Friday, October 31, 2014

ސަލަފުންގެ ވާހަކަ: މަރުން ސަލާމާތްވެވޭނީ ކާކަށް ހެއްޔެވެ؟


ޢަބްދުލް ޢަޒީޒު އަބީ މަރްޙޫމު ރިވާކުރެއްވި ކަމަށް މައުސޫޢަތުލް އިބުނު އަބިއްދުންޔާ (ރަޙިމަހުﷲ)ގައި އައިސްފައިވެއެވެ. ބަލިމީހަކަށް ޒިޔާރަތް ކުރުމަށްޓަކައި އަލްޙަސަނުލް (ބަޞަރީ) ރަޙިމަހުﷲ އާއި އެކު ބަލިމީހެއްގެ ކައިރިއަށް އަޅުގަނޑުމެން ވަދެއްޖައީމެވެ. 



އަދި ބަލިމީހާ ކައިރީގައި އިށީންދެ ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ސުވާލުކުރެއްވިއެވެ. ބަލި ހާލު ކިހިނަކުންހެއްޔެވެ؟ ބަލިމީހާ ޖަވާބު ދިނެވެ. އަހަރެން ކާހިތްވެއެވެ. ނަމަވެސް އަރުންދިރޭ ގޮތެއްނުވެއެވެ. އަދި ބޯހިތްވެއެވެ. ނަމަވެސް ކަރުން ފަސޭހައިން ދިރުވާލެވޭގޮތެއްނުވެއެވެ. ދެން ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ކީރިތިކުރައްވަން ފަށައިފިއެވެ.

ދެން ވިދާޅުވާން ފަށައިފިއެވެ. ފަހެ މިދުނިޔޭގެ ދާރު ބިނާވެގެންވަނީ ބަލިކަމާއި ބަލިމަޑުކަމުގެ މައްޗަށެވެ. ބަލިތަކާއި ބަލިމަޑުކަމުން ސަލާމަތްވެ ތިބުމަށް އަހަރެމެން ގަދައަޅައި މަސައްކަތްކޮށް ބަލިތަކުން ތިބާ ސަލާމަތްވެއެވެ. ނަމަވެސް މަރުން ފަހެ ސަލާމަތްވެވޭނީ ތިޔައިގެ ތެރޭން  ކާކަށް ހެއްޔެވެ؟ ދެން ފަހެ މުޅިގޭތެރެ ރުއިމުގެ އަޑުން ގުގުމާލައިފިއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ  سورة آل عمران 185
މާނައިގެ ތަރުޖަމާއީ: ފަހެ ކޮންމެ ނަފުސެއްވެސް މަރުގެ ރަހަދެކޭނެއެވެ.

އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

أَيْنَمَا تَكُونُوا يُدْرِ‌ككُّمُ الْمَوْتُ وَلَوْ كُنتُمْ فِي بُرُ‌وجٍ مُّشَيَّدَةٍ ۗ  سورة النساء 78
މާނައިގެ ތަރުޖަމާއީ: ފަހެ ތިޔަބައިމީހުން ކޮންމެތަނެއްގައި ވީކަމުގައިވިޔަސް މަރުތިޔަބައިމީހުންނާ ބައްދަލުކުރާހުއްޓެވެ. އެއީ ތިޔަބައިމީހުން އުސްވެގެންވާ ގަދަފަދަ ކިއްލާއެއްގައި ވީކަމުގައި ވިޔަސްމެއެވެ.

މަރަށް ތައްޔާރުވެ ތައުބާވެގެންވާ ހާލު މަރުވުމުގެ ތައުފީޤު އަޅުގަނޑުމެން އެންމެނަށް ދެއްވާށިއެވެ. އާމީން
و صلى  الله وسلم على سيدنا محمد و آله و صحبه.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons