Sunday, September 30, 2012

މައިމީހާގެ ބަނޑުން ބޭރަށް އަތްނެރެ ޑަކުޓަރުގެ އިނގިލީގައި ހިފި ކުއްޖާ



ސެމްއީލް އެލެގްޒެންޑަރ، އުފަންވުމުގެ ކުރިން އޭނާއަށް ފަރުވާއެއް ދޭން ޖެހުނެވެ. އޭރު އޭނާގެ މަންމަ ޖޫލީގެ ބަނޑަށް އެކާވީސް ހަފުތާ މުޅިން ނުފުރެއެވެ. ނަމަވެސް ޖޫލީގެ ބަނޑުން އޭނާ ބޭރަށް ނެރެފިނަމަ މަރުވެދާނެއެވެ. އެހެންވެ، އޭނާއަށް ފަރުވާ ދޭންޖެހެނީ، ޖޫލީގެ ރަޙިމުގައި އޭނާ ބާއްވައިގެންނެވެ. މިކަން މިގޮތަށް ކުރުމަށް ނިންމެވީ، ޑަކުޓަރު ޔޫސުފު ބުރޫނަރއެވެ.

Saturday, September 29, 2012

ޖަނާޒާ ނަމާދު

އިސްލާމްދީނުގައި އަޅުގަނޑުމެންނަށް އަމުރުކުރައްވައިފައި ވަނީ، އެއްމުސްލިމަކު އަނެއް މުސްލިމު އަޚާއަށް ހެޔޮކޮށް ހިތުމަށެވެ. ތިމާގެ އަމިއްލަ ނަފްސައް ހެޔޮގޮތްވުމަށް އެދެވޭ ފަދައިން އަނެކާއަށްވެސް ހެޔޮގޮތްތަކަށް އެދުމަށެވެ. މިއީ ދިރިއުޅުމުގެ ކޮންމެކަމެއްގައިމެ ކަންކުރަން އަންގަވާފައިވާ ޢާންމު އުޞޫލެވެ. ހަމަ އެފަދައިން ތިމާގެ މުސްލިމު އަޚާއަށް އަދާކުރަންޖެހޭ ޚާއްޞަ ޙައްޤުތަކެއް ވާކަން ކިރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިޙި ވަސައްލަމަގެ ސުންނަތުން ޘާބިތުވެއެވެ. މުސްލިމު އަޚާ ދިރިދުނިޔޭގައި ވާހިނދުގައްޔާއި، ބަލިޙާލުގައި ވާހިނދުގައްޔާއި އަދި މަރުވުމުންވެސް އޭނާއަށް އަދާކުރަންޖެހޭ ޙައްޤުތަކެއް ވެއެވެ.

Thursday, September 27, 2012

އާފިލުކަމުގެ ނިދިން ހޭލުން......

އަހުރެން އަހުރެންގެ ނަފްސަށާއި ތިޔަ އެންމެހާ އަޚުންނަށް މިފަޞިއްޔަތްކުރަނީ ﷲ އަށް ތަޤްވާވެރި ވުމަށެވެ. އެހެނީ ﷲ އަށް ބިރުވެތިނުވާ ކޮންމެ މީހަކު މަގުފުރެދޭނެއެވެ. ﷲސުބުހާނަހޫ ވަތާލާ ވަޙީކުރައްވާފައިވެއެވެ.

Tuesday, September 25, 2012

ހެޔޮ ނިމުންތަކާއި ނުބައި ނިމުންތަކުގެ ޢަލާމާތްތައް

ކީރިތި ޤުރުއާނާއި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން އިންސާނާ ދުނިޔެއިން ވަކިވެގެންދާ ދިއުމުގައި އެމީހެއްގެ ނިމުމަކީ ރަނގަޅު ނިމުމެއްކަން ނުވަތަ ނުބައި ނިމެއްކަން އެނގިގެންދެއެވެ.

Saturday, September 22, 2012

ޓެސްޓްތަކުން ދައްކާގޮތުން ކޯލާގެ ވައްތަރުތަކުން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ވައްތަރުތަކުގައި އަލްކޮހޯލް ހިމެނޭ•


• ޓެސްޓްތަކުން ދައްކާގޮތުން ކޯލާގެ ވައްތަރުތަކުން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ވައްތަރުތަކުގައި އަލްކޮހޯލް ހިމެނޭ
• "ކޮކާކޯލާގެ ސިއްރު ރެސިޕީއަށް ކޮކާކޯލާ އުފެއްދުމުގެ ތެރޭގައި އަލްކޮހޯލްގެ އަސަރު ހުރެދާނެ" ކޮކާކޯލާގެ ސައިންޓިފިކް ޑައިރެކްޓަރ

Friday, September 21, 2012

ޟުޙާނަމާދު ކުރާނެ ގޮތް.

ސުވާލު:

ޟުހާ ނަމާދު ކުރާގޮތާއި ޟުހާނަމާދުގެ ފަހުގައި ކިޔާނެ ދުޢާ އަކާއި، ޟުހާނަމާދު ކުރާނެ ވަގުތު އަދި ޟުހާނަމާދުގެ ފައިދާ ވަރަށް ސާފުކޮށް ބުނެދެއްވަފާނަންތޯ؟

Thursday, September 20, 2012

ފުލުހުންނާއި ސިފައިންނަށް ތުނބުޅި ބާލަން ޢަމުރެއް ނުކުރެވޭނެ: ޝައިޚް ސަމީރު

ފުލުހުންނާއި ސިފައިންނަށް ތުނބުޅި ބާލަން ޢަމުރުކުރުމަކީ އެއީ ދީނީގޮތުންވެސް އަދި ޤާނޫނީގޮތުންވެސް ކުރެވޭނެ ޢަމުރެއް ނޫންކަމަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ތުނބުޅި ބަހައްޓަން ސިފައިންގެއިން ކެނޑުމަށް އަޅުގަނޑު އެއްވެސް ގޮތަކަށް ތާއީދެއް ނުކުރަން :ޝައިޚް ޝަމީމް


Monday, September 17, 2012

ﷲގެ ނަބިއްޔާ ޞާލިޙް ޢަލައިހިއްސަލާމްގެ ވާހަކަ

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން ކުރެއްވި ދަތުރުފުޅެއްގައި ޘަމޫދު ބާގައިގެ އަހުލުވެރިންގެ ގެތަކާއި އަރާހަމަވެވަޑައިގަތެވެ. ޘަމޫދު ބާގައިގެ އަހުލުވެރިންނަކީ ޖަމަލު މަރާލިމީހުންނެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން ޖަމަލު ފެންބޮއެ އުޅުނު ފެންގަނޑު ކައިރީގައި މަޑުކުރެއްވިއެވެ. އެތަނުގައި މުޅިޢާލަމްތަކަށް ޢިބްރަތްތެރި ފިލާވަޅުތަކެއް ހިނގައިދިޔަ ތަނެއް ކަމުގައި އެތަން ވެގެންދިޔައެވެ.

Saturday, September 15, 2012

ނޫޙުގެފާނުގެ ނާކޮޅު ފެނުނު އިރު....؟


ނޫޙުގެފާނުގެ ނާކޮޅު ބީހިހަމަޖެހުނުތަން
 

                      ކީރިތި ޤުރްއާނުގައި ކަނޑައަޅުއްވާފައިވާލެއް ވަރަށް ފުރިހަމަ


ކީރިތި ޤުރްއާނަކީ ހުރިހާ ޢިލްމުތަކެއް ފަހަތަށް ޖަހާލައި ކުރި ހޯދާފައިވާ މުޢުޖިޒާތެކެވެ. މިފޮތުގައިވާ ކޮންމެ ސިފަކުރުމަކީ ވަރަށް ސާފު ވަރަށް ބަރާބަރު ސިފަ ކުރުމެކެވެ. އެހެނީ މިއީ ޙިކްމަތްވަންތަ އަރަހުށި މާތްﷲގެ ބާވައިލެއްވުމެކެވެ. އެފޮތާ ވާދަކުރާ ކޮންމެ މީހަކުވަނީ ބަލިވެ، އެކަމަށް އިޢުތިރާފު ވެފައެވެ.

Friday, September 14, 2012

އިސްލާމްދީނާއިދެކޮޅަށް ނެރުނު ފިލްމާއިދެކޮޅަށް ބޮޑެތި ހަމަނުޖެހުންތަކެއް

ސެޕްޓެމްބަރު 11 އާއިދިމާކޮށް އެމެރިކާއިން އިސްލާމްދީނާއިދެކޮޅަށް ނެރުނު ފިލްމާއިދެކޮޅަށް ބޮޑެތި ހަމަނުޖެހުންތަކެއް އިސްލާމީ ޤައުމުތަކުގައި މިހާރު ކުރިއަށް އެބަދެއެވެ.

Thursday, September 13, 2012

ގައްޑާ ވާން އުޅެނީ ,ނަމަވެސް ވަނީ ގަމާރު

ހެޔެއް ނެތެވެ. ބަލަނީ ކެވޭތޯ އެވެ. އުޅުމެއް ނެތެވެ. ނަމަވެސް އުޅެއެވެ. ހިތުން ޔޫރަޕްގެ ފިލުމުސްޓާރެކެވެ. ނަމަވެސް ވިސްނުމުގައި ބަންގާޅި އެކެވެ. ކޫލް ކަމުން ބޮވެނީ ހަމައެކަނި ކޮފީއެވެ. ނަމަވެސް ރުޅިގަދަވެއްޖެއްޔާ ބޮކި ޖަހާ ކެކެން ފަށައެވެ. 

Tuesday, September 11, 2012

ދުނިޔޭގެ އެންމެ ބޮޑު ޢަޖައިބު! އިސްލާމްދީން

ހިތާ ހިތާ ސުވާލުކޮށްލާށެވެ! މުޅި ދުނިޔޭގައިވެސް އެދީނަކާއި ދެކޮޅަށް ހަތިޔާރާއި ކަނޑިބަޑިން ހަމަލާދީ ހަނގުރާމަ ކުރެވެނީ ކޮންދީނަކާއި ހެއްޔެވެ؟ އިސްލާމްދީނާއެވެ. މުޅި ދުނިޔޭގެ މީޑިޔާ އެދީނެއް ބަދުނާމް ކުރުމަށް އެންމެ ބުރަމަސައްކަތެއް ރެޔާއި ދުވާލު ކުރަނީ ކޮންދީނަކާއި ހެއްޔެވެ؟ އިސްލާމްދީނެވެ. ފިކުރީގޮތުން އެންމެ ގިނަ ރޭވުންތައް ރޭވެނީ އިސްލާމްދީނާއި އިދިކޮޅަށެވެ.

Sunday, September 9, 2012

މަރުވަމުންދާ ހިނދު

ﷲ ތަޢާލާގެ ޙަޟުރަތުން ރަޙްމަތަށާއި މަޣްފިރަތަށް އެދުމާއި އެއިލާހުގެ ޙަޟުރަތުންވާ ގަދަފަދަ ޢަޛާބަށް ބިރުވެތިވުމަކީ މަރުމަތީގައިވާ މީހާ ކުރަންޖެހޭނެ އެންމެ މުހިއްމު އެއްކަންތަކެވެ. އަނަސްގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. މަރުމަތީގައިވީ ޒުވާނެއްގެ އަރިހަށް ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޒިޔާރަތްކުރެއްވިއެވެ.

Friday, September 7, 2012

ޤުރުއާނުގެ މުޢުޖިޒާތްތަކުގެ ތެރެއިން ]ފިރުއައުނު ޢަރަޤުކުރެއްވި ހާދިސާ[

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މޫސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނާށް ތަބައުވީ ބަނީ އިސްރާޢީލުންގެ މީސްތަކުން ފިރުޢައުނުގެ އަނިޔާއިން ސަލާމަތްކުރައްވާފައި. އެބައިމީހުން ފައިމަގުގައި ކަނޑު ހުރަސްކޮށް ފިރުއައުނުގެ ކިބައިން ސަލާމާތްކުރެއްވި ގޮތުގެ ވާހަކައަކީ ޤުރުއާނުގައި ބަޔާންވެގެންވާ ވާހަކައެއް. ޤުރުއާނުގައި މިހެން އޮތްނަމަވެސް އެ ފޮތަކީ ﷲ ބާވާލެއްވި ފޮތެއްކަން ޤަބޫލުނުކުރާ މީސްތަކުން އެއީ މާކުރީގެ ފުލޯކްވާހަކައެއްކަމުގައި ބުނެ އުޅޭ.

Wednesday, September 5, 2012

ހަދިޔާ

އަހަރެން އިބްނުލް މުބާރަކު އަށް ސުވާލު ދެންނެވީމެވެ. " އިންސާނުންނަށް ދެވިފައިވާ އެންމެ މާތް ހަދިޔާ އަކީ ކޮބައިތޯއެވެ؟"

Monday, September 3, 2012

ބޮޑެތިފާފަތައް ދެނެގަތުން

އަލްޙާފިޡް އައްޛަހަބީ ރަޙިމަހުﷲ ބޮޑެތިފާފަތައް ޖަމާކުރައްވައި ލިޔުއްވާފައިވާ “އަލްކަބާއިރު” ގައި ބޮޑެތިފާފަތަކާބެހޭގޮތުން ވިދާޅުވެފައިވެއެވެ.
“ﷲ އަށާއި، އެއިލާހުގެ ފޮތްތަކަށާއި، އެއިލާހުގެ ރަސޫލުންނަށާއި، އެއިލާހުގެ މަލާއިކަތުންނަށާއި، އެއިލާހުގެ ޤަދަރުފުޅަށް އީމާންވުމުގެ (ތަވްފީޤު) ދެއްވިކަމަކަށްޓަކައި އެއިލާހަށް ޙަމްދުކުރަމެވެ. އަދި އަހަރެމެންގެ މާތްނަބިއްޔާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުންގެ އާލުންނަށާއި، އަންޞާރުންނަށް ﷲ ޞަލަވާތް ލައްވާށިއެވެ. އެޞަލަވާތަކީ ދާއިމަށް ދެމިގެންވާ ޞަލަވާތެއްކަމުގައި ލައްވައި، އެކަލޭގެފާނުގެ އަރިހުގައި ދެމިތިބެނިވި ގޯތީގައި އުޅުމުގެ ނަޞީބު ދެއްވާށިއެވެ!

Saturday, September 1, 2012

އިބުނު ޖުދްޢާން

އެންމެހައި ޙަމްދުސަނާ ޙައްޤުވެގެން ވަނީ ޢާލަމްތަކުގެ ވެރި ﷲ ތަބާރަކަ ވަތަޢާލާ އަށެވެ. ހަމަކަށަވަރުން އެއިލާހަކީ ގިނަގިނައިން ތަޢުބާ ޤަބޫލު ކުރައްވާ ރަސްކަލާނގެއެވެ. އެއްފަހު އަޅުގަނޑު ގެ މަޤުސަދާއިގެން ކުރިޔައް ދާނަމެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons