އައްޑޫ ސިޓީގެ މީދޫ އަންހެނަކު ، އޭނާ އިސްލާމްދީން ގަބޫލު ނުކުރާކަމަށާއި ، އަދި އިސްލާމްދީނަށް އޭނާ އިންކާރު ކުރާކަމަށް ފާޅުގައި ބުނަން ފަށައިފިއެވެ. ސ.މީދޫ ހުދުފަޅު އައިމިނަތު ފަތޫނާ 22 އ ، އިސްލާމް ދީނުގައި ކުރަން އަންގަވާފައިވާ އަޅުކަންތައް ކުރަން އިންކާރު ކުރާކަމަށާއި ، އެއްކައުވަންތަ މާތް ﷲ ، އެއީ ނުވާ ފަރާތެއް ކަމަށް ބުނާކަމަށް އޭނާގެ މަންމަ އައިޝަދު ދީދީ ވަނީ މީޑިއާއަށް ހާމަކޮށްފައެވެ.
އައިޝަތު ދީދީ ބުނީ އޭނާގެ ދަރިފުޅު ފާޅުގައި ދީނާއި ދެކޮލު ، އަދި މާތްވެގެންވާ އިސްލާމްދީން ގަބޫލު ނުކުރާ ވާހަކަ ފާޅުގައި އާއްމުގެން ތެރޭގައި ދައްކަމުންދާކަމަށެވެ.
އައިޝަތު ދީދީ ބުނީ އޭނާގެ ދަރިފުޅު ފާޅުގައި ދީނާއި ދެކޮލު ، އަދި މާތްވެގެންވާ އިސްލާމްދީން ގަބޫލު ނުކުރާ ވާހަކަ ފާޅުގައި އާއްމުގެން ތެރޭގައި ދައްކަމުންދާކަމަށެވެ.
ނަހަލާލަށް ބަލިވެ އިނުމާއި ގުޅިގެން ފަތޫނާއަށް ހުކުމްކޮށްފައިވާއިރު ، އޭނާގެ މަންމަ ބުނެފައިވަނީ ގްރޭޑް ހަތަކުން ފެށިގެން އޭނާގެ ދަރިފުޅު އިސްލާމްދީން ގަބޫލު ނުކުރާ ހިޔާލުތަކެއް ގެންގުޅޭކަމަށާއި ، ދީނުގެ ވާހަކަ ދެއްކުމުން ރުޅިވެރިކަން ހާމަކޮށް އިސްލާމްދީން ގަބޫލު ނުކުރާކަމަށް ބުނާ ކަމަށާއި، ރަމަޟާން މަހު ރޯދަވެސް ނުހިފާކަމަށެވެ.
ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި މަސައްކަތް ކޮށްފައިވާ ފަތޫނާ އެންމެ ފަހުން މިދިއަ އަހަރު ޑިސެމްބަރުގައި ވަޒީފާ އަދާކޮށްފައިވަނީ ޒިތާލީ ރިސޯޓްސް އެންޑް ސްޕާ ކުޑަފުނަފަރުގައި ރެސްޓަރަންޓް ލައުންޖް ހޮސްޓެސް އެއްގެ ވަޒީފާއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ނަހަލާލަށް ބަލި އިނުމުގެ ސަބަބުން ފަތޫނާއަށް ހުކުމްކޮށްފައިވަނިކޮށް ރިސޯޓްގައި މަސައްކަތް ކުރާތީ އެރިސޯޓަށް އެކަން އެނގިގެން ފަތޫނާ ވަޒީފާއިން ވަކިކޮށްފައިވެއެވެ.
ފަތޫނާގެ މަންމަ ، އޭނާގެ ދަރިފުޅުގެ މައްސަލައިގަ ފުލުހުންނަށާއި، އެރަށުގެ މެޖިސްޓްރޭޓް ކޯޓަށް ވަނީ ހުށައަޅާފައެވެ. ފަތޫނާގެ މަންމަ ބޭނުންވަނީ އެ އިދާރާތަށް މެދުވެރިކޮށް ގެން އޭނާގެ ދަރިފުޅު އަލުން އިސްލާމްދީނަށް ރުޖޫއަ ކުރެވޭތޯ ބެލުމެވެ.
0 comments:
Post a Comment