އެންމެހައި ޙަމްދުސަނާ ޙައްޤުވެގެން ވަނީ ޢާލަމްތަކުގެ ވެރި ﷲ ތަބާރަކަ
ވަތަޢާލާ އަށެވެ. ހަމަކަށަވަރުން އެއިލާހަކީ ގިނަގިނައިން ތަޢުބާ ޤަބޫލު
ކުރައްވާ ރަސްކަލާނގެއެވެ. އެއްފަހު އަޅުގަނޑު ގެ މަޤުސަދާއިގެން ކުރިޔައް
ދާނަމެވެ.
އިސްލާމް ދީނަކީ ވަރަށް ވެސް ފުޅާ އަދި އެތަކެއް ކަންތައްތަކެއް ގެ މައްޗައް ބިނާވެފައިވާ ވަރަށް ބޮޑު ތާރީޚެއް އޮތް ދީނެކެވެ. އެހެން ކަމުން ތާރީޚު ބަލާ ދިރާސާ ކޮއްފިނަމަ ކޮންމެ މީހަކައް ވެސް އެތަކެއް ޢިބުރަތެއް ލިބިގެން ދެއެވެ. އެގޮތުން އަޅުގަނޑު ވެސް ޝަޚްޞިއްޔަތަކައް ނަޒަރެއް ހިންގައިލާނަމެވެ. ހަމަ ޔަޤީނުންވެސް މިއަދު އިބުނު ޖުދްޢާން އަކީ ކާކުހޭ ސުވާލު ކުރެވިއްޖެނަމަ ގިނަވާނީ އެއީ ކާކުކަން ބުނެނުދެވޭނެ މީހުންނެވެ. ޖާހިލިއްޔަ ޒަމާން ހިތައް ގެނުވައިފިނަމަ އަޅުގަނޑު މެންގެތެރެއިން ގިނަ ބަޔެއްގެ ހިތައް އެންމެ ފުރަތަމަ ވެސް އަރާނީ ޢަބްދުލް މުއްޠަލިބް ނޫނީ ވަރްޤާ ބިން ނަވްފަލް ފަދަ ނަމެކެވެ.
މިހާރު މާޒީގެ ތެރެޔައް ވަދެ ފޮހެވެމުން ދިޔަކަމުގައި ވިޔަސް އިބުނު ޖުދްޢާން ގެ ވާހަކަޔަކީ އަޅުގަނޑު މެންނައް އެތަކެއް ޢިބުރަތެއް ލިބިގެންދާ ވާހަކައެކެވެ. އިބުނު ޖުދްޢާން އަކީ އަބޫބަކްރު އައް ޞިއްދީޤް ގެ ބައްޕާފުޅު ގެ ދެބެއިންގެ ދެދަރި ބޭކަލެކެވެ. އިބުނު ޖުދްޢާން ގެ ދިރިއުޅުމައް ބަލާލާއިރު އޭނަގެ ދިރިއުޅުމުގެ ފުރަތަމަ ދުވަސްތައް ވޭތު ކޮއްފައިވަނީ ވަރަށް ވެސް ފަގީރު ހާލުގައެވެ.
ކާނެ އެއްޗެއް ނެތި ބަނޑުހައިހޫނުކަން މަތީގައެވެ. އުފާވެރި ކަމުގެ ބަދަލުގަ އޭނަޔާ ކުރިމަތިވީ ހިތައް ކެތް ނުކުރެވޭހާވެސް ފުން ހިތާމައެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ހިތުގައި އަޅަމުން ދިޔަ ވޭން ބަދަލުވެގެން ދިޔައީ އެހެން މީހުންނާ ދޭތެރޭ އަދާވާތް ތެރިކަމާ ނަފްރަތްތެރި ކަމަށެވެ. އަދި ދުނިޔަވީ ދިރިއުޅުން މަތިން ވެސް މާޔޫސްވެ ފޫހި ކުރުވިއެވެ. މިކަމާހުރެ އޭނަ ނުބައި މަގު ޚިޔާރު ކުރިއެވެ. އަދި އެތަކެއް ކުއްތަކައް އަރައިގަތެވެ. އެހެންކަމުން މީނަ ވެގެންދިޔައީ ތަފާތު ކުއްތަކުގެ މައްސަލަތަކުގައި އާންމު ގޮތެއްގެ މަތިން ބަންދުކުރެވޭ ބޮޑު ކުއްވެރިއަކަށެވެ.
އެރުގެ މީހުން ހީކުރަމުން ދިޔައީ މީނަޔަކީ ނުބައި ކަމުން ހައްދުފަހަނަޅާ ގޮސްފައިވާ އަދި ދުވަހަކުވެސް ރަނގަޅު ނުވާނޭ މީހެއްކަމަށެވެ. އެގޮތުން މީނަގެ ބައްޕަޔާ ޢާއިލާޔާ އަދި އެންމެ ގާތް މީހުންގެ ހިތުތެރޭ މީނަޔާ ދޭތެރޭ އުފެދިފަ އޮތް ލޯތްބާއި ކުލުނު ބަދަލުވެގެން ދިޔައީ ރުޅިވެރިކަމާއި ނަފްރަތްތެރި ކަމަށެވެ. އަދި އޭނަވެސް އެކަމައް ރައްދު ދިނީ ނަފްރަތްތެރި ކަމުންނެވެ. ނަތީޖާއެއްގެ ގޮތުން އިބުނު ޖުދްޢާން އަކީ މުޖުތަމަޢު ގަބޫލު ނުކުރާ އެންމެން ވެސް ނަފްރަތުކުރާ މީހަކަށް ވެ އެކަނިވެރިޔަކަށް ވިއެވެ.
އެއްދުވަހަކު އިބުނު ޖުދްޢާން މައްކާގެ ފަރުބަދަމަތީ ހިސާބުން އޭނަ ދުނިޔޭގަ ވާ ކަމާއިމެދު ހިތާމަކުރާ ހާލު ވިސްނަމުން ހިނގާފައި ދިޔައެވެ. އޭނަ ހިނގާފައި ދަނިކޮއް ފަރުބަދައެއްގައި ހުރި ބާގަނޑެއް ފާހަނގަ ވިއެވެ. ފަހަރެއްގައި ހޮހޮޅަޔަކައް ވެސް ވެދާނެއެވެ. އެހެންކަމުން އޭނަ އެ ހޮހޮޅަޔާ ދިމާލައް މިސްރާބު ބަދަލު ކުރީ ފަހަރެއްގައި ވެސް އޭގެ ތެރޭގައި ވިހަގަދަ ހަރުފެއް ކަހަލަ ނުރައްކާތެރި އެއްޗެއް އޮވެދާނެކަމައް ހީކޮށެވެ. މިޚިޔާލު ވެގެންދިޔައީ އޭނަޔައް އިތުރު ހިއްވަރެއް ލިބުނު ކަމަކަށެވެ.
ސަބަބަކީ އޭނަގެ ދިރިއުޅުމުގެ ކަންތައް ހުރިގޮތުން އޭނަ ބޭނުންވެހެން ހުރީ ވެސް މަރުވުމަށެވެ. އެހެންކަމުން މި އުންމީދުގައި ހިނގާފައި ގޮސް އެ ހޮހޮޅަޔައް ވަންނަން ހުރި ބާގަނޑު ކައިރިޔައް ގޮސް ހުއްޓުނެވެ. މި ހޮހޮޅަހުރީ ކައްޗައް ވާކަހަލަ ގޮތަކަށެވެ. ހޮހޮޅައިގެ އެތެރަޔައް ދާވަރަކައް ބިމުގެ އަޑިޔައް ދެވޭގޮތަށެވެ. އިބުނު ޖުދްޢާން އަށް މި ހޮހޮޅަތެރެއިން ހިމަކޮއް ކޮޅައް ހުރި އެއްޗެއް ފެނުނެވެ. އޭތި ބޮޑައް ސިފަވަނީ ހަރުފައެއް ވިހަލާން ތައިޔާރު ވާއިރު ކޮޅައް ޖެހިގެން ކަހަލަ ގޮތަކައް ހުންނަ ހުރުމާއެވެ. އިބުނު ޖުދްޢާން ކުއްލިޔަކައް ސިއްސައިގެން ދިޔައެވެ.
ގަދަ ނިދީގައި ވަނިކޮއް ކުއްލިޔަކައް ސިއްސައިގެން ގޮސް ހޭލެވޭ ގޮތަށެވެ. އޭނަ އަވަސް ހަރަކާތް ތަކާއެކު ފުންމައި ހަރުފައިގެ ހަމަލާއިން ސަލާމަތް ވާން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެ ހަރުފަ ހަރަކާތް ނުކުރާކަން އިބުނު ޖުދްޢާން އަށް ފާހަނގަ ވުމުން ކުޑަކޮއް ހަމަ ޖެހިލިއެވެ. އަދި އެއްފަހު ބިރުން ހުރެ މަޑުމަޑުން ކައިރިޔައް ޖެހެން ފެށިއެވެ. މާހިގަ އިރުތަކެއް ނުވަނީސް އެއީ ހަރުފައެއްގެ ސިފައިގައި ހަދާފައި ހުރި ބުދެއް ކަން އެނގުނެވެ. އެހެންކަމުން އޭގެ ކައިރިޔައް ގޮސް ހުއްޓުނެވެ. އެ ހަރުފަ ހަދާފައި ވަނީ ރަނުންނެވެ.
އަދި އެ ހަރުފަގެ ދެލޯ ވަނީ އަގުބޮޑު ޖަވާހިރުންނެވެ. އިބުނު ޖުދްޢާން އެ ދެ ޖަވާހިރު ނެގިއެވެ. އަދި އިތުރަށް ފުނައް ދިޔުމައް ހިނގައި ގަތެވެ. އޭނަޔައް އެތާގައި ހުރި ލިޔުން ތަކުން އެއީ ޖިރުހަމް ވަންހައިހެ ރަސްރަސްކަލުން ގެ މަގުބަރާއެއް ކަން އެނގުނެވެ. އެތާގައި ހުރި ކޮންމެ މަހާނަ އެއްގައި ވެސް ހުރި ގާ ވަނީ ރަނުން ނެވެ. އަދި ކޮންމެ މަހާނަ ގަލެއްގައި ވެސް އެ މީހެއްގެ މަޢުލޫމާތު ލިޔެފައި ހުއްޓެވެ.ކޮންމެ މަހާނައެއްގެ ވަށައިގެން ވަނީ ރަނާއި ރިއްސާއި އަދި ޖަވާހިރުން ފުރިގެންވާ ޚަޒާނާ ތަކެވެ.
ޢަބްދުﷲ ބިން ޖުދްޢާން އެ ޚަޒާނާ ތަކުން އޭނަ ބޭނުން ވާވަރަށް އެއްޗިހި ނަގައިގެން ނިކުމެގެން ދިޔައީ އެ ހޮހޮޅަ އޭނަޔައް އެނގޭނެހެން ފާހަނގަ ކޮއްފައެވެ. އެހިސާބުން އޭނަގެ މުޅި ދިރިއުޅުން ބަދަލު ވެގެން ދިޔައެވެ. އޭނަ ވެގެން ދިޔައީ ވަރަށް ވެސް މުއްސަނދި އަދި އެހާމެ ދީލަތި މީހަކަށެވެ. އޭނަޔަށް މިލިބުނު މުދާވެރިކަމުން އޭނަގެ އާއިލާޔާއި ގާތް މީހުންނާ އަދި ކަންކަމައް އެދިގެން އަންނަ މީހުންގެ މައްޗައް ހޭދަކުރިއެވެ.
ޚާއްސަކޮއް ގިނަ މީހުން އެއްތަން ކުރުމައްފަހު އެންމެންނައް ކާން ދިނުމަކީ އޭނަ ވަރަށް ގިނައިން ކުރާ ކަމެކެވެ. ކޮންމެ ފަހަރަކުވެސް އޭނަގެ އަތުގައި ހުރި ޚަޒާނާ ހުސްވާ އިރައް އެއްކަލަ ހޮހޮޅައިން އިތުރައް ނަގައެވެ. އަދި ކުރިން ހޭދަ ކުރިވަރަށް ވުރެ ގިނައިން މީހުންނައް ހޭދަ ކުރެއެވެ. ކޮންމެއަކަސް މަޑުމަޑުން މީހުންތަކުގެ މެދުގައި އިބުނު ޖުދްޢާން އަކީ މަގުބޫލު މީހަކަށް ވާން ފެށިއެވެ. އަދި އޭނަގެ ޢިއްޒަތް ވެސް އިތުރު ވިއެވެ. މިހެން ވަމުން ގޮސް އެންމެފަހުން ޤުރައިޝް ވަންހައިގެ ވެރިކަން ވެސް އޭނަޔައް ލިބުނެވެ.
އިބުނު ޖުދްޢާން ގެ ދީލަތިކަން އޮތީ ހަމަ އެކަނި މައްކާ އިމުގައެއް ވެސް ނޫނެވެ. އެއްފަހަރެއްގައި އަވައްޓެރި ޝާމްކަރައިގަ މީހުން ހާލުގައި ޖެހުމުން 2000 ޖަމަލު އެހީގެ ގޮތުގައި ފޮނުވިއެވެ. ކޮންމެ ޖަމަލެއް ވެސް ގޮދަނާއި ތެލާއި އަދި އެހެނިހެން ސާމާނުން ބަރާ ކޮއްފައެވެ. އަދި މީގެ އިތުރުން ކޮންމެ ރެއެއްގަ ވެސް މީހަކު މުސްލިމުންގެ ގިބުލަ ކަމުގައިވާ ކަޢްބަތުﷲ ގެފުޅު މައްޗައް އަރާ އަބްދުﷲ ބިން ޖުދްޢާން ގެ ދީލަތިކަމުން ކާން އައުމައް ނުގޮވާ ރެޔެއް ނުދެއެވެ.
އެހެން ނަމަވެސް މި އަބްދުﷲ ޖުދްޢާން އާ މެދު އިމާމް މުސްލިމް ޢާއިޝާ ރަޟިﷲ ޢަންހުމާ ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘް ގައި ވަނީ ތިޔަ ހުރިހާ ކިޔުންތެރިން ވެސް ހައިރާން ކުރުވަނިވި ބަސް ތަކެކެވެ. ޢާއިޝާ ރަޟިﷲ ޢަންހުމާ ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ ޞައްލައްﷲ ޢަލައިހި ވަޞައްލަމް ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ވެސް އިބުނު ޖުދްޢާން އަކީ މީހުންނައް ކާންދީ އަދި އޭނަގެ މެހެމާނުންނައް ވަރަށް ކަމޭހިތާ މީހެކެވެ.
މި ކަމުގެ ސަބަބުން ޤިޔާމަތް ދުވަހު އޭނަޔައް އެއްވެސް ފައިދާ އެއް ކުރާނެތޯ ޢާއިޝާ ރަޟިﷲ ޢާންހުމާ ސުވާލު ކުރެއްވިއެވެ. އެހިނދު ﷲ ގެ ރަސޫލާ ޞައްލައްﷲ ޢަލައިހި ވަޞައްލަމް ޙަދީޘް ކުރެއްވިއެވެ. ނޫނެކެވެ. ހަމަކަށަވަރުން އޭނާއަކީ ދުވަހަކުވެސް " ހައްދަވާ ބޮޑުކުރެއްވި އިލާހު. މިއަޅާޔައް ކުރެވިފައިވާ ފާފަތައް ބަދަލު ދެއްވާ ދުވަހު (ޤިޔާމަތް ދުވަހު) ފުއްސަވައި ދެއްވާދޭވެ " މިފަދައިން ބުނެފައިވާ މީހެއް ކަމުގައި ނުވެއެވެ.
މިވާހަކައިން ލިބޭ ޢިބުރަތް
މުދާ ހެޔޮގޮތުގައި ހޭދަ ކުރުމާ ހެޔޮ ޢަމަލު ކުރުމަކީ އެންމެނައް ވެސް ފައިދާ ވާ ކަމެކެވެ. އެހެންނަމަވެސް މިކަންތައް އެކަނި ﷲ ތަބާރަކަ ވަތަޢާލާ ގެ ހަޡުރަތުގައި ގަބޫލު ވެވިގެނެއް ނުވެއެވެ. ހަމައެހެންމެ މީހުން ގެ ހެޔޮބަހާއި ތާޢިދު ހޯދުމައް ނުވަތަ ކަން ދެއްކުމުގެ ގޮތުން ކުރާ އެއްވެސް ކަމަކުން ޤިޔާމަތް ދުވަހުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ.
ހެޔޮ ޢަމަލަކީ ކިތަންމެ ކުޑަ ނުވަތަ ކިތަންމެ ބޮޑު ކަމެއް ކަމުގައި ވިޔަސް އޭގެއިން ފައިދާ ކުރާނީ އެކަމަކީ ﷲ ގެ ރުއްސެވުން ލިބިގަތުމައްޓަކައި ކުރެވޭ ކަމަކައް ވުމާއި އަދި އެއްވެސް ކަމެއްގައި ﷲ އާއި އެއްވެސް ފަރާތެއް ޝާމިލު ނުކޮށް ހަމަ އެކަނި އެއިލާހައް އަޅުކަން ކުރުމުން ނެވެ. ހަމަ އެއާ އެކު ފާފައެއް ކުރެވިއްޖެ ނަމަ ނުވަތަ ފާފައެއް ކުރަމުން އަންނަ ކަމައް ވާނަމަ އަވަހައް ތަޢުބާ ވާން ޖެހެއެވެ.

0 comments:
Post a Comment