ދެ ދައުރުގެ ދެ ރަޝީދުންގެ އެއްގޮތްކަން
މިހާރަކަށް އައިސް ދިޓީޥީގައި ޑރ.އަފްރާޝީމް ޢަލީއާއި ކުރީ ވެރިކަމުގެ އުއްތަމަ ފަނޑިޔާރު، އަދި އެންމެމަތީ މަޖްލީހުގެރައީސް އަލްއުސްތާޒު މުޙައްމަދު ރަޝީދު އިބްރާހީމް (ގ.ގަސްކަރަ) މި ދެބޭފުޅުން އެއްކޮށް ތިއްބަވައިގެން ފިސާރި ވެގެންތިއްބަވައި ދީނީ ވާހަކަ ދައްކަވަމުން އެބަގެންދަވައެވެ.
އަދި އެހެން ވާހަކަ ދައްކަވާއިރު ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވަނީ އީމާންވުމުގެ ވާހަކަޔާއި ޢަޤީދާ ކަމުގައި ވިދާޅުވަމުން ތުނބުޅިއާއި ފައިކުރި އަދި ބުރުގާ މައްސަލަތައްފަދަ މައްސަލަތަކަކީ ކުދިކުދި އަދި އެކަންކަމާއި ބެހޭގޮތުން ދީނީ ނަޞޭޙަތްދެއްވާ ބޭފުޅުން ވާހަކަ ދެއްކެވުމަކީ އެއީ ރަނގަޅުނޫން ކަމެއްކަމުގައިވެސް ޖަދަލު އަމުނުއްވާފައި ވެއެވެ. މިހެންވިދާޅުވެ ވާހަކަދައްކަވާފައި މި ދެބޭފުޅުން ގެ މުޅި ޕްރޮގްރާމްގައި ދައްކަވާ ހަމަ އެކަނި ވާހަކަޔަކީ ފައިކުރި ތިރިކުރުމަކީ މައްސަލައެއްނޫންކަމާއި މިފަދަ ދީނަށް ލޯބިކުރާ ޒުވާނުންނަށް ރައްދުވާފަދަ އޮޅުންބޮޅުންހުރި ވާހަކަ ތަކެވެ. މިނޫން ވާހަކައެއް ދައްކާކަށް މި ދެމީހުނަކަށް ނޭގޭކަމީ ވާހަކަ އެ ދައްކަވާ މަޤްޞަދާއިމެދު ސުވާލު އުފެދޭ ކަންކަމެވެ. ބޭރުން ދޭހަވާއެއްޗަކީ ކުރީން ހައްޔަރުކޮށް ބަންދުކޮށްގެން އުޅުނު މީހުން ދީނީ ނަޞޭޙަތް މާ ރަނގަޅަށް ދެއްވާ އެބޭފުޅުންގެ ޢިލްމު މުޙައްމަދު ރަޝީދު ޢިބްރާހީމް އާއި އަފްރާޝީމަށްވުރެ މާމޮޅުކަމުން އެކަމާއި ޙަސަދަލައިގެން އުޅޭކަމެވެ. މިވާހަކައަށް ހެތްކެއްގެގޮތުން މި ދެބޭފުޅުން އެއް ޕްރޮގްރާމަކަށް އަރުއްވައިގެން ވާހަކަ ދެއްކުން އެކަނި ފުދެއެވެ. އެގޮތަކީ މަތީމަޖިލީހުގެ ރައީސަކީ އަފްރާޝީމުގެވާހަކަތައް ކަމުނުދާތީ އޭނާގެ ދީނީ ނަޞީޙަތް ދިނުމުގެ ހުއްދަ ބާޠިލް ކުރެއްވި ބޭފުޅެކެވެ. އަދި ބާޠިލް ކުރެއްވުމަށްފަހު ވިދާޅުވެ އިންޓަވިއު ދެއްވާ ރައްދު ދެއްވާފައިވަނީ މިފަދައިންނެވެ.
" އަފްރާޝީމުގެ ވާހަކަ ދައްކަން މިއަދު އަޅުގަނޑަށް މަޖްބޫރުވޭ. އޭނާއަކީ ޙަޤީޤަތުގައި ޕީއެޗްޑީ ނަންގަވައިގެން ހުންނެވިއަސް ކީރިތި ޤުރްއާން ހިތުދަސްމީހެއްނޫން، އަދި ޙުކުމްތަކާބެހޭ ޙަދީޘްތައް ވަޤުތުން ދަންނަވާކަށް އެނގިވަޑައެއް ނުގަންނަވާނެ، އޭނާއަކީ ރަނގަޅަށް ޢަރަބިބަސް ދަންނަ ބޭފުޅެއްނޫން، ދީނުގެ ޙުކުމްތައް ބަޔާންކުރުމުގައި އެބަސް އެނގުމަކީ އެއީޝަރުޠެއް" {ހަވީރު ނޫސް 11ޖޫން 2008 ބުދަ 34ޞަފްޙާ } " އެހެންނޫނީ ޙަދީޘް އެއްޗެހި،ޤުރްއާންގެ މާނަ އެއްޗެހި ނުބައިކޮށް މާނަކޮށްފާނެ" {މިއަދު ނޫސް 12ޖޫން 2008 ބުރާސްފަތި ޞަފްޙާ8}
މިފަދަ މީހަކާއި އެއްކޮށް ފައިކުރިއާއި މިއުޒިކުގެ ވާހަކަ ދައްކަން މިއަދު އެއްކޮށް އަރައި އިނުމަކީ؛ މައުމޫން ޢަބްދުލް ޤައްޔޫމް ޤިޞާޞްއަށް އިންކާރުކޮށްގެން ދީނުން ބޭރުވާނެކަމަށް ޙުއްޖަތް ދައްކަވާ ދަޢުޥާ އާއިގެން ކޯޓަށް ވަޑައިގެންނެވި ޝޭޚު ޙުސައިން ރަޝީދު ޤުބާދާއި އެކު އެމްއެންބީސީ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ގެންނަ "އިސްލާމީ ދިރި އުޅުން" ޕްރޮގްރާމްގައި ދެބޭފުޅުން އެއްކޮށް އަރާ ޓެކްސް ހުއްދަ ވާހަކަ ދެއްކުންފަދަ ކަމެކެވެ. ސަބަބަކީ މިދެންނެވި ދަޢުޥާގައި ޙުސައިން ރަޝީދާއި ދެކޮޅަށް ރައީސްމައުމޫނުގެ ފަރާތުން ޥަކާލާތު ކުރައްވަން ވަޑައިގެންނެވީ ހަމަ ޤުބާދު ކަމުގައިވާތީއެވެ. ދުނިޔެ ހޯދުމަށްޓަކައި ދީން އޮޅުވައިނުލައިވެސް ހަމަ ދުނިޔޭގައި އެހެންމީހުނަށް އެބަ އުޅެވެއެވެ.
ބައެއް އިންސާނުންގެ ހުންނަ ލަދުޙަޔާތްކުޑަކަމާއެވެ.

0 comments:
Post a Comment