ކެއުމަށްފަހު، ކިޔުމަށްވާރިދުވެގެންވާ ދުޢާ:
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ކާއެއްޗެތި ކައިފައި، (الْحَمْدُ لِلهِ الَّذِيْ أطْعَمَنِيْ هَذَا وَرَزَقَنِيْهِ مِنْ غَيْرِ حَوْلٍ مِنِّيْ وَلاَ قُوَّة) މިފަދައިން ކިޔާމީހާގެ އިސްވެދިޔަ ފާފަތައް ފުއްސަވާ ހުއްޓެވެ. (ތިރްމިޛީ، އިބްނު މާޖާ)
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ކާއެއްޗެތި ކައިފައި، (الْحَمْدُ لِلهِ الَّذِيْ أطْعَمَنِيْ هَذَا وَرَزَقَنِيْهِ مِنْ غَيْرِ حَوْلٍ مِنِّيْ وَلاَ قُوَّة) މިފަދައިން ކިޔާމީހާގެ އިސްވެދިޔަ ފާފަތައް ފުއްސަވާ ހުއްޓެވެ. (ތިރްމިޛީ، އިބްނު މާޖާ)
ވުޟޫކުރުން:
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "މުސްލިމް ނުވަތަ މުއުމިން އަޅާ، ވުޟޫ ކުރާ ހިނދު، ފަހެ މޫނު ދޮންނައިރު، އެމޫނުގައިވާ ލޮލުން ބެލި ކަންތައްތަކުގެ ފާފަތައް ފެނާއި އެކު ނުކުންނަ ހުއްޓެވެ. ނުވަތަ އެންމެފަހުގެ ފެން ތިއްކާއި އެކު ނުކުމެދާ ހުއްޓެވެ. އަދި ދެއަތް ދޮންނަ ހިނދު، ދެއަތުން ކޮށްފައިވާ ފާފަތައް، ފެނާއި އެކު ނުކުންނަ ހުއްޓެވެ. ނުވަތަ އެންމެ ފަހުގެ ފެންތިއްކާއި އެކު ނުކުމެދާ ހުއްޓެވެ. އަދި ދެފައި ދޮންނަ ހިނދު، އެދެފައިން، ހިނގައި އަރައިގަތް ފާފަތައް ފެނާއި އެކު ނުކުންނަހުއްޓެވެ. ނުވަތަ އެންމެ ފަހުގެ ތިއްކާއި އެކު ނުކުމެދާ ހުއްޓެވެ. ހުރިހާ ކުށްފާފަތަކުން، ސާފުވެ ނުކުމެގެންދެއެވެ." (މުސްލިމް) އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "... އަދި އޭނާ ތެދުވެ، ނަމާދުކޮށް، ﷲ އަށް ޙައްޤުވެގެންވާ ޙަމްދުކޮށް ޘަނާ ކިޔައިފިނަމަ، އަދި އޭނާގެ އަހުލުވެރިން ތިބެ، އޭނާގެ ހިތްﷲއަށްޓަކައި ހުސްކޮށްފިނަމަ، އޭނާގެ މަންމަގެ ބަނޑުން، އުފަންވިދުވަހެކޭ، އެއްގޮތަށް ކޮށްފައިވާ ފާފަތަކުން އެއްކިބާކޮށްދެއްވުން ނޫން އެހެން ގޮތެއް ނެތެވެ." (މުސްލިމް)
އިމާމް މީހާގެ ފަހަތުން އާމީން ކިޔުން:
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "އިމާމް މީހާ، އާމީން ކިޔައިފިނަމަ، ފަހެ ތިޔަބައިމީހުން އާމީން ކިޔާ ހުށިކަމެވެ. ފަހެ، "އާމީން" ކިޔާމީހާގެ "އާމީން" އާއި މަލާއިކަތްބޭކަލުން "އާމީން" ކިޔާ ވަޤުތާއި ދިމާވެއްޖެނަމަ، އެމީހެއްގެ އިސްވެދިޔަ ފާފަތައް ފުއްސަވާނެތެވެ." (ބުޚާރީ، މުސްލިމް)
ކޮންމެ ދުވަހަކު، ސުބްޙާނަﷲ ވަބިޙަމްދިހީ، 100 ފަހަރު ކިޔުން:
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ކޮންމެ ދުވަހަކު، 100(سُبْحَانَ الله وَبِحَمْدِهِ)، މިފަދައިން ކިޔާމީހާގެ ފާފަތައް ފުހެވިދާހުއްޓެވެ. އެއީ ކަނޑުގެ ފޮނުގަނޑުހާ ގިނަކަމުގައި ވިޔަސްމެއެވެ." (ބުޚާރީ، މުސްލިމް)
ބަންގި ގޮވާ އަޑު އިވޭ ހިނދު ކިޔުމަށް ވާރިދު ވެގެންވީ ދުޢާ:
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ބަންގި ގޮވާމީހާ، ބަންގި ގޮވާ އަޑު އިވޭ ހިނދު، (أشْهَد أنْ لاَ إلَه إلاّ الله وَحْدَهُ لاَ شَرِيْك لَه وَأنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ, رَضِيْتُ بِاللهِ رَبًّا وَبِمُحَمَّدٍ رَسُولاً وَبِالْإسْلاَم دِيْنًا) ،މިފަދައިން ކިޔާމީހާގެ ފާފަތައް ފުހެވިދާހުއްޓެވެ." (މުސްލިމް)
ރުކޫޢުން ތެދުވެފައި، (اللهُمَّ لَكَ الْحَمْد)، މިފަދައިން ކިޔާ ޙަމްދުކުރުން:
(اللهُمَّ لَكَ الْحَمْد)، އޭ ކިޔުމުން، ފަހެ ތިޔަބައިމީހުން ކިޔާށެވެ. (اللهُمَّ رَبَّنَا لَكَ الْحَمْد)، ފަހެ މިހެން ކިޔާ މީހާގެ ބަހާއި، މަލާއިކަތް ބޭކަލުންގެ ބަސް، ސީދާވެއްޖެނަމަ، އެމީހެއްގެ އިސްވެދިޔަ ފާފަތައް ފުއްސަވާ ހުއްޓެވެ." (ބުޚާރީ، މުސްލިމް)
ފަރުޟު ނަމާދު ތަކުގެ ފަހުގައި، ތަސްބީޙަ ކިޔުން:
ފަރުޟް ނަމާދު ތަކުގެ ފަހުގައި، (سُبْحَان الله) (33 ފަހަރު)، އަދި (الْحَمْد لِلَّه) (33ފަހަރު) އަދި (اللهُ أكْبَر) ކިޔާ، 100 ހަމަކުރުމުގެ ގޮތުން، އެންމެ ފަހު ފަހަރު، (لاَ إلَه إلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ, لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَي كُـلِّ شَيْئٍ قَــدِيْرُ)، މިފަދައިން ކިޔާ ހުށިކަމެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި، 33ފަހަރު، ﷲއަށް ތަސްބީޙަ ކިޔާ، 33 ފަހަރު ޙަމްދުކޮށް، 33 ފަހަރު ތަކްބީރު ކިޔާށެވެ. އޭރުންވާނީ، 99 އަށެވެ. އަދި 100 ހަމަކުރުމުގެ ގޮތުން، )لاَ إلَه إلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ, لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَي كُـلِّ شَيْئٍ قَــدِيْرُ( މިފަދައިން ކިޔައިފިނަމަ، އެމީހެއްގެ ފާފަތައް ފުހެވި ދާހުއްޓެވެ. އެއީ އެފާފަތައް ކަނޑުގެ ފޮނުގަނޑުހާ ގިނަކަމުގައި ވިޔަސްމެއެވެ." (މުސްލިމް)
ﷲ ހަނދުމަކުރާ މަޖްލިސްތައް:
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ޤައުމެއް (ޖަމާޢަތެއް) ގެ ބަޔަކު، ﷲ ހަނދުމަކޮށް، ﷲގެ ވަޖުހުފުޅު ފިޔަވައި، އެހެން އެއްވެސްކަމެއް ބޭނުންނުވާ ޙާލު، އެއްވެއްޖެނަމަ، ގޮވާލާމީހަކު، އުޑުން ގޮވާލާނެތެވެ. "ފަހެ ތިޔަބައިމީހުން، ފާފަތައް ފުހެވިގެންވާ ޙާލު ތެދުވާށެވެ. އަދި ތިޔަބައިމީހުންގެ ފާފަތައް، ހެޔޮކަންތައްތަކަށް ބަދަލު ކުރެވިއްޖެއެވެ. (އަޙްމަދު)
0 comments:
Post a Comment