Saturday, August 13, 2011

ނޫރު މިސްކިތް އޭސީކޮށްފި , ސަންނޫސް


ހެންވޭރު ނޫރު މިސްކިތް އެއާކޯން ކޮށްފިއެވެ. މިއީ މާލޭގައި މިސްކިތެއް އެއާކޯން ކުރި ފުރަތަމަ ފަހަރެވެ.



އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަ އަހުމަދުﷲ ޖަމީލް މިއަދު ވިދާޅުވީ އަމިއްލަ ވިޔަފާރިވެރިއެއް ކަމަށްވާ ގަދަގޭ ސަލީމް ހަރަދު ކުރައްވައި އިމާރާތް ކޮށްފައިވާ ހެންވޭރު ނޫރު މިސްކިތް އޭސީ ކޮށްފައި ވަނީ ވެސް އެފަރާތުން އެކަމުގެ ހުއްދައަށް އެދިގެން އަމިއްލައަށް ކަމަށެވެ.

އޭނާ އަދި ވިދާޅުވީ އެހެން މިސްކިތަކުން އަދި އެއާކޯން ކުރަން އެދިފައި ނުވާ ކަމަށާއި އެދެފިނަމަ ބަލަހައްޓާ ފަރާތުން ކަރަންޓް ބިލް ދައްކާ ގޮތަށް އެއާ ކޯން ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ.



"އެބޭފުޅުންނަށް ކަރަންޓް ބިލު ދެންޏާ މިނިސްޓްރީއަކަށް މައްސަލައެއް ނެތް. އެކަމަށް އަޅުގަނޑުމެން ވަރަށް މަރުހަބާ ކިއިން. ނޫރު މިސްކިތް އެއާކޯން ކުރީ އެ މިސްކިތް ހަދާ ބަލަހައްޓާ ފަރާތުން،" އަހުމަދުﷲ ވިދާޅުވި އެވެ.

ނޫރު މިސްކިތް އެއާ ކޯން ކުރީ ރޯދައާ ދިމާކޮށް މުލަ ރޯދަ ދުވަހުން ފެށިގެނެވެ. މިސްކިތުގައި 15 އޭސީ ބަހައްޓައިފައިވާއިރު، މިސްކިތުގެ ތިރީގައި ހަތް އޭސީ އަދި މަތީ ބުރީގައި އަށް އޭސީ އެވެ.

މީގެ އެއް ހަފުތާ ކުރިން އައި ބާރުގަދަ ކޮޅިގަނޑެއްގައި މުންނާރުގެ ކުރިބޯށި ވެއްޓުނު ނޫރު މިސްކިތަކީ 1000 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެކެވެ. ގަދަގޭ ސަލީމްގެ ހަރަދުގައި ނޫރު މިސްކިތް ހަދައި ހުޅުވާފައި ވަނީ 2004 ވަނަ އަހަރު އެވެ.

މާލޭގައި ފުރަތަމަ ފަހަރަށް މިސްކިތެއް އޭސީ ކުރި ނަމަވެސް ބައެއް ރިސޯޓްތަކުގައި މިސްކިތްތައް މިހާރުވެސް އޭސީކޮށްފައި ހުރެ އެވެ
. 
 މުންޑޫ އާދަމް ހަލީމް - ސަން

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons