Thursday, April 30, 2015

“ދީނާރެވެ! ކަލެއަށް ހަލާކު ހުއްޓެވެ.”

thaubaދީނާރުގެ މަންމަ އަކީ ވަރަށް ހެޔޮލަފާ އަންހެނެކެވެ. އޭނާގެ މަންމަ ތަކުރާރުކޮށް އޭނާގެ ނުބައި އުޅުމަށާއި ފާފަތަކަށް ތައުބާވުމަށް ނަސޭހަތްތެރި ވެއެވެ. ނަމަވެސް އޭނާގެ މަންމަގެ ބަސްތަކުން އެކަށީގެންވާ ރަނގަޅު އަސަރުތަކެއް އޭނާގެ ކިބަޔަކުން ނުފެނެއެވެ.


Tuesday, April 28, 2015

ޝަރުޢީ ޙިޖާބުން ޙިޖާބުއެޅުމަށް ފަސްޖެހޭ ބައެއް ސަބަބުތައް

flores2އިސްލާމީ ރިވެތި ޝިޢާރުތަކުގެ ތެރެއިން މުހިއްމު އެއްޝިޢާރަކީ އެދީނަށް ހެޔޮގޮތުގައި ތަބާވާމީހުންގެ ހެދުން އެޅުމުގެ ވައްޓަފާޅިއެވެ. އެބައިމީހުންނަކީ އިސްލާމްދީނުގެ މަތިވެރި މީޒާނުން ކިރާލައިގެން މެނުވީ ހެދުންލައި ޒީނަތްތެރިވެއުޅޭ ބައެއްނޫނެވެ.

 އެބައިމީހުންގެ ދިރިއުޅުމުގެ އެންމެހާ ކަމެއް ބިނާކުރަނީ އިސްލާމީ ބިންގަލުގެ މައްޗަށެވެ. އެދީނުގެ ޙުކުމްފުޅުތަކުގައި މަނާކުރައްވާފައިވާކަމެއްކަމުގައިވާނަމަ އެކަމަކުން ދުރުވެގަންނަބައެކެވެ. ބަޔާންވެ މިދިޔައީ ފުރިހަމައަށް ﷲއަށް ކިޔަމަންތެރި މީހުންގެ ޢަމަލުތައް ބައްޓަންކުރާނެގޮތެވެ.

Sunday, April 26, 2015

މައިވަންތަކަމާއި ވިސްނުންތޫނުކަން

rosesމައިންވަންތަކަމަކީ އަންހެނުންގެ ވިސްނުން ތޫނުކުރާ ކަމެކެވެ. ބަލިވެއިންނަ ދުވަސްވަރުން ފެށިގެން ގާތުން ކިރުދިނުމުގެ މުއްދަތުގައި މައިމީހާގެ ވިސްނުންތޫނުވެ ބުއްދި އިސްވާން މެދުވެރިވާ ސަބަބަކީ އެކަމުގެ ތެރޭގައި ހަށިގަނޑުގެ ހޯމޯން ތަކަށް އަންނަ ބަދަލެކެވެ.

Friday, April 24, 2015

އުނގެނުމަށް ދަތިވުން

އުގެނުމަށް ދަތިވުން ނުވަތަ(ލަރނިނގް ޑިސްއެބިލިޓީޒް) އަކީ ކުއްޖާ އުފަންވާއިރުވެސް އުފެދުމުގައި އެކުއްޖާގެ “ނާރުތަކާއި ބެހޭ ނިޒާމު” ނުވަތަ ސިކުނޑިއާއި ހަށިގަނޑުގެ އެހެންބައިތަކާއި ގުޅުވައިދޭ މުވާސަލާތީ ވިއުގަ، އުފެދި ފައި ހުންނަގޮތުން ކުދިންނަށް ދިމާވާކަމެކެވެ.

Monday, April 20, 2015

“ހަ ކިބައިން ހުސް” ތަ؟

10 ނޮވެމްބަރ 2013
allah-logo-primary“ކަޅު ފޮއެ އަނދިރި ރޭރޭ، ކަޅު ހިލަ މަތީ، ކަޅު ހިނި ހިރޭ ހިރުންވެސް ދެނެވޮޑިގެންވާ، ހަކިބައިންހުސް، ކަށަ ކުޅަދުންވަންތަ” މި އިބާރާތަކީ އަޅުގަނޑުމެންނަށް ވަރަށް ގިނައިން އަޑުއިވޭ ވާހަކައެކެވެ. ވާހަކަ ދެއްކުމުގެ މުބާރާތް ތަކުންނާއި އެކިއެކި ޖަލްސާ ތަކުންނެވެ. އެކިއެކި މުނާސަބަތު ތަކުގައި ދައްކާ ވާހަކަ ތަކުންނެވެ. މި އިބާރާތުގައި ވާ ‘ހަ ކިބައިން ހުސް’ މި ބަހުގެ މާނައަކީ ހަ ފަރާތުންކުރެ ފަރާތެއްގައި އިންވެގެން އެއްވެސް އެއްޗެއް ނެތުމެވެ.

Saturday, April 18, 2015

އިސްލާމްދީނުގައި ހިތްހަމަޖެހުމާއި އުފާފާޅުކުރުން

Islam_TVއިސްލާމީ މަތިވެރި ހިދާޔަތް މިޤައުމަށް މެދުވެރިކުރެއްވި މާތް ﷲ އަށް ޙަމްދު ކުރާހާލު އަޅުގަނޑު މިލިޔުން ފަށަމެވެ. ގަރުނަކަށްފަހު ގަރުނެއް ލައްވައި، ދުނިޔެ ނިމެންދެން އަޅުގަނޑުމެންގެ ހަޔާތަށް އަލިކުރުމަށްޓަކައި ދަންމަރެއްގޮތުގައި ލެއްވި އެކަލާނގެ ވަހީ ބަސްފުޅުތަކަށް ތަބާވާ ހާލު އަޅުގަނޑު މިލިޔުން ފަށަމެވެ. ދެފުއްދެގޮތް ޔަހޫދީންނަށާއި، މުސްލިމުންނަށް އަނިޔާކުރުމުގައި ދެމިތިބި ކާފަރުންނަށް އިސްލާމީ ވަހުދަތު، އެބައިމީހުންގެ ހިތުގެ އެންމެ ފުންމިނަށް ވާސިލްކުރުމަށްޓަކައި މަސައްކަތްޕުޅު ކުރެއްވި، މިއުންމަތުގެ މާތް ސާހިބާއަށް ޞަލަވާތް ދަންނަވަމުން މިލިޔުމުގެ މައިގަނޑަށް އަޅުގަނޑުގެ ގަލަން ދީލާލާނަމެވެ.

Thursday, April 16, 2015

ގޭގައި މަޑުން ހުންނަވާށެވެ

22222222222222ro0މުސްލިމުން އުޅޭންވީ، ނުބައިނުލަފާ މީހުނާއި، ތާކުންތާކު ނުޖެހޭ އާވާރާ މީހުންނާއި، ބޭކާރު އަނގަތަޅާ މީހުންނާ ދުރުހެލިވެގެންނެވެ. އެހެންކަމުން އެފަދަ މީހުނާ އެއްކިބާވެވަޑައިގެން ކަލާގެ ހުސްވަގުތުތައް ގޭގައި ހޭދަކުރައްވާށެވެ. ކަލާގެ ގޭގައި މަޑުމަޑުން ހުންނަވާށެވެ. ގޭގައި ހުންނަވައިގެން މަޢުލޫމާތު މުއްސަނދި ކުރައްވައި ހެޔޮ ޢަމަލުތައް އިތުރު ކުރައްވާށެވެ. އޭރުން ކަލާގެ ހިތްޕުޅަށް ތަސައްލީ ލިބިވަޑައިގަންނަވާނެއެވެ. ރޫޙާނީ ހަމަހިމޭންކަން ލިބިވަޑައިގަންނަވާނެއެވެ.

Tuesday, April 14, 2015

ޞާލިޙް އަންބެއްގެ މާތްކަމާއި މަތިވެރިކަން

2492_1191299078
عَنْ عَبْدِ اللَّهِ بْنِ عَمْرٍو رضي الله عنهما أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( الدُّنْيَا مَتَاعٌ وَخَيْرُ مَتَاعِ الدُّنْيَا الْمَرْأَةُ الصَّالِحَةُ ) رواه مسلم – 1467 – 
ޢަބްދު ﷲ ބިން ޢަމްރު ރަޟިޔަ ﷲ ޢަންހު ވިދާޅުވިއެވެ. ﷲގެ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

“ދުނިޔޭގެ ހުރިހާ ތަކެއްޗަކީ އިންސާނާގެ ބޭނުމަށްޓަކާ ﷲ ލައްވަވާފައިވާ ތަކެއްޗެވެ. އަދި އެހުރިހާ ތަކެތީގެ ތެރެއިން އެންމެ ހެޔޮ އެއްޗަކީ ޞާލިޙު އަންބެކެވެ.”

Sunday, April 12, 2015

ވިހުރުނު ދިދަ

background010yo3ސުކޫލްބަންދަށްފަހު އަލުން ސުކޫލަށްދެވޭ ދުވަހަކީ ކޮންމެ ކުއްޖަކުވެސް ވަރަށްއުފާވާނެ ހަނދާނުން ފުހެލަންދަތިވާނެ ވާނެ ދުވަހެކެވެ. އަހަރެން ވެސް މިކަމުގައި އެއްވެސް ތަފާތެއްނެތެވެ. އެކަމަކު އަހަރެން މިފަހަރު ހަމައެކަނި އާ ތައުލީމީ އަހަރެއް އާ ސުކޫލެއްގައި ފަށަނީކީ ނޫނެވެ. ހަމައެޔާއެކު އަހަރެންގެ ދިރިއުޅުމުގެ އާ ޞަފުހާއެއްވެސް އަހަރެން ފަށަނީއެވެ. އެއީ އަހަރެންގެ މެދު މަދަރުސީ ތަޢުލީމުގެ ހަމައެކަނި ފެށުމެއްނޫނެވެ. ހަމައެޔާއެކުގައި އަހަރެން ބޮޑުވެ ތަޞައްރަފު ފުދިފައިވާ އަންހެންކުއްޖެއްގެ ދައުރުވެސް ފަށަނީއެވެ.

Friday, April 10, 2015

އެކަމުގެ ސަބަބުން އަހަރުމެންނަށް ހެޔޮކަމެއް އިތުރުވެ، އަދި އެބައިމީހުނަށް ފާފައެއް އިތުރުވާނެ ފަދަ ކަމަކާއިމެދު، ތިބާ ކަންބޮޑުވަނީ ފަހެ ކީއްވެ ހެއްޔެވެ؟

islamic-wallpaper-3d-mosque-sea-690x517
ތާބިޢީންގެ ތެރެއިންވި ތަޤްވާވެރި ބޭކަލެއްކަމުގައިވި އިބްރާހީމް އައްނަޚައީ އަކީ އެއްލޯ ފަން ބޭކަލެކެވެ. އެކަލޭގެފާނުގެ ދަރިވަރެއްކަމުގައި ސުލައިމާން ބިން މަހްރާން ނަމަކަށް ކިޔުނު ބޭކަލަކު ވިއެވެ. މިކަލޭގެފާނަކީ ވެސް ރޭގަނޑުގަޑީގައި ލޮލުގެ ފެނުން ބަލިކަށި ބޭކަލެކެވެ.

Wednesday, April 8, 2015

އެންމެ ރައްކާތެރި އައްޑަނަ

45އަންހެނުންނަށް އެންމެ ބޮޑު ރައްކާތެރިކަމެއް ދީފައިވާ ދީނަކީ އިސްލާމްދީނެވެ. އެދީނުގައި އަންހެނާގެ ޙައްޤުތައް މަތިވެރިއެވެ. އެދީނުގައި އަންހެނާއަކީ ޤަދަރު ދެވިގެންވާ ޢިއްޒަތްތެރިއެކެވެ. ހެޔޮކޮށްހިތޭ ފަރާތެކެވެ. އޯގާތެރިކަމާއެކު މުޢާމަލާތު ކުރެވޭ ފަރާތެކެވެ. އިހާނެތިވެދޭނޭ ހުރިހާ ކަމަކުން އިސްލާމްދީންވަނީ އަންހެނުން ސަލާމަތްކޮށްދިފައެވެ.

Monday, April 6, 2015

ފޭރާންލުމުގެ އަދަބުތައް

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد

55941399oc8ރަން އަނގޮޓިއެއް އަޅުއްވައިގެން ހުންނެވި ޞަޙާބީއަކު ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގަތެވެ. އެހިނދު ކީރިތި ރަސޫލާ صلى الله عليه وسلم އެ ޞަޙާބީގެ އަތުގައި ހިއްޕެވިއެވެ. އަދި އިނގިލީގައިވާ އަނގޮޓި ނަންގަވާފައި އެއްލަވާ ލެއްވިއެވެ.


Saturday, April 4, 2015

ތެދުމަގު ހޯދަންކުރި ދަތުރު

545684_315545321865599_1053181162_nއެމެރިކާގެ މިއަންހެން (މާރިޔާ) ޑޮކްޓަރު ޤުރްޢާނުގެ ތަރުޖަމާ ކިޔަވަންފެށީ އެފޮތަށް ގޮންޖަހާލެވޭފަދަ ކުށްތަކެއް އެފޮތުން ހޯދުމުގެ ބޭނުމުގައެވެ. ޤުރްޢާނުގެ ކޮންމެ ޞަފްޙާއެއް ކިޔަންފަށަނީ އެ ޞަފްހާއަކުން ހުޅަނގުގެ މީހުން އެދައްކާވާހަކަތައް ފެންނާނެކަމުގެ ކުށްހީއާއި އެކުގައެވެ.

 ނަމަވެސް މާތްﷲގެ ކުޅަދުންވަންތަކަން ދެކޭށެވެ. އޭނާއަށް އެފޮތުންފެނުނީ އޭނާ ހޯދަންއުޅުނު ކުށްތަކެއްނޫނެވެ.

Thursday, April 2, 2015

ކަދުރު އޮށެއްގެ ބަދަލު

24052010(002)އެއްދުވަހަކު މާތް ބޭކަލަކު ކަދުރު ރުކުގެ ބަގީޗާއެއް ކައިރިން ވަޑައިގެންނެވިއެވެ. ވަޑައިގަންނަވަނިކޮށް މަގުމައްޗަށް ވެއްޓިފައި ހުރި ކަދުރު ތަކެއް ފެނިވަޑައިގަތެވެ. އެކަލޭގެފާނު އެތަނުން ކަދުރު އޮށެއް ނަންގަވާ ފަރީއްކުޅުއްވިއެވެ.

 ކަދުރު އޮށް ފަރީއްކުޅުއްވުމާއި އެކު މިކަން މިކުރެވުނީ ބަގީޗާގެ ވެރިމީހާގެ ހުއްދައާއި ނުލައިކަން ހަނދުމަފުޅުވިއެވެ. އެކަމާ ކަންތައް ބޮޑުވެ ހާސްވިއެވެ. ހިތާމަކުރެއްވިއެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons