Sunday, August 30, 2015

އެންމެ ފަހުން ބަރާވެސް إنا لله وإنا إليه راجعون !

މިއީ ބަރާ ނަމަކަށް ކިޔާ އުމުރުން އެންމެ 10 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ވާހަކައެވެ. މި ކުއްޖާގެ މައިންބަފައިންނަކީ މިސްރުގެ 2 ރައްޔިތުންނެވެ. އެއީ ޞާލިޙް 2 ޑޮކްޓަރުންނެވެ. އެގޮތުން ރަނގަޅު ދިރިއުޅުމެއް ހޯދުމަށްޓަކައި ބަރާގެ މައިންބަފައިން ސައުދީ ޢަރަބިއްޔާއަށް ހިޖުރަކުރިއެވެ.

Wednesday, August 26, 2015

މިޔުޒިކް


ޤުރުއާން މަޖީދުގެ ދަލީލުތައް
ފުރަތަމަ ދަލީލު: ﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީކުރައްވަނީ
لقمان: ٦ - ٧


Monday, August 24, 2015

ކުރުކޮށް ފޮނިކޮށް : އަރަފާތު ދުވަހުގެ ރޯދައިގެ މަތިވެރިކަން

މިފަހަރު ޙައްޖުވެރިން އަރަފާތުގައި ތިބޭނީ ނޮވެމަބަރު 15 ވަނަ ވާ ދުވަހުއެވެ. އެއީ ހިޖުރީގޮތުން ޛުލްހިއްޖާ މަހުގެ 9 ވަނަ ދުވަހެއެވެ. މި ދުވަހަށް ކިޔަނީ ހައްޖު ދުވަހެވެ. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ މިދުވަހާއި ބެހޭގޮތުން ޙަދީޘް ކުރައްވަނީ " ހައްޖަކީ އަރަފާތެވެ" އެހެނީ އަރަފާތު ބިމުގައި ހުރުމުގެ ނަސީބު އެދުވަހު ނުލިބުނު މީހަކީ ޙައްޖު ލިބޭނެ މީހެއްނޫނެވެ. އަދިވެސް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. " އެންމެ ފުރިހަމަގޮތުގައި ކުރެވޭ ހައްޖަކަށް ޖަޒާއަކަށް ސުވަރުގެ މެނުވީ ނުވެއެވެ"

Saturday, August 22, 2015

އަމާޒު

މަޝްހޫރު ޢަރަބި ޅެންވެރިއެއްކަމުގައިވާ އީލިޔާ އަބީ މާޟީ ވިދާޅުވެފައިވެއެވެ. "އަހަރެން އަތުވެއްޖައިމެއެވެ. އެކަމަކު އަހަރެންއައީ ކޮންތާކުންކަމެއް އަހަރެންނަކަށް ނޭނގެ އެވެ. ނަމަވެސް އަހަރެން މިހިރީ އައިހެވެ. އަހަރެންނަށް ކުރިމަތިން މަގެއްފެނުމުން އެމަގުން ހިގައިގަތީމެވެ. ރުހުނަސް ނުރުހުނަސް އެމަގުން ހިގުންނޫން އެހެން ގޮތެއް އަހަންނަކަށް ނެތެވެ. އަހަރެން އައީ ކިހިނެއް ކީއްކުރަން ހެއްޔެވެ؟ މިސުވާލުގެ ޖަވާބެއް ވެސް އަހަންނަކަށް ނޭނގެ އެވެ

Thursday, August 20, 2015

ރޯދައިގެ ފައިދާ ތަކުގެ ތެރެއިން


މިއަހަރުގެ ރަމަޟާން މަސް އަޅުގަނޑުމެންނާ މިއޮތީ ކުރިމަތިވެފައެވެ. ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައިވެސް މުސްލިމުން މިމަހުގައި ރޯދަ ހިފާނެއެވެ. ފަޖުރުގެ އަލިކަން ފައުޅުވީއްސުރެ އިރު އޮއްސެންދެން އެއްޗެއް ނުކައި ނުބޮއި ހޭދަކުރާނެއެވެ. މިގޮތުގައި 29 ނުވަތަ 30 ދުވަސް ފުރިހަމަ ކުރާނެއެވެ.

Sunday, August 16, 2015

ޛުލްޤަރުނައިނިއަކީ ކޮންބޭކަލެއް؟

ޛުލްޤަރުނުއަކީ މާތްﷲ އަށް އީމާންވެގެންހުންނެވި ހެޔޮލަފާ ޞާލިޙު ރަސްކަލެކެވެ. ނަމަވެސް ގިނަ ޢިލްމުވެރިން ދެކިލައްވާ އެންމެ ޞައްޙަ ގޮތަކީ އެކަލޭގެފާނަކީ ނަބީބޭކަލެއްނޫންކަމެވެ. އެކަލޭގެފާނަށް ޛުލްޤަރުނައިނި މިނަމުން ނަންދެވިފައިވަނީ އެކަލޭގެފާނު ހުޅަނގާއި އަދި އިރުމަތީގައިވާ ރަށްތަކަށް ދަތުރުކުރައްވާފައިވުމުގު ސަބަބުންނެވެ. ރިވާވެފައިވާ ގޮތުގައި އެއީ ޝައިތާނާގެ ދެދަޅު އަރާ އަދި ގެއްލޭތަނެވެ.

Wednesday, August 12, 2015

ޒުވާނުން ހަރުދަނާ ބަޔަކަށްވުން މުހިއްމު



ވޭތުވެދިޔަ ދިގު ޒަމާނުގައި ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވާކަން މިއީ އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް އެގޭ ޙަގީގަތެކެވެ. ދިރިއުޅުމަށް މިއައި ބަދަލާއި އެކު ޒުވާނުންނަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ވާހަކަ ވަރަށް ގިނައިން އިވެއެވެ. ޒުވާނުންނަށް އައިސްގެން މިއުޅޭ ބަދަލުތަކާއި ބެހޭ ގޮތުން ވާހަކަ ދައްކާލުމަކީ މިވަގުތު ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެކެވެ. ޒުވާނުންނަށް އައިސްގެން މިއުޅެނީ ކޮންކަހަލަ ކުރިއެރުންތަކެއްތޯ ބަލާލުމަކީ ހަމަ މުހިންމުކަމެކެވެ.

Monday, August 10, 2015

ކްރިސްމަސް: ނަބީބޭކަލުންގެ ދަޢުވަތު ފަސާދަކުރުމުގެ ގޮތުން އިންސާނުން ކޮށްފައިވާ ކަންތައްތަކުގެ ތެރެއިން މުހިއްމު މިސާލެއް!


ކްރިސްމަހަކީ ޢީސާ ޢަލައިހިއްސަލާމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ދުވަހުގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި އުޅޭ ކްރިސްޓިއަނުން ފާހަގަކުރާ ދުވަހެކެވެ. ކްރިސްޓިއަނުން ފާހަގަކުރާ ދުވަހެކޭ ދެންނެވިޔަސް، ޙަޤީޤަތުގައި ހުރިހާ ކްރިސްޓިއަނުން ކްރިސްމަސް ފާހަގައެއް ނުކުރެއެވެ. 

Saturday, August 8, 2015

ލޫތުގެފާނުގެ ޤައުމުގެ މީހުންގެ ރަށްތައް ހޯދަނީ

ސަލާމް ލެއްވި ލޫތުގެފާނުގެ ޤައުމުގެ މީހުން ދިރިއުޅުނު ރަށްތައް ބަންޑުން ޖައްސަވާލައްވާފައިވާ ކަމަށް ތާރީޚު ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ އުރުދުންއާއި ފަލަސްތީނާ ދެމެދުގައި އޮންނަ ޑެޑްސީ ސަރަޙައްދަށެވެ. 

Thursday, August 6, 2015

ހަމަ އެންމެ ރާތައްޓެއް........

ފުރަތަމަ ރާފޮދެއް ބޯލީ ހަމަ މަޖަލަކަށެވެ. ރާބޯކަށެއް ނޫނެވެ. ދެން ހަމަ ރަހަ ބަލާލާ ހިތުންނެވެ. ދެން އެވީ ގޮތްގޮތުގެ ވާހަކަ ދައްކާ ހިތެއް ނެތެވެ. އެހައިވެސް ހިތްގައިމުވެފައި ކޫލެވެ. ގެ ރާނަންވެގެން ގޭ ބިއްދޮށުގައި ތަޅާފައިހުރި ގާފުނިވެސް ފެންނަނީ ޕާރކެއްގެ ސިފައިގައެވެ. އަނެއްބައިފަހަރަށް ސްވިމިންގްޕޫލެއް ހެންވެސް ހީވެއެވެ. މަޑުމަޑުން ގެއިން ނުކުމެގެން ގޮސް ސްވިމިންގްޕޫލަށް ފުންމާލީމެވެ.

Tuesday, August 4, 2015

އިސްލާމްދީނުގައި ފިރިހެނުން ތުނބުޅި ބެހެއްޓުމުގެ ޙުކުމަކީ ކޮބައިތޯ؟

ސުވާލު:
އިސްލާމްދީނުގައި ފިރިހެނުން ތުނބުޅި ބެހެއްޓުމުގެ ޙުކުމަކީ ކޮބައިތޯ؟ އަދި ތުނބުޅީގެ ދިނުމިނަކީ ކޮބައިތޯ؟ ބައެއް ދީނީޢިލްމްވެރިން ތުނބުޅި ބާލާފައި އަދި ވަރަށްކުރުކޮށް ބަހައްޓާފައި އަދި ވަރަށްދިގުކޮށް ބަހައްޓާފައިހުރެ. މީގެ އެންމެ ރަނގަޅުގޮތަކީ ކޮބައިތޯ؟

Sunday, August 2, 2015

މާތްﷲ ރުއްސުން ލެއްވި އަބުއްދަރުދާގެ ވާހަކަ

މާތް ﷲ ރުއްސުންލެއްވި ސަލްމާން ފާރިސީއާއި އަދި އަބުއްދަރުދާގެ ދެމެދުގައި އޮތް އަޚުވަންތަކަން
އަބޫ ޖުހައިފާ ރިވާކުރެއްވިއެވެ.

 ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަބުއްދަރުދާ އާއި އަދި ސަލްމާން އާއި ދެބޭކަލުން އަޚުކުރެއްވިއެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons