Wednesday, August 24, 2011

ސަދަގާތްކުރުމުގެ މާތްކަން.


( ކުރީދުވަހުގެ އަދަދާއި ގުޅޭ)
ޞަދަޤާތްކުރުމަކީ ހުރިހާބައްޔަކަށް ހުރި ފަރުވާއެއް
رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
[ داووا مرضاكم باالصدقة ] މާނައީ: " ތިޔަބައިމީހުންގެ ބަލިމީހުންނަށް ޞަދަޤާތުން ފަރުވާކުރާށެވެ"
މިކަމަށް ބާރުދޭނެ ޙަޤީޤީ ޙާދިޘާތައް އެބަހުއްޓެވެ. އެއްދުވަހަކު ޢަބްދު ﷲ ބުނު އަލްމުބާރަކު ގެ އަރިހަށް މީހަކު އައިސް ޝަކުވާ ދަންނަވަނީ، ތަފާތު ޑޮކްޓަރުން ލައްވައި ތަފާތު ފަރުވާކުރުމުން ވެސް އެމީހާގެ ދެކަކުލަށް ދިމާވެފައިވާ ބަލި ފަސޭހައެއް ނުވި ވާހަކައެވެ. އެހިނދު ޢަބްދު ﷲ ބުނު އަލްމުބާރަކު އެމީހާއަށް ބުންޏެވެ! ފެނަށް ބޭނުން ޖެހިފައިވާމީހުން ފެންބޯނެ ވަޅެއް ހަދައިދޭށެވެ. ދެން ފަހެ އޭނާ އެކަން ކޮށްފިއެވެ. އަދިއޭނާގެ ބަލި ހުރިހާ ކަމަކަށްމެ ކުޅަދުންވަންތަ މާތް ﷲ ގެ ރަޙްމަތްފުޅުން ރަނގަޅުވެއްޖެއެވެ.(ނޫރުލް އިސްލާމް.ނެޓް)

]
ޞަދަޤާތުގެ ޘަވާބު މަރުވުމަށްފަހު ވެސް މެދުނުކެނޑި ލިބުން
"މެދުކެޑުމެއްނެތި ހިނގަހިނގާ ހުންނަ ޞަދަޤާތަކީ ވަޤްފެކެވެ."( އިސްލާމީ ތަރުބިއްޔަތު ގުރޭޑް11). ބައެއްކަހަލަ ޞަދަޤާތުގެ ސަބަބުން މީހާ މަރުވުމަށްފަހު ވެސް އެއިގެ ޘަވާބާއި ދަރުމަ އެ މީހަކަށް ލިބިލިބި ހުރެއެވެ. މިސާލަކަށް މިސްކިތް، ވަޅު، މަދުރަސާ، ޢިލްމީ ފޮތްތަކަކީ މީހާ މަރުވުމަށްފަހުވެސް އެއިގެ ފައިދާ އެހެންމީހުންނަށް ލިބި ލިބި ހުންނަތަކެއްޗެވެ. މިފަދަ ތަކެތީގެ ފައިދާ އެހެންމީހުންނަށް ކުރާހައި ދުވަހަކު އޭނާ ދުނިޔޭގައި ނެތް ކަމުގައި ވިޔަސް ޘަވާބާއި ދަރުމަ ލިބި ލިބި ހުންނާނެއެވެ.

 ދެމިހުންނަނިވި ޞަދަޤާތްކުރުމަށްޓަކާ ޞަހާބީންވަނީ އެބޭކަލުންނަށް ކުޅަދާނަކަން ލިބިގެންވާ އެންމެމަތީ ދަރަޖައަކަށް މަސައްކަތް ކުރައްވާފައެވެ. މަރުވުމަށްފަހު ހުރިހާ ޢަމަލެއް ބަންދުވެފައިވާ ވަގުތު ޘަވާބުލިބިގަތުމުގެ އުއްމީދުގައެވެ. މިކަމަށް އިޝާރާތް ކުރައްވަމުން ކީރިތި ރަސޫލާ ޞައްލަﷲޢަލައިހިވަސައްލަމަ ހަދީޘް ކުރައްވާފައިވަނީ:
إذَمات الإنسانُ انقطعَ عنه عمله إلّا من ثلاثة : إلامن صدقةٍ جاريهٍ اوعلم ينتفع به أوولد صلحٍ يدعولهُ (مسلم) މާނައީ: "އިންސާނާ މަރުވެއްޖެއްޔާ ތިންކަމަކުން މެނުވީ އޭނާގެ ޢަމަލުތައް އޭނާގެ ކިބައިން ކެޑިގެން ހިނގައިދެއެވެ. އެއީ ހިނގަހިނގާ ހުންނަ ޞަދަޤާތަކާއި، އެއިން މަންފާކުރާނެ ޢިލްމަކާއި އަދި އޭނާއަށްޓަކައި ހެޔޮދުޢާކުރާނެ ރަންގަޅު ޞާލިޙް ދަރިއަކެވެ."

ޞަދަޤާތް ކުރާމީހުންނަކަށް ޤިޔާމަތް ދުވަހު ބިރެއް ހިތާމައެއް ނުވޭ
ﷲ ވަހީކުރައްވަނީ:
الَّذِينَ يُنْفِقُونَ أَمْوَالَهُمْ بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ (البقرة : 274) މާނައީ: އެމީހުންގެ މުދައު ،ރެއާއި ދުވާލު، ސިއްރާފާޅުގައި ހޭދަކޮށްއުޅޭމީހުން-(ދަންނައެ) ފަހެ އެމީހުންނަށް އެމީހުންގެ ވެރި އިލާހުގެ ހަޟުރަތުން ފުރިހަމަ އުޖޫރަލިބޭ ހުއްޓެވެ. އަދި އެމީހުންގެ މައްޗަށް އެއްވެސް ބިރެއް ނެތެވެ. އެމީހުން ހިތާމަވެސް ނުމެނުކުރާނުމެވެ.

ﷲގެ ވަޖްހުފުޅު އެދިގެން ޞަދަޤާތް ކުރާމީހުން އެ ދުވަހުން ހިތާމަ ކުރާކަށް ނުޖެހޭނެއެވެ. އަދި ކިއެއްތަ؟ އެމީހުންގެ ފާފަތަށް ފޮހެވި އެމީހުންގެ ދަރަޖަ އުފުލިގެންދާނެއެވެ.
ރަސޫލުﷲޞައްލަﷲޢަލައިހި ވަސައްލަމަ ސަޢްދު ބިން ވައްޤާސަށް ވިދާޅުވިއެވެ. "ތިބާ ﷲގެ ވަޖްހުފުޅު އެދިގެން ޞަދަޤާތެއްކޮށްފިނަމަ ތިބާގެ ދަރަޖަ އުފުލިގެންނުދާނެ ޞަދަޤާތެއް ނުވެއެވެ. އެއިގެ ތެރޭގައި ތިބާގެ އަނބިމީހާގެ އަނގައިގެ ތެރެއަށްލާ ކާއެތިކޮޅުވެސް ހިމެނެއެވެ." (މުސްލިމް)

ޞަދަޤާތުގެފައިދާ އެންމެފުރިހަމައަށް ލިބޭނެ މަގުތައް
ސިއްރުން ޞަދަޤާތްކުރުން
ތިމާއަށް ވީވަރަކުން ތިމާ ކުރާޞަދަޤާތް ސިއްރުކުރަންވާނެއެވެ. އެހެނީ އިހްލާސްތެރިކަމާ ކައިރިކޮށްދޭ ކަމަކަށް މިކަންވާނެތީއެވެ. ސިއްރުން ދެވޭ ޞަދަޤާތް މިހުން ބަލައިގަންނާނީ އިހްތިރާމައެކުގައެވެ. ﷲ ސުބުހާނަޙޫ ވަތަޢާލާ ވަޙީކުރައްވަނީ :
 (البقرة : 274) މާނައީ:
 އެމީހުންގެ މުދައު ،ރެއާއި ދުވާލު، ސިއްރާފާޅުގައި ހޭދަކޮށްއުޅޭމީހުން-(ދަންނައެ) ފަހެ އެމީހުންނަށް އެމީހުންގެ ވެރި އިލާހުގެ ހަޟުރަތުން ފުރިހަމަ އުޖޫރަލިބޭ ހުއްޓެވެ.
ޤިޔާމަތްދުވަހުގައި ޢަރްޝީގެ ހިޔާވަހިކަން ނޫންއެހެންއެއްވެސް ހިޔާވަހިކަމެއްނުވާ ދުވަހު އެހިޔާވަހިކަން ލިބެނިވި ހަތް މީހުންގެތެރޭގައި ސިއްރުން ޞަދަޤާތް ކުރާމީހާ ހިމެނެވެ. ރަސޫލާ ހަދީޘްފުޅުކުރައްވަނީ وَرَجْلٌ تَصَدَّقَ بِصَدَقَةٍ فَاَخْفَاهَا لاَتَعْلم شِمَالهُ مَاتُنْفِقُ يَمِيْنُهُ މާނައީ :އަދި ޞަދަޤާތެއްކޮށް އޭނާގެ ކަނާއަތުން ޞަދަޤާތްކުރިއެއްޗެއް ވައަތަށްވެސް ނޭގޭހާވަރަށް އެކަން ސިއްރުކޮށްފިމީހާއެވެ. ވީމާ ޞަދަޤާތް ސިއްރުން ކުރުމަކީ ޚާއްޞަ ދަރުމަތަކެއް ލިބިގެންދާ ކަމެކެވެ.

ޞަދަޤާތް ބާތިލްވާފަދަ ޢަމަލެއް ނުކުރުން
މީހަކަށް ޞަދަޤާތް ދިނުމަށްފަހު އެވާހަކަ އޭނާ އާދިމާލަށް ދެއްކުމަކީ ކަލަގޮވުމެވެ. މިއީ ސަދަޤާތް ބާޠިލް ކޮށްލާނެ ކަމެކެވެ. ﷲ ވަޙީކުރައްވާފައިވަނީ:
يَا أَيُّهَا الَّذِينَ آَمَنُوا لَا تُبْطِلُوا صَدَقَاتِكُمْ بِالْمَنِّ وَالْأَذَى كَالَّذِي يُنْفِقُ مَالَهُ رِئَاءَ النَّاسِ وَلَا يُؤْمِنُ بِاللَّهِ وَالْيَوْمِ الْآَخِرِ فَمَثَلُهُ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَأَصَابَهُ وَابِلٌ فَتَرَكَهُ صَلْدًا لَا يَقْدِرُونَ عَلَى شَيْءٍ مِمَّا كَسَبُوا وَاللَّهُ لَا يَهْدِي الْقَوْمَ الْكَافِرِينَ (سورةالبقرة :264 ) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭ! އެއްޗެތި ކިޔުމާއި، އިހާނެތިކޮން ހިތުމުގެ ސަބަބުން ތިޔަބއިމީހުން ދޭ ޞަދަޤާތް ބާޠިލް ނުކުރާހުށިކަމެވެ.އެފަދަ މީހާއީ މީސްތަކުންނަށް ދައްކަން އޭނާގެ މުދާ ހޭދަކުރާ މީހާފަދަ މީހެކެވެ.
 އެނާ އެކަން ކުރަނީ ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވެސް ނުވެ ހުރެއެވެ. އެފަދަ މީހާގެ މިސާލަކީ އެމައްޗަށް ހިމުން ވެލި އެޅިފައިވާ އޮމާން ހިލަގަނޑެއްގެ މިސާލެވެ. ދެން ފަހެ އެ ހިލަގަނޑުގެ މައްޗަށް ބޯވާރޭ ގަޑެއް ވެހުމުން އެ މަތީގައި ހުރިވެލިތައް ދޮވޮވިގެން ގޮސް ހުސް ހިލަގަނޑަކަށް ވެދެއެވެ.އެފަދަ މީހުންމަސައްކަތްކޮށްގެން ހޯދާފައިވާ އެއްޗެތީގެ މައްޗަށް އެމީހުންގެ އެއްވެސް ބާރެއް ނުފޯރާ ހުއްޓެއެވެ. ކާފިރުވެއްޖެ ޤައުމެއްގެ ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ."
މީސްތަކުންނަށް ދެއްކުމަށްޓަކާ ޞަދަގާތް ކުރާ މީހާއާ ބެހޭ ގޮތުން ކީރިތި ގުރުއާނުގައި ﷲ ވަޙީކުރައްވަނީ:
وَالَّذِينَ يُنْفِقُونَ أَمْوَالَهُمْ رِئَاءَ النَّاسِ وَلَا يُؤْمِنُونَ بِاللَّهِ وَلَا بِالْيَوْمِ الْآَخِرِ وَمَنْ يَكُنِ الشَّيْطَانُ لَهُ قَرِينًا فَسَاءَ قَرِينًا النساء : 38) މާނައީ : "އަދި އެބައިމީހުންނީ މީސްތަކުންނަށް ދެއްކުމަށްޓަކައި އެބައި މީހުންގެ މުދާތައް ހޭދަކޮށް އުޅޭމީހުންނެވެ. އަދި މާތްﷲ އަށާއި އާޚިރަތްދުވަހަށް އީމާންނުވާ މީހުންނެވެ. އަދި ޝައިތާނާ އެމީހަކަށް އެކުވެރިއަކުކަމުގައި ވެއްޖެމީހާ ދަންނައެވެ. ފަހެ އެއީ ނުބައިވެގެން ވާ އެކުވެރިއކެވެ."
އެމީހަކު އެންމެ ލޯބިވާ ތަކެތީން ޞަދަޤާތް ކުރުން
ޞަދަޤާތް ކުރަންވާނީ އަތުގައިވާ އެންމެ ރަނގަޅުތަކެތީންނެވެ. އަދި އެމީހަކު އެންމެ ލޯބިވާ އެއްޗަކުންނެވެ. އެއީ ކޮންމެ އެއްޗެއް ކަމުގައި ވިޔަސްމެއެވެ. މުދަލުންކަމުގައި ވިޔަސް ފައިސާކަމުގައިވިޔަސް ކާބޯތަކެތީންކަމުގައިވިޔަސް އަދި ފޭރާންކަމުގައިވިޔަސްމެއެވެ. ކޮންމެ އެއްޗަކުން ހޭދަކުރިކަމުގައި ވިޔަސް އެއްޗެއް ހެޔޮގޮތުއި ހޭދަކޮށްފުމަށް ދާދެން އޭގެ ފުރިހަމަ ޖަޒާ ނުލިބޭނެއެވެ. ﷲ ވަޙީކުރައްވާފައިވަނީ:

لَنْ تَنَالُوا الْبِرَّ حَتَّى تُنْفِقُوا مِمَّا تُحِبُّونَ وَمَا تُنْفِقُوا مِنْ شَيْءٍ فَإِنَّ اللَّهَ بِهِ عَلِيمٌ (سورةالعمران :92) މާނައީ ؛ "ތިޔަބައި މީހުންގެ މުދަލުގެ ތެރެއިން އެ އެއްޗަކަށް ތިޔބައި މީހުން ލޯބިކުރާ އެއްޗެއް ހެޔޮގޮތުގައި ހޭދަކޮށްފުމަށްދާންދެން ، ތިޔަބައި މީހުންނަށް ހެޔޮކަމުގެ ފުރިހަމަ ޖަޒާ ނުލިބޭނެއެވެ. އަދި ތިޔަބައި މީހުން ހެޔޮގޮތުގައި ހޭދަކުރާ އެއްޗެއް މާތްﷲ ދެނެވޮޑިގެންވެއެވެ."
ޙަލާލު ރަނގަޅު އަދި ތިމާއަށްވެސް އެކަމުދާ މޮޅުތަކެތިން ޞަދަޤާތް ކުރުމަށް ބާރުއަޅުއްވައި އެހެންއާޔަތެއްގައި ﷲވަޙީ ކުރައްވަނީ:
يَا أَيُّهَا الَّذِينَ آَمَنُوا أَنْفِقُوا مِنْ طَيِّبَاتِ مَا كَسَبْتُمْ وَمِمَّا أَخْرَجْنَا لَكُمْ مِنَ الْأَرْضِ وَلَا تَيَمَّمُوا الْخَبِيثَ مِنْهُ تُنْفِقُونَ وَلَسْتُمْ بِآَخِذِيهِ إِلَّا أَنْ تُغْمِضُوا فِيهِ وَاعْلَمُوا أَنَّ اللَّهَ غَنِيٌّ حَمِيدٌ (سورةالبقرة 267 ) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން މަސައްކަތްކޮށްގެން ހޯދާ ހަލާލް ތަކެތީންނާއި، އަހަރުމެން ކަލޭމެންނަށްޓަކައި ބިންގަޑުން އުފައްދާފައިވާ ކާބޯތަކެތީގެ ތެރެއިންވެސް ކަމުދަނިވި ރަނގަޅުތަކެތި ހޭދަކަޮށް އުޅޭށެވެ. އަދި ކަމުނުދަނިވި ދެރެތަކެތި ހޭދަކުރުމަށް ނުއެދޭށެވެ! އެފަދަ ތަކެތި ޚުދު ކަލޭމެންވެސް ނުރުހުން ފައުޅުކުޅައުމުގެ ގޮތުގައި ލޯމަރައި ތަގުޑިކޮށްގެން ތިބެ މެނުވީ ޤަބޫލެއް ނުކުރާނޫއެވެ. އަދިދަނެއު ﷲއަކީ އެކަލާނގެ އަމިއްލަ ޒާތުފުޅާއިގެން ،ފުދިވޮޑިގެންވާ، އެންމެހައި ހަމްދު ތަޢުރީފް ލިބިވޮޑިގެންވާ އިލާހެއެވެ."
މުދާހޭދަކުރުމުގައި އިސްކަންދޭންޖެހޭ ފަރާތްތަކަށް އިސްކަންދިނުން
ހޭދަކުރާއެއްޗެއްގެ ފައިދާ އެންމެ ފުރިހަމައަށް ލިބިގަތުމަށްޓަކައި ދީނުގައި އިސްކަންދިނުމަށް އަމުރު ކުރައްވާފައިވާ ފަރާތްތަކަށް އިސްކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން އިސްކަން ދިނުމަށް އަންގަވާފައިވާ އެއްފަރާތަކީ ގާތްތިމާގެ މީހުންނެވެ.

ﷲގެ ނަބިއްޔާގެ ހަރިހުން ޘަވްބާން ރަޟިޔަﷲޢަންހު ރިވާކުރައްވާފައިވާ ހަދީޘެއްގައިވަނީ
" أ فضل دينار ينفقه الرجل دينار ينفقه على عياله و دينار ينفقه الرجل على دابته في سبيل الله و دينار ينفقه على أصحابه في سبيل الله 3 މާނައީ: އިންސާނާ ހޭދަކުރާ އެންމެ ހެޔޮ ދީނާރަކީ (މުދަލަކީ) އޭނާ އޭނާގެ ބެލުމުގެދަށުގައިވާ އާއިލާގެ މީހުންގެ މައްޗަށް ހޭދަކުރާ ދީނާރެކެވެ. އަދި ﷲ މަގުގައި ޖިހާދުކުރުމަށް ދަތުރުކުރާ ސަވާރީއަށް އޭނާ ކުރާ ހޭދައެވެ.އަދި ﷲ މަގުގައި (ޖިހާދުކުރާ) އޭނާގެ ރަޙްމަތްތެރިންގެ މައްޗަށް އޭނާ ކުރާ ހޭދައެވެ."
އަދިވެސް ކައުއިތުރު ނަބިއްޔާ ހަދީޘްފުޅުކުރައްވަނީ:
إنّ المسلم إذا أنفق على أهله نفقه كانت صد قة 4 މާނައީ : ހަމަކަށަވަރުން މުސްލިމަކު އޭނަގެ އަނބިދަރިންނަށް ހޭދަކުރާ ހޭދަކުރުމަކީ އޭނާއަށް ލިބިގެންވާ ޞަދަޤާތެކެވެ.
އެހެންކަމުން ހޭދަކުރާއިރު އަބަދުވެސް އިސްކަންދޭންވާނީ ގާތްތިމާގެ މީހުންނަށެވެ. އެހެނީ ، އެފަދަ ހޭދައަކީ ޞަދަޤާތައަކަށް ވުމުގެ އިތުރުން ތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުމަށް އެޅޭ ބާރަކަށްވެސް ވާތީއެވެ.
ކީރިތި ރަސޫލާ ހަދީޘްފުުޅުކުރައްވަނީ،

الصَّدقةعلى المسكين صدقة وعلى القريب صدقتا صدقة وصىلة (البخارى) މާނައި: މިސްކީނަކަށްދެވޭ ޞަދަޤާތަކީ ޞަދަޤާތެކެވެ. އެކަމަކު ތިމާގެ މީހާއަށް ދެވޭ ޞަދަޤާތަކީ ދެޞަދަޤާތެކެވެ. އެއީ ޞަދަޤާތަކާއި ތިމާގެ ކަން ވާޞިލްކުރުމެވެ.
ހޭދަކުރުމުގައި ﷲގެ ދީންމަތިވެރި ކުރުމަށް އިސްކަންދޭން ޖެހެއެވެ. މިގޮތުން ﷲގެ މަގުގައި ޖިހާދު ކުރާ މުޖާހިދުންނަށާއި ދީނަށް ދަޢުވަތުދީ ދީން ފެތުރުމަށްޓަކައި ކުރެވޭ މަސައްކަތުގައި ބައިވެރިވެ ހޭދަކުރަންޖެހެއެވެ.
ﷲ ސުބުހާނަހޫވަތަޢާލާ ވަޙީކުރައްވާފައިވަނީ


(البقرة: 196) މާނައީ : މާތްﷲ މަގުގައި ތިޔަބައިމީހުން ހޭދަކުރާށެވެ. މާތްﷲ މަގުގައި ޖިހާދުކުރުމަށް ލަޝްކަރު ތައްޔާރުކުރުމަށާއި، އެހެނިހެންގޮތްގޮތުންވެސް މާތްﷲގެ ދީން މަތިވެރިކުރުމުގެ މަގުގައި ތިޔަބައި މީހުންގެ މުދަލުން ހޭދަކޮށް އުޅޭށެވެ.     

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons