Sunday, November 30, 2014

”އެކުއްޖާޔާ ކައިވެނި ކުރުމަށް ތިބާ ރުހިގެންވަމު ހެއްޔެވެ؟ އަދި އެއީ ޝަރުތެއްގެ ގޮތުގައި ތިބާގެ ފުރާނަ ޤުރުބާން ކުރާ ގޮތަށެވެ!“

މިއީ އުއްމު އިބްރާހީމް އާއި އޭނާގެ ދަރިފުޅުގެ ދެމެދުގައި ހިނގި މަޝްހޫރު ވާހަކަ އެވެ.

އަބޫ ޖަޢްފަރު އަލްލުބްނާން ފަދަ ޢިލްމުވެރިންގެ ކިބައިން މިވާހަކަ ރިވާވެގެން އައިސްފައި ވެއެވެ. އަބޫ ޖަޢްފަރު ރިވާ ކުރެއްވި އެވެ.

Friday, November 28, 2014

ﷲ އަށް ފުރިހަމަޔަށް އިތުބާރު ބޭއްވި އަންހެނާ

މިއީ އަހަރެމެންގެ މިޒަމާނުގައި ހިނގާފައިވަ ޙަޤީޤީ ހާދިސާއެކެވެ. ނަމަވެސް އަހަރެމެންގެ ކުރީގައި އުޅެ ގޮސްފައިވާ ޞާލިޙް ތަޤްވާވެރި މީހުންގެ ވާހަކަ އަހަރުމެން ދައްކައިފިނަމަ މިޒަމާނުގެ މީހުން ބުނެ އުޅެ އެވެ. ”ތިޔަ ދައްކަނީ މާކުރީ ޒަމަނެއްގެ ވާހަކައެކެވެ. އަދި އެއީ އަހަރެމެންގެ މިޒަމާނާ ވަރަށް ތަފާތު ޒަމާނެކެވެ.“

Wednesday, November 26, 2014

ކުރިސްޓިޔަން ދީނަށް ގޮވާލަން ޓުރޭން ކުރި މީހާ


ދުނިޔޭގެ އެކި ހިސާބުތަކުގައި އިސްލާމުން ނަޞާރާކޮށް އެދީނުގެ ދައުވަތު ފެތުރުމަށް ޞަލީބީން ވަރަށް ވަރުގަދައަށް މަސައްކަތްކުރަމުންދެއެވެ. އަދި އެމީހުންގެ މަކަރުވެރިކަމުގެ ދަލުގައި އެކި މީހުން ޖައްސަންވެސް ޖައްސައެވެ. މިބައިމީހުން ދައުވަތު ދިނުމުގައި ގެންގުޅެނީ މަކަރުވެރި ހިޔަޅު ގޮތްތަކެވެ. ޚާއްޞަކޮށް އިސްލާމީ ގައުމުތަކަށެވެ. އެގައުމުތަކަށް އެކި އެކި ފަންނުވެރިންގެ ނަމުގައި ގޮސް މިފަދަ ދައުވަތުގެ ކަންތައްތައް ހިންގައެވެ.

Monday, November 24, 2014

އަހަރެމެންގެ ލޮލުން މިކުރަނީ ކީއްހެއްޔެވެ؟


ލޯއަނދިރި ފިރިހެންކުއްޖަކު ޢިމާރާތެއްގެ ސިޑިމަތީގައި ގަނޑެއް ހިފަހައްޓައިގެން އިނެވެ. އޭނާގެ ފައިކައިރީގައި އޭނާގެ ބޮލުގައި އަޅާ ތޮފި އުޑުތިލަމަތިން ބާއްވާފައި އޮތެވެ. އޭގައި ދެތިން ރުފިޔާ އޮތެވެ. އެ ފިރިހެން ކުއްޖާ ހިފަހައްޓައިގެން އިން ގަނޑުގައި ލިޔެފައި ވެއެވެ.
" އަހަރެންނަކީ ލޯ އަނދިރި ކުއްޖަކީމެވެ. އަހަރެންނަށް އެހީއެއްވެދޭށެވެ"
ކައިރިން ހިނގާފައި ދިޔަ މީހެއް މިކުއްޖާ ފެނުމުން ހިތުގައި ހަމްދަރުދީ އުތުރި އަރަންފަށައިފިއެވެ. އޭނާގެ ޖީބު އޭނާ ހާވާލިއެވެ. އެ ފަގީރު ނިކަމެތި ލޮލަށް ނުފެންނަ ކުއްޖާއަށް ދޭނެ އެއްޗެއް އޮތްތޯ ބެލުމަށެވެ. އޭނާގެ ޖީބުން ނެގި ވަކިލާރިތަކެއް މިކުއްޖާގެ ލާރިއަޅަން ބާއްވާފައި އޮތް ތޮފީގެ ތެރެއަށް ލައިދިނެވެ. އަދި އެކުއްޖާގެ އަތުން އެ ބޯޑު އަތުލުމަށްފަހު އާ މެސެޖެއް އެ ބޯޑުގެ އަނެއްފުށުގައި ލިޔެފައި އެކުއްޖާގެ އަތަށް ދިނެވެ.

އިރުކޮޅެއްގެ ފަހުން އެއްކަލަ ތޮފި ލާރިން ފުރެންފަށައިފިއެވެ. ދާ ކޮންމެ މީހަކުވެސް އެކުއްޖާގެ ގާތަށް ލެފިލާފައި އެދަނީއަކީ އެތޮފިން ލާރި ނަގައިގެނެއް ނޫނެވެ. ނަމަވެސް އަދި ކީއްހެއްޔެވެ؟ އެމީހުންގެ ޖީބުން ލާރި ނަގާފައި އެ ތޮއްޕަށް ލައިދެމުންނެވެ. ވަކިވެގެން އެދަނީ ލޯތްބާއި ހަމްދަރުދީއާއި ބަންޑުންވެފައިވާ އޭނާގެ ޖަޒުބާތުތައް އުތުރު އަރާ ހާލުގައެވެ.
މެންދުރުވެއްޖެއެވެ. އެކުއްޖާއަށް ހަމްދަރުދީވިމީހާ އަނެއްކާވެސް އެކުއްޖާގެ ހާލުބަލައިލަން އަތުވެއްޖެއެވެ. ކަންތައްތައް ބަދަލުވެފައިވާ ގޮތް ބަލާލަން އޭނާ ބޭނުންވެފައިވިއެވެ. މި މީހާ ކައިރިވުމުން އެކުއްޖާއަށް ފިޔަވަޅުގެ އަޑުން އެއީ ކާކުކަން ދެނެގެންފިއެވެ.
" ތިބާތަ އަހަރެންގެ ގަނޑުގައި ލިޔެފައިވާ މިވާ ޢިބާރާތް ބަދަލުކުރީ؟ އެހެންވިއްޔާ އަހަރެންނަށް ބުނެދީބަލާށެވެ. ތިބާ މި ގަނޑުގައި ލިޔުނީ ކީކޭ ހެއްޔެވެ؟ "
އެމީހާ ޖަވާބު ދިނެވެ.
"އަހަރެން ލިޔުނީ ޙަޤީޤަތެކެވެ. ތިބާ ލިޔެފައިވާ ޢިބާރާތް އެހެން ޢިބާރާތަކަށް ބަދަލުކޮށްލީއެވެ. ނަމަވެސް އަހަރެން ލިޔުނީ ހަމަ ތިބާވެސް ލިޔެފައިވާ ވާހަކައެވެ. އެހެން ބަސްތަކަކުންނެވެ. "
އޭނާ ލިޔުނީ މިފަދައިންނެވެ.
" މިއަދަކީ ހާދަ ހިތްގައިމު ދުވަހެކެވެ. ނަމަވެސް އަހަރެންނަކަށް މިދުވަހުގެ ހިތްގައިމުކަމެއް ނުފެނެއެވެ"
އޭ މިލިޔުން ވިދާޅުވަމުންދާ ކިޔުންތެރިޔާއެވެ. ފުރަތަމަ ލިޔެފައިވާ މެސެޖާއި އަދި ދެވަނަ ފަހަރަށް ލިޔެފައިވާ މެސެޖު ތަފާތުކަމަށް ތިބާއަށް ހީވޭ ހެއްޔެވެ؟
ހަމަ ޔަގީނުންވެސް ދެ އިބާރާތުން ބުނަނީ އެއްވާހަކައެކެވެ. އެއީ އެ ކުއްޖާއަކީ ލޯ އަނދިރިކުއްޖެއްކަމެވެ. ނަމަވެސް ފުރަތަމަ ޢިބާރާތުން ދޭހަވަނީ ހަމައެކަނި އެކުއްޖާގެ ލޮލަށް ނުފެންނަ ކަމެވެ. ނަމަވެސް ދެވަނަ އިބާރާތުން އެބުނަނީ ކީކޭ ހެއްޔެވެ؟
އެ އިބާރާތުގައި އެބުނަނީ އެ ޢިބާރާތް ކިޔަމުންދާ މީހުންނަކީ ހާދަ ނަސީބުގަދަ ބަޔެކޭ އެވެ. އެބައިމީހުންނަށް ﷲ ތަބާރަކަ ވަތަޢާލާ ދެއްވި ފެނުމުގެ ނިޢުމަތަކީ ކިހާ އަގުހުރި ކަމެއްކަން އެ އިބާރާތުން ދޭހަވެއެވެ.
އޭ އަޚާއެވެ. އަހަރެމެން އެބަ އަހަރެމެންނަށް ﷲ ދެއްވި މި ނިޢުމަތަށް އެބަ ޝުކުރު ކުރެވޭ ހެއްޔެވެ؟ އެ އިލާހު ނުރުއްސަވާ ތަކެތި ބެލުމުގައި ވަޤުތު ފާއިތު ނުކުރެވޭ ހެއްޔެވެ؟ އެއިލާހު މަނާކުރެއްވި ތަކެތި ބެލުމުގައި މި ލޮލުން އިޝްރާފު ނުކުރަމުހެއްޔެވެ؟
ﷲ ތަބާރަކަ ވަތަޢާލާ މުއުމިނޫން ސޫރަތުގެ 78 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ އާޔަތުގެ މާނައިގައި ވަނީ މިފަދައިންނެވެ.
" އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، އިވުމާއި، ފެނުމާއި، ހިތްތައް އުފެއްދެވި ރަސްކަލާނގެއެވެ. ނަމަވެސް ތިޔަބައިމީހުން ޝުކުރުކުރަނީ، ވަރަށްވެސް މަދުންނެވެ. "

Saturday, November 22, 2014

ކަލެޔާ ނަރަކަޔާއި ދެމެދުގައި ދެން ހުރީ ސަތޭކަ ކިލޯމީޓަރެވެ.

ތިންއެކުވެރިންގެ ވާހަކަ އަޑު އެއްސެވީމުތޯއެވެ؟ ސުބުޙާނަﷲ އެވެ. ﷲ ސުބުހަނަހޫ ވަތަޢާލާގެ އޯގާވަންތަ ކަމާއި ރަޙުމަތް ދެކޭށެވެ. އެއިލާހު ބޭނުންވެ ވޮޑިގެންވާ ފަރާތަކަށް މަގުދައްކަވައެވެ. އަދި ބޭނުންވެ ވޮޑިގެންވާ ފަރާތެއް މަގުފުރައްދަވައި މިދުނިޔެއާއި އަދި އާޚިރަތުގައި އަޛާބު ދެއްވައެވެ. އެންމެހާ އެކުވެރިންނޭވެ. މިވާހަކައަކީ އައްޝައިޚު އިބްރާހިމް ފަރީދު އަހުމަދު ދަރުސެއްގައި ކިޔައިދެއްވާފައިވާ ވާހަކައެކެވެ. ކަނުލައި ވިސްނައި ނިކަން ކުރިޔަށް ވަޑައިގަންނަވާށެވެ.

ދުނިޔޭގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެހާ އިންސީންނާއި ޖިންނީން އުފެއްދެވީ އެއިލާހަށް އަޅުކަންކުރުމަށެވެ. އަދި އިންސާނުން އެކި ޤައުމުތަކަށް ބައްސަވައި އެކި ޤަބީލާތަކަށް ލައްވަވާފައިވެއެވެ. މިގޮތުން އެއިލާހު އުފެއްދަވާފައިވާ އިންސާނުންގެ ތެރެއިން ޤައުމެއްގެ ބަޔަކުވިއެވެ. އެބައިމީހުންގެ ތެރޭގައި ވަރަށް އެކުވެރި އެއްކޮށް އުޅުނު ތިން އެކުވެރިޔަކު ވިއެވެ.

އެތިން އެކުވެރިންގެ ތެރޭގައި ދެމީހަކީ ވަރަށް ފާފަކުރާ ފާޙިޝްކަންކަމަށް ގެބެމުންދިޔަ ދެ ޖާހިލުންނެވެ. އެދެމީހުން ހެޔޮބަސްތަކަށް އިންކާރު ކުރިއެވެ. ހެޔޮބަސްތަކަށް ކަނު ލޮލެއްދީ ބީރުކަންފަތެއް ދިނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެދެމީހުންނާއި ކިހިނަކުން ޖަޒާ ދެއްވާނެ ކަމާމެދު ތިޔަބައިމީހުން ހީކުރީމުހެއްޔެވެ؟

މިތިން އެކުވެރިންގެ ތެރެއިން ދެމީހުން ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކޮށް އެއް ފާޙިޝްކަމުން އަނެއް ފާޙިޝްކަމަށް ގެނބެމުން ކޮފެމުން ދަތުރުކުރަމުން ދިޔައެވެ. އަދި މިހެން އުޅުމަށްފަހު އެއްރެއެއްގައި އެދެމީހުން އެދެމީހުންގެ ގައުމުގައި ވިއެވެ.
އަދި ނުބައި ފާޙިޝް ކަމަކަށް އަރައިގަތުމުގެ ނިޔަތުގައި މިދެމީހުން އެޤައުމާއި އިންވެގެން އޮތްގައުމަކަށް ކާރުގައި ދިޔުމަށް ނިންމިއެވެ. އެބައިމީހުންނަށް ވުރެ ރޭއްވެވުން ތެރި މޮޅު އިލާހެއްވާކަން އެމީހުން ހަނދާން ނައްތާލިއެވެ. އެބައިމީހުންގެ ތިންވަނަ އެކުވެރިޔާވެސް މިބައިމީހުންގެ ދަލުގައި ޖައްސައި ކާރަށް އަރުވައިގެން މިބައިމީހުން ހައިވޭގައި ދަތުރުކުރަމުން ދިޔައެވެ.

ކާރު ދިޔައީ ނުހަނު ހަލުވި ދުވެލީގައެވެ. ނަމަވެސް ފަހަތުގައި އިން ތިންވަނަ އެކުވެރިޔާ އިނީ މާޔޫސްވެ ކަންބޮޑުވެފައެވެ. މިހެން އިންދާ އެބައިމީހުން މަގުގެ އެއްފަރާތުގައި ދުރުމިން އަންގައިދޭން ޖަހާފައި ހުރި ބޯޑެއް ކައިރިން އެރޭގަނޑު ކުރި ކަނޑައިފިއެވެ. އެވަގުތު ފަހަތުގައި އިން މިދެމީހުންގެ ތިންވަނަ އެކުވެރިޔާއަށް ފެނުނީ އެބޯޑުގައި މިފަދައިން ލިޔެވިފައިވަނިކޮށެވެ.

"ނަރަކައާ މިތަނާއި ދެމެދުގައި ވަނީ 150 ކިލޯމީޓަރެވެ"

އެވަގުތު ތިންވަނަ އެކުވެރިޔާގެ ދެލޯބޮޑު ވިއެވެ. އަދި އެއީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ނިޝާނެއް ކަމުގައި ބުނެ އެދެ އެކުވެރިންނަށް ވިސްނައިދެވޭތޯ ބެލިއެވެ. ނަމަވެސް އެދެމީހުންގެ ޖަވާބަކަށްވީ މަލާމާތުގެ ހުނުމާއި ފުރައްސާރައެވެ. އެބައިމީހުންނަށް ތައުބާވާން ނަޞީޙަތް ދެވުމުންވެސް އެބައިމީހުން ފުރަގަސް ދިނެވެ. ދެން ތިންވަނަ އެކުވެރިޔާ ހަމަހިމޭންވިއެވެ. އަދި ބުނާނެ އެއްޗެއް ނޭންގިފައި އެއްފަރާތަށް ބަލަހައްޓައިގެން އިންދައި އަނެއްކާވެސް މަގުގެ އެއްފަރާތެއްގައި ހުރި ބޯޑަކުން ކުރީ މެސެޖް ފަދަ މެސެޖެއް ފެނުނެވެ.

"ނަރަކައާއި މިތަނާއި ދެމެދުގައި ވަނީ 100 ކިލޯ މީޓަރެވެ،"

ތިންވަނަ ރަޙުމަތްތެރިޔާ މިފަހަރު އެބައިމީހުންނަށް ދެއްކުމުންވެސް އެބައިމީހުންނަކަށް އެބޯޑެއް ފެންނަ ކަމަކަށް ނުވިއެވެ. އަސްތަޣުފިރުﷲއެވެ. ތިންވަނަ ރަޙުމަތްތެރިޔާ ކޮންމެވެސް ނުރައްކާތެރިކަމެއް ވާން އުޅޭ ކަމުގެ އިޙުސާސް ކުރަން ފެށިއެވެ. އަދި އެބައިމީހުންނަށް ކާރު އަނބުރާލުމަށް އެދުނެވެ. ނަމަވެސް އެބައިމީހުން ކުރީ އިންކާރެވެ. އެބައިމީހުންނަކަށް ނުވިސްނުނެވެ. އެބައިމީހުން ބޭނުންވީ ފާފަތަކަށް ގެނބިގަންނާށެވެ. ފާޙިޝްކަންތައްތަކުން ފެންވަރައިލާށެވެ.

ތިންވަނަ އެކުވެރިޔާގެ މަސައްކަތް ބޭކާރުވުމުން އޭނާ ނިންމީ ކާރުން ފޭބުމަށެވެ. އަދި އެބައިމީހުން ކާރު ހުއްޓާފައި އެފުރަ ކަނު މެންދަމު ތިންވަނަ ރަޙުމަތްތެރިޔާ އެތަނަށް ބާލާފައި އެކަނި ކޮށްލާފައި އެބައިމީހުންގެ ފާފައިގެ މަންޒިލަށް ދަތުރު ފެށީއެވެ.

ތިންވަނަ ރަހުމަތްތެރިޔާ ކާރުން ފޭބުމަށްފަހު އެތަނުގައި މަޑުކޮށްގެން ހުއްޓައި މާގިނަ އިރުތަކެއް ނުވެ މާތްﷲ ގެ ރަހުމަތް ފުޅުން ދުރުން އަންނަ ބޮޑު ޓުރަކެއް ފެނިއްޖެއެވެ. އެނާ ދަތުރުކުރާނެ ސަވާރީއެއް ދެއްވިކަމަށްޓަކައި މާތްﷲ އަށް ޝުކުރު ކުރާ ހާލު އެ ޓުރަކު ހުއްޓުމުން އެޔަށް އަރައިފިއެވެ.
އޭގެ ޑުރައިވަރު އިނީ ކަންބޮޑުވެ ހާސްވެފައެވެ. އޭނާ ބުނަމުން ދިޔައެވެ. އަހަރެން ވަރަށް މަސައްކަތްކުރީމެވެ. އަހަރެން ވަރަށް މަސައްކަތްކުރީމެވެ. ނަމަވެސް އެދެމީހުންނެއް ސަލާމަތެއް ނުވިއެވެ. ތިންވަނަ ރަޙުމަތްތެރިޔާގެ ދެލޯބޮޑުވެ އޭނާ އެއީ ކޮންބަޔެއްތޯއާއި ވީ ކީއްތޯ ސުވާލުކުރިއެވެ. އެހިނދު ޓުރަކުގެ ޑުރައިވަރު ކިޔައިދިނެވެ. މަގުގެ މިކޮޅުން ބާރަށް ދުއްވާފައި ދިޔަ ކާރަކާއި އެކްސިޑެންޓު ވީ ވާހަކައެވެ. އަދި އެ ކާރު އެނދިލެއް ބޮޑުކަމުން ކާރުގައި ތިބި ދެޒުވާނުން ސަލާމަތް ނުކުރެވުނު ވާހަކައެވެ.
ތިންވަނަ ރަހުމަތްތެރިޔާ އެކާރުގެ ކުލައިން ސުވާލުކުރިއެވެ. އެންމެފަހުން ވީ އޭނާ ދަތުރުކުރި ކާރަށެވެ.
ސުބުޙާނަﷲއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ އޯގާވަންތަކަން ދެކޭށެވެ. އެއިލާހަށް ކިޔަމަންތެރިވާ އަޅުން އެއިލާހު ރަހުމަތް ލައްވައެވެ. އަދި އުރެދޭ ފަރާތްތަކަށް އަޛާބު ދެއްވުމުގައި އެއިލާހު ގަދަފަދަ ވޮޑިގެންވެއެވެ.
ތިންވަނަ ރަޙުމަތްތެރިޔާ މިކަމަށްޓަކައި ﷲ އަށް ޝުކުރު އަދާކުރިއެވެ. މާތްﷲގެ ރަޙުމަތުގެ ތަނަވަސްކަމާއެވެ. ނިމުނީ
އަޅުގަނޑުމެންވެސް ތައުބާވާ ބަޔެއްކަމުގައި ލައްވައި ފާފަ ކުރާ އުރެދޭ މީހުންގެ ތެރެއިން ނުލައްވާށިއެވެ. އާމީން

Thursday, November 20, 2014

މަރުވާން ހަދީދް ގެ ވާހަކަ

މިއީ ޝެއިޚް ޢަބްދުﷲ އައްޒާމް ކިޔައިދީފައިވާ ހަޤީޤީ ވާހަކައެކެވެ.

އެއީ 1963 ވަނަ އަހަރެވެ. ސޫރިޔާ ގައި ނުސައިރީސް އާއި ބާތީސް އިސްލާމް ދީން ފުހެލުމަށް އެތައް މަސައްކަތެއް ކުރަމުން ގޮސް އެންމެ ފަހުން ޑިމިސްކުގައި އެމީހުންގެ ކަލާނގެ އަކީ ބާތް ކަލާނގެ ކަމަށާއި ދީން އަކީ އެރޭބިޒަމް ކަމަށް އިއުލާން ކުރިއެވެ. އެދުވަސްވަރު ސޫރިޔާ ގެ ހަމާ އޭ ކިޔުނު ރަށުގައި ޕޮރޮފެސަރަކު އިސްލާމްދީނާއި ޚިލާފު ވާހަކަތަކެއް ސުކޫލެއްގައި ދެއްކިއެވެ. އެވަގުތު ޒުވާނަކު ތެދުވެ އެ ޕްރޮފެސަރ ގައިގައި ޖެހިއެވެ. ހަމަ އެއާއިއެކު އެހެން ކުދިންނަށްވެސް ހިތްވަރު ލިބިގެން އައިސް ޕްރޮފެސަރ ގައިގައި ތަޅައިގަތެވެ.

އަދި ލިބުނު އަނިޔާތަކުގެ ސަބަބުން ޕްރޮފެސަރ ވަގުތުން މަރުވިއެވެ. އަދި އެއަށްފަހު ސިފައިންގެ އޮފިސަރަކު އައިސް ޕްރޮފެސަރަށް ފުރަތަމަ ހަމަލަ ދިން ޒުވާނާ މަރާލިއެވެ. މިހަބަރު ޝެއިޚް މަރުވާން ހަދީދް އަށް ލިބުމާއި އެކު ދައުލަތަށް މައްސަލަ ހުށައެޅިއެވެ. އަދި ސިފައިން ގެ އޮފިސަރަށް ހައްޤު އަދަބު ދިނުމަށް ގޮވާލިއެވެ. ނަމަވެސް ދައުލަތުން އެކަމަށް އިންކާރު ކުރިއެވެ. އަދި ދައުލަތުން ޝެއިޚް މަރުވާން އަށް ޖަވާބު ދިނެވެ "އެއީ މަރަށް މަރެކެވެ. މިހާރު އެކަން ޚަލާސް ވެއްޖެއެވެ". (މާނައަކީ އެ ޒުވާނާ މަރާލެވުނީ ޕްރޮފެސަރ ގެ މަރަށް މަރަށެވެ.) މަރުވާން ޖަވާބު ދިނެވެ" އެ ޕްރޮފެސަރަކީ ކާފަރެކެވެ. އޭނާ ގެ ލޭ ހުއްދައެވެ. ނަމަވެސް އެ ޒުވާނާ އަކީ މުސްލިމެކެވެ. މުސްލިމެއްގެ ލެޔަށް ބަދަލު ހިފެން ޖެހޭނެއެވެ". ނަމަވެސް ދައުލަތުން އެކަމަށް އިންކާރު ކުރިއެވެ.

ޝެއިޚް މަރުވާން އާ އެންމެ ރަނގަޅޭ ބުނެފައި ނުކުމެ ޝެއިޚު ގެ ޒުވާން ދަރިވަރުންތަކެއް ޝެއިޚު ގެ އެޕާރޓްމަންޓް ކައިރީ ހުންނަ މިސްކިތަކަށް ޖަމާ ކުރިއެވެ. އެ މިސްކިތަކީ އާއްމު ކޮށް އެޒުވާނުން ނިދާ ހަދާ ދިރިއުޅޭ މިސްކިތެވެ. އަދި ޝެއިޚު ގެ ޚާއްސަ ބެލުމުގެ ދަށުން އެޒުވާނުން ތައް ތަރުބިއްޔަތު ވަމުން ދަރިވަރުވަމުން އައީ އެމިސްކިތުގައެވެ. އަދި އޭގެ ބައެއް ޒުވާނުންނަކީ ސުކޫލުގައި ކިޔަވަމުންދާ ދަރިވަރުން ތަކެކެވެ.

ޝެއިޚް އެ ޒުވާނުންތައް އެ މިސްކިތަށް ޖަމާ ކޮށް އިރު ކޮޅަކުން ކޮންމެ މީހަކު ގްރެނޭޑެކާއި ބަޑި އެއް ނެގިއެވެ. އަދި ހުރިހާ ޒުވާނުން އެއް އަޑަކުން ﷲ އަކްބަރް ގޮވަން ފަށައި މުޅި މިސްކިތް އެއަޑުން ގުގުމާލިއެވެ. އަދި ވަގުތުން ސަރުކާރާ ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރިއެވެ.

އެހެން ކަންތައް ހިނގުމާއި އެކު ސަރުކާރު ގެ ޓޭންކަރު ތައް މިސްކިތާއި ދިމާލަށް މިސްރާބު ޖެހިއެވެ. އަދި އެއަށްފަހު މިސްކިތަށް ހަމަލާ ދޭން ފެށިއެވެ. އަދި ޒުވާނުންތައް އެ މިސްކިތް ތެރޭ ވާހާލު މިސްކިތް ބިމާ ހަމަކޮށްލިއެވެ.

ﷲ ގަންދީ ބުނަމެވެ. އެ މިސްކިތް ސާފު ކުރިއިރު އެ ޝަހީދު ވި ޒުވާނުން ގެ ތަކުބީރު ގެ އަޑު އެ ފުޑުފުޑު ވެފައިވާ ގާ ތަކުގެ ތެރެއިން އަޖާއިބު ކުރުވަނިވި ގޮތަކަށް އިވެމުން ދިޔަ ވާހަކަ ހަމާ ގެ ވަރަށް ތެދުވެރި ފަރާތް ތަކަކުން އަހަރެންނަށް ޚަބަރު ލިބުނެވެ.

ކޮންމެ ގޮތެއް ވިޔަސް ޝެއިޚް މަރުވާން ހަދީދް މި ހާދިޘާ ގައި ޝަހީދެއް ނުވެއެވެ. އަދި ސަރުކާރުން ޝެއިޚް މަރުވާން އާއި ޒުވާނުންތަކެއް ހައްޔަރު ކޮށް ކޯޓަށް ހާޒިރު ކުރިއެވެ. ބާތީން އެމީހުންގެ އަދުލު ވެރިކަން ހާމަ ކުރުމަށްޓަކައި މި ޝަރީއަތް ބޭއްވުނީ ފާޅުކޮށެވެ. އަދި ސަރުކާރުން ދައުވަތު ދީގެން ބޭރު ޤައުމު ތަކުގެ ޤާނޫނީ ވަކީލުން ވެސް މި ޝަރީއަތް އަޑު އެހުމަށް އައެވެ. މި ޝަރީއަތު ގެ ފަނޑިޔާރުންނަށް ތިބީ މުސްތަފާ ތައްލާސް އާއި ސަލާހް ޖަދީދް އެވެ. މުސްތަފާ ތައްލާސް އަކީ ޑިފެންސް މިނިސްޓަރެވެ. އަދި ސަލާހް ޖަދީދް އަކީ ޤައުމުގައި ހުރި އެންމެ ބާރުވެރި ނުސައިރީން ގެ އެކެކެވެ.

އެމީހުން އެއްސެވެ. "ކަލޭ ސަރުކާރާ އިދިކޮޅަށް ހަތިޔާރު އުފުލީ ކީއްވެހެއްޔެވެ."

ޝެއިޚް ޖަވާބު ދިނެވެ." އެއީ ނުސައިރީ ކުއްތާ ކަމަށްވާ ސަލާހް ޖަދީދް އާއި އަހުލުއް ސުންނަތު ގެ މީހެއް ކަމަށް ދައުވާ ކުރާ މުސްތަފާ ތައްލާސް ، އިސްލާމް ދީން މި ޤައުމުން ފުހެލަން މަސައްކަތް ކުރާތީއެވެ. އެހެނެއްކަމަކު ބުނަންހެއްޔެވެ. އަހަރުމެން ދިރި ތިބި ހާ ހިނދަކު އެކަން ވިޔަ ނުދޭނަމެވެ. "

އެމީހުން ބުންޏެވެ. "ކަލޭ ތި މަސައްކަތް ކުރަނީ މީހަކަށެވެ."

ޝެއިޚް ބުންޏެވެ." އަހަރެން މިމަސައްކަތް ކުރަނީ އެންމެ މަތިވެރި ވެގެންވާ ގަދަފަދަ ކީރިތި ވަންތަ މާތް ﷲ އަށްޓަކައެވެ. މީހަކަށް މަސައްކަތް ކޮށްދެނީ ކަލޭމެންނެވެ"

އެމީހުން ބުންޏެވެ. "މުޙައްމަދު އަލް ހާމިދު ކަލެޔާއި އެކު ވާކަމަށް ކަލޭ ބުނަމުއެވެ. އެކަމަކު އޭނާ ކަލޭ ދެކެ އިންތިހާ އަށް ނަފުރަތު ކުރެއެވެ."

ޝެއިޚް ޖަވާބު ގައި ބުންޏެވެ." ފަހެ، އެއުރެން އެނބުރި ފުރަގަސްދީފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް اللَّه ފުދެއެވެ. އެކަލާނގެ މެނުވީ (حق ވެގެން އަޅުކަމެއް ވެވޭ) إله އަކު ނުވެއެވެ. ހަމައެކަނި އެކަލާނގެއަށް ތިމަންކަލޭގެފާނު وكيل ކުރައްވައިފީމެވެ. އެކަލާނގެއީ، ބޮޑުވެގެންވާ عرش ގެ ވެރިރަސްކަލާނގެއެވެ" (ސޫރަތުއް ތައުބާ 129 )

އެއަށް ފަހު އެ ޝަރީއަތް ނިމިގެންދިޔައީ ޝެއިޚް އާއީ ބައެއް ޒުވާނުން މަރަށް ހުކުމް ކުރުމަށް ފަހުއެވެ. އަދި ބައެއް ޒުވާނުން ސަލާމަތް ވިއެވެ. ދެން ފެނުނީ ވަރަށް އާދަޔާ ޚިލާފު މަންޒަރެކެވެ. މަރަށް ހުކުމު ކުރެވުނު ޒުވާނުން ތައް އުފަލުން ހޭން ފެށިއެވެ. އަދި ސަލާމަތް ވީ ޒުވާނުން ރޯން ފެށިއެވެ. އެއީ މަރަށް ހުކުމް ކުރެވުނު ޒުވާނުންނަށް ޝަހީދު ވެގެން ސުވަރުގެ އަށް ދެވުމުގެ ފުރުސަތު ލިބުނު ކަމަށް ޓަކައެވެ. އަދި ސަލާމަތްވީ ޒުވާނުންނަށް އެ ފުރުސަތު ގެއްލުނު ކަމަށްޓަކައެވެ.

ޝެއިޚް މަރުވާން ފަހުން ބުންޏެވެ" އަހަރެން ޖަލުގައި މަރަށް ޙުކުމް ކޮށްފައި ހުރި ދުވަސްވަރު ހާ އުފާވެރި ދުވަސް ތަކެއް ދުނިޔޭގައި ދިރިއެއް ނޫޅެމެވެ."

ޝެއިޚް ގެ ލިޔުމެއް ކަމަށްވާ "މާދަމާ ފުރާނަ ތެދުވާނެއެވެ. އަދި ވަގުތު ޖެހުމާއި އެކު މާތް ﷲ އާއި އެ ފުރާނަ ބައްދަލު ކުރާނެއެވެ" މި ލިޔުމަކީ ޝެއިޚް މިދުވަސް ވަރު ލިޔެފައިވާ ލިޔުމެއް ކަމަށް ބެލެވެއެވެ.

ކޮންމެ ގޮތެއް ވިޔަސް ހަމާ ގައި އެދުވަސްވަރު އުޅުނު އިލްމުވެރިއެއް ކަމަށްވާ މުޙައްމަދު އަލް ޙާމިދު ސީރިޔާ ގެ ރައިސަކަށް ހުރި އަމީން އަލް ހާފިޒް ކައިރިޔަށް ދިޔައެވެ. އަދި އެއްސެވެ. ކަލޭމެން މަރުވާން ހަދީދް އާއި މެދު ކަންތައް ކުރީ ކިހިނެއް ހެއްޔެވެ. ރައީސް ޖަވާބުގައި ބުންޏެވެ. " އަހަރުމެން އޭނާ މަރަން ނިންމީއެވެ."

އަލް ހާމިދު ބުންޏެވެ. " ކަލޭ ތިހެން ތިޔަ ބުނަނީ ހަމަ ހޭ ގައި ހުރެގެން ހެއްޔެވެ. އޭނާ މަރާލުމަށްފަހު މި ރަށް މަޑުން އޮންނާނެ ކަމަށް ކަލެޔަށް ހީވޭހެއްޔެވެ. ކަލެޔަށް ހަމަ ޔަޤީނުންވެސް ނިމުމެއް ނެތް މައްސަލަ ތަކަކާއި ކުރިމަތި ވާނެއެވެ. "

އަމީން ބުންޏެވެ" ކަލެޔަށް ހީވަނީ ކިހިނެއް ހެއްޔެވެ"

އަލް ހާމިދު ބުންޏެވެ" އަހަރެން ޚިޔާލަކީ އޭނާ ދޫކޮށްލުމަށެވެ"

އަމީން ބުންޏެވެ: "ކަލޭ އަމިއްލައަށް ގޮސް އޭނާ ދޫކޮށްލާށެވެ."

މިހެން ބުނުމުން އަލް ހާމިދު ޖަލަށް ގޮސް ޒުވާނުންނާ ދިމާލަށް ބުންޏެވެ: " އޭ މަގޭ ދަރީންނޭވެ. އަވަހަށް ޖަލުން ނުކުންނާށެވެ. ސަރުކާރުން ކަލޭމެން ކުދިންނަށް މާފުކޮށްދީފިއެވެ"

އެވަގުތު ޒުވާނުންތައް ބުންޏެވެ." މާތްﷲ ޝެއިޚް އަށް މާފު ކުރައްވާށިއެވެ، ޝެއިޚް އަހަރުމެން ސުވަރުގެއަށް ދިޔުމުން ދުރުކޮށްފިއެވެ"

ކޮންމެގޮތެއް ވިޔަސް ޝެއިޚް މަރުވާން ހަދީދް ޖަލުން ނިކުތުމަށް ފަހު ވެސް ޝެއިޚް ގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. ޤައުމުގައި އިސްލާމްދީން ނައްތާލުމަށް ކުރެވޭ މަސައްކަތާއި ދެކޮޅަށް ގޮވަން ތައްޔާރުވެފަހުރި ބޮމެއް ފަދައެވެ. 1973 ގައި ސީރިޔާ ގައި ރަސްމީ ކޮށް އިސްލާމްދީން އުވާލާ ޤާނޫނެއް ހެދިއެވެ. މިކަމާއި ގުޅިގެން މަރުވާން ހަދީދް ތެދުވެ ބުންޏެވެ."ތިމަންނައަށް މިސްކިތުގައި މަރަށް ބައިޢަތު ހިފާނީ ކާކުހެއްޔެވެ". މިގޮތަށް ޝެއިޚް މިސްކިތުގައި ދަޢުވާ ދޭން ފެށުމާއިއެކު ،މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ބެލެވޭތީ ފަހަރަކު މީހެއް މިސްކިތުން ނިކުންނަން ފެށިއެވެ. ނަމަވެސް ޝެއިޚް މަރުވާން ހަދިދް އާއި އެކު ވާ ޒުވާނުންތައް ފޯރީގައި ޝެއިޚް އާއި ބައިވެރިވެ ބަޑިތައް ނަގާ އެ ޖަހަން ފެށިއެވެ.

އަހަރެން އެ ބަޑި ޖެހި އަޑު ޓޭޕަކުން އަޑު އެހީމެވެ. އަހަރެންނަށް ހަމާ ގެ މީހުންގެ ބަޑީ ގެ އަޑު އެނގެއެވެ. އެ މީހުންނާއި އަފްޣާނުންނާއި ތަފާތެއްނެތެވެ. އެމީހުންނީ އަފްޣާނުން ކަހަލަ އާދައިގެ ނިކަމެތި ބައެއް ނަމަވެސް އެއީ ސަމާސާ ބައެއް ނޫނެވެ.

ކޮންމެގޮތެއްވިޔަސް ޝެއިޚް އަނެއްކާވެސް ގެއްލުނެވެ. ދެންފެނުނީ ޑިމިސްކުގައި އެޕާރޓްމަންޓެއް ހިފައިގެން އުޅެނިކޮށެވެ. އަދި ޝެއިޚް އެކި ވައްތަރުގެ ހަތިޔާރު އެއްކުރަން ފެށިއެވެ. ﷲއަކްބަރު. ޝެއިޚް އަކަށް ހުސް ވަގުތަކީ ނުވަތަ ފޫއްސަކީ ކޯންޏެއް ކަމެއް ނޭގެއެވ. އަދި އެއްވެސް ބިރެއްޖެހިލުމެއް ނެތެވެ. ޝެއިޚް މެޝިން ގަން ތަކާއި ގްރެނޭޑް ތައް އެއްކުރަމުން ދިޔައެވެ. އެއްވެސް ތަނެއްގައި ހަތިޔާރެއް ވިއްކާކަން އެނގިއްޖެނަމަ އެ ހަތިޔާރު ގަންނަން ޒުވާނެއް ފޮނުވައެވެ.

އެދުވަސްވަރު ޕޮލިސް އިންޓެލިޖެންސް އިންް ވެސް ދިޔައީ ޝެއިޚް ހޯދަމުންނެވެ. އަހަރެން އެދުވަސް ވަރު ދިޔައީ ޑިމިސްކުގެ ޔުނިވާރސިޓީ އެއްގައި ޑިގްރީ އަކަށް ކިޔަވަމުންނެވެ. އަހަރެން އެއްދުވަހަކު ޔުނިވާރސިޓީ ގައި އުޅެނިކޮށް ޒުވާނަކު އައިސް ޝެއިޚް މަރުވާން ހަދީދް އާއި ބައްދަލު ކުރަން ބޭނުންހެއްޔޭ އެއްސެވެ. އަހަރެން އާއެކޭ ހަމަމިހާރު ބޭނުމޭ ބުނުމުން އެ ޒުވާނާ އަހަރެން ޝެއިޚް ކައިރިއަށް ގެންދިޔައެވެ. އަހަރެން ޝެއިޚް ހުރި ކޮޓަރިއަށް ވަތް އިރު އަހަރެންނަށް ފެނުނީ މި ދުނިޔޭ ގައި ދިރިއުޅޭ މީހެއްގެ މޫނެއް ނޫނެވެ. އަހަރެންނަށް ފެނުނީ ވަރަށް ސާފު، ރީތި، އެމޫނުން އަލިކަން ފާޅުވެ ފާޅުވެ ހުރި މޫނެކެވެ. ޝެއިޚް އެންމެ ފުރަތަމަވެސް ބުނިބަހަކީ (ފަލަސްތީނުގައި ޝެއިޚް އާއި އަހަރެން އެކުގައި މަސައްކަތް ކޮށްފައިވާތީވެ ޝެއިޚް އަހަރެން ދަނެތެވެ. އެހެންވެ ޝެއިޚް އަހަރެންނާއި މުހާތަބު ކުރީ އަހަރެން ގެ ނަމުންނެވެ) " އޭ އަބޫ މުޙައްމަދު އެވެ. ކަލޭ ސުވަރުގެއަށް އިންތިޒާރު ނުކުރަންހެއްޔެވެ." މިއީ ޝެއިޚްގެ އެންމެ ފުރަތަމަ ބަހެވެ. އަދި މިއީ ޝެއިޚް އާއި އަހަރެންނާއި ބައްދަލުވި އެންމެ ފަހު ފަހަރެވެ.

ކޮންމެގޮތެއް ވިޔަސް ޕޮލިހުން ދިޔައީ ޝެއިޚް ހޯދަމުންނެވެ. ނަމަވެސް ޕޮލިހުން ޝެއިޚް ހޯދަމުން ދިޔައިރު ޝެއިޚް ދިޔައީ ކީއްކުރަމުން ހެއްޔެވެ. ޝެއިޚް ދިޔައީ ނުސައިރީން ނައްތާލުމަށް ހަތިޔާރު އެއްކުރަމުންނެވެ. އެއްދުވަހަކު ޕޮލިހުންނަށް ޝެއިޚް މަރުވާން ހުރިތަން އެނގިގެން އެ އެޕާރޓްމަންޓް ހުރި ބިލްޑިންގް ވަށާލިއެވެ. ޝެއިޚް އާއި އެކު އެވަގުތު ތިބީ ދެ ޒުވާނުންނެވެ. އަދި ކައިވެނިކުރުމަށްފަހު ރޭ ނުކޮށް ހުރި އަންހެނުންވެސް ހުއްޓެވެ. ޝެއިޚް އަންހެނުން ނާއި ދިމާލަށް ބުނެފައިވެއެވެ. "އަހަރެން ކަލެޔާއި އެކު ރޭ ކުރަން ބޭނުމެއްނުވެއެވެ. އެއީ އަހަރެންގެ އެހެނިހެން މަސައްކަތް ތަކަށް ބުރޫ އަރާފާނެތިއެވެ".

ކޮންމެގޮތެއް ވިޔަސް އެޕާރޓްމަންޓް ގައި ހުރި ޒުވާނަކު ކާ އެއްޗެއް ހޯދުމަށްޓަކައި އެ ބިލްޑިންގް އިން ނުކުތެވެ. އެވަގުތު އެޒުވާނާއަށް ޕޮލިހުން ތިބިކަން އެނގުމާއިއެކު އަނެއްކާ އެނބުރ ބިލްޑިންގް އަށް ވަންނަން މަސައްކަތް ކުރިއެވެ. ނަމަވެސް ފުލުހުންގެ ހަ އޮފިސަރުން އައިސް އެ ޒުވާނާ އަތުލައިގަތެވެ. ނަމަވެސް އެ ޒުވާނާ ޖީބުގައި އޮތް ވަޅިއެއް ނެގުމަށްފަހު އެ ހަމީހުން ވެސް މަރާލިއެވެ. އަދި އެއަށް ފަހު ދުއްވައިގަތެވެ. އަދި އެވަގުތު މުޅި ޑިމިސްކު ތެރޭގައި ސައިރެން ގެ އަޑު ގަދަވިއެވެ. އަދި ފުލުހުން އެޒުވާނާ ފަހަން ފެށިއެވެ. ނަމަވެސް އެންމެފަހުން ބިލްޑިންގް އެއްގެ ތެރެއިން ފުއްމާލައިގެން އެ ޒުވާނާ އަޖައިބު ކުރުވަނިވި ގޮތަކަށް ސަލާމަތްވިއެވެ. އަދި ޖޯރޑުން އަށް ފުރައިގެން ދިޔައެވެ.

ކޮންމެގޮތެއްވިޔަސް ފުލުހުން ޝޭޚު މަރުވާން ހުރި ބިލްޑިންގް ވަށާލިއެވެ. އަދި އެއަށް ފަހު މައިކްރޯފޯނުން ގޮވަންފެށިއެވެ. "އޭ މިބިލްޑިންގް ގައި ވާ އަހުލުވެރިންނޭވެ. މި ބިލްޑިންގް ގައި އިރާގީ ޖާސޫސެއް އެބައުޅެއެވެ. އަހަރުމެން އޭނާ ހައްޔަރު ކުރަން ބޭނުމެވެ." (އިރާޤީ ޖާސޫސެކޭ އެ ބުނީ އެއީ އެ ދުވަސްވަރަކީ އިރާޤް އާއި ސީރިޔާ ކޯޅެމުންދިޔަ ދުވަސްވަރަކަށްވާތީ މީހުންގެ ތަރުހީބު ލިބޭނީ އެހެން ބުނުމުންކަމަށްވާތީއެވެ). ކޮންމެ ގޮތެއްވިޔަސް ޝެއިޚް ވެސް ޝެއިޚް ބަންގި ގޮވަން ގެންގުޅޭ މައިކްރޯފޯނެއް ނެގުމަށް ފަހު ގޮވާލިއެވެ" އޭ ފުލުހުންނޭވެ. އޭ އިންޓެލިޖެންސް އޮފިސަރުންނޭވެ. އަހަރުމެން ކަލޭމެންނަށް ދޭނީ ފަނަރަ މިޓެވެ. އެއަށްފަހު ކަލޭމެން ނުގޮސްފިނަމަ އަހަރުމެން ހަމަލާ ދޭން ފަށާނަމެވެ". އެއަށްފަހު ޝެއިޚް ހަމަ ބަރާބަރު ފަނަރަ މިނެޓް ވަންދެން މަޑުކުރިއެވެ. އެއަށްފަހު ގްރެނޭޑް ތަކާއި ބަޑިތަކުން ފުލުހުންނަށް ހަމާލާ ދޭން ފެށިއެވެ. ފުލުހުން އިތުރު އެހީ ހޯދުމަށްޓަކައި ކައިރީ ހުރި ފުލުސް ސްޓޭޝަން ތަކަށް ގުޅިއެވެ. އަދި އެއަށްފަހު އެއްހާހަކަށް ފުލުހުން ބިލްޑިންގް ވަށައިލިއެވެ. އެ އެއްހާސް ފުލުހުން ބިލްޑިންގް ވަށައިލީ އެންމެ ތިން މީހުންނާއި އިދިކޮޅަށެވެ. އަދި އެއަށްފަހު އެ ފުލުހުން އެ ބިލްޑިންގް ތެރެއަށް ވަނުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެއްވެސް އޮފިސަރަކަށް ފުރާޅުމަތިން ވެސް ބިންމަތިން ވެސް ވަންނާކަށް ނުކެރުނެވެ. އެ މީހުން ފަތިހުން ފެށިގެން ހަވީރު ވަންދެން އެގޮތުގައި މަސައްކަތް ކުރިއެވެ. އަދި އެއަށް ފަހު ހަވީރު ގެ ވަގުތެއްގައި ބިލްޑިންގް ތެރެއަށް ވަނެވެ. އަދި އެއަށްފަހު މަރުވާން ހައްޔަރު ކުރިއެވެ. ނަމަވެސް އެތައް އޮފިސަރުންތަކެއް އެހާދިޘާ ގައި މަރުވިއެވެ.

ހާފިޒު އަލް އަސަދު އަށް މިޚަބަރު ލިބުމާއިއެކު މޮޔަވިކަހަލައެވެ. އެއީ އެ ހާދިޘާ ގައި އެންމެ ތިން މީހުންނާއި ކުރިމަތި ލުމަށް އެތައް އޮފިސަރުންތަކެއް މަރުވީތީއެވެ. ހާފިޒު އަލް އަސަދު ދެން މިކަންތައް ހައްލުކުރާނީ ތިމަން އަމިއްލައަށޭ ހިތައި ޝެއިޚް މަރުވާން ހަދީދް ކައިރިއަށް ދިޔައެވެ. އަދި ބުންޏެވެ. " ޝެއިޚް އެވެ. ވެދިޔަ ކަންތައް ހަނދާން ނައްތާލުމަށް ފަހު އާ ސަފްޙާ ތަކެއް ހުޅުވަމާ ހިނގާށެވެ. އަހަރުމެން ކަލޭ ދޫކޮށްލާނަމެވެ. ނަމަވެސް ޝަރުތަކީ ކަލޭ ހަތިޔާރު ތައް ދޫކޮށްލަން ޖެހޭނެއެވެ" ޝެއިޚް ޖަވާބު ދިނެވެ." އަހަރެން އެއްބަހެވެ. ނަމަވެސް ޝަރުތަކީ ކަލޭމެން އިސްލާމީ ޝަރީއަތް މި ޤައުމުގައި ޤާއިމް ކުރަން ޖެހޭނެއެވެ." ހާފިޒު އަލް އަސަދަށް ޝެއިޚް ގޮތެއް ދޫނުކުރާނެކަން އެނގުމާއިއެކު ކޮޓަރިން ނުކުމެގެން ދިޔައެވެ.

އަދި އެއަށްފަހު މިލިޓަރީ ކައުންސިލް އާއި އެންމެ މަތީ ލެވެލް ގެ އޮފިސަރުންނާއި ޖެނެރަލުންނާއި އެއާރ ފޯރސް ގެ ކޮމާންޑަރ ނާޖީ ޖަމީލް އާއި މުސްތަފާ ތައްލާސް ޖަލަށް އައިސް ޝެއިޚް ހާޒިރު ކުރިއެވެ. ޝެއިޚް އަށް މުސްތަފާ ތައްލާސް ފެނުމާއި އެކު ބުންޏެވެ" ކަލެޔަށް ހަލާކު ހުއްޓެވެ. އަހަރުމެން ކަލޭ ދިރިބަހައްޓާނެކަމަށް ކަލޭ ހީކުރަނީ ހެއްޔެވެ. މި ޤައުމު މި ނިކަމެތި ވަމުން ދަނީ ކަލޭމެން ކުއްތާ ތަކާއި ހެދިއެވެ. އަދި މިތިބަ ނުސައިރީ ޖެނެރަލުންނޭވެ ! އަހަރެން އެންމެމަދުވެގެން ކަލޭމެންގެ ފަސް ހާސް މީހުން މަރާލުމަށް ޒުވާނަކާއި ހަވާލު ކޮށްފައިވާނެއެވެ. އަދި އެޒުވާނާ އަހަރެންނަށް އެކަން ކޮށްދޭނެ ކަމަށް ހުވާ ކޮށްފައިވެއެވެ.އެހެންވީމާ ކަލޭމެން އުފާ ކުރުމުގެ ބޭނުމެއް ނެތެވެ" ނާޖީ ޖަމީލް ބުނާނެ އެއްޗެއް ނޭގިގެން އެންމެފަހުން ބުންޏެވެ" މިހިރަ ބޯގޯސް މީހާ މިތަނުން ގެންދާށެވެ"

އެއަށް ފަހު އެމީހުން ޝެއިޚް ގެ އަންހެނުން ޖެހިގެން އޮތް ގޮޅިއަށް ގެނެސް އެކި ފާޑުފާޑު ގެ ގޯނާ އޭނާއަށް ކުރަން ފެށިއެވެ. ޝެއިޚް ކަހަލަ މީހަކަށް މިކަން ވީ ވަރަށް ހިތާމަވެރި ކަމަކަށެވެ.

ޝެއިޚް މިދުވަސްވަރު ވަރަށް ބޮޑަށް ހިކި އަނަރޫފަ ވިއެވެ. ޝެއިޚް ގައިގައި އާއްމު ކޮށް ސަތޭކަ ކިލޯ ހުރެއެވެ. ނަމަވެސް ޖަލުގައި އުޅުނު ދުވަސްވަރު ޝެއިޚް ގެ ބަރުދަން ސާޅީސް ފަހަކަށް ވެއްޓިގެން ދިޔައެވެ.

އެއަށްފަހު އެންމެ ފަހުން ޝެއިޚް މިދުނިޔެ ދޫކޮށް ދިޔައީ ޖަލުގައި އޮވެއެވެ. ޝެއިޚް މަރާލެވުނީ ކަމެއް ނޫންކަމެއް ނޭނގެއެވެ. އަދި ޝެއިޚް ގެ ޖަނާޒާ ބޭއްވުނީ އެތައް ފުލުހުންނެއް މުޅި އެސަރަހައްދު ގާރޑު ކުރާ ހާލުގައެވެ. އެއީ ހަމާ ގެ ޒުވާނުން ނުކުމެ ފުލުހުންނާއި ކުރިމަތި ލަފާނޭ ކަމުގެ ބިރަށެވެ.

ނޯޓް: މިއީ އިސްލާމްދީން ނިކަމެތި ކުރުމަށް ބަޔަކު މަސައްކަތް ކުރާތީ އެކަމާ އިދިކޮޅަށް ހިތްވަރުގަދަ މުސްލިމަކު ތެދުވެ ކެރިގެން ހުރެ ވެރިންނާއި ސިފައިންފެ ފޯރސަސް ތަކާއި ދެކޮޅަށް ކުރިމަތިލި ކުރިމަތިލުމުގެ ވާހަކައެވެ. އަދި އެ ބޭފުޅާ މާތްﷲ ގެ ޝަރީޢަތް ޤާއިމް ކުރުމަށް ދަހިވެތިވި ވަރު މިވާހަކައިން އެނގިގެންދާނެއެވެ. އިސްލާމްދީން އަހަރުމެންނާއި ހަމައަށް އައިސްފައިވަނީ މިފަދަ ބޭފުޅުން ގެ މިންނެތް މަސައްކަތުންނެވެ. އެބައިމީހުން ގެ މުޅި ދިރިއުޅުން ވޭތު ކުރީ މާތްﷲ ގެ ނަންފުޅު މަތިވެރިކުރުމަށް، މާލާއި ޖާނުން ޖިހާދު ކުރުމުގައެވެ. އަދި އެބައިމީހުން އުއްމަތަށް ދިމާވާ ނުރައްކާތަކުގައި ކަންބޮޑުވެފައިވަނީ އިންތިހާ އަށެވެ. މިސާލަކަށް ނޫރުއްދީން ޒިންކީ އަށް އެއްފަހަރަކު އިސްލާމީ ޤައުމަކަށް ކުރޫސޭޑާރސް އެރި ވާހަކަ އަޑު އިވުނެވެ. މި އަޑު އިވުމާއި އެކު ސަލާޙުއްދީން އައްޔޫބީ ގެ ކޮމާންޑްކަމުގައި ލަޝްކަރެއް އެރަށަށް ހަނގުރާމައަށް ފޮނުއްވިއެވެ. އަދި ކޮންމެ ދުވަހަކު އެރަށުގެ ޚަބަރު ބައްލަވައެވެ.އަދި އެޚަބަރު އިވުނީއްސުރެ އެބޭފުޅާ ހިނިތުންވިތަނެއް ނުފެނެއެވެ. އަދި ކެއުމާއި ބުއިމާއި ނިދުމުން މަހުރޫމު ވެ އުޅުއްވީި ހިތާމަކުރުމުގައާއި މާތްﷲ އަށް ނަސްރަށް އެދި ދުޢާ ކުރުމުގައެވެ. އަދި އެއްދުވަހަކު އިލްމް ވެރިންތަކެއް ނޫރުއްދީން ޒިންކީ ކައިރިއަށް ވަޑައިގެންނެވިއެވެ. ނޫރުއްދީން ޒިންކީ އެބޭފުޅުން ކައިރީ ހަދީޡް އެއް ކިޔައިދެއްވުމަށް ވިދާޅުވިއެވެ. އެވަގުތު އިލްމުވެރިއެއް ހަދީޡް އެއް ކިޔައިދެއްވިއެވެ. އަދި އެ ހަދީޡް ކިޔައިދެއްވުމަށްފަހުު އިލްމުވެރިޔާ ހިނިތުންވިއެވެ. އަދި ވިދާޅުވިއެވެ. މިހަދީޡް ރަސޫލާ (ސައްލަﷲ ޢަލައިހި ވަސައްލަމް) ހަދީޡް ކުރެއްވުމަށްފަހު އެކަލޭގެފާނު ހިނިފުޅުވެޑުވިކަމަށް ވިދާޅުވިއެވެ.އަދި ރިވާ ކުރެއްވި ބޭފުޅުންވެސް އެގޮތަށް ކަންތައްކުރެއްވިކަމަށް ވިދާޅުވިއެވެ. އަދި ނޫރުއްދީން ޒިންކީ ކައިރީ ހިނިތުންވުމަށް އިލްމުވެރިޔާ ވިދާޅުވިއެވެ. ނަމަވެސް ނޫރުއްދީން ޒިންކީ ޖަވާބު ދިނެވެ. "މުސްލިމް ރަށަކަށް ކާފަރުން އަރައިގެން އުޅޭ ހިނދު އަހަރެންނަށް ހިނިތުންވެވޭނީ ކިހިނެއްހެއްޔެވެ".

ނަމަވެސް މިއަދު މި އިސްލާމީ އުއްމަތާއި މެދު ވިސްނާ މީހުން ވަރަށް މަދެވެ. އިސްލާމީ ޤައުމުތަކަށް ކުރޫސޭޑާރސް އަރާ މުސްލިމުން މަރާ ކަތިލަމުންދާއިރު އަދި އެހެނިހެންގޮތްގޮތަށް އިސްލާމްދީން ނައްތާލުމަށް މަސައްކަތް ކުރާއިރު އަހަރުމެން ގެ ކަމަކީ ގެއަށް ޑިޝް އެންޓަނާ އެއް ގެނެސް ބަނޑު ބޮޑު ވަންދެން ކާލައިގެން ނިދާލައިގެން އަރާމުގައި އުޅުމެވެ.

މިއަދު ރާއްޖޭގައިވެސް ކުރޫސޭޑާރސް ވަނީ އިސްލާމްދީނާއި އިދިކޮޅަށް ހަނގުރާމަ އިއުލާން ކޮށްފައެވެ. ނަމަވެސް ޓޭންކަރު ތަކުންނާއި ބަޑިންނެއް ނޫނެވެ. ފިކުރީ ގޮތުންނެވެ. އާ ދީނެއް ކަމަށްވާ ޑިމޮކްރަސީ އަށް ގޮވާލުމާއި، މާތް ﷲ ގެ ޝަރީއަތަށް ގޮންޖަހެމާއި، ދީނާއި ދައުލަތް ވަކިކޮށްލުމަށް މަސައްކަތް ކުރުމާއި ، އިސްލާމްދީން މޮޑޯރން ކުރުމަށް މަސައްކަތް ކުރުމާއި، ރަސޫލާ (ސައްލަﷲ ޢަލައިހި ވަސައްލަމް) ގެ ސުންނަތަށް ފުރައްސާރަ ކުރުމަށް މަސައްކަތް ކުރުމާއި، ރަލާއި ހަށިވިއްކުން އާއްމު ކުރުމާއި، އިސްލާމީ މަދަރުސާ ތައް ބަންދު ކުރުމަށް މަސައްކަތް ކުރުމާއި، އިސްލާމީ މާއްދާ އާއި އަރަބި މާއްދާ އުވާލުމަށް މަސައްކަތް ކުރުމާއި، ދީނީ އިލްމުވެރިންގެ އަގު ވައްޓަން މަސައްކަތް ކުރުމާއި، ދީނީ މިނިވަންކަމަށް ގޮވާލަން މަސައްކަތް ކުރުމާއި، އެތީސްޓުންނަނަށާއި މޮޑޮނިސްޓުންނަށް ސަޕޯރޓް ދިނުމާއި ، މާތްﷲ އަށް ޝަރީކު ކުރެވޭ ބުދުތައް ބެހެއްޓުމާއި، އިޒްރޭލުން ރާއްޖެ އައުމާއި، މިޔުޒިކާއި ލާދީނީ ކަންތައް ފެތުރުމާއީ ، ޒުވާނުން ހަލާކު ކުރުމާއި އަދި މި ފަދަ ހުރިހާ ކަމެއް، މިއީ ކުރޫސޭޑާރސް ފިކުރީ ހަނގުރާމަ ކުރަމުންދާ ކަމުގެ އަލާމަތްތަކެވެ. އަދި އެންމެބޮޑު ހިތާމައަކީ މި ޤައުމުގެ ވަލިއްޔުލް އަމުރު އާއި އެބޭފުޅާގެ އެކުވެރިންތައް ކުރޫސޭޑާރސް ގެ އަވާގައި ޖެހި އިސްލާމްދީން ފުހެލުމަށް އެމީހުންނާއި ގުޅިގެން މަސައްކަތްކުރާތީއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ.

އަދި ދީނީ އިލްމުވެރިން ގެ ތެރެއިން ބަޔަކު ކުރޫސޭޑާރސް ގެ ޕާރޓީ އަށް ސަޕޯރޓް ކުރާތަން ފެނުމީ ވެސް ހިތާމަ ހުރި ކަމެކެވެ.އާއެކެވެ. ޖިހާދާއި މިނޫންވެސް ﷲ ގެ މަގުގައި ނުކުންނަ ކޮންމެ ނިކުތުމެއްގައި މުނާފިޤުން ފާޅުވާނެއެވެ. މިގޮތުން ރާއްޖޭ ގައިވެސް މިކަމުގެ އަސަރު ތައް ފެންނަން ފަށައިފިއެވެ. އެއީ ކޮންމެ ކަމެއްގައި ވެސް އާޚިރު ނަތީޖާ އެވެ. ހައްޤާއި ބާތިލް ވަކިވާނެއެވެ. އެއްކޮޅުގައި ތިބޭނީ ތޯޣޫތުންނާއި ، ޔަހޫދީންނާއި ނަސާރާއިންނަށް ވާގިވެރިވާ މީހުންނާއި ، ޑިމޮކްރޭޓުންނާއި، މޮޑޮނިސްޓުންނާއި ،އެތީސްޓުންނާއި ، ސެކިޔުލަރިސްޓުންނާއި އަދި މި މީހުންގެ އިލްމުވެރިންނެވެ. އަނެއްކޮޅުގައި ތިބޭނީ ތޯޣޫތުން ބަރީޢަވެ މާތްﷲ ގެ ޝަރީޢަތް ބިމުގައި ޤާއިމް ކުރުމަށް މަސައްކަތް ކުރާ ﷲ ގެ ނަންފުޅު މަތިވެރިކުރުމަށްޓަކައި މަސައްކަތް ކުރާ މުޖާހިދުންނާއި، މުއުމިނުންނާއި މުސްލިމުންނެވެ. އަދި އެންމެފަހުން ނަސްރުލިބިގެންދާނީ ވެސް މާތް ﷲ ގެ ދީނަށް ނަސްްރު ދޭ މީހުންނަށެވެ.

އަޅު ހައްދަވާ ބޮޑު ކުރެއްވި މަތިވެރިވަންތަ އޯގާވެރިވަންތަ ރަސްކަލާކޮ! އިސްލާމްދީން ފުހެލުމަށް ނިކަމެތިކުރުމަށް ދުޝްމަނުން ރާވާ ރޭވުންތަކުން އަޅަމެން ސަލާމަތް ކުރައްވާނދޭވެ. އަދި އިސްލާމްދީނުގެ ދުޝްމަނުންނާއި މުނާފިޤުންގެ ސަފުތައް ބައިބައި ކުރައްވާ އެމީހުންގެ ހިތްތަކުގައި ބިރުވެރިކަން ލައްވާ އެމީހުން ނިކަމެތި ކުރައްވާ ބަލި ކުރައްވާނދޭވެެ. އަދި މުސްލިމުންނަށް ނަސްރާއި ކާމިޔާބާއި އިއްޒަތް ދެއްވާނދޭވެ. އާމީން الحمد لله رب العالمين

Sunday, November 16, 2014

ފަތިސްނަމާދަށް ދިޔަ މީހެއްގެ އަޖާއިބުކުރަނިވި ވާހަކަ

ފަތިސްނަމާދު ވަޤުތު ޖެހުމުގެ ކުރިން ވަރަށްފަތިހާ ހޭލައިގެން ނަމާދަށް ދިޔުމަށް ތައްޔާރުވަމުންދިޔަ ބޭބެއެކެވެ. ހެދުން ލުމަށްފަހު ވުޟޫކުރުމަށްފަހު މިސްކިތާ ދިމާޔަށް ހިނގައިގެންފިއެވެ. މިމުސްކުޅި ބޭބެ މަޑުމަޑުން ހިނގަމުން ދަނިކޮށް މަގުގެ މެދެއްހާ ހިސާބުން އެއްޗެއްގައި އަޅައިގެންފައި ވެއްޓިއްޖެއެވެ. ބޭބެ ތެދުވުމަށްފަހު ގައިން ވެލި ފޮޅާލުމަށްފަހު ގެޔަށްގޮސް ހަޑިވެފައިވާ ހެދުން ބަދަލުކޮށްގެން އަލުން މިސްކިތަށް ދިޔުމަށް ހިނގައިގެންފިއެވެ.


Friday, November 14, 2014

ފަހާ މީހާޔާއި އޭނާ ފެހި ހެދުން

އެއްޒަމާނެއްގައި އުޅުނު ފަހާމީހެކެވެ. މީނާގެ މަސައްކަތަކީ ފެހުމެވެ. އެއްދުވަހަކު މިފަހާމީހާގެ ގާތަށް މީހަކު ހެދުމެއް ފައްސަންވެގެން އަޔެވެ. އަދި މިހެދުން ވަރަށް ފުރިހަމައަށް ފަހައިދިނުމަށް އެދުނެވެ. ފަހާމީހާ އޭނާ އަށްވީ އެންމެ މަތީ ދަރަޖައަކަށް ހެދުން ވީހާވެސް ރަނގަޅަށް ފެހުމަށް މަސައްކަތްކުރަމުން ދިޔައެވެ. އަދި ހެދުން ނިންމައިފިއެވެ.

Wednesday, November 12, 2014

އިނގިލިބުރި ރަސްގެފާނުގެ ވާހަކަ


އެއްޒަމާނެއްގައި އުޅުއްވި ރަސްކަލެކެވެ. މިރަސްގެފާނުގެ އަރިހުގައި ވަރަށް ތަޤުވާވެރި ހުރިހާކަމެއްގައިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ވަކީލުކުރާ ވަޒީރެއް ހުއްޓެވެ.

އެހެން ދުވަސްތަކެކޭ އެއްފަދައިން ދުނިޔެ ހިނގަމުން ދަނިކޮށް އެއްކަލަ ރަސްގެފާނުގެ އިނގިލިފުޅެއް ބުރިވެއްޖެއެވެ. އަދި ވަރަށް ގިނައިން ލޭއަންނަން ފަށައިފިއެވެ. އެވަގުތު ވަޒީރު ބުންޏެވެ. “ރަނގަޅަށް ކޮންމެކަމެއްވެސް ވާނީ. ތިކަމުގައިވެސް ރަނގަޅެއް ވާނެއެވެ. އިންޝާﷲ”

Monday, November 10, 2014

މިފަދަ ނިމުމެއް ﷲ ތަބާރަކަ ވަތަޢާލާ މިންވަރުކުރައްވާށިއެވެ


މިޙާދިޘާހިނގީ މީގެ އަހަރުތަކެއްކުރިން ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ކަމުގައިވާ ރިޔާޟުގައެވެ. ޢާއިލާއެއްގައި ހުރި ގާތްގަނޑަކަށް އުމުރުން 15 އަހަރަށް އަޅާފައިވާ އަންހެންކުއްޖެކެވެ. ކިޔަވަމުންދިޔައީ ޤުރުއާން ހިތުދަސްކޮށްދޭ މަދަރުސާއެއްގައެވެ. އެމަދަރުސާގެ ތިންވަނަ ގުރޭޑުގައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކަލާމްފުޅުން 28 ފޮތް މި ކުޑަ ކުޑަ އުޚުތާ ދަސްކޮށްފައިވެއެވެ. އޭރު މިކުޑަކުޑަ އުޚުތާ ކިޔަވަމުންދިޔައީ ދެވަނަ ސެމެސްޓަރގައެވެ. އަދި ރޯދަމަސްކަމުން ބުރަކޮށް މަސައްކަތްކުރަމުން ދިޔައީ އެއަހަރު ޤުރުއާން ހިތުދަސްކޮށް ނިންމާލުމަށެވެ.

Saturday, November 8, 2014

ސަލަފުންގެ ބޭކަލެއްގެ ވާހަކަ


ޢަބްދުއްރަޙުމާން ބިން އަބީ ލަޢިލާ 

ރަޙިމަހުﷲ(ތާބިޢީ ބޭކަލެއް) ރޭގަނޑު ދަމު 

ނަމާދު ކުރައްވަން ހުންނަވާފައި މީހަކު ގެޔަށް 

ވަންނަ ނަމަ ނަމާދު މެދު ކަނޑުއްވާ 

ލައްވާފައި އެނދުގައި އޮށޯވެ ނިދާކަމަށް 

ހައްދަވައެވެ. އެމީހަކު ވަދެ ބުނާނެއެވެ.



Thursday, November 6, 2014

މާތް ނަބިއްޔާ صلى الله عليه وسلم އަށް ބަދުބަސްބުނިމީހާގެ ވާހަކަ


’ދާރްއަލްކާމިނާ‘ ލިޔުއްވާފައިވާ ލިޔުންތެރިޔާ އޭގެ 

ތިންވަނަ ފޮތުގެ 202 ވަނަ ޞަފްޙާގައި ހިމަނާފައިވާ 

ވާހަކައެއްގައިވެއެވެ. ނަޞާރާއިންގެ އިސްވެރިންތަކެއް، 

އަލަށް ނަޞާރާދީނަށް ވަތް، މޮންގޯލްގެ 

ރަސްގެފާނަކާއި ބައްދަލު ކުރުމަށް ދިޔައެވެ. މިނަޞާރާއިންގެ ތެރެއިން އެކަކު ނަބިއްޔާ (صلى 

الله عليه وسلم) އަށް ފުރައްސާރަ ކުރަން ފެށިއެވެ. އަދި އެތާގައި ޝިކާރަކުރާ 

ކުއްތާއެއް އައްސާފައި އޮތެވެ. މިކުއްތާ ވަރަށް ރުޅިވެރިކަމާއިއެކު ވަރަށް ބާރަށް 

މިނަޞާރާ މީހާއާއި ދިމާލަށް ގޮވަން ފެށިއެވެ.

Tuesday, November 4, 2014

ޅަފަތުގެ ދާނުގައި ވާހަކަ ދެއްކި ތިން ކުދިންގެ ވާހަކަ


ޅަ ފަތުގައި މަންމަގެ އުނގުގައި އޮވެ، ތުއްތު ހާލަތުގައި ވާހަކަ ދެއްކި ތިންކުދިންގެ ޚަބަރު މާތް  ނަބިއްޔާ ޞައްލަالله ޢަލައިހި ވަސައްލަމަދެއްވަމުން ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. ޅަފަތުގެ ދާނުގައި ތިންކުއްޖަކުމެނުވީ ވާހަކަ ނުދައްކައެވެ. އެއީ ޢީސާ ޢަލައިހިއްސަލާމާއި އަދި (ޖުރައިޖުގެ ބޮލުގައި އެޅުވުނު ކުއްޖާއެވެ. )ބަނީ އިސްރާއީލުންގެ ތެރޭގައި އަޅުވެރިނަމާދުކޮށް އުޅޭ ޖުރައިޖު ނަމަކަށް ކިޔުނުމީހަކުވިއެވެ. އަދި އަޅުކަންކުރާ ތަނެއްހަދައި(ޓަވަރެއް ގޮތަށް އުސްކޮށް ހުންނަތަނެއް) އެތަނުގައި އަޅުކަމުގައި ޖުރައިޖުހުއްޓެވެ. އެއްދުވަހަކު ޖުރައިޖު ނަމާދުކުރަން ހުއްޓާ ޖުރައިޖުގެ މަންމަ އަތުވެއްޖެއެވެ.

Sunday, November 2, 2014

އިބުނު އުޘައިމީން ރަޙިމަހުﷲ ގެކޮޅު

ޝެއިޚު އުޘައިމީން ރަޙިމަހުﷲ ގެ ގެކޮޅަށް 

ސައޫދީ ޢަރަބިއްޔާގެ ރަސްކަލުންގެ ތެރެއިން 

ރަސްކަލަކު ވަޑައިގަތެވެ. މިކަލޭގެފާނަކީ ސަޢޫދީ 

ޢަރަބިއްޔާގެ ފަހުގެ ތާރީޚުގައި އުފެދުނު ބޮޑެތި 

ޢިލްމުވެރިންގެ ތެރެއިން ބޭކަލެކެވެ.

އަދި އެކަލޭގެފާނުގެ ގެކޮޅަށް ވަޑައިގެން އެކަލޭގެފާނުގެ ގެކޮޅު ދެކެވަޑައިގެން އެގެކޮޅުގެ 

ސާދާކަމުގެ ސަބަބުން އެކަލޭގެފާނަށް އާ ގެޔެއް ބިނާކޮށްދެއްވުމަށް ރަސްގެފާނު 

ބޭނުންފުޅުވާ ވާހަކަ ދެންނެވިއެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons