Tuesday, December 31, 2013

މިރޭ އާ އަހަރު ފާހަގަކުރަން ރާވާ މީސްތަކުންނަށް ހުޅުވާލެވިފައިވާ ސިޓީއެއް.



އެންމެހާ ބޭކަލުންނާއި ބޭކަނބަލުންނޭވެ.
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ވީ ހިނދު އަމަލުން މުސްލިމެއްކަމުގައި ދައްކަން އެބަޖެހެއެވެ. އަޅުގަނޑުމެންނަކީ އާ އަހަރު ތަހުނިޔާކިޔައި ކާފަރުންގެ އީދެއްގައި ބައިވެރިވާން ޖެހޭފަދަ ބަޔެއްނޫނެވެ.

Friday, December 27, 2013

އިސްލާމީ އަޚުލާޤު


އިސްލާމްދީން ރިވެތި އަޚުލާޤަށް ތާއިދުކުރުމާއެކު މާތް އަޚްލާޤުގެ މަތީގައި މުސްލިމުން ތަރުބިއްޔަތު ކުރުމަށް ވަރަށްބޮޑު އަހަންމިޔަތުކަމެއްދެއެވެ. އަދި ތަރުބިއްޔަތުގެ ރޫޙާނީ އުސޫލުތައް ދޫކޮށްލާފައި ހަމައެކަނި މާއްދިއްޔަތަށް ލެނބުމާއި މާއްދިއްޔަތަށް ލެނބުމަށް ގޮވާލެވޭ ގޮވާލުންތައް ބާޠިލުކުރުމަށް ގަދައަޅާ މަސައްކަތްކުރެއެވެ

Monday, December 23, 2013

އަމިއްލަ ހައްޖު އަދާނުކޮށް މައިންބަފައިން ހައްޖައް ފޮނުވުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟



އަމިއްލަ ހައްޖު އަދާނުކޮށް

 މައިންބަފައިން ހައްޖައް ފޮނުވުމަކީ

 ކޮންކަހަލަ ކަމެއްތޯއެވެ؟


Thursday, December 19, 2013

ޞާލިޙް އަނތްބެއްގައި ހުންނާނެ ސިފަތައް


ޞާލިޙް 
އަނތްބެއްގައި
 ހުންނާނެ
 ސިފަތައް

Thursday, December 5, 2013

ޙަދީޘްބަސްފުޅަކާއި އެކު: ވުޟޫމަތީގައި ނިދުން


ފެށުން.



الحمد لله رب العامين،


الصلاة و السلام على نبينا محمد و آله و صحبه أجمعين. أما بعد.

Tuesday, December 3, 2013

ސިޙުރެއް ޖެހިފައިވާ މީހުންނާއި އަނބި މީހާއާ އެއްދާން ނުކުރެވިފައިވާ މީހުންނަށް ހުރި ފަރުވާއެއް.


ތިރީގައި އެވަނީ ސިޙުރެއް ޖެހިފައިވާ މީހުން ނާއި އަނބި މީހާ އާއި ގާތް ނުވެވި، އެއްދާން ނުކުރެވޭ މީހުންނަށް ވަރަށް ފައިދާ ހުރި ފަރުވާއެއް ކަމުގައި ޢިލްމުވެރިން ލިޔުއްވާފައިވާ ފަރުވާއެކެވެ. މިފަދަ ކަންކަމުގެ ޝަކުވާ ބައެއް ބޭފުޅުންނަށް ބޮޑުވެފައިވާތީ ލޮބުވެތި ކިޔުންތެރިންގެ ފައިދާއަށްޓަކައި ބަޔާން ކޮށްލީއެވެ.

Wednesday, November 27, 2013

މާތް ﷲ އަށް ބިރުވެތިވެ އެކަލާނގެ ރަޙުމަތަށްއެދުން.

ދުނިޔޭގައި އުޅެމުންދާއިރު، އަބަދުވެސް މާތް ﷲ އަށް ބިރުވެތިވެ އެކަލާނގެ ޙަޟުރަތުން ރަޙުމަތަށް އެދެންވާނެއެވެ. އެކަލާނގެއަށް އުރެދިއްޖެނަމަ، ހުރި ޢަޛާބަކަށް ބިރުވެތިވެ، އެންގެވި ގޮތަށް ޢަމަލުތައް ބެހެއްޓުމުން، ލިބިގެންދާނެ ޘަވާބަށް އުންމީދު ކުރަންވާނެއެވެ.

Monday, November 25, 2013

ބިދުޢަ

 
DSC_0013ބިދުޢައޭ ބުނެވުނު ބަހުގެ މާނައީ؛ އަލަށް ކަމެއް ނުވަތަ އެއްޗެއް އުފެއްދުމެވެ. ޝަރީޢަތުގެ އިޞްޠިލާޙުގައި ބިދުޢައޭ ބުނެވުނު ބަހުގެ މާނައީ؛ އިސްލާމް ދީނުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަނޑައަޅުއްވާފައި ނުވާކަމެއް އެނަބިއްޔާއަށް ފަހު، ދީނުގެ ކަމެއް ކަމުގައި ހަދައިގެން ކުރުމެވެ.

Saturday, November 23, 2013

ޞާލިޙް އެކުވެރިން އިޚްތިޔާރު ކުރާށެވެ.

ހައްގުގޮތުގައި ދެމިހުރެ، ސީދާވެގެންވާ ތެދުމަގަށް އިންސާނާ ގެންގޮސް ދިނުމުގައި އެންމެ ބޮޑު އެހީތެރިޔަކަށްވަނީ ހެޔޮލަފާ ޞާލިޙް އެކުވެރިންނެވެ. އަދި ނުބައި ނުލަފާ މީހުންނާ ދުރުހެލިވުމެވެ. ސަބަބަކީ އިންސާނާއަކީ އޭނާއާއި އެންމެ އެކުގައި އުޅޭ މީހެއްގެ ގޮތް ކޮޕީކުރާ މީހެކެވެ.

Thursday, November 21, 2013

މަންމައެއްގެ ލޯބި


story

ތިމަންގެ ގާތް އެކުވެރިއެއް، އޭނާގެ ހިތްގައިމު ރަށުގައި ތިމަންގެ ޗުއްޓީ ހޭދަކޮށްލުމަށް ދަޢުވަތުދިނެވެ. އެ އެކުވެރިޔާގެ ރަށަކީ ކުޑަ ރަށެކެވެ. ވެރިރަށާ އެ ރަށާ ދެމެދުގައި ވަނީ ގާތްގަނޑަކަށް ކާރުގައި 12 ގަޑިއިރު ގެ ރާސްތާއެވެ.

Tuesday, November 19, 2013

ތަރުބިއްޔަތުގެ މުޞްޠަލަޙުތައް


ތަރުބިއްޔަތުގެ ޢިލްމުގައި
 ބޭނުންކުރާ ޚާއްޞަ ބަސްތަކެއްވެއެވެ.
 އޭގެ ތެރެއިން ބައެއް ބަސްތަކަކީ ތަރުބިއްޔަތު
 މިލަފުޒާ އެއް މާނައެއް ދޭހަވާ ބަސްތަކެވެ.

Sunday, November 17, 2013

ޞަދަޤާތުގެ ފަރުވާ


ޑަކުޓަރުންނާއި ބޭސްވެރިން ކުރާ ބޭހުގެ އިތުރުން، ޞަދަޤާތުން ފަރުވާ ކުރުމަކީ

 މުސްލިމުންގެ ތެރެއިން ގިނަބަޔެއްގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމެކެވެ. 

އައްތައުބާ ސޫރަތުގެ 103 ވަނަ އާޔަތުން އެނގޭ ގޮތުގައި ޞަދަޤާތް ދިނުމަކީ،

 އެކަންކުރާ ބަޔަކު ޠާހިރުވެ އުޖާލާވާ ކަމެކެވެ.

Friday, November 15, 2013

ތިބާގެ ރައްބު ތިބާއާ މެދު ކަންތައްކުރީ ކިހިނަކުންހެއްޔެވެ؟

އަބޫ ބަކުރު އައްސައިދަލާނީ ރިވާކުރެއްވިއެވެ.

 ސާލިމް ބިން މަންޞޫރު ބިން ޢައްމާރު ވިދާޅުވަނިކޮށް

 ތިމަން އަޑުއެހީމެވެ.

Wednesday, November 13, 2013

ޢާޝޫރާ ދުވަހުގައި (މުޙައްރަމު 10) ރޯދަހިފުމުގެ މަތިވެރިކަން


ޢާޝޫރާ ދުވަހުގައި (މުޙައްރަމު 10) ރޯދަހިފުމުގެ މަތިވެރިކަން

ފުރަތަމައާޝޫރާ ދުވަހުގެ ރޯދައަކީ ކޮބާ؟

އާޝޫރާ ދުވަހަކީ މުޙައްރަމު މަހުގެ 10 ވަނަ ދުވަހެވެ.


 މިދުވަހު ރޯދަހިފުމަކީ ގަދަވެގެންވާ ސުންނަތެކެވެ.

Friday, October 11, 2013

އޭ އަޚާއެވެ. ﷲ ސުބުހާނާހު ވަތަޢާލާގެ އިމްތިޙާނެވެ.

2010-10-25 18h16_46الحمد لله رب العالمين. الصلاة و السلام على نبينا و حبيبنا محمد و على آله و صحبه. أما بعد.
ﷲ ސުބުހާނަހޫ ވަތަޢާލާ އީމާންވެއްޖެ ކަމަށް ބުނާ މީސްތަކުން އިމްތިޚާން ކުރައްވާނެ ކަމަށް ޚަބަރު ދެއްވަމުން އެއިލާހު ވަޙީކުރައްވައެވެ.  أَحَسِبَ النَّاسُ أَن يُتْرَ‌كُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ މާނައގެ ތަރުޖަމާއީ “އެބައިމީހުން އީމާންވެއްޖޭ ބުނުމުން އެބައިމީހުން އިމްތިހާން ނުކުރައްވާ ދޫކުރާނޭ ކަމަށް އެބަހީމީހުން ހީކުރަނީހެއްޔެވެ؟”

Wednesday, October 9, 2013

ﷲގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވާ މީހުންގެ މަތިވެރިކަން.

Islam-jihad-flag-al-rayajpg1. قال الله تعالى:

وَلا تَقُولُوا لِمَنْ يُقْتَلُ فِي سَبِيلِ اللَّهِ أَمْوَاتٌ بَلْ أَحْيَاءٌ وَلَكِنْ لا تَشْعُرُونَ

(البقرة:154)

Monday, October 7, 2013

ޙައްޖު މަހުގެ ފުރަތަމަ ދިހައެއްގެ މާތްކަން


الحمد الله رب العالمين , والصلاة والسلام على نبينا محمد وعلى آله وصحبه أجمعين وبعد 
އެކެއް: ޙައްޖުމަހުގެ ފުރަތަމަ ދިހައެއްގެ މާތްކަން 

Tuesday, September 17, 2013

ﷲގެ މަގުގައި ހޭދަކުރުމުގެ ބައެއް އަދަބުތަކާއި ހޭދަކުރެވިދާނެ މަގުތައް


sadaqah

ﷲގެ މަގުގައި ހޭދަކުރުމުގެ ބައެއް އަދަބުތައް:

1. ނިޔަތް އިޚްލާޞްތެރިކުރުން:
ﷲގެ މަގުގައި ހޭދަކުރާއިރު ނިޔަތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އިޚްލާޞްތެރިކުރަންޖެހެއެވެ. އެކުރާ ޞަދަޤާތަކީ ހަމައެކަނީ ﷲއަށްޓަކައި ކުރާ ޞަދަޤާތެއްކަމުގައި ދެކެންޖެހެއެވެ. ނިޔަތް އިޚްލާޞްތެރިނުވެއްޖެނަމަ އެކަމުގެ ތެރެއަށް ދެއްކުންތެރިކަން ވަންނާނެއެވެ.

Thursday, September 5, 2013

ގެތައް އިޞްލާޙުކުރުމަށް 40 ނަޞީޙަތް


40 naseehai

މުތަރުޖިމުގެ ބަސް

މިއީ ސުޢުދީ ޢަރަބިއްޔާގެ މަޝްހޫރު ޢިލްމުވެރިއެއްކަމަށްވާ ފަޟީލަތުއްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު حفظه الله ގެ ރިސާލާއެއްކަމަށްވާ (أربعون نصيحة لإصلاح البيوت) ގެ ތަރުޖަމާއެވެ.
 މުޖުތަމަޢުތައް އިޞްލާޙުވާނީ މީސްތަކުން ދިރިއުޅޭ ގެތައް އިޞްލާޙުކުރެވިގެންނެވެ.
 އިޞްލާހީ ޙަރަކާތްތަކުގައި އެންމެ ފުރަތަމަ މަދަރުސާއަކީ ގޯތިގެދޮރެވެ. ރަނގަޅު ވެއްޓެއް ގޭތެރޭގައި ޤާއިމުކުރުމަކީ އެ ގެތަކުން ރަނގަޅު ޖީލެއް ނުކުމުގެން އައުމުގެ ބިންގަލެވެ.

Friday, August 30, 2013

ސަލަފުއްޞާލިޙުންގެ ހަޔާތްޕުޅުން އިޚުލާސްތެރިކަމާގުޅޭ އިބުރަތްތެރި ދިހަވާހަކަ

مصباح

ސަލަފުއްޞާލިޙުންގެ

ހަޔާތްޕުޅުން

 އިޚުލާސްތެރިކަމާގުޅޭ

 އިބުރަތްތެރި

 ދިހަވާހަކަ



Sunday, August 25, 2013

އެމެރިކާ: ދުނިޔޭގެ އެންމެ ކުށްވެރިން ގިނަ ޤައުމު

ދުނިޔޭގެ ޑިމޮކްރަސީގެ ބައްޕަކަމުގައި ދައުވާ ކުރާ އެމެރިކާއިން މިހާތަނަށް ޤައުމުން ބޭރަށް ސިފައިން ފޮނުވައިގެން ކޮށްފައިވާ އަދި ކުރަމުންދާ ގިނަ ހަނގުރާމަތަކަކީ އެ ޤައުމުތަކަށް މިނިވަންކަން ހޯދައި ދިނުންކަމަށް އެމެރިކާއިން އަބަދަވެސް ބުނެއެވެ. ޚާއްޞަކޮށް މުސްލިމް ޤައުމުތަކަށް ގަދަކަމުން އަރައިގަނެގެން އެތައް ހާސް އިންސާނުންނެއް މަރަމުން ގެންދަނީވެސް ހަމަ އިންސާނުންނަށް މިނިވަންކަން ހޯދައިދޭށޭ އެބައިމީހުން ބުނެއެވެ.

Friday, August 23, 2013

ޒަކާތުގެ ފިޤުހު: މައްކާގައި ޒަކާތްދިނުން އޮތް ގޮތް

fiqh-zakaat-makka-zamaanugai

 


މައްކާގައި ޒަކާތްދިނުން އޮތް ގޮތް:

އިސްލާމްދީނުގެ ކުރީކޮޅުގައި މުސްލިމުން މައްކާގައި ތިބިދުވަސްވަރު، ފަޤީރުންނާއި މިސްކީނުންނާ އަޅާލުމާއި، އެމީހުންނަށްވާ މާލީ ޙައްޤުތައް ދިނުމާމެދު ޤުރުއާނުގައި އައިސްފައިވާ ބައެއް އާޔަތްތަކާއި، އަދި އެ އާޔަތްތަކުގައިވާ ގޮތާއި ވައްޓަފާޅި، ވޭތުވެދިޔަ ޞަފްޙާތަކުން އަހަރެމެންނަށް އެނގިޖެއެވެ.

Monday, August 19, 2013

أَصْحَابُ الأُخْدُوْدِ(ވަޅުގަނޑަށް އުކާލެވުނު މީހުން)


ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ."ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުންގެ ތެރޭގައި ރަސްކަލަކު އުޅުއްވިއެވެ. އަދި އޭނާ ސިޙުރުވެރިއަކު ގެންގުޅުއްވިއެވެ. މި ސިޙުރުވެރިޔާ މުސްކުޅިވުމުން ރަސްގެފާނަށް ދެންނެވިއެވެ. ތިމަން މިއަދު މިވަނީ މުސްކުޅިވެފައެވެ. ވީމާ ތިމަންނާ ކައިރިއަށް ޒުވާނަކު ފޮނުއްވައިދެއްވާށެވެ. އެއީ އަހުރެން އޭނާއަށް ސިޙުރު ދަސްކޮށްދިނުމަށްޓަކައެވެ.

Saturday, August 17, 2013

ނަމާދަށް އައުރަ ނިވާކޮށްގެން ދިއުމަށްފަހު، ނަމާދު ނިމިގެން އައުރަ ކަޝްފުކޮށްގެން ދިއުމަކީ ކޮންކަހަލަ ކަމެއް؟


"މިސްކިތަށް މިދަނީ އަޅުކަމެއް ކުރުމަށްޓަކައި، ގޮސް މިއަންނަނީ އެތައް ބައިވަރު ފާފަތަކަކާއެކުއޭ ބުނާކަހަލަ ގޮތަކަށް ފެނިގެން މިދަނީ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުންމަތަށްވަނީ އެފަދަ މިސާލެއް ޖައްސަވާފަ. ތިމަންކަލޭގެފާނުގެ އުއްމަތުގައި މުފްލިސުންނަކީ(ބަނގުރޫޓްވެފައިވާ މީހުންނަކީ) ކޮބައިކަން ތިބޭކަލުންނަށް އެނގިލައްވާހޭ! އަސްޙާބު ބޭކަލުން ވިދާޅުވަނީ ބަނގުރޫޓްވެފައިވާ މީހަކީ ފައިސާއެއްނެތްމީހާއޭ. އެހެންނޫނީ ދަރަނިވެފައިވާ މީހާއޭ.

Monday, August 12, 2013

ފާފަތަކުގެ ތެރެއިން އެންމެ ބޮޑު ފާފައަށް ޝިރުކު ވެގެންދާ ސަބަބުތައް



ފާފަތަކުގެ ތެރެއިން
 އެންމެ ބޮޑު

 ފާފައަށް
ޝިރުކު ވެގެންދަނީ
 އަންނަނިވި ކަންތައްތަކުގެ
 ސަބަބުންނެވެ.

Saturday, August 10, 2013

ސާލިމް ބިން ޢަބްދުﷲ ރަޙިމަހުﷲގެ ޒުހުދުވެރިކަން…

kauba

ސާލިމް އަކީ މުސްލިމުންގެ ދެވަނަ ޚަލީފާ
 ޢުމަރު ބުނުލްޚައްޠާބު ރަޟިޔަﷲ ޢަންހުގެ ދަރިކަލެއްކަމުގައިވާ މާތް ޞަޙާބީ ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުގެ ދަރިކަލެކެވެ.
އެހެން ކަމުން އެކަލޭގެ ފާނަކީ ޢުމަރު ރަޟިޔަﷲ ޢަންހުގެ ކާފަ ދަރިކަލެކެވެ.

Thursday, August 8, 2013

ޝައްވާލު މަހުގެ ހަރޯދަ ހިފާނީ މެދުކެނޑުމެއްނެތިތޯ؟

ސުވާލު:
 ޝައްވާލު މަހުގެ
 ހަރޯދަ ހިފާނީ 
މެދުކެނޑުމެއްނެތިތޯ؟

Tuesday, August 6, 2013

ޞަދަޤާތުގެ ފަރުވާ


ޑަކުޓަރުންނާއި ބޭސްވެރިން ކުރާ ބޭހުގެ އިތުރުން، ޞަދަޤާތުން ފަރުވާ ކުރުމަކީ މުސްލިމުންގެ ތެރެއިން ގިނަބަޔެއްގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމެކެވެ.

 އައްތައުބާ ސޫރަތުގެ 103 ވަނަ އާޔަތުން އެނގޭ ގޮތުގައި ޞަދަޤާތް ދިނުމަކީ، އެކަންކުރާ ބަޔަކު ޠާހިރުވެ އުޖާލާވާ ކަމެކެވެ. ބަލިބައްޔާއި އޭގެ އަސަރުތައް މީސްތަކުންގެ ހަށިތަކުން ފިލުވައިލުމަށްޓަކައި ޞަދަޤާތް ދިނުމަށް ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އިރުޝާދު ދެއްވާފައި ވެ އެވެ.

Sunday, August 4, 2013

ދެ ކަމެއްގެ ވާހަކަ


 
ޢަލީގެފާނު ވިދާޅުވި އެވެ.

މުއުމިނެއްގެ މުޅި ޢުމުރުގައި

 ދެމިނުހުންނާނެ ދެ ކަމެއް ވެ އެވެ.
އެއީ، އޭނާގެ ޒުވާންކަމާއި،

 އޭނާގެ ޖިސްމާނީ ބާރެވެ.

Friday, August 2, 2013

އަނބިމީހާދެކެވާ އިންތިހާލޯބި

ވަރަށް، ހެޔޮލަފާ ވަރަށް ވިސްނުންތޫނު މުސްކުޅި އަންހެނަކު އުޅުނެވެ.
އެނާގެ ފިރިމީހާ އެ އަންހެންމީހާ ދެކެ އިންތިހާޔަށް ލޯބިވެއެވެ.
 ފިރިމީހާ އެކަނބުލޭގެ ދެކެ ވާ ލޯބިން ޅެންހަދައި،
ކިޔާ އުޅެއެވެ.

Wednesday, July 31, 2013

ރާޒުވާކުޅުމަކީ ކޮންކަހަލަކަމެއްތޯ؟


ސުވާލު:

ރާޒުވާކުޅުމަކީ ކޮންކަހަލަކަމެއްތޯއެވެ.؟


Monday, July 29, 2013

ދުޢާ އާއި..... ބަލާ




އިބްނުލް ޤައްޔިމު رَحِمَه الله ވިދާޅުވިއެވެ.
    "...އަދި ދުޢާއަކީ އެންމެ ފައިދާކުރަނިވި ބޭހުގެ ތެރެއިން ހިމެނޭކަމެކެވެ. އެއީ ބަލާގެ ދުޝްމަނެވެ. އެދުޢާ ބަލާއިން ދިފާޢުކޮށް ފަރުވާކޮށްދީ އަދި ބަލާޖެހުމުން މަނާކުރެއެވެ. އަދި އެބަލާ ފިލުވާލައިފައި ނޫނީ ބަލާޖެހިއްޖެ ކަމުގައިވާނަމަ އެލުއިކޮށްދެއެވެ.

Sunday, July 28, 2013

އިސްލާމިކް ފެޝަންޝޯވ ބޭއްވުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްތޯ؟

     

"އިސްލާމިކް ފެޝަންޝޯވ އަކީ އަޅުގަނޑުމެންގެ ތެރެއަށް ފާފަ އެނޫން ނަންތަކަކަށް ބަދަލުކޮށްގެން ގެނެވޭ ގެނައުމެއް، އެކަންކަމާ އަޅުގަނޑުމެން އެއްކިބާވާންޖެހޭނެ"

Saturday, July 27, 2013

ސަޢުދު ބުން މުޢާޛު رضي الله عنه



ޞަޢުދު ބިން މުޢާޛު رضي الله عنه އިސްލާމްވެ ވަޑައިގަތީ އެކަލޭގެފާނުގެ އުމުރުން އެއްތިރީސް އަހަރުފުޅުގައެވެ. އަދި ޝަހީދުވެވަޑައިގެން މިދުނިޔެ ދޫކުރައްވާފައިވަނީ އުމުރުން ސަތުތިރީސް އަހަރުފުޅުގައެވެ. މި ހަތް އަހަރު ވެގެންދިޔައީ އެކަލޭގެފާނަށް ނުހަނު ބޮޑު އިމްތިޙާނުތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެން ހަތް އަހަރަށެވެ. އެކަލޭގެފާނުގެ ހުރިހާ ޖޯރެއް ( ހަކަތައެއް) ﷲ ގެ ދީނަށް ނަޞްރު ހޯދައިދިނުމުގައި ހޭދަކުރެއްވި ހަތް އަހަރަށެވެ. އެކަލޭގެފާނަކީ އިސްކޮޅުން ދިގު ފިރިހެންވަންތަ، އަލި މޫނެއްގެ ވެރިއެކެވެ.

Thursday, July 25, 2013

ބޭނުމަކީ މީހުން އިސްލާޙުވިޔަ ނުދިނުމެވެ



ދުނިޔޭގެ މީޑިޔާއަކީ ވަކިފަރާތަކަށް ނުޖެހި ޚަބަރު ފަތުރާ ވަޞީލަތްތަކެކޭ ބުނެފިނަމަ އަހަރެން އެވާހަކަ ޤަބޫލެއް ނުކުރާނަމެވެ. ސަބަބުތައް ބައިވަރެވެ.
 ދުނިޔޭގެ މީޑިޔާއިން އެބަޔަކާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ އެއްބަޔަކީ އަހަރެމެންނެވެ.

Tuesday, July 23, 2013

އދ. އާއި އެމެރިކާގެ ލޯ ދިވެހިރާއްޖެއަށް

އިސްލާމީ ޤައުމުތަކަށް "ޑިމޮކްރަސީ" ގެ ނަމުގައި އަމާންކަން ގެނައުމަށްޓަކައި އދ. އިން ސްޕޮންސާ ކޮށްގެން އެމެރިކާއިން ހިންގަމުންގެންދާ ކުޅިގަނޑު ނުވަތަ ގޭސްގަނޑު އެންމެފަހުން ދިވެހި ރާއްޖެއަށް އަމާޒު ވެއްޖެއެވެ. ޢަދުލު އިންސާފާއި، ޑިމޮކްރަސީއާއި، ޙައްޤުތަކުގެ ނަމުގައި މިކާފަރު ބައިގަނޑު ހިންގާފައިވާ ޖަރީމާތައް މިއަދުވެސް އަފްޣާނިސްތާނާއި ޢިރާޤުފަދަ އިސްލާމީ ޤައުމުތަކުން އެހެރަގެން ފެންނަމުންދަނީއެވެ.

Sunday, July 21, 2013

ޢިބްރަތް ޙާޞިލުކުރަމާތޯއެވެ!

الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ

Friday, July 19, 2013

ޑިމޮކްރަސީއަކީ އިސްލާމީ ޝަރީޢަތްތަށް ނައްތާލުމަށްޓަކާ ކާފަރުން ރާވަމުން ހިންގަމުން ފުޅާކުރަމުން ފެންދެމުން ދާ ދީނެކެއެވެ.

މިސްރުގައި ފުރަތަމަ ފަހަރަށް ބޭއްވި ޑިމޮކްރެޓިކް ވެރިކަން ފައިސާ އާއި ނުފޫޒު ބޭނުންކޮށްގެން އެމެރިކާއިން އެހީތެރިވެގެން ވައްޓާލާފައިވާތީ ޑިމޮކްރަސީ އޭ ކިޔައިގެން ވާހަކަ ދައްކަން އެމެރިކާ ލަދު ގަންނަން ޖެހޭނެއެވެ. ރާއްޖޭގައި ވެސް ވެރިކަމަށް ކުރިމަތިލުމަށް މަސަކައްކަތް ކުރާމީހުންނާއި ބައްދަލުކޮށް ވެރިކަން ލިބިއްޖެނަމަ ކަންތައް ކުރާނޭގޮތާއި ބެހޭގޮ ތުން މަޝްވަރާތައް ކުރަމުން ދާހެން ހީވެއެވެ.

Wednesday, July 17, 2013

ތަރާވީހް ނަމާދާއި ބެހޭގޮތުން ކުރެވޭ ބަހުސް

ސުވާލު: ކޮންމެ ރަމަޟާން މަހެއް ފެށުމާ ދިމާކޮށް ދީނީކުދިންގެ މެދުގައި ފެށޭ އެންމެ ބޮޑު ބަހުސަކީ ތަރާވީހް ނުވަތަ ޤިޔާމު ގައި ކުރަނީ ކިތައް ރަކުއަތްތޯބެލުމުގެ ބަހުސެވެ. 11 ނުވަތަ 20 ތޯއެވެ. މިކަމުގައި އެއްބަޔަކު އަނެއްބަޔަކު ބިދުއަވެރި ކުރާ ހިސާބަށް ކަންތައްތައް ގޮސްފައިވަނިކޮށް މިހާރު މިވަނީ އާ މައްސަލައެއް ފެންމަތިވެފައެވެ. އެއީ ރޯދަމަހުގެ ގިޔާމު ޖަމާއަތުގައި ކުރުމަށް ވުރެ ގޭގައި އެކަނި ކުރުން މޮޅުއިތުރު ކަމަށް ބުނެ ޖަމާއަތް ދޫކޮށް ފައިބައިގެން ދިޔުމުގެ މައްސަލައެވެ. ދަލީލަކަށް ގެންނަނީ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ޖަމާއަތުގައި ކުރެއްވީ 2 ރޭ ކަމަށާއި އަބޫބަކުރުގެފާނާއި އުމަރުގެފާނުވެސް ޖަމާއަތުގައި ޤިޔާމު ނުކުރައްވާ ކަމަށެވެ. ވީމާ މިކަމުގައި އަމަލުކުރުން އެންމެ ރަގަޅުގޮތަކީ ކޮބާ ކަން ބަޔާންކޮށްދެއްވާ ވަރަށް ތަފްސީލް ޖަވާބެއް ދިނުން އެދެމެވެ.

Monday, July 15, 2013

ބަލީގެ ސަބަބުން އެންއަހަރު އަނެއްއަހަރަށް ނުހިފޭ ރޯދައަށް ފިދުޔައިގެ ގޮތުގައި ދުވާލަކަށް ދޭންޖެހޭނީ ކިތައް ރުފިޔާތޯއެވެ؟

ސުވާލު: ބަލިހާލު ހުރިގޮތުން ރަމަޟާންމަހު ރޯދަ އެއް އަހަރުން އަނެއް އަހަރަށް ނުހިފިއްޖެ ނަމަ ފިދުޔައިގެ ގޮތުގައި ދުވާލަކަށް ދޭންޖެހޭނީ ކިތައް ރުފިޔާތޯއެވެ؟

Saturday, July 13, 2013

އެންމެ ބޮޑު ފާފަ

243_10151678277904105_1471264015_n
އެންމެ ބޮޑު ފާފައަކީ ޝިރުކުކުރުމެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަސްކަންފުޅާއި އެހެން ފަރާތަކާއި އެއްވަރުކޮށްދީ އެއިލާހުގެ ރަސްކަންފުޅާ ބައިވެރި ކުރުމެވެ.
ޚާއްސަކޮށް އަޅުކަން ކުރުމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާއާ އެހެން ފަރާތަކާއި ބައިވެރި ކުރުމެވެ.

ޛިކުރު ކުރުމުގެ ފާއިދާ


ދުޢާ ކުރުމުގެ އަދަބުތެރޭގައި އިމާމް އިބްނު އަލްޖައުޒީ،
އޭނާގެ ''އައްތަބްޞިރާ ފީ އަލްވަޢްޡި'' ގައި
 ނަވާރަ އަދަބެއް
ބަޔާން ކުރައްވާފައި ވެއެވެ.

Thursday, July 11, 2013

ޙަޔާތުގެ ކޮންމެ ދުވަހެއްގައި ތިބާގެ އެންމެ ގާތް އެކުވެރިއަކީ ކޮބައި ހެއްޔެވެ؟


  
Quran
އާނއެކެވެ! ތިބާގެ އެންމެ ގާތް އެކުވެރިއެއް ކަމުގައި ހަދަންވީ ތިބާއާއި އެކު އަބަދުވެސްވާނޭ، ތިބާވީ ކޮންމެތަނެއްގައި ތިބާއަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނެސްދޭނޭ، ތިބާއަށް ކުޑަވެސް ގެއްލުމެއް ގޯނާއެއް ނުދޭނޭ، ތިބާޔަށް ދުވަހަކުވެސް ޚިޔާނާތްތެރި ނުވާނޭ، ތިބާ މަރުވެ ދިއުމަށްފަހުވެސް ތިބާއާއިއެކުގައިވާނޭ، ދުނިޔެއާއި އާޚިރަތުގައިވެސް ތިބާއަށް ޝަފާޢަތްތެރިވާނޭ اللهގެ ކަލާމްފުޅު، "ކީރިތި ޤުރްއާން" އެވެ.
الْحَمْدُ لِلّـهِ الذِّي جَعَلَنَا مِنَ الْمُسْلِمِيْن.

آدم نشان بن علي آدم المالديفي

Tuesday, July 9, 2013

ރަމަޟާން މަސް


ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އަޅުގަނޑުމެންގެ ހިތްތަކަށް އިޙުސާސްވާ ޝުޢޫރެއްގެ ފޮނިކަމާއެވެ! މިއީ ދުނިޔެއާއި އާޚިރަތުގެ ޚަޒާނާތަކުގެ ތެރެއިން ބޮޑުވެގެންވާ ޚަޒާނާއެއް ހުޅުވުނު ދުވަހެކެވެ. މިއީ ރަޙުމަތާއި ބަރަކާތުގެ މައްސަރުގެ ފުރަތަމަ ދުވަހެވެ.

 މިއީ ފާފަފުއްސެވުމާއި ދިންނެވުމުގެ މައްސަރުގެ ފުރަތަމަ ދުވަހެވެ. މިއީ ހެޔޮކަންތައްތައް ކުރުމުގެ ތަނަވަސް މަހުރަޖާން މިއަހަރު ހުޅުވުނު ދުވަހެވެ. މި މަހުރަޖާނުގައި ބައިވެރިވެ މުބާރާތްތައް ކާމިޔާބު ކުރަން މަސައްކަތްކުރާނީ ބުއްދިވެރިންކަން ކަށަވަރެވެ. އަދި މިއަދު އެންމެ ބޮޑަށް އުފާފާޅުކުރާނީ މުއުމިނުންކަން ޔަޤީނެވެ.

Monday, July 8, 2013

އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބެންވާ ޙައްޤުތައް


twist-bar-table-red-450x450
ފިރިމީހާއަށް ޤަދުރުކޮށް އިޙްތިރާމް ކުރުން:
ފިރިމީހާއީ އަނބިމީހާގެ ކުރިމަތީގައި ވަރަށް ޢިއްޒަތްތެރި ޤަދަރުހުރި މީހަކުކަމުގައި އެކަނބަލުން ބަލަންޖެހޭނެއެވެ. އެއީ އެކި ރޮނގުރޮނގުން ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ލިބޭ ގިނަގުނަ ހެޔޮކަންތައްތަކަށްޓަކައެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons