Friday, October 31, 2014

ސަލަފުންގެ ވާހަކަ: މަރުން ސަލާމާތްވެވޭނީ ކާކަށް ހެއްޔެވެ؟


ޢަބްދުލް ޢަޒީޒު އަބީ މަރްޙޫމު ރިވާކުރެއްވި ކަމަށް މައުސޫޢަތުލް އިބުނު އަބިއްދުންޔާ (ރަޙިމަހުﷲ)ގައި އައިސްފައިވެއެވެ. ބަލިމީހަކަށް ޒިޔާރަތް ކުރުމަށްޓަކައި އަލްޙަސަނުލް (ބަޞަރީ) ރަޙިމަހުﷲ އާއި އެކު ބަލިމީހެއްގެ ކައިރިއަށް އަޅުގަނޑުމެން ވަދެއްޖައީމެވެ. 

Wednesday, October 29, 2014

އަޅުންގެ އަޅުވެތިކަމުން ﷲ ގެ އަޅުވެތިކަމަށް އަޅުތަކުން ނެރުން


blackflag
ހިޖުރައިން 15 ވަނަ އަހަރު ހިނގާދިޔަ ޤާދިސިއްޔާ ހަނގުރާމައިގައި ޢިރާޤަށް ވެރިވެގެން ތިބި ފާރިސީންގެ 80000 ހަނގުރާމަވެރިންނާ މުސްލިމުންގެ ލަޝްކަރު ކުރިމަތިލި ހިނދު ، ކާފިރުންގެ ލަޝްކަރުގެ ވެރިއެއްގެ ގޮތުގައި ހުރި ރުސްތުމް، ސުވާލުކޮށް އޮޅުން ފިލުވަން ބޭނުންވެފައިވާ ކަންކަން ސާފުކޮށްދެވޭވަރުގެ ވިސްނުންތޫނު ޤާބިލު ފަހުލަވާނަކު މުސްލިމުންގެ ލަޝްކަރުގެ ތެރެއިން ފޮނުވައިދެއްވުމަށް އެވަގުތު މުސްލިމުންގެ ލަޝްކަރުގެ ވެރިޔާ، ﷲ ރުއްސުންލެއްވި މާތް ޞަޙާބީ، ސަޢްދު ބްނި އަބީ ޥައްޤާޞްގެ އަރިހުން އެދުނެވެ. އެހިނދު އެކަލޭގެފާނުގެ އަރިހުގައި ހުންނެވި ރިބްޢިއްޔު ބްނި ޢާމިރު ކިޔާ ބޭފުޅަކު އެކަމާއިގެން ރުސްތުމްގެ ގާތަށް ފޮނުއްވުމަށް ނިންމެވިއެވެ.

Monday, October 27, 2014

މާލިކު ބުނު ދީނާރު ރަޙިމަހުﷲގެ އާދަޔާ ޚިލާފު ހުވަފެން

 

މާލިކު ބުނު ދީނާރު ރަޙިމަހުﷲ ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު އެއްދުވަހަކު ގެފުޅުގައި ޠަވާފުކުރެއްވިއިރު ފެނިވަޑައިގަތް، ޙައްޖުވެރިންނާއި ޢުމްރާވެރިންގެ ޢަދަދު ގިނަކަމުން ހައިރާންވެ ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ އަމިއްލަ ނަފްސަށް ވިދާޅުވިއެވެ.

Saturday, October 25, 2014

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

 

الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ  وَأَصْحَابِهِ  وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ.

Tuesday, October 21, 2014

ފުރުޞަތު ނަގާނުލަމާތޯއެވެ؟



އަޅުގަނޑުމެންގެ ދުނިޔަވީ ޙަޔާތަކީ އާޚިރަތަށް ތައްޔާރުވުމަށްޓަކައި މަސައްކަތް ކުރަން އޮތް ތަނެވެ. ދާއިމީ ގޮވެތި ބިނާކުރަން އޮތް މަސައްކަތުގެ މައިދާނެވެ. އަޅުގަނޑުމެންގެ މަސައްކަތް ކަމުގައި ވާންޖެހޭނީ ﷲ އަށް އީމާންވެ ﷲ ގެ މަދަދަށް އެދި ހެޔޮ ޢަމަލު ކުރުމެވެ. އެ ދާއިރާގެ ބޭރުން އަޅުގަނޑުމެން ކުރާ ކަންތައްތަކަކީ ބާޠިލްވެގެންވާ ކަންކަމެވެ. އަޅުގަނޑުމެން މިއަދު ޢަމަލުގެ މައިދާނުގައި އުޅޭއިރު ވަރަށް ވެސް ހުޝިޔާރުވާންޖެހެއެވެ.

Sunday, October 19, 2014

ތިބާއަށް ﷲގެ ހަޟްރަތުން ބިލެއް އައިހެއްޔެވެ؟


އުމުރުން 70ގެ އަހަރުތައް ގުނަމުންދާ މުސްކުޅި ފިރިހެނެކެވެ. ބައްޔެއްގެ ސަބަބުން ކުޑަކަމު ދިޔުމުގައި ދަތިތަކެއް ތަހައްމަލު ކުރަމުންދާ މީހެކެވެ. މިބަލިން ލުޔެއް ލިބުމަށް އޮތް ހަމަ އެކަނި މަގަކީ އޮޕަރޭޝަން ކުރުން ކަމުގައި ޑޮކްޓަރުން ލަފާދިނެވެ. ދުވަސްތައް ފާއިތުވަމުން ދާވަރަކަށް މިބަލީގެ ވޭން ބޮޑުވަމުން ދާތީ މުސްކުޅިޔާ އޮޕަރޭޝަން ކުރުމަށް އެއްބަސް ވިއެވެ.

Friday, October 17, 2014

އާދަޔާ ޚިލާފުގޮތަކަށް ﷲ އެބައިމީހުން ކަނުކުރެއްވިއެވެ.


އިމާމް ޤުރުތުބީއަކީ ކޮންބޭކަލެއް؟

އެކަލޭގެފާނަކީ އަންދަލުސް (މިހާރުގެ ފުރާންސާއި ސުޕޭން ހިސާބުގައި އޮތްރަށެއް) ގައި އުފަންވެ ވަޑައިގެން ބޭކަލެކެވެ. އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ އަބޫ އަބްދުﷲ މުޙައްމަދު ބުން އަބީބަކުރު ބިން ފަރުހުލް އަންޞާރީ އެވެ. އެކަލޭގެފާނަކީ ކީރިތި ޤުރުއާނާއި އަރަބި ބަހާއި ފިޤުހާއި އަދި ޢަރަބި ޅެންވެރިކަން ވަރަށް މޮޅަށް ދެނެވަޑައިގަންނަވާ ޢިލްމުވެރި ބޭކަލެކެވެ.

Wednesday, October 15, 2014

އަހަރެންގެ ސަމުސާ


ޔޫރަޕު މީހަކު މުސްލިމެއްގެ އަރިހުން ސުވާލުކުރިއެވެ. ” ތިޔަބައިމީހުން ކާއިރު ސަމުސާ ބޭނުން ނުކުރަނީ ކީއްވެހެއްޔެވެ؟ ”

މުސްލިމު މީހާގެ އޭގެ ޖަވާބުގައި ބުންޏެވެ. ” އަހަރެންގެ ސަމުސަލަކީ އަހަރެންގެ އަތާއި އަހަރެންގެ އިނގިލިތަކެވެ. މި ސަމުސާ ކާން ހަމައެކަނި ހަމައެކަނި ބޭނުންކުރާ މީހަކީ އަހަރެންނެވެ.

Monday, October 13, 2014

ވާހަކަ ދައްކާ ގުރާ



ޢިލްމުވެރިޔަކު އުޅުއްވިއެވެ. ކިޔަވައިދެއްވަނީ އިސްލާމީ ޢަޤީދާއެވެ. އޭނާގެ ދަރިވަރުންނަށް لا إله إلااللهގެ މާނަ ޝަރަޙަކުރައްވައި މިކަލިމައިގެ މަތީގައި ތަރުބިއްޔަތު ކުރައްވަމުން ގެންދެވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިތުރު އެކަލޭގެފާނުންގެ އަޞްޙާބުބޭކަލުންނަށް އެކަލިމައިގެ މާނަދަސްކޮށްދެއްވައި އެގޮތުގެ މަތީގައި ތަރުބިއްޔަތުކުރެއްވި ގޮތް ނަމޫނާއަކަށް ބައްލަވައިގެންނެވެ. ކޮންމެއަކަސް މިޢިލްމުވެރިޔާއަކީ ބުޅަލާއި އެކިވައްތަރުގެ ދޫނިގެންގުޅުމަށް ލޯބިކުރައްވާ ފަރާތެއް ކަމަށްވާތީ އޭނާގެ ދަރިވަރަކު ހަދިޔާއަކަށް ގުރައެއް ގެނެސްދިނެވެ.

Saturday, October 11, 2014

ޙަދީޘް ޢިލްމުވެރިޔެއްގެ ކެތްތެރިކަން

ޙަދީޘް ޢިލްމު އުގެނުމަށްޓަކައި އަބޫ ޙާތިމް މުޙައްމަދު ބިން އިދުރީސް އައްރާޒީ ޙިޖުރީ ސަނަތުން 214 ވަނަ އަހަރު ބަޞަރާއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވަޑައިގެންނެވީ އެއް އަހަރު ދުވަހު ބަޞަރާގައި ޙަދީޘް ކިޔެވުމަށްޓަކައި އަޒުމް ކަނޑައަޅުއްވައިގެންނެވެ. ނަމަވެސް އެކަލޭގެފާނަށް ދިމާވި އިމްތިޙާނާއި އެކަލޭގެފާނު އެކަމަށް ކެތްތެރިވެ ވަޑައިގެންނެވި ގޮތް އެކަލޭގެފާނުގެ ދަރިކަލުން ކަމަށްވާ ޙަދީޘް ޢިލްމުގައި ފުންނާބު އުސްބޭފުޅެއް ކަމަށްވާ އިބުނު އަބީ ޙާތިމް ރަޙިމަހުﷲ ގެންނަވާ ފައިވާ ގޮތަށް ކިޔާލަމާހެއްޔެވެ.

Friday, October 10, 2014

ދިރިއުޅޭނެގޮތް އެނގެނީ ހަމައެކަނި އިންސާނުންނަށްބާ!


ވުޖޫދުގައިވާހާ އެއްޗަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އުފައްދަވާފައިވާ ތަކެއްޗެވެ. އަދި އެތަކެތި ބަލަހައްޓަވައި ގެންގުޅުއްވަނީ ވެސް އެކަލާނގެއެވެ. އެތަކެއްޗަށް ރިޒުޤު ދެއްވަނީ ވެސް އެކަލާނގެއެވެ. އެތަކެތީގެ ހަނުހުރުމާއި އެންމެހައި ޙަރަކާތްތަކެއް ވެސް އެކަލާނގެ ދެނެވޮޑިގެން ވެއެވެ. އަލްއަންޢާމު ސޫރަތުގެ 59 ވަނަ އާޔަތުގައި ވާފަދައިން ކަޑާއި އެއްގަމުގައި ވާހާ އެއްޗެއް އެކަލާނގެ ދެނެވޮޑިގެން ވެއެވެ. އަދި އެކަލާނގެއަށް ދެނެވޮޑިގެން ނުވާ ގޮތުގައި ގަހަކުން ފަތެއް ވެސް ނުވެއްޓެއެވެ.

Thursday, October 9, 2014

އަހަރެންނަށް ކިޔަވައިދޭށެވެ…!



އުމުރުން އެންމެ 8 އަހަރުގެ ކުޑަކުއްޖެކެވެ. އިލްމު އުނގެނުމަށްޓަކައި މިކުއްޖާ އަމިއްލަ ވަޒަން ދޫކޮށް މަދީނާއަށް ދިއުމަށްޓަކައި ދަތުރުފެށިއެވެ. މި ކުއްޖާއަށް މަދީނާއަށް އާދެވުމުން އަވަސްވެގަތީ އިމާމް މާލިކުގެފާނުގެ އަރިހަށް ދިއުމަށެވެ. އިމާމް މާލިކު އެކަލޭނގެފާނުގެ ދަރިވަރުންނާއެކު އިންނެވިތަން މި ކުއްޖާއަށް ފެނުނެވެ. އެހިނދު އެ ކުއްޖާ އަވަސް އަވަހަށް އިމާމުގެ ދަރިވަރުންގެ ގާތު އިށީނެވެ. އިމާމް މާލިކުގެފާނުގެ އަރިހުގައިތިބި ކުދިން އެކަލޭގެފާނަށް ތަފާތު ސުވާލުތަށް ކުރިމަތިކުރައްވަމުން ގެންދެވިއެވެ. 

Tuesday, October 7, 2014

ޝެއިޚު އަލްބާނީ ރަޙިމަހުﷲ ހަޔާތްޕުޅުން އިބުރަތްތެރި ވާހަކައެއް.


ޝެއިޚު ޢަލްބާނީ ރަޙިމަހުﷲ ގެ ދަރިވަރެއް ކަމަށްވާ ޝެއިޚު މަޝްހޫރު ޙަސަން 

ޙަފިޡަހުﷲ ވިދާޅުވިއެވެ.

ޝެއިޚު އަލްބާނީ ރަޙިމަހުﷲގެ ފޮތެއްކަމަށްވާ ސިލްސިލަތުއް ޟަޢީފާގެ ފޮތްތަކުގެ 

ތެރެއިން ފޮތެއް މުރާޖަޢާ ކުރުން ތިމަންނާއާއި ހަވާލުކުރިއެވެ. ދެން އެފަސްވަނަ ފޮތް 

ތިމަންނާއާ ހަވާލުކުރިއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅުން ލިޔުއްވާފައިވާ އަތުލިޔުއްވުން 

ފޮތް ޗާޕުކުރުމުގެ ކުރިން ނެގީމެވެ. އަދި ކޮތަޅުން ނަގައި އެފޮތަށް ބަލައިލުމުން 

އަހަރެންނަށް ރޮވުނެވެ.

Sunday, October 5, 2014

ޢަޠާއު ރަޙިމަހުﷲއަށް ފެނިވަޑައިގެން އަޖައިބުކުރަނިވި ހުވަފެންފުޅު


ޢަޠާއު ބިން ޔަސާރު (ތާބިޢީންގެ އިސްބޭކަލެއް) އަދި ސުލައިމާން ބިން ޔަސާރު ޙައްޖަށް ދިޔުމަށްޓަކައި މަދީނާއިން ނިކުމެވަޑައިގަތެވެ. އެބޭކަލުންނާއި އެކީގައި އެހެންބޭކަލުންވެސް ބައިވެރިވަޑައިގަތެވެ. އަބްވާއާ އަރާހަމަވުމުން އެބޭކަލުން އެރަށުގައި ރޭގަނޑުވުމުން މަންޒިލުކުރައްވައިފިއެވެ. ސުލައިމާނާއި އަދި އެބޭފުޅާގެ އަރިސްބޭކަލުން ބޭނުމަކު އެބޭކަލުން މަންޒިލުކުރިތަނުން ދުރަށް ހިނގައްޖެއެވެ. ދެން ޢަޠާއު ރަޙިމަހުﷲ ނަމާދުކުރައްވަން ވެގެން ހުންނެވީއެވެ.

Friday, October 3, 2014

އިމާމު މާލިކު ދެއްވި އިބުރަތްތެރި ޖަވާބު




މިއަންތަރީސް ވާހަކަ ފަހުމުވުމަށްޓަކައި އިމާމު މާލިކު ރަޙިމަހުﷲއަކީ ކޮންބޭފުޅެއްކަން އެނގުން މުހިންމެވެ. އެކަލޭގެފާނަކީ 

އިމާމު ދާރިލް ޙިޖްރާގެ(ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙިޖުރަކުރެއްވި ރަށުގެ އިމާމު)ގެ ނަމުން 

މަޝްހޫރުވެވަޑައިގެންފައިވާ ޙަދީޘް އިލްމާއި ފިޤުހު ޢިލްމުގައި އިމާމު ދަރަޖައިގެ ބޭކަލެކެވެ. އެކަލޭގެފާނުގެ ފުރިހަމަ 

ނަންފުޅަކީ މާލިކު ބިން އަނަސް ބިން މާލިކު ބިން އަބޫ ޢާމިރެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ ޙިޖުރީ ސަނަތުން 93 

ވަނަ އަހަރު މަދީނާގައެވެ. އަދި ޢިލްމު ޙާޞިލުކުރެއްވީ މަދީނާއިންނެވެ. އެކަލޭގެފާނުގެ އުސްތާޛުންގެ ތެރޭގައި ތާބިޢީބޭކަލުން 

ހިމެނިވަޑައިގަނެއެވެ. އެގޮތުން އިބުނު ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުގައި އުޅުއްވި އެކަލޭގެފާނު މިނިވަންކުރެއްވި ނާފިޢު 

ރަޙިމަހުﷲ ފާހަގަކޮށްލެވެއެވެ.

Wednesday, October 1, 2014

އަވައްޓެރިންނަށް ހެޔޮ ޙަދީޘް ޢިލްމުވެރިޔާ


އަބޫ ޙަމްޒާ އައްސުއްކަރީ ރަޙިމަހުﷲއަކީ އެކަލޭގެފާނުގެ އަވައްޓެރިންނަށް ވަރަށް ހެޔޮކޮތް ހިތާ ބޭކަލެކެވެ. އެކަލޭގެފާނުގެ 

ސިޔަރަތުގައި އެކަލޭގެފާނު ބަޔާންކޮށްދެއްވުމަށްޓަކައި އިމާމު ޙާފިޡު ޛަހަބީ ރަޙިމަހުﷲ ވިދާޅުވަނީ "އެކަލޭގެފާނަކީ 

މީސްތަކުންނަށް އަޅާލާ ޢިލްމުވެރިޔެއް ކަމުގައެވެ. އެކަލޭގެފާނުގެ އަރިހަށް ޙަދީޘް ކިޔަވަން އައިސް ތިބޭ ކުދިންގެ ތެރެއިން 

ކުއްޖަކު ބަލިވެއްޖެނަމަ ބޭނުންވާ އެއްޗެހި ހޯދައިދެއްވައި އަދި ކައިރީގައި އަޅާލަން މީހުން ބައިތިއްބައެވެ." ނަމަވެސް 

މިފަހަރު މިއޮތީ އެކަލޭގެފާނު އަވައްޓެރިނަށް އޯގާތެރިކޮށް ހިތިމިންވަރު ވަޒަންކޮށްލެވޭ އެހެންވާހަކައެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons