ކީރިތި
ޤުރުއާނާއި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން އިންސާނާ
ދުނިޔެއިން ވަކިވެގެންދާ ދިއުމުގައި އެމީހެއްގެ ނިމުމަކީ ރަނގަޅު
ނިމުމެއްކަން ނުވަތަ ނުބައި ނިމެއްކަން އެނގިގެންދެއެވެ.
މިފަދަ އެންމެހައި
ޢަލާމާތްތައް ދެނެގަތުމުގެ ސަބަބުން އެމީހަކު ނުބައި ނިމުމަކަށް
މަގުފަހިވެދާނެ އެންމެހައި ކަންތައްތަކުން ސަލާމަތްވެގެންދާނެއެވެ. އަދި
ހެޔޮ ނިމުމަކަށް ވާސިލުވުމަށް އެމީހަކަށް އެކަންތަކަށް ވަސީލަތަކަށްވެގެން
ދެއެވެ.
ހެޔޮ ނިމުންތަކުގެ ޢަލާމާތްތައް
· މަރުމަތީގައި ޝަހާދަތް ކިޔުން
· ހުކުރު ދުވަހުގެރޭ ނުވަތަ ހުކުރު ވިލޭރޭ މަރުވުން
· ﷲ ގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވުން
· ބަލިވެއިނދެވާ ޙާލު ނުވަތަ ވިހެއުމުގެ ތެރޭގައި މަރުވުން
· އަލިފާނުގެ ސަބަބުން އެމީހަކު އަނދައި މަރުވުން
· އެމީހެއްގެ މުދާ ހިމާޔަތް ކުރުމުގެ ތެރޭގައި މަރުވުން
· އެމީހެއްގެ އާއިލާ ސަލާމަތްކުރުމުގެ ތެރޭގައި މަރުވުން
· ދީނުގެ ދިފާއުގައި ހަނގުރާމަކުރުމުގެ ތެރޭގައި މަރުވުން
· އެމީހެއްގެ އަމިއްލަ ނަފްސު ސަލާމަތްކުރުމަށް ހަނގުރާމަކުރުމުގައި މަރުވުން
· ހެޔޮ ޢަމަލު ކުޅައުން މަތީގައި ދެމިތިބެގެންވާ ޙާލު މަރުވުން
· އަނިޔާވެރި ވެރިއެއްގެ އަނިޔާވެރިކަމުގެ ސަބަބުން މަރުވުން
· ޠާޢޫން ބަލީގެ ސަބަބުން މަރުވުން
މިއީ ހެޔޮ ނިމުންތަކުގެ ޢަލާމާތްތަކުގެ ތެރޭގައި ހިމެނޭ ބައެއްކަންތަކެވެ. މިނޫންވެސް ވަރަށް ގިނަ ޢަލާމާތްތައް ހިމެނެއެވެ.
ނުބައި ނިމުންތަކުގެ ޢަލާމާތްތައް
· ކާފިރުކަންމަތީގައި ދެމިހުރެ މަރުވުން
· އަމިއްލައަށް ދަންޖެހިގެން މަރުވުން
· ކުފުރުގެ ޢަމަލެއްގެ މަތީގައި ދެމިހުރެ މަރުވުން
· މަރު މަތީގައި ޝަހާދަތް ކިޔުމަށް އިންކާރުކޮށްފައިވާ ޙާލު މަރުވުން
· ރަލަށް ދެވި ހިފުމުގެ މަތީގައި ދެމިހުރެ މަރުވުން
· މައިންބަފައިންނަށް އުރެދިގެންވާ ޙާލު މަރުވުން
· އެމީހެއްގެ އަހުލުވެރިންގެ މައްޗަށް ޣީރަތްތެރިކަމެއްނުވާ ޙާލު މަރުވުން
· ކުއްލި ގޮތަކަށް މަރުގެންނެވުން
· ބޮޑު ފާފައަކުން އިސްތިޣުފާރު ކޮށްދެއްވުމަށް އެދި ދެންނެވުމުގެ ކުރީގައި މަރުވުން
0 comments:
Post a Comment