Wednesday, August 26, 2015

މިޔުޒިކް


ޤުރުއާން މަޖީދުގެ ދަލީލުތައް
ފުރަތަމަ ދަލީލު: ﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީކުރައްވަނީ
لقمان: ٦ - ٧



މާނައީ: " ޢިލްމަކާއި ނުލާ ﷲގެ މަގުން މީސްތަކުން މަގުފުރެއްދުމަށްޓަކައި ބޭކާރު ވާހަކަތައް ގަނެވިއްކާ މީހުން މީސްތަކުންގެ ތެރޭގައިވެއެވެ. އަދި މަޖަލެއް ކަމުގައި ހެދުމަށެވެ. އެފަދަ މީހުންނަށްވަނީ ނިކަމެތިކުރަނިވި ޢަޒާބެވެ. އަދި އެމީހުންގެ މައްޗަށް ( ޤުރުއާނުގެ) އާޔަތެއް ކިޔެވިއްޖެ ހިނދު ބޮޑާވެގެންވާ ހާލު އެފަދައިން މޫނު އަނބުރާލާފައި ދެއެވެ. އެމީހުންގެ ކަންފަތުން އަޑުވެސް ނާހައި ކަހަލައެއެވެ. ކިޔެއްހެއްޔެވެ؟ އެމީހުންގެ ކަންފަތަށްވަނީ ރީ އެޅިފައެވެ. އަދި ވޭންދެނިވ ގަދަފަދަ އަޒާބު ހުރިކަމުގެ ޚަބަރު އެބައިމީހުންނަށް ދޭށެވެ."

އިމާމޫ ވާހިދީ އަދިވެސް އިތުރުބޭކަލުން ވިދާޅުވަނީ ގިނަ ތަފުސީރު ޢިލްމުވެރިންގެ އިސްވެދިޔަ އާޔަތަގައިވާ ގެ މުރާދަކީ ލަވަކަމުގައެވެ. މާތްﷲ ރުއްސުން ލައްވާފައިވާ އަބްދުﷲ ބުން ޢައްބާސް އާއި އަދި އަބްދުﷲ ބުން މަސްޢޫދު ވިދާޅުވަނީވެސް މިފަދައިންނެވެ. އަދި މުޖާހިދުއާއި އިކުރިމާގެ ބަހަކީވެސް މިއެވެ.

ޢަބްދުﷲ ބުން މަސްޢޫދު ގެ ކިބައިން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ﷲ ގަންދެއްވާ ބުނަމެވެ. އެކަލާނގެ ފިޔަވާ ކަނޑައެޅިގެން އަޅުކަންވެވޭ ފަރާތެއްނުވެއެވެ. " ގެ މުރާދަކީ ލަވައެވެ. "

ދެވަނަ ދަލީލު: ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވަނީ:
٣٥

މާނައީ: " ﷲ ތަޢާލާގެ ގެފުޅުގައި އެމީހުންގެ ނަމާދު ތުނބުން ފުމުމާއި އަތްތިލަބަޑި ޖެހުން ކަމުގައި މެނުވީ ނުވެއެވެ"

އިބުނު އައްބާސް، އިބުނު ޢުމަރު، ޢަތިއްޔާ، މުޖާހިދު އަދި ޙަސަން އަދި قتاده މިހުރިހާ ބޭކަލުން ވިދާޅުވަނީ ގެ މާނައަކީ ތުނބުން ފުމުން ކަމުގައެވެ. އަދި ގެ މާނައަކީ އަތްތިލަބަޑި ޖެހުން ކަމުގައެވެ.

ސުންނަތުގެ ދަލީލުތައް
ފުރަތަމަ ދަލީލު: ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
" ليكونن من أمتى أقوام يستحلون الحرو الحرير والحمر والمعازف "

މާނާއީ: " ޒިނޭކުރުމާއި ފަށުވިފޭރާންލުމާއި ރާބުއިމާއި އަދި މިޔުޒިކު ސާމާނު ޙަލާލުކުރާނެ ބަޔަކު ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުއްމަތުގައި ވާނެއެވެ" ( ސަހީހް ބުޚާރީ)

މިހަދީޘުން އިސްތިދުލާލު ކުރެވޭ ގޮތުގައި ” المعازف " މިލަފުޒު ބޭނުން ކުރެވެނީ ހުރިހާ ވައްތަރެއްގެ ލަވަކިޔުމަށް ބޭނުންކުރާ އެއްޗިއްސަށެވެ. ( އެބަހީ މިޔުޒިކު ސާމާނަށެވެ) މިކަމާމެދު ބަހުގެ އަހުލުވެރިންގެ ގާތުގައި އެއްވެސް އިޚުތިލާފެއްނެތެވެ. ( އިޣާޘަތުއްލިލްމީޟާން ފުރަތަމަ ފޮތުގެ 260 ވަނަ ޞަފުޙާ)

އަދި ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޙަދީޘްގައިވާ ފަދައިން يستحلون ގެ މާނައަކީ މިހުރިހާ އެއްޗިއްސަކީ އަސްލުގައި ޙަރާމް އެއްޗެހިކަމުގައެވެ. އެހެން ނަމަވެސް މީސްތަކުން އެއެއްޗެހި ހަލާލުކުރާނެއެވެ.

ދެވަނަ ދަލީލު: އަބޫ ހުރައިރާ ރަޞިޔަﷲ އަންހު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ ކިބައިން ރިވާކުރައްވާ ބަޔާންކުރައްވައެވެ. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

މާނައީ: ފަހުޒަމާނައަށް އައިސް މިއުއްމަތުގެ ބައެއްމީހުން މަސަޚަކޮށް (ސިފަ ބަދަލުކޮށް) ރާމާ މަކުނަށާއި އޫރަށް ހެއްދެވޭނެއެވެ. ޞަޙާބީން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމައެވެ. ﷲއަކު މެނުވީ އލާހަކު ނުވާކަމަށާ އަދި ހަމަކަށަވަރުން މުޙައްމަދު ގެފާނީ ﷲގެ ރަސޫލާ ކަމުގައި އެބައިމީހުން ހެއްކެއްނުވާނެހެއްޔެވެ؟ އެކަލޭގެފާނު ޙަދިޘްކުރެއްވިއެވެ.

 ކިއެއްހެއްޔެވެ؟ ލަވަކިޔުމަށް ބޭނުންކުރާ ސާމާނާއި އަދި ދަފު(ތާރަ) އާ އަދި ނަށާ ލަވަކިޔާ މީހުން އެއީ އެމީހުންގެ އުފަލެއް ކަމުގައި ހަދާނެއެވެ. ފަހެ ރާބުއިމާއި، ކުޅިވަރާ، މަޖަލުގައި، ރޭގަނޑު ހަތަރުދަމު ހޭދަކުރާނެއެވެ. ފަހެ އެހާލުގައި ހެނދުނު ވާހިނދު އެމީހުންގެ ސޫރަތައް ވާނީ ރާމާ މަކުނަށާ އޫރަށް ބަދަލުކުރެވިގެންނެވެ." ( އިޣާޘަތުއް ލިލްމީޟާން ފުރަތަމަ ފޮތުގެ ސަފުޙާ 265)

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons