެ މުހިއްމު މަރުހަލާއެވެ. އެއީ ކީރިތި ރަސޫލާގެ އުމުރުފުޅުން 63 އަހަރުފުޅުގައި ހިޖްރީ ސަނަތުން 10 ވަނަ އަހަރުގައި މާތް ރަސޫލާ ކުރެއްވި ހައްޖަތުލް ވަދާއުގެ ނަމުން ތާރީޚުފާހަގަކުރާ ހައްޖެވެ.

Tuesday, November 27, 2012

ޝައްދާދު ބްނު ޢާދުގެ ސުވަރުގެ

 
މާތް ﷲ، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ވާހަކަތަކުގެ ތެރެއިން އެއްވާހަކައަކީ، ޢާދުބާގައިގެ މީހުންގެ ވާހަކަ އެވެ. އެމީހުންނަކީ، ޢުމްރާނީ ގޮތުން ކުރިއަރާފައިވާ ބަޔެކެވެ. ތަނބުތަކުގެ މަތީގައި ބޮޑެތި ބިޔަ ޢިމާރާތްތައް ބިނާކޮށް އުޅުނު ބަޔެކެވެ.

Sunday, November 25, 2012

ރަވާތިބު ސުންނަތުގެ މާތްކަން

މާތްﷲ ފަރުޟް ކުރައްވާފައިވާ ފަރުޟް ފަސް ނަމާދުގެ ކުރިންނާއި ފަހުގައި ކުރުން ސުންނަތް ވެގެންވާ ނަމާދު ތަކެއް ވެއެވެ. މިނަމާދުތަކުގެ ތެރެއިން ސުންނަތްކަން ގަދަވެގެންވާ ނަމާދުތަކެއްވެސް ވެއެވެ. މިނަމާދުތަކަށް "ރަވާތިބު ސުންނަތޭ" ކިޔެއެވެ. ރަވާތިބު ސުންނަތްތައް ކުރުމަކީ އިތުރުވެގެންވާ ކަމެކެވެ. ގިނަގުނަ ދަރުމަ އާއި ސަވާބު ހުރި ކަމެކެވެ. އެނަމާދުތަކުގެ ސަބަބުން ފަރުޟް ނަމާދުގައި ކުރެވޭ ކުދި ކުދި އުނިކަންތައްތައް ފުރިހަމަ ވެގެން ދެވެއެވެ.

Friday, November 23, 2012

މިހިރަ ކަންތައްތައް ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ

  • ﷲ ސުބުޙާނަހޫ ވަތަޢާލާ އާ އޮންނަ ގުޅުން ބަދަހިކުރާށެވެ. ޢަޤީދާ ހަރުދަނާކުރާށެވެ. އީމާންކަން ވަރުގަދަ ކުރާށެވެ. ހަރުދަނާ އީމާންކަން ފުނޑުފުނޑު ކޮށްލެވޭ ފަދަ ހަތިޔާރެއް، ނިއުކްލިއަރ ހަތިޔާރު އުފައްދާފައިވާ މިދުނިޔޭގައިވެސް، އުފެއްދިފައިނުވެއެވެ. އެ އީމާންކަމުގެ ފުރިހަމަ ލައްޒަތު ލިބިގެން އެތައްއެތައް މުސްލިމުންނެއްވަނީ ސުވަރުގެއިން ޖާގަހޯދާފައެވެ. އެއީ އިސްލާމީ ތާރީޚު ހެކިދޭކަމެކެވެ.

Wednesday, November 21, 2012

اتق الله حيثما كنت...!! "ތިބާ ވީ ކޮންމެ ތާކުމެ މާތްﷲ ސުބުޙާނަޙޫ ވަތަޢާލާއަށް ބިރުވެތިވާށެވެ."

  މާތްﷲ ސުބުޙާނަޙޫ ވަތަޢާލާ ތިބާ ދުނިޔެއަށް ފޮނުއްވެވީ ތިބާ ހިތު ހުރިހާ ގޮތަކަށް ދުނިޔޭގެ ޙަޔާތް ވޭތި ކުރުމަށް ކަމަށް ތިބާ އަށް ހީވާނަމަ އެއީ ތިބާއަށް ހީވެފައިވާ ވަރަށް ބޮޑު ކުށް ހީއެކެވެ. އަވަހަށް އޭގެ ޙަޤީޤަތް ހޯދާށެވެ. އަދި އެވަގުތަކު ތިބާގެ ހަވާ ނަފްސު އެދޭ ގޮތަކަށް، ތިބާ ހިތަށް އެރި ކަމެއް ކުރަމުން ހިތަށް އެރި އެއްޗެއް ކިޔަމުން ދާނަމަ އެއީ ތިބާއަށް ކުރެވޭ ވަރަށް ބޮޑު ކުށެކެވެ. އަވަހަށް އެކަމުން ތަޥްބާވާށެވެ.

Monday, November 19, 2012

އަބޫ ބަކުރު (رضي الله عنه) މަރުމަތީ އޮންނެވި ހިނދު، ޢުމަރު (رضي الله عنه) އަށް ދެއްވެވި ނަޞޭޙަތް


އަބޫ ބަކުރު (رضي الله عنه)، މަރުމަތީ އޮންނެވި ހިނދު ޢުމަރު (رضي الله عنه) އަށް ގޮވައިލެއްވެވިއެވެ. އަދި ވިދާޅުވިއެވެ.

Saturday, November 17, 2012

ދެން ކާކުބާ؟







ހެނދުނުގެ ވަގުތެކެވެ. ކުޑަކޮށް ނިދި ޖެހިލާފައި އޮއްވާ އައީ ފޯނެކެވެ. ދިން ޚަބަރުން ދެ ލޯ މަރައިލެވުނެވެ. އޭގެ ދެތިން ހަތަރު ދުވަސް ފަހެވެ. ހަވީރުގެ ހިތްގައިމު ވަގުތެވެ. އައީ ފޯނުކޯލެކެވެ. ލިބުނު ޚަބަރުން ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. އާދެ! އެ ޚަބަރަކީ ތޯއެވެ. އެ ޚަބަރަކީ އިންސާނެއްގެ ދުނިޔޭގެ ދިރިއުޅުމަށް އަލްވަދާޢު ކިޔާ، ނިމުމެއް ނެތް ޙަޔާތުގެ ގޮވައްޗަށް ދަތުރުކުރުމުގެ ފުރަތަމަ މަރުޙަލާ ފެށި ވާހަކައެވެ. އެއްވެސް އިންސާނަކު އެ ކަމަކުން އެއްކިބާ ނުވެވޭ މަރާ ބަޔަކު ކުރިމަތިލީ ވާހަކައެވެ.

Thursday, November 15, 2012

ބިރުވެރި ޤިޔާމަތްދުވަސް އައުމުގެ ޢަލާމާތްތަކުގެ ތެރެއިން މޮޔައިންގެ ވެރިކަން

ޑރ.މުޙައްމަދު ޢަރީފީ.
މީސްތަކުންވަނީ އެމީހުންގެ ވެރިންފަދައިން ކޮރަޕްޓުވެފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރުދެއްވާފައިވާ ގޮތުގައި ޤިޔާމާތްދުވަހުގެ ޢަލާމާތްތަކުގެ ތެރެއިން އެއްއަލާމާތަކީ މީސްތަކުންގެ ކަންތައްތައް މޮޔަ ޖާހިލުވެރިންގެ އަތްމައްޗަށް ދިޔުމެވެ. އެބައިމީހުންނަކީ ކީރިތި ޤުރުއާނާއި އަދި ސުންނަތުން އެއްވެސް އެއްޗަކަށް އަމަލުނުކުރާ އަދި ނަޞީހަތެއް ދެވުނަސް އެނަޞީޙަތަކަސް ބީރުކަންފަތެއްދޭ މީހުންނެވެ.

Tuesday, November 13, 2012

ސުންނަތެއްނަމަ އޭގައި ހިފާށެވެ! މުޖްތަމަޢުއަށް ފައިދާވުމާއި ނުވުން އެއީ އަދި އެހެންކަމެކެވެ.

http://dhisalafiyyah.net/wp-content/uploads/2012/05/%D8%A7%D8%AA%D8%A8%D8%A7%D8%B9-%D8%A7%D9%84%D8%B1%D8%B3%D9%88%D9%84.jpgﷲ ތަޢާލާ އަޅުގަނޑުމެން ދުނިޔެއަށް ފޮނުއްވާފައިވަނީ އެއިލާހަށް އަޅުވެތިވުމަށެވެ. އެއީ އެއިލާހުގެ ފޮތާއި އެއިލާހުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި އައިސްފައިވާ ކޮންމެކަމެއް އަޅުގަނޑުމެންގެ ޙަޔާތުގެ ކޮންމެ މައިދާނެއްގައިވެސް ތަޠުބީޤު ކުރުމެވެ. އެހެނީ އެންމެ ތެދުވެގެންވާ ބަހަކީ ﷲ ތަޢާލާގެ ވަޙީއެވެ.

Sunday, November 11, 2012

މުސްލިމުންގެ ފިރުޤާތައް


1. ޤާދިޔާނީން
 
ތަޢާރުފު

ޤާދިޔާނީންނަށް "އަޙުމަދީން" ނެވެ، ވެސް ކިޔަ އެވެ. އެއީ، މީލާދީ ސަނަތުން 19 ވަނަ ޤަރުނުގެ ފަހުކޮޅުގައި އުފެދުނު ފިރުޤާއެކެވެ. އެ ފިރުޤާ އުފެދުނީ، އިންޑިއާގެ ޕަންޖާބުގެ "ޤާދިޔާން" ނަމަކަށް ކިއުނު ރަށުގަ އެވެ. މިހާރު ދުނިޔޭގައިވާ ޤާދިޔާނީންގެ ޢަދަދު، ދުއިސައްތަ މިލިއަނަށް އަރާކަމަށް ބުނެވެ އެވެ.

Friday, November 9, 2012

ކީރިތިރަސޫލާގެ ސުންނަތާއި ބުޅަލާއި ޒަމާނީ ޢިލްމު

ބުޅަލަކީ ޠާހިރު އެއްޗެއް



ކީރިތިރަސޫލާގެ ވަރަށްގިނަ ޙަދީޘްފުޅުތައް ބުނާގޮތުގައި ބުޅަލަކީ ޠާހިރުއެއްޗެކެވެ. އެކަލޭގެފާނު ސިފަކުރައްވާގޮތުގައި އެއީ ގޭގެއަށް ގިނަގިނައިންގޮސް އުޅޭއެއްޗެކެވެ. އެހެންވެ އެކަލޭގެފާނު ބުޅަލަށް " ޠައްވާފު " ގެ ނަން ދެއްވި އެވެ. އޭތި ބޮއިފާ ހުންނަފެނުން، އެކަލޭގެފާނު ވުޟޫކުރައްވާފައިވެ އެވެ. ސުވާލަކީ ބުޅަކީ ޠާހިރުއެއްޗެއްކަން އަދި އޭތި ނަޖިސްނުވާނެކަން ރަސޫލުﷲގެފާނަށް އެނގިވަޑައިގަތީ ކިހިނަކުންބާވަ އެވެ؟ އެކަލޭގެފާނަކީ ޑަކްޓެރެއްހެއްޔެވެ؟ ނުވަތަ ލެބޯޓަރީގައި  ތަޙްލީލުތައްކުރައްވާ އޭގެ ސާފުކަމާއި ގޮނޑުކަން ދިރާސާކުރެއްވި ބޭކަލެއްހެއްޔެވެ؟

Wednesday, November 7, 2012

އުންމަތުގެ ފަޚުރު: އަންހެން ސާހިބުން (އިސްތަށިގަނޑު ދިން އަންހެން ސާހިބާ)

ނަޞާރާއިންގެ ބައިބޯ ލަޝްކަރެއް އުދަރެސް ބައްދާލާފަ މުސޮލިމުން މި ބިމުން ފޮހެލުމަށް ޓަކައި ނިކުތެވެ. އެވަގުތު އަމީރަކަށް ހުންނެވި އަބޫ ޤުދާމަ އައް ޝާމީ ގެފާނުން ހަލުވި ކަމާއެކު މިމްބަރަށް ވަޑައިގެން ވަރަށް އަސަރުން ފުރިގެން ވާ ވަރުގަދަ ޚުތުބާ އެއް ﷲ ގެ މަގުގައި ޖިހާދު ކުރުމާއި ބެހޭ ގޮތުން ދެއްވެވި އެވެ. 

Monday, November 5, 2012

ޑިމޮކްރަސީ: ދިވެހިންގެ އާ ދީންބާ؟


ދީނަކީ ދިރިއުޅުމުގެ މަންހަޖެވެ. އަގީދާއާއި ތިމާ ޤަބޫލުކުރާ ކަންތައްތަކާއި ތިމާގެ ފިކުރު ބައްޓަންކުރާ ސަމުގާއެވެ. ކުރުގޮތަކަށް ބުނާނަމަ ދީނަކީ ދިރިއުޅުމުގެ އުޞޫލެވެ. އަސާސެވެ. 

Sunday, November 4, 2012

އިބުނު ޤައްޔިމު ލިޔުއްވާފައިވާ ” ﷲ ގެ ލޯބި”

ފެށުމުގެ ކުރިން
އިބުނު ޤައްޔިމު ރަޙިމަޙުﷲ އަކީ ކާކު؟
އިބުނު ޤައްޔިމު ރަޙިމަހުﷲ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރީ ސަނަތުން 691 ވަނަ އަހަރު ދިމިސްޤުގައެވެ. އެކަލޭގެފާނަކީ ދީނީ ޢިލްމުގެ އިތުރުން ބޭސްވެރިކަމާއި އެސްޓުރޮނޮމީ އާއި އަދިނަފުސާނީ ޢިލްމުގައިވެސް ކުޅަދާނަ ބޭފުޅެކެވެ. އަދި އެކަލޭގެފާނު ޝައިޙުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ގެ އަރިހުގައި ، އިބުނު ތައިމިއްޔާ އަވަހާރަވަންދެން އެކަލޭގެފާނާއިއެކު 16 އަހަރުވަންދެން ކިޔަވާ ވިދާޅުވެފައިވެއެވެ. އިބުނު ކަޘީރު ރަހިމަހުﷲ ތަޢާލާ މިކަން ސިފަކުރައްވަމުން ބަޔާންކުރައްވަނީ އިބުނު ޤައްޔިމަކީ އެދުވަސްވަރު ވަރަށް ގިނަ އިލްމުތަކެއްގެ ކުރިބޯށިކަމަށެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން 751 ގައި އުމުރުފުޅުން 60 އަހަރުގައެވެ.

Saturday, November 3, 2012

ހުވަޔަކާ ޚިލާފް ވެވިއްޖެނަމަ ހަދާނެގޮތް


ސުވާލު:
ހުވަޔަކާ ޚިލާފް ވެވިއްޖެނަމަ ހަދާނެގޮތް ބުނެދެއްވާށެވެ؟ 10 މިސްކީނުންނަށް ކާންދޭން ޖެހޭނީތޯއެވެ؟ އެހެންވާނަމަ މި މާލެއިން މިސްކީނުން ވަކިކުރެވޭނެ ފަސޭހަގޮތެއްވެސ ބުނެދެއްވާށެވެ. ފައިސާއިން ކައްފާރާ އަދާކުރެވިދާނެތޯއެވެ؟

Thursday, November 1, 2012

ލޮބުވެތި އަޚާއެވެ. ތިބާގެ މޫނުމަތިން އެއްޗެއް މަދުކަން ތިބާއަށް އިޙްސާސްކުރެވޭ ހެއްޔެވެ؟

ލޮބުވެތި އަޚާއެވެ! މިކާއިނާތަށް ތިބާ ޚަލްޤު ކުރެއްވި ގަދަކީރިތިވަންތަ ރައްބުގެ އަމުރަށް ނުކިޔަމަންތެރިވާޙާލު، ރެޔާއި ދުވާލު ތުނބުޅިބޭލުމުގެ ފާފައިގެމަތީގައި ހުރުމަށް ބިރެއް ނުގަނޭހެއްޔެވެ؟ އެއިލާހުގެ އަމުރުފުޅުތަކަށް އިންކާރުކުރުމުން ތިބާއަށް ކުރިމަތިވެދާނެ ޢަޒާބަކަށް ބިރެއް ނުގަނޭހެއްޔެވެ؟! ތުނބުޅި ދިގުކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އެތައް ޞައްޙަ ޙަދީޘްފުޅުތަކެއްގައި މުއުމިން ފިރިހެނުންނަށް އަމުރު ކުރައްވާފައިވެއެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެފައިވާ ޙަދީޘްފުޅެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްކުރެއްވިއެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons