ފަތުވާނަންބަރު : 2871
ސ: ކީރިތި ރަސޫލާ صلى الله عليه وسلم ނުވަތަ ވަލީވެރިން ،ނުވަތަ ޢަލީ ބިން އަބީ ޠާލިބް رضي الله عنه އަށް ކުރާ ދުޢާ އެބޭކަލުން އައްސަވާނެކަމަށާއި، އަދި އެ ދުޢާތަކަކީ އިޖާބަކުރެވޭނެ ދުޢާތަކެއް ކަމަށް ޤަބޫލުކުރާ މީހެއްގެ ފަހަތުގައި ނަމާދުކުރުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ ޕާކިސްތާނުގެ ގިނަމީހުން ރަސޫލާ صلى الله عليه وسلم ނުވަތަ ޢަލީ ބިން އަބީ ޠާލިބް رضي الله عنه ނުވަތަ ޢަބްދުލް ޤާދިރު ޖީލާނީ އަށް ކަންކަމު އެދި މުޞީބާތްތަކުން ދުރުކުރުމަށް އެދި އުޅެއެވެ.
ސ: ކީރިތި ރަސޫލާ صلى الله عليه وسلم ނުވަތަ ވަލީވެރިން ނުވަތަ ޝައިޚުންނަކީ ދުނިޔެއިން ވަކިވުމަށް ފަހުންވެސް ދިރިތިބޭ ބައެއްކަމަށް ނުވަތަ ޝައިޚުންގެ ރޫޙަކީ އެމީހުންގެ ކިބައިން މީހުން އެދޭ ކަންކަމުގެ އަޑުއަހާ ޙާޟިރުވެގެންވާ ރޫޙުތަކެއްކަމުގައި ޤަބޫލުކުރާމީހެއްގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ ހަމައެހެންމެ ކީރިތި ރަސޫލާ صلى الله عليه وسلم އަކީ ނޫރެއްކަމަށާއި، އެކަލޭގެފާނަކީ އިންސާނީ ވަންތަކަން ލިބިގެން ނުވާ ބޭކަލެއްކަމަށް ޤަބޫލުކުރާ މީހެއްގެ ޙުކުމަކީ ކޮބައިހެއްޔެވެ؟
ޖަވާބު :
ފުރަތަމައީ : ދުޢާއަކީ އަޅުކަންތަކުގެ ތެރެއިންވާ އަޅުކަމެކެވެ. އަޅުކަންތަކަކީ ހަމައެކަނި މަތިވެރިވެގެންވާ ﷲ އަށް ޚާއްޞަކުރެވިގެންވާ ކަމެކެވެ. އަޅުކަމުގެ އެއްވެސް މިންވަރެއް މާތްﷲ ނޫން ފަރާތަކަށް ކުރުމަކީ ﷲ އާއި އެހެން ފަރާތެއް ބައިވެރި ކުރުމެވެ. ( ޝިރްކު ކުރުމެވެ.)
އަދި ހަމަކަށަވަރުން ﷲ ގެ ފޮތާއި، މާތް ނަބިއްޔާ صلى الله عليه وسلم ސުންނަތާއި، ދަންނަ ބޭކަލުންގެ އިޖުމާޢު، ﷲ ނޫން ފަރާތަކަށް ދުޢާކުރުމަކީ ކަނޑައެޅިގެން ޙަރާމްކަމެއްކަން ދަލީލުކުރެއެއެވެ.
ޤުރްއާނުގައި އައިސްފައިވާ ބައެއް ދަލީލު:
(( وَلاَ تَدْعُ مِنْ دُونِ اللَّهِ مَا لاَ يَنْفَعُكَ وَلاَ يَضُرُّكَ فَإِنْ فَعَلْتَ فَإِنَّكَ إِذاً مِنَ الظَّالِمِينَ )) يونس: ١٠٦ މާނައީ: '' މާތް ﷲ ފިޔަވައި ކަލޭގެފާނަށް މަންފާއެއްނުދޭނޭ އަދި ކަލޭގެފާނަށް ގެއްލުމެއްވެސް ނުދޭނޭ ތަކެއްޗަށް ކަލޭގެފާނު އަޅުކަން ނުކުރައްވާށެވެ! އެކަން ކުރައްވައިފިނަމަ އެއިރުން ކަލޭގެފާނުވެސް ވާނީ އަނިޔާވެރިވީ މީހުންގެތެރެއިންނެވެ.''
ފަހެއިސްވެދިޔަ އާޔަތާއި އަދި އެނޫންވެސް މިފަދަ އެހެން އާޔަތްތަކުގައި ބަޔާންވެގެން އެވަނީ ހަމަކަށަވަރުން މާތްﷲ ނޫން ފަރާތަކަށް ދުޢާކުރުމަކީ ކުފުރުކަމެވެ. އަދި އެއީ ޝިރުކާއި މަގުފުރެދުންކަމެވެ.
ސުންނަތުގައި ހުރި ދަލީލުތައް:
މީގެތެރޭގައި ސުނަނުގައި މާތްﷲ ރުއްސުންލެއްވި ނުޢުމާނު ބިން ބަޝީރުގެ ކިބައިން ޘާބިތުވެގެންވާ ރިވާޔަތެއްގައި ވެއެވެ. ހަމަކަށަވަރުން މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: « الدعاء هو العبادة » މާނައީ: '' ދުޢާކުރުން އެއީ އަޅުކަމެވެ.'' މިހެން ވިދާޅުވެ މާތްﷲގެ އަންނަނިވި އާޔަތް ކިޔަވާ ވިދާޅުވިއެވެ. (( وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ )) غافر: ٦٠ މާނައީ : '' އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަން ﷲ އަށް ދުޢާދަންނަވާށެވެ!
( އެއިރުން ) ތިމަން ﷲ ތިޔަބައިމީހުންނަށް އިޖާބަކުރައްވާހުށީމެވެ. '' އަދި ޠަބަރާނީ އެކަލޭގެފާނުންގެ ސަނަދުން ރިވާކުރައްވައެވެ. މާތް ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި މުނާފިޤަކު މުއުމިނުންނަށް އުނދަގޫކޮށް އުޅޭތީ އެއްބަޔަކު ބުންޏެވެ. .''މި މުނާފިޤުކަލޭގެ ކިބައިން ސަލާމަތް ކުރައްވާތޯ ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ކިބައިން މަދަދަށް އެދެމާ ހިނގާށެވެ! ދެން އެމީހުން ގޮސް ( މިހެން ދެންނެވުމުން )
ޙަދީޘްކުރެއްވިއެވެ. « إنه لا يستغاث بي إنما يستغاث بالله » '' ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ކިބައިން މަދަދަކަށް ނޭދެވޭނެއެވެ. އެހެނެއްކަމަކު މަދަދަށް އެދެވޭނީ ހަމައެކަނި ﷲ ގެ ޙަޟްރަތުންނެވެ.''
މިޙަދިޘްފުޅުން ކަނޑައެޅި އެނގެނީ ކީރިތި ރަސޫލާ صلى الله عليه وسلم ގެކިބައިން ނުވަތަ، އެނޫން މީހެއްގެ ކިބައިންވެސް މަދަދަށް ނޭދެވޭނެ ކަމެވެ. އެހެނީ އެބައިމީހުން އެއެދުނު ކަންތަކަކީ އެކަން ކުރުމުގެ ކުޅަދާނަކަން އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާޒާތުގެ ކަމަކަށްވީ އިރުވެސް ކީރިތި ރަސޫލާ صلى الله عليه وسلم އިސްތިޣާޘާ ( ކަންކަމުގައި މަދަދު އެދުން ) ގެ ލަފްޒު އެކަލޭގެފަނުގެ ހައްޤުގައި ބޭނުންކުރުންވެސް އެކަލޭގެފަނުވަނީ ނުރުއްސަވައި އެކަން މަނާކުރައްވާފައެވެ. އެއީ ތައުޙީދުގެ އިންފާރު ޙިމާޔަތްކުރެއްވުމަށާއި، އަދި މީސްތަކުންބުނާ ބަސްތަކުގަޔާއި ކުރާކަންތަކުގައި ޝިރުކަށް ވާޞިލުވެދާނެގަމުގެ މަގު ބަންދުކުރެއްވުމަށްޓަކައެވެ. އަދި ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުންގެ ވެރި ރަސްކަލާނގެއަށް އަދަބު އިޙްތިރާމުކުރުމާއި، އެއިލާހަށް ތަވާޟުޢުވެރިވުމުގެ ގޮތުންނެވެ.
ފަހެ ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހުން އެބޭކަލުން އެއެދިވަޑައިގެން ކަމަކީ އިތުރު އެލޭގެފާނުންގެ ޙަޔާތްޕުޅުގައި އެކަލޭގެފާނަށް ކުރެއްވޭޒާތުގެ ކަމަކަށްވީއިރުވެސް އެކަލޭގެފަނުންގެ ގާތުން އިސްތިޣާޘާ ކުރުން( މުޞީބާތަކުން ސަލާމަތްކޮށް ދިނުމަށް އެދުން ) އެކަލޭގެފާނު ނުރުއްސެވިއިރު، ﷲ ނޫން ފަރާތަކަށް ކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ ކަމެއް އެކަލޭގެފާނު އަވަހާރަވުމަށްފަހު އެކަލޭގެފާނުގެ ކިބައިން އެދުން ހުއްދަވާނީ ކިހިނެއްހެއްޔެވެ؟
މިއީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙައްޤުގައި މިކަން އޮތްގޮތްކަމަށްވީއިރު އެކަލޭގެފާނު ނޫން އެހެންމީހުންގެ ކިބައިން އެމީހުން މަރުވުމަށްފަހު މަދަދަށް އެދުން ހުއްދަވާނީ ކޮންފަދައަކުން ހެއްޔެވެ؟
ދަންނަބޭކަލުންގެ އިޖުމާޢު : ފަހެ ދުޢާކުރުމަކީ ހަމައެކަނި މާތް ﷲ އަށް ޚާއްޞަވެގެންވާކަމެއް ކަމާއި، ﷲ ނޫން ފަރާތަކަށް ދުޢާ ދެންނެވުމަކީ ޝިރުކުކަމާމެދު އިސްލާމީ އުންމަތުގެ ދަންނަބޭކަލުން އިޖުމާޢުވެއެވެ.
ދެވަނައީ :އަޑު އެހުމަކީ ދިރިތިބީންނަށް ޚާއްޞަވެގެންވާކަމެކެވެ. ފަހެ އިންސާނާ މަރުވެއްޖެނަމަ އޭނާގެ އަޑު އިވުންފިލާ ދެއެވެ. އެ ހިސާބުން ދުނިޔޭގެ އަހުލުވެރިންގެ އަޑުތައް އެމީހުންނަކަށް ދެނެއެއް ނުގަނެވޭނެއެވެ. އަދި ދުނިޔޭގެ އަހުލުވެރިން ދައްކާ ވާހަކައިގެ އަޑެއްވެސް ނީވޭނެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ.
(( وَمَا أَنْتَ بِمُسْمِعٍ مَنْ فِي الْقُبُورِ )) فاطر: ٢٢ މާނައީ : '' ކަށްވަޅުގައިވާ މީހުންނަށް އިއްވަވާނޭ ބޭކަލަކުކަމުގައި ކަލޭގެފާނު ނުވެއެވެ.''
ފަހެ އިސްވެދިޔަ އާޔަތުގައި މާތް ﷲ އެކަލާނގެ ރަސޫލާ صلى الله عليه وسلم އިސްލާމްދީނަށް ގޮވާލައްވާ މީހުންނަށް ( މައްކާކެ މުޝްރިކުންނަށް ) އަޑު ނީވޭކަން ތައުކީދުކޮށްދެއްވުމަށްޓަކައި އެބައިމީހުން އެއްގޮތް ކުރައްވާފައި އެވަނީ މަރުވެފައިތިބިމީހުންނާއެވެ. : މާތް ﷲ ވަޙީކުރައްވަނީ : (( إِنْ تَدْعُوهُمْ لاَ يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ وَلاَ يُنَبِّئُكَ مِثْلُ خَبِيرٍ )) فاطر: ١٤ މާނައީ : '' ތިޔަބައިމީހުން އެފަރާތްތަކަށް ގޮވިޔަސް އެފަރާތްތަކަށް ތިޔަބައިމީހުން ގޮވާ ގޮވުންތައް ނީވޭނެއެވެ. އެ ގޮވުންތައް އެފަރާތްތަކަށް އިވުނު ނަމަވެސް ތިޔަބައިމީހުންނަށް އެފަރާތްތައް އިޖާބަ ނުދޭނެތެވެ. އަދި ޤިޔާމަތްދުވަހުން ތިޔަބައިމީހުން ޝަރީކު ކުޅައުމާއިމެދު އެފަރާތްތަކުން އިންކާރު ކުރާނެއެވެ. ޚަބަރުތައް ދެނެވޮޑިގެންވާ ފަރާތްފަދައިން ކަލޭގެފާނަށް ޚަބަރުދޭނޭ ހަމައެކަކުވެސް ނެތެވެ.''
ބަދުރު ހަނގުރާމައިގައި ކާފަރުންގެތެރެއިން މަރުވި މީހުންނާ ކީރިތި ރަސޫލާ صل الله عليه وسلم މުޚާޠަބު ކުރައްވައި ނިދާ އިއްވަވަމުން ''ތިޔަބައިމީހުންނަށްތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޢުދު ޙައްޤުކަމުގައި ފެނިއްޖެހެއްޔެވެ؟ ފަހެ ހަމަކަށަވަރުން ތިމަންމެންނަށް ތިމަންމެންގެ ވެރި ރަސްކަލާނގެ ވަޢުދުފުޅު ޙައްޤު ގޮތުގައި ފެނިއްޖެ އެވެ.'' މިހެން ޙަދީޘް ކުރެއްވުމާއި، އަޞްޙާބުބޭކަލުން އިތުރު އެކަލޭގެފާނުންގެ އެ މުޚާޠަބު ކުރެއްވުމާއި މެދު ހައިރާންފުޅު ވުމުން '' ތިޔަބައިމީހުންނަކަށް ވެސް ވަކި އެމީހުންނަށްވުރެ ބޮޑަކަށް އަޑު ނީވޭނެއެވެ.'' ކަމުގައި ޙަދީޘް ކުރެއްވުމަކީ ކީރިތި ރަސޫލާ صلى الله عليه وسلم އަށް މާތް ﷲ ދެއްވާފައިވާ ޚާއްޞަ ކަންތައްތަކުގެ ތެރެއިން އެކަލޭގޭފާނަށް ޚާއްޞަކަމެކެވެ. އެހެންވެ އެޙާދިޘާ އަކީ މަރުވެފައިތިބޭ މީހުންނަށް އަޑުނީވުމުގެ ޢާންމު އުޞޫލުން ،ދަލީލެއްގެ މައްޗަށް ބިނާވެގެން އިސްތިޘްނާވެގެންވާ ޙާދިޘާއެކެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم އަވަހާރަވެފައިވާކަމަށް ކީރތި ޤުރްއާން ދަލީލުކުރެއެވެ. މީގެތެރެއިން އެއް ދަލީލަކީ : (( إِنَّكَ مَيِّتٌ وَإِنَّهُمْ مَيِّتُونَ )) الزمر: ٣٠ މާނައީ:'' ހަމަކަށަވަރުން ކަލޭގެފަނަކީ ( އަޖަލުހަމަވުމުން) މަރުވާނެމީހެކެވެ. އަދި ހަމަކަށަވަރުން އެބައިމީހުންނަކީވެސް ( އެބައިމީހުންގެ އަޖަލުހަމަވުމުން) މަރުވާނެ ބައެކެވެ.'' : އެހެން ބަސްފުޅެއްގައި އަންގަވަނީ : (( كُلُّ نَفْسٍ ذَائِقَةُ الْمَوْتِ )) آل عمران: ١٨٥ މާނައީ : '' ކޮންމެ ނަފްސެއްވެސް މަރުގެ ރަހަދެކޭނެއެވެ.'' ކީރިތި ރަސޫލާ صلى الله عليه وسلم ވެސް މި ޢާންމު ޤަވާޢިދުގެ ދަށަށް ވެދެވަޑައިގަންނަވައެވެ. ހަމަ ޔަޤީނުން އެންމެހާ އަޞްޙާބު ބޭކަލުންނާއި رضي الله عنهم އެބޭކަލުންގެ ފަހުންވެސް ވަޑައިގެންއެންމެހައި ޢިލްމުވެރިން ވަނީ އިތުރު އެކަލެގެފާނުވަނީ އަވަހާރަވެފައިކަމަށް އިޖުމާޢުވެފައެވެ. އަދި އިސްލާމީ އުންމަތް މިކަމަށް އިޖުމާޢުވެއެވެ. އިތުރު އެކަލޭގެފާނު صلى الله عليه وسلم އަށް ދިރިހުރުމުގެ ޞިފަ ލިގެން ނުވާއިރު އެނޫން މީހުންނަށް
( ޝޭޚުންނާއި، ވަލީވެރިންނަށް ) އެޞިފަ ނުލިބުން މާ އައުލާކަން ބޮޑެވެ. ޣައިބުގެ ކަންކަމުގައި އަޞްލަކީ އެކަންތައްތައް ހަމައެކަނި ﷲ އަށް ޚާއްޞަކުރުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( وَعِنْدَهُ مَفَاتِحُ الْغَيْبِ لاَ يَعْلَمُهَا إِلاَّ هُوَ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ وَمَا تَسْقُطُ مِنْ وَرَقَةٍ إِلاَّ يَعْلَمُهَا وَلاَ حَبَّةٍ فِي ظُلُمَاتِ الأَرْضِ وَلاَ رَطْبٍ وَلاَ يَابِسٍ إِلاَّ فِي كِتَابٍ مُبِينٍ )) الأنعام: ٥٩ މާނައީ : '' ޣައިބުގެ ތަޅުދަނޑިތައްވަނީ އެ ކަލާނގެ ޙަޟްރަތުގައެވެ. އެކަލާނގެ ރަސްކަންފުޅަށްމެނުވީ އެކަންތައް ( އެބަހީ ޣައިބުގެކަންތައް ) އެނގިގެން ނުވެއެވެ.
( ނޭނގެއެވެ.) އެއްގަމާއި ކަނޑުގައިވާ ކަންތައް، އެކަލާނގެ ދެނެވޮޑިގެންވެއެވެ. އެކަލާނގެ އެކަން ދެނެވޮޑިގެން ވާގޮތުގައިމެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ.އަދި ބިމުގެ އަނދިރިކަމުގެތެރޭގައިވާ އޮއްޓަރެއްވިޔަސް އަދި، ރޯ ( ނުވަތަ ) ތެތް ) އެއްޗެއްވިޔަސް ، ހިކިއެއްޗެއްވިޔަސް ފޮތެއްގައި ކަނޑައެޅި ބަޔާންވެގެންވާ އެއްޗެއްމެނުވީ ނުވެއެވެ.''( ނެތެވެ. ) އަދިވެސް ވަޙީކުރެއްވިއެވެ. (( قُلْ لا يَعْلَمُ مَنْ فِي السَّمَاوَاتِ وَالأَرْضِ الْغَيْبَ إِلاّ اللَّهُ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ )) النمل: ٦٥ މާނައީ : '' ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ފިޔަވާ އުޑުތަކާއި ބިމުގައިވާ އެކަކަށްވެސް ޣައިބުގައިވާ އެއްވެސްކަމެއް ނޭނގެއެވެ. އަދި ( މަރުވުމަށްފަހު ފުރާނައަޅުއްވައި އަލުން އުފައްދަވައި ) ނަންގަވާހުށީ ކޮންއިރަކުންކަމެއް އެމީހުންކުރެ އެކަކަށްވެސް، ނުމެއެނގޭމެއެވެ!''
ނަމަވެސް މާތްﷲ އެކަލާނގެ ރަސޫލުބޭކަލުންކުރެ އެކަލާނގެ އިރާދަކުރައްވާ ރުހިވޮޑިގަންނަވާ ބޭކަލަކަށް ޣައިބުގެތެރެއިން ބައެއްކަންތައް އަންގަވައިދެއްވައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَى غَيْبِهِ أَحَدًا (*) إِلَّا مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا )) الجن: ٢٦ - ٢٧ މާނައީ : '' އެކަލާނގެއީ ޣައިބު ދެނެވޮޑިގެންވާ ކަލާނގެއެވެ. މާތް ﷲ ރުހިވޮޑިގެންވާ ރަސޫލަކަށްމެނުވީ އެކަކަށްވެސް ފަހެ ޣައިބު އެކަލާނގެ ފާޅުކުރައްވާ ކަޝްފެއް ނުކުރަވަތެވެ. ( ބައެއް ރަސޫލުންނަށް ޣައިބުގައިވާ ބައެއްކަންތައް އެންގެވިއެވެ.) ފަހެ އެރަސޫލުބޭކަލުން ހިންގަވަނީ ކުރިފުޅުމަތިންނާއި، ފަހަތްޕުޅުން މަލާއިކަތްބޭކަލުންގެ ރައްކާތެރިކަމާއެކުގައެވެ.'' އަދިވެސް ވަޙީކުރެއްވިއެވެ. : (( قُلْ مَا كُنْتُ بِدْعًا مِنَ الرُّسُلِ وَمَا أَدْرِي مَا يُفْعَلُ بِي وَلَا بِكُمْ إِنْ أَتَّبِعُ إِلَّا مَا يُوحَى إِلَيَّ وَمَا أَنَا إِلَّا نَذِيرٌ مُبِينٌ )) الأحقاف: ٩ މާނައީ : '' ކަލޭގެފާނު ވިދާޅުވާށެވެ! ރަސޫލުންގެރެތެރެއިން އަލަށް ފޮނުއްވެވުނު ރަސޫލަކު ކަމުގައި ތިމަންކަލޭގެފާނުން ނުވަމުއެވެ. ތިމަންކަލޭގެފާނާއިމެދު އަދި ތިޔަބައިމީހުންނާއި މެދުވެސް ކަންތައްކުރެވޭނެގޮތެއް ތިމަންކަލޭގެފާނަކަށް ނޭނގެއެވެ. ތިމަންކަލޭގެފާނަށް ވަޙީ އިއްވެވޭގޮތަށް މެނުވީ ތިމަންކަލޭގެފާނު ތަބާ ނުވަމުއެވެ. އަދި ބަޔާންވެ ފާޅުވެގެންވާ ގޮތުގައި، އިންޒާރު ކުރާމީހަކު ަކަމުގައި މެނުވީ ތިމަންކަލޭގެފާނު ނުވަމުއެވެ. ''
އަދި މާތްﷲ ރުއްސުންލެއްވި އުމްމުލްޢަލާގެ ކިބައިން ޘާބިތުވެފައިވާ ދިގު ރިވާޔަތެއްގައި ވެއެވެ. އެކަމަނާ ވިދާޅުވިއެވެ.'' ޢުޘްމާންބިން މަޡްޢޫނު އަވަހާރަވުން އަހަރުމެން އެކަލޭގެފާނު ކަފުން ކޮށްފައިވަނިކޮށް ސަލާމާއި ބަލަވާތްލެއްވި ކީރިތި ރަސޫލާ އަހަރުމެން ގެއަށް ވެދެވަޑައިގަތެވެ. ދެން( ޢުޘްމާންބިން މަޡްޢޫނު އަށް އިޝާރާތް ކޮށް) ތިމަން ދެންނެވީމެވެ. އޭ ސާއިބުގެ ބައްޕާއެވެ! ކަލޭގެފާނަށް މާތްﷲގެ ރަޙްމަތް ހުއްޓެވެ. ހަމަކަށަވަރުން ކަލޭގެފާނުވަނީ މާތްﷲ މާތް ކުރައްވާފައިވާ ކަމަށް ތިމަންކަމަނާ ހެކިވަމެވެ. '' ދެން ސަލާމާއި ޞަލަވާތްލެއްވި ކީރިތިރަސޫލާ ޙަދީޘް ކުރެއްވިއެވެ. '' "وما يدريك أن الله أكرمه" މާނައީ : '' މާތްﷲ އެކަލޭގެފާނު މާތްކުރައްވާފައިވާކަން ކަމަނާއަށް އެނގެނީ ކިހިނަކުންހެއްޔެވެ؟'' ތިމަންދެންނެއީމެވެ.'' ( އެހެންވެއްޖެއްޔާ ) ތިމަންކަމަނާއަކަށް ނޭގެއެވެ. ކަލޭގެފާނަކީ ތިމަންގެ މަންމަ އާއި ބައްޕަފަދަ ބޭފުޅެވެ. ދެން ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. '' "أما هو فقد جاءه اليقين من ربه، وإني لأرجو له الخير، والله ما أدري وأنا رسول الله ما يفعل بي" އޭނާ (ޢުޘްމާންބިން މަޡްޢޫނު ) ދަންނައެވެ. އޭނާ އެވަނީ އޭނާގެ ގާތަށް އޭނާގެ ވެރިރަސްކަލާނގެ ޙަޟްރަތުން ޔަޤީން އައިސްފައެވެ. ( އެބަހީ މަރު އައިސްފައެވެ.) އަދި އެކަލޭގެފާނަށް ހެޔޮގޮތް މެދުވެރިވުމަށް ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަމުއެވެ. މާތް ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނީ ﷲ ގެ ރަސޫލާކަމުގައިވާއިރުވެސް ތިމަންކަލޭގެފާނާއިމެދު ކަންތައްކުރެއްވޭނެ ގޮތް ތިމަންކަލޭގެފާނަށްވެސް އެނގިވަޑައި ނުގަންނަވައެވެ.'' ދެން ފަހެ ތިމަން ދެންނެވީމެވ.ެ '' މާތް ﷲ ގަންދީ ބުނަމެވެ. ދެން މިއަށްފަހު ދުވަހަކުވެސް ތިމަންކަމަނާ މީހަކު ތަޒްކިޔާ ނުކުރާނަމެވެ. ( އެބަހީ : ވަކިމީހަކީ މާތް ﷲ ގެ ޙަޟްރަތުގައި މާތް މީހެކޭ ދުވަހަކުވެސް ނުބުނާނަމެވެ. )'' رواه أحمد وأورده البخاري في كتاب الجنائز من صحيحه، ރިވާކުރެއްވީ އަޙްމަދު ، އަދި ބުޚާރީގައި ޖަނާޒާގެ ވާހަކަ ނަންގަތް ފޮތުގައި ގެނެސްފައިވާ ރިވާޔަތުގައި ވެއެވެ.« ما أدري وأنا رسول الله ما يفعل به » '' ތިމަނަކަލޭގެފާނީ ﷲ ގެ ރަސޫލާކަމުގައި ވީއިރުވެސް ތިމަންކަލޭގެފާނާއި މެދު ކަންތައް ކުރެވޭނެގޮތް ތިމަންކަލޭގެނަށްވެސް އެނގިވަޑައި ނުގަންނަވައެވެ. '' ކީރިތި ރަސޫލާ صلى الله عليه وسلم ގެ ބައެއް އަޞްޙާބު ބޭކަލުންގެ ނިމުން އަންނާނެ ގޮތް މާތްﷲ އެކަލޭގެފާނަށް އަންގަވާފައިވާތީ އިތުރު އެކަލޭގެފާނު ވަނީ ބައެއް ބޭކަލުން ސުވަރުގެ ވަންނާނެކަމުގެ ޚަބަރު ދެއްވާފައެވެ. މިގޮތުން ވަރަށް ގިނަ ޙަދީޘް ޘާބިތުވެގެންވެއެވެ.

0 comments:
Post a Comment