Tuesday, December 30, 2014

ހާރުކެއުން

ރޯދަވެރިޔާ ހާރުކެއުން އެއީ ސުންނަތްވެގެންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. " تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَة" (رواه البخاري ومسلم) މާނައީ: "ތިޔަބައިމީހުން ހާރު ކާށެވެ. ފަހެ ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތްތެރި ކަމެއްވެއެވެ."
އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

Sunday, December 28, 2014

މޮޔަ ތަންދޮރުނުދަންނަ ވެރިން ފާޅުވުމަކީ ޤިޔާމަތްކައިރިވެއްޖެކަމުގެ އަލާމާތެއް

މީސްތަކުންވަނީ އެމީހުންގެ ވެރިންފަދައިން ކޮރަޕްޓުވެފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރުދެއްވާފައިވާ ގޮތުގައި ޤިޔާމާތްދުވަހުގެ ޢަލާމާތްތަކުގެ ތެރެއިން އެއްއަލާމާތަކީ މީސްތަކުންގެ ކަންތައްތައް މޮޔަ ޖާހިލުވެރިންގެ އަތްމައްޗަށް ދިޔުމެވެ. އެބައިމީހުންނަކީ ކީރިތި ޤުރުއާނާއި އަދި ސުންނަތުން އެއްވެސް އެއްޗަކަށް އަމަލުނުކުރާ އަދި ނަޞީހަތެއް ދެވުނަސް އެނަޞީޙަތަކަސް ބީރުކަންފަތެއްދޭ މީހުންނެވެ.

Friday, December 26, 2014

ވެރިންނަށް ކިޔަމަންތެރިކަން އަދާކުރުމުގައި ދީނުން ބޭރުވާ ހިސާބު

الحمدلله. الصلاة والسلام على نبينا محمد وعلى آله وصحبه أجمعين.

އެންމެހާ ލޮބުވެތި އަޚުންނޭވެ. ރޯކުފުރަށް ދަޢުވަތު ދެވިއްޖެނަމަ “ނޯ” ބުނާށެވެ. ބިދުޢަތަކަށް ދަޢުވަތު ދެވިއްޖެނަމަ “ނޯ” ބުނާށެވެ. “ނޯ” ބުނުމުގެ “ގަޓް” ލިބިގަންނާށެވެ. ޙަޤީޤީ ފިރިހެނުންނަކީ އެއީއެވެ. ކެރޭ ހިތްވަރުގަދަ މީހުންގެ ގޮތަކީ ތިމާ ނޫނެކޭ ބުނަން ޖެހޭ ވަޤުތުގައި ނޫނެކޭ ބުނާމީހާއެވެ. ހިތްވަރުގަދަ މިދުނިޔެ ދެއްކި ޙަޤީޤީ އަބްތާލުންތަކީ އެއީއެވެ. ﷲގެ ދީނަށްޓަކައި ނަޞްރުދިން ޢިލްމުވެރިންގެ މަގަކީ އެއީއެވެ.

Wednesday, December 24, 2014

ޝައުބާން މަހުގެ ހެޔޮކަން ލިބިގަންނަން އަވަސް ވެގަންނަމާ

بسم الله، الحمد لله. އެންމެހާ 

ލޮބުވެތި މުސްލިމު އަޚުންނާއި 

އުޚުތުންނޭވެ. ރަޖަބު މަހަށްފަހުގައި 

ރަމަޟާން މަހާއި ކައިރިއަށް އޮތްމަހަށް 

އަޅުގަނޑުމެން ވަދެއްޖައީމުއެވެ. އެމަހަކީ 

އެމަހަކާއި މެދުގައި އަޅުގަނޑުމެން 

ޣާފިލުވެގެންވާ މަހެކެވެ. ހަމަކަށަވަރުން 

މިމަހުގައި އަޅުގަނޑުމެން ނަމޫނާއަކަށް ބަލަންޖެހޭ ނަބިއްޔާ މުޙައްމަދު ޞައްލަﷲ 

ޢަލައިހި ވަސައްލަމަ އަމަލުފުޅު ބެހެއްޓެވި ގޮތަކީ ކޮބައިކަމާއި އެކަލޭގެފާނަށް ތަބާވީ 

ސަލަފުންގެ ބޭކަލުން ތަބާވީ ކިހިނެއްތޯ އަޅުގަނޑުމެން ދަންނަން ޖެހެއެވެ. އެގޮތުން 

މިމަހުގައި ރޯދަހިފުމުގެ ޙުކުމާއި އަދި މާތްކަމުގެ މައްޗަށް އަދި މިމަހާއި ގުޅޭ އެހެނިހެން 

Monday, December 22, 2014

އޭނާގެ މުދައްރިސު ފަދައިން އެތީސްޓަކަށް ނުވި އަންހެންކުއްޖާ

ވަރަށްޒުވާން އަންހެން މުދައްރިސާއެއް އޭނާގެ ކުލާހަށް ކިޔަވަދެމުން ދިޔައެވެ. އޭނާ ކިޔަވަދެމުން ދިޔައިރު އޭނާއަކީ އެތީސްޓެއް ކަމާއި މޮޅެތި މީހުންނަކީ އެތީސްޓުންކަމަށް ބުނަމުން ދިޔައެވެ. އެޔަށްފަހު އެ މުދައްރިސު ވަރަށް ފޮނިކެނޑުމަށްފަހު އޭނާގެ ކުލާސް ކުދިންގެ ގާތުން އެކުދިންނަކީވެސް އެތީސްޓުންތޯ ސުވާލު ކުރިއެވެ. 

Saturday, December 20, 2014

ދޮގެއްނެހެދިޔަސް ހެޔޮކަމަށް ގޮވާލެވިދާނެއެވެ.

މިދުވަސްވަރަކީ ތަރައްޤީއާއި ތަހުޒީބުގައި އިންސާނުން ކުރިއަރާފައިވާ ދުވަސްވަރެކެވެ. މީގެކުރިން ދުވަހަކުވެސް ދުނިޔެ ނުދެކޭފަދަ ކުރިއެރުންތަކެއް ފެންނަމުންދާ ދުވަސްވަރެކެވެ. އެމީހަކު ބޭނުން ކޮންމެ ޚަބަރެއް ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފަތުރާލުމަށްޓަކައި މާކަގިނަވަގުތުތަކެއް ނުނަގައެވެ. ފޯނުތަކެވެ. އިންޓަނެޓެވެ.

Thursday, December 18, 2014

ދިރޭތަކެތީގެ ސޫރަކުރުން

ެއެކަލޭގެފާނުގެ ފޮތްކަމުގައިވާ (މުޙައްރަމާތު އިސްތަހާނަ ބިހާ ކަޘީރުން މިނައް ނާސި)" ގިނަމީހުން ލުއިކޮށްލަމުންދާ ޙަރާމްކަންތައްތައް" މިފޮތުގައި މަތީގައިވާ ސުރުހީގެ ދަށުން ލިޔުއްވާފައިވާ ލިޔުމެއްގައިވެއެވެ.

ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ އަންހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ކަމަށް ރިވާކުރައްވާފައިވެއެވެ.

Tuesday, December 16, 2014

ދެވަނަ އަނބިމީހާ

އަހަރެންގެ ރަހުމަތްތެރިއަކާ ދިމާވިއެވެ. އަހަންނަށް އޭނާ ފެނުނުއިރުހުރީ ހިތްނުތަނަވަސްވެފައެވެ. ބަލިމީހެއްފަދައިންނެވެ. ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ ކަހަލައެވެ. ވެގެން އުޅޭގޮތެއް ބުނެދިނުމަށް އަހަރެން އޭނާގާތުގައި އެދުނީމެވެ. އިރުގަނޑެއްވާންދެން ނުބުނާންހުއްޓެވެ. ދެޚިޔާލެއްގައި ހުރެފައި އެންމެފަހުން އަހަންނަށް ކިޔައިދިނެވެ. ތިބާ ތިޔައީ އަހަރެންގެ އެއްވެސް ކަމެއް ވަންހަނާކުރަން ނުޖެހޭފަދަ ގާތްރަހުމަތްތެރިއެކެވެ. އަހަރެންގެ ސިއްރު ތިބާއަށް ކިޔައިދީ ތިބާގެ މަޝްވަރާއަކަށް އެދެމެވެ. އަހަރެން ކައިވެނި ކުރަން ބޭނުމެވެ.

Sunday, December 14, 2014

ދެއްކުންތެރިކަމާއި ގާތްނުވާށެވެ.

ހައްވަ ކޮޓަރީގައި ނަމާދުކުރަމުންދިޔަލެއް އަވަސްކަމުން ހީވަނީ ޗާބީ ދީފައި ހުރި ބުދެއްހެންނެވެ. ނަމާދަށް ހަރަމް ބަނުމާއި ސަޖިދަ އަށް ދިޔުމާއި ދެމެދުގައި ބައި ސިކުންތު ނުވެޔޭ ބުންޏަސް ރަނގަޅުވާނެއެވެ. ކުއްލިއަކަށް މިއަވަސްކަމުގައި ނަމާދުގެ ރަކުއަތަކަށްފަހު ރަކުއަތެއް ކުރަމުންދަނިކޮށް ކޮޓަރީގެ ދޮރުން މީހަކުވަދެއްޖެއެވެ.

Friday, December 12, 2014

ވަގަށްނެގި ކިރުސައިތަށި

ދުވަސްވަރަކީ އައްޑު އަތޮޅުގައި އިނގިރޭސި ސިފައިނުން ތިބި ދުވަސްވަރެވެ. އިނގިރޭސި ސިފައިނުން މަރުކަޒު ޖަހައިގެން ތިބީ ގަމުގައެވެ. މިހާރު އެބައިމީހުންގެ އެންމެ ބޮޑު އަސަރުތައްވެސް ފެންނަން ހުރީ މިތަނުންނެވެ. އިނގިރޭސި ސިފައިން މިގޮތުން އެތަނުގައި ތިބި އިރު އައްޑޫ މީހުންގެ ދީނަކީ އިސްލާމްދީންކަން އެމީހުން ދަނެތިއްބެވެ. އަދި މިގޮތުން އެމީހުންގެ އާދައަކަށްވެފައިވަނީ ނަމާދަށް ހުންނަ މީހަކާއި އެއްވެސް ގޮތަކުން އުނދަގުލެއް ތުރާލެއް ނުކުރުމެވެ. އަދި ނަމާދަށް ނުވަތަ އެނޫންވެސް ދީނީ ކަމެއްކުރަން ތިބޭ ބަޔަކަށް މިމީހުން ފޮށެ ހަދަޔެއްވެސް ނޫޅެއެވެ.

Wednesday, December 10, 2014

ﷲ ވޮޑިގެންވަނީ ކޮންތާކު؟ މިކަމާއި ގުޅޭގޮތުން އަހުލުއް ސުންނަތް ޖަމާޢަތުގެ ޢަޤީދާ

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ ޛާތުފުޅައިގެން ހުރިހާ ތަނެއްގައި ކަމަށް 

ޤަބޫލުކުރާމީހާ އެޤަބޫލުކުރަނީ ﷲ ހުރިހާ ހަޑިތަނެއްގައިވެސް ވާނޭކަމަށެވެ. ކުނިވަސްދުވާ 

ހަޑިމުޑުދާރު ތަންތަނުގައިވެސް ވާނޭކަމަށެވެ. 

އަދި އެމީހާ ހިނގާބިނގާވެ އެއުޅެނީ 

އެއިލާހުގެ މަތީގައި ނުވަތަ އެއިލާހުގެ 

ތެރޭގައި ކަމެވެ. މިއީ ކަނޑައެޅިގެން 

އެއިލާހުގެ ޢިއްޒަތްވަންތަކަމަށާއި، 

މަތިވެރިވަންތަކަމަށް ބުނެވޭ 

ކުޑައިމީސްބަހަކަށް މެނުވީ ނުވާނެއެވެ. 

އިންސާނާގެ ސާފުފިޠުރަތާ މުޅިން އިދިކޮޅު ކަމެކެވެ.

Monday, December 8, 2014

ޙަޔާތުގެ އެންމެ ފަހު ބަސްތަކަކަށް... ”އަހަރެންގެ ލޯބިވެރިޔާ... އަހަރެންގެ ލޯބިވެރިޔާ...“

އައްޝައިޚް މުޙައްމަދު އަލްޢަރީފީ އަށް، ކެނެޑާގައި ދިރިއުޅޭ މުސްލިމް (ޢަރަބި) ޑޮކްޓަރެއް ކިޔާދިން ކަމަށް، ޝައިޚު ކިއުއްވާ ދެއްވިއެވެ.


Saturday, December 6, 2014

މަރުގެ ސިޓީ

*އަޙްމަދު ބިން ޠޫލޫން ބޮޑުފުޅުވެވަޑައިގަތީ ރައްކާތެރިކަމާއި ޢިއްފަތްތެރިކަމާއި އެކަލޭގެފާނުގެ ރިވެތި އަޑުފުޅުން ކީރިތި ޤުރުއާން ކިޔަވާވިދާޅުވުމުގައެވެ. މިޞްރުގެ ބައެއް ޝައިޚުންގެ އަރިހުން އިބުނު ޢަސާކިރު ރިވާކުރައްވައެވެ.


Thursday, December 4, 2014

ޞާލިޙު މީހެއްގެ މަރު

ޝައިޚް މުޙަންމަދު އަލްއަރީފީ އަށް، ޝޭޚުގެ އެކުވެރި ޑޮކްޓަރެއް (ކާޑިއޮލޮޖިސްޓެއް) ކިޔާދިންކަމަށް، ކިއުއްވާ ދެއްވިއެވެ.

’މިއީ ޢުމުރުން 16 ނުވަތަ 17 އަހަރުގެ ވަރަށް ޞާލިޙު ފިރިހެން ކުއްޖެއްގެ ވާހަކައެކެވެ. އެއްރެއެއްގައި ފަތިސް ނަމާދު ވަގުތުގެ އިންތިޒާރުގައި މިސްކިތުގައި ވަގުތުތައް ގުނަމުން ދިޔަ މި ކުއްޖާ ފަތިސް ނަމާދު ވަންދެން ޤުރުއާން ކިޔަވަން އިނެވެ. ނަމާދު ވަގުތު ވުމުން އިންތަނުން ތެދުވެގެން ގޮސް މުޞްޙަފު ހަރުގަނޑުގައި ބޭއްވުމަށް ފަހު ނަމާދު ކުރަން ފަށަން އުޅެނިކޮށް ކުއްލި ކަންތައްގަނޑެއް ދިމާވެއްޖެ އެވެ.

Tuesday, December 2, 2014

އަންހެނާގެ ފިތުނަވެރިކަން

އެއްފަހަރެއްގައި އަލްޙަސަނުލް ބަޞަރީ އާއި އެކު މީސްތަކުން ވަނިކޮށް ބަޔަކުމީހުން އެމީހުންގެ ފަހަތުގައި މަރުވެފައި އޮތް ފިރިހެނެއްގެ މަސްގަނޑެއް ވާ ޖަހާ ދަމަމުން ގެންދަނިކޮށް ފެނިވަޑައިގަތެވެ. އަލްޙަސަނުލް ބަޞަރީއަށް މިތަން ފެނިވަޑައިގަތުމާ އެކު އެކެލޭގެފާނުގެ ހަނދުމަފުޅަށް އައި ޙާދިޘާއެއްގެ ސަބަބުން ލިބިވަޑައިގެންނެވި ކުއްލި ސިހުމަކުން ހޭފުޅު ހުސްވެ ވަޑައިގެން ވެއްޓި ވަޑައިގެންނެވި ކަމުގައި ވިއެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons