ރަޙިމަހުﷲ(ތާބިޢީ ބޭކަލެއް) ރޭގަނޑު ދަމު
ނަމާދު ކުރައްވަން ހުންނަވާފައި މީހަކު ގެޔަށް
ވަންނަ ނަމަ ނަމާދު މެދު ކަނޑުއްވާ
ލައްވާފައި އެނދުގައި އޮށޯވެ ނިދާކަމަށް
ހައްދަވައެވެ. އެމީހަކު ވަދެ ބުނާނެއެވެ.
މިއީ ނިންޖަކުން ހޭލައްވާ ބޭފުޅެއްވެސް ނޫންތާއެވެ. ގިނަ ވަޤުތު ތަންމަތީގައި ނިދިކުރައްވަނީއެވެ. ނަމަވެސް އެބައިމީހުންނަކަށް އެކަލޭގެފާނު ނަމާދުކުރައްވާ ކަމާއި އަދި އެބައިމީހުންނަށް އެކަން ފޮރުވަނީކަމެއް ނޭނގެއެވެ..
އެކަލޭގެފާނަކީ ކޮންބޭކަލެއް؟
އެކަލޭގެފާނަކީ ޢައްލާމާ އަލްޙާފިޡު އަލްފަޤީހު އަބުލް ޢީސާ ޢަބްދިއްރަޙުމާނު ބިން އަބީ ލައިލާ އަލްއަންސާރީއެވެ. ތާބިއީ ބޭކަލެކެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައެވެ. ނުވަތަ އޭގެ ކުރިންނެވެ. އަދި އުމަރު ރަޟިޔަﷲ ޢަންުގެ ޚިލާފަތުގެ މެދެތެރޭގައި ކަމަށްވެސް ބުނެވެއެވެ. ޞަޙާބީ ބޭކަލުންގެ ތެރެއިން ޢުމަރު ޢަލީ އިބުނު މަސްޢޫދު ބިލާލު ރަޟިޔަﷲ ޢަންހުމް ފަަދަ އެތައް ޞަހާބީ ބޭކަލުންނެއްގެ ކިބައިން ޙަދީޘް ރިވާކުރެއްވިއެވެ . އެކަލޭގެފާނު ޤުރުއާން ކިޔަވާ ވިދާޅުވީ ޢަލީ ރަޟިޔަﷲ ޢަންހުގެ ކިބައިންނެވެ. އެކަލޭގެފާނަކީ ވަރަށް ގިނަ ޙަދީޘްރިވާކުރައްވާފައިވާ ބޭކަލެކެވެ. އެކަލޭގެފާނު އަވަހާރަކޮށްލެވުނީ ހިޖުރީ ސަނަތުން 82 ނުވަތަ 83 ވަނަ އަހަރުގައެވެ.

0 comments:
Post a Comment