Monday, August 29, 2011

ދަރިފުޅާއި މޮހޮރުކޮތަޅު.



   އެއްރަށެއްގައި، ޢާއިލާއަކަށް ވަރަށް ރުޅިގަދަ ކުއްޖަކު ލިބުނެވެ. މިކުއްޖާއަކީ، އެހެން ކުދިންނާއި، ޖަދަލުކޮށް ޒުވާބުކުރާ ކުއްޖެކެވެ. ދަރިފުޅުގެ ބައްޕަ، އެއްދުވަހަކު ތަންކޮޅެއް އަވަހަށް މަހުން އައިއިރު، ގޭދޮށުގައި މީހުން އެއްވެފައި އޮތެވެ
.
 ދަރިފުޅު، އެހެން ރައްޓެހި ކުއްޖަކާއި މައްސަލަ ޖެހިގެން، މައިން މައިންނާއި އަރައިރުންވާ ހިސާބަށް ކަންތައް ވަނީ ގޮސްފައެވެ. އެދުވަހު، ބައްޕަ ދަރިފުޅަށް ގޮވާލާފައި، މޮހޮރު ކޮތަޅަކާއި، މަރުތޭލެއް ދީފައި ބުންޏެވެ.

 "ދަރިފުޅު ރުޅިއަންނަ ކޮންމެ ފަހަރަކު، ނޫނީ އެހެން ކުއްޖަކާއި އަރައިރުންވާންޖެހޭ ކޮންމެ ފަހަރަކު، މިކޮތަޅުން މޮހޮރެއް ފުޅަފުގެ ދަނޑިއަކަށް ޖަހާށެވެ."
   ޖެހިގެން އައި ދުވަހު، މަހުން އައިއިރު، ބައްޕައަށް ފެނުނީ، 37 މޮހޮރު، ފުޅަފަށް ޖަހާފައި ހުއްޓައެވެ. އެދުވަހަށްވުރެ ޖެހިގެން އައި ދުވަހު، ފުޅަފަށް މޮހޮރު އިތުރުވި މިންވަރު މަދެވެ. ދުވަސްކޮލަކުން، ފުޅަފަށް، މޮހޮރެއް ޖެހުމަށްވުރެ، ރުޅި ކޮންޓްރޯލް ކުރަން ދަރިފުޅަށް ފަސޭހަވާން ފެށިއެވެ.
  
އޭގެ ދުވަސްކޮޅެއް ފަހުން، ބައްޕަ މަހުން އައުމުން، ދަރިފުޅު ގޮސް ބައްޕަ ކައިރީގައި، އެދުވަހު އެއްވެސް މޮހޮރެއް، ފުޅަފަށް ނުޖަހާ ވާހަކަ ބުންޏެވެ. އެދުވަހު، ދަރިފުޅަށް، ނަރުކެނޑިއެއް ދީފައި ބައްޕަ ބުންޏެވެ. "ރުޅި ކޮންޓްރޯލް ކުރެވޭ، ކޮންމެ ދުވަހަކު، ނޫނީ މޮހޮރެއް ޖަހަން ނުޖެހޭ ކޮންމެ ދުވަހަކު، ފުޅަފުގައި ޖަހާފައި ހުރި މޮހޮރުން، މޮހޮރެއް ނަގާށެވެ."
  
އޭގެ އެތައް ދުވަހެއް ފަހުން، ދަރިފުޅު ބައްޕައާއި ބައްދަލުކޮށް ބުންޏެވެ. "މިހާރު ފުޅަފުގައި ހުރި ހުރިހާ މޮހޮރެއް ނަގައި ހުސްވެއްޖެއެވެ."
  
 އެދުވަހު ދަރިފުޅު، ފުޅަށް ކައިރިއަށް ގެންގޮސް، މޮހޮރު ޖަހައިފައި ނެގިތަން ދައްކައިފައި ބުންޏެވެ. "ފުޅަފުގައި ހުރި ލޯވަޅުތަކާއި މެދު ވިސްނާށެވެ. ކުއްޖަކާއި އަރައިރުންވެ، އެކުއްޖާއާއި ދިމާލަސް، ހުތުރު އެއްޗެއް، އޭނާގެ ހިތުގައި، މިފަދަ ލަށްތަކެއް ޖަހާނެއެވެ. މީހެއްގެ ގަޔަށް، މޮހޮރެއް ޖަހާފައި، އެދަމައިގަތުމުން، އޭނާގެ ގައިގައި ލަކުނެއް ނުލާނޭ ގޮތެއް ނުހެދޭނެއެވެ!
 ކިތަންމެ ފަހަރަކު މާފު ދޭށޭ، ބުންޏަސް އަދި އޭނާ ކިތަންމެ ފަހަރަކު، ހިތުން ރުހުމުން މާފު ދިނަސް، އެ ލަކުނުތައް ނުފިލާނެވެ!"

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons