Friday, July 31, 2015

ބިރުވެރި ޤިޔާމަތް ދުވަހުގެ ޢަލާމާތްތަކުގެ ތެރެއިން

ޒިނޭކުރުމާއި ފަށުއްވާއި ރަލާއި މިޔުޒިކު ސާމާނަކީ ހުއްދައެއްޗެހި ކަމުގައި ހެދުން
އެންމެންނަށް ބަޔާންވެ ސާފުކޮށް ޙަރާމްކަންކަން އެނގޭ އެކަންތައްތަކުގެ ޙަރާމްކަމާއި މެދުގައި އެއްޗެސް ޝައްކެއްނެކަންތައްތައް ކަމަށްވާ ޒިނޭކުރުމާއި ރާ ބުއިމާއި އަދި މިޔުޒިކު ކުޅޭ ސާމާނާއި ފިރިހެނުން ފަށުވިލުންފަދަ ކަންތައްތައް ހުއްދަކުރާނެތެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މިކަންތައްތައް ހުއްދަކުރާނޭ ބަޔަކު މިއުއްމަތުން ފަހު ޒަމާނުގައި ފާޅުވާނޭ ކަމުގެ ޚަބަރުދެއްވާފައެވެ. އެކަލޭގެފާނު ވަނީ އެއީ ޤިޔާމަތް ގާތްވެއްޖެ ކަމުގެ ޢަލާމާތެއްކަމުގައި ޚަބަރުކުރައްވާފައެވެ.

Monday, July 27, 2015

ބިރުވެރި ޤިޔާމަތްދުވަސް އައުމުގެ އަލާމާތްތަކުގެ ތެރެއިން ކުއްލިމަރު

ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން އެއްކަމަކީ، އަހަރެމެންގެ އަމިއްލަލޮލަށް މިއަދު ފެންނަމުންދާ އިތުރުވަމުންދާ ކުއްލިއަކަށް މަރުވަމުންދާ މަރުވުމެވެ. ކުއްލިމަރެވެ. ހިތުގެ ބައްޔަކުން ނުވަތަ ސުޓުރޯކަކުން، ކާރު އެކްސިޑެންޓުވެގެން ނުވަތަ މަތިންދާބޯޓު ވެއްޓިގެން މީހުން ކުއްލިއަކަށް މިމަރުވަމުންދާ މަރުވުމެވެ.

Saturday, July 25, 2015

ކާފިރުކަމުގެ ތަޢުރީފާއި އޭގެ ވައްތަރުތައް


ތަޢުރީފު:
ބަހުގެ އަޞްލަށް ބަލާއިރު ކުފުރު މި ލަފްޒުގެ މާނައީ މަތިޖަހާ ބަންދުކުރުމެވެ. ނުވަތަ ނިވާކުރުމެވެ. ޝަރީޢަތުގެ އިޞްޠިލާޙުގައި ކުފުރަކީ، އީމާންކަމުގެ އިދިކޮޅެވެ. އެހެނީ ކާފަރުކަމަކީ ﷲއާއި އަދި އެ ކަލާނގެ ރަސޫލުންނަށް އީމާންނުވުމެވެ. އެދެފަރާތް ދޮގުކުރިޔަސް ނުކުރިޔަސް ހަމަހަމައެވެ. އަދި ކިޔެއްހެއްޔެވެ. ޝައްކު އުފެދިގެން ނުވަތަ މޫނު އަނބުރާލައި ނަމަވެސް ނުވަތަ ޙަސަދަވެރި ވެގެންނަމަވެސް ނުވަތަ ބޮޑާކަމުން ނުވަތަ ރަސޫލުންނާ ތަބަޢަވުމަށް ހުރަސްއަޅާފަދަ ބައެއް ކަންކަމާއި ތަބަޢަ ވެގެންނަމަވެސް ފަރުވާލެއް ނެތެވެ.

Thursday, July 23, 2015

ބިރުވެރި ޤިޔާމަތް ދުވަސްވުމުގެ ޢަލާމާތްތަކުގެ ތެރެއިން

މިއުއްމަތުގެ ފަހުގެ މީހުން އުއްމަތުގެ ފުރަތަމަކޮޅުގެ މީހުންނަށް ކިހައްޑިހަ ބަސްރައްދުކޮށް އެއްޗެހިކިޔުން
ފަހު ޒަމާން ފާޅުވުމާއެކުގައި އެތައްބާވަތެއްގެ ބިދުޢަތައް ފާޅުވާނެއެވެ. އަދި ފަހުޒަމާނުގެ އަހުލުވެރިން ކުރީގެ މީސްތަކުން އެބަހީ ޞަޙާބީންނަށް އެއްޗެހި ކިޔާ ލަޢުނަތްދީ ހަދާނެއެވެ. އަދި ޞަޙާބީ ބޭކަލުންގެ މާތްކަން އެބައިމީހުން ވަޒަނެއްނުކުރާނެއެވެ. އެބައިމީހުން ޞަޙާބީ ބޭކަލުންގެ މަތިވެރިކަމާއި އަދި އެބޭކަލުންގެ މަޤާމު ހަނދާން ނައްތާލާނެއެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ޞަޙާބީ ބޭކަލުންގެ މައްޗަށް ރުއްސަވާ ވޮޑިގެން ބާވާލައްވާފައިވާ އާޔަތްތައް ހަނދާން ނައްތާލާނެއެވެ.

Tuesday, July 21, 2015

ޖިހާދުކުރުމުގެ މަތިވެރިން

ޖިޙާދުކުރުމަކީ ވަރަށްމަތިވެރިކަމެކެވެ. ޖިހާދުކުރުމުގެ މަތިވެރިކަން އަޅުގަނޑުމެންނަށް އެނގިގެންދަނީ އެކަމާއި ބެހޭގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތިޤުރުއާނުގައި އަންގަވާފައިވާ މަތިވެރި އާޔަތްތަކުންނާއި އަދި މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ތޯހިރުވެގެންވާ ސުންނަތުންނެވެ. 

Friday, July 17, 2015

ކީރިތި ޤުރުއާން

ކީރިތި ޤުރުއާނަކީ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ޖިބްރީލްގެފާނު މެދުވެރި ކުރައްވަވާ رسول الله صلى الله عليه وسلم އަށް ޢަރަބިބަހުން ބާވައިލެއްވުނު ﷲ سبحانه وتعالىގެ ކަލާމްފުޅެވެ. އެއީ އެންމެ ފަހުން ބާވައިލެއްވުނު ފޮތެވެ. އެފޮތް ބާވައިލެއްވުމުން އޭގެ ކުރީގެ ހުރިހާ ފޮތްތައް މަންސޫޚް ވެއްޖެއެވެ.

Wednesday, July 15, 2015

ބޮޑު ޝިރުކުގެ ސަބަބުން ހުރިހާ ޢަމަލެއް ބާޠިލުވެގެންދޭ

1- ބޮޑު ޝިރުކުގެ ސަބަބުން ހުރިހާ ޢަމަލެއް ބާޠިލުވެގެންދޭ

އޭގެ މާނައަކީ އެ ޢަމަލުކުރާ މީހާގެ އެއްވެސް ޢަމަލެއް ޤަބޫލުކުރެވިގެންނުވުމެވެ. އޭނާ ކުރާ ނަމާދެއް ދޭ ޒަކާތެއް އަދި މިނޫންވެސް އޭނާ ކުރާ އެއްވެސް ޢަމަލެއް އޭނާގެ ކިބައިން ޤަބޫލުކުރެވިގެން ނުވެއެވެ. ސަބަބަކީ އޭނާ އެވަނީ ބޮޑު ޝިރުކުގެ މަތީގައެވެ.

Monday, July 13, 2015

ބޮޑު ޝިރުކުގެ ބައެއް މިސާލުތައް

ޝިރުކު ބެހެނީ މައިގަނޑުގޮތެއްގައި ދެބަޔަށްކަން އަހަރެމެންނަށް އެނގިއްޖެއެވެ. އެއީ ބޮޑު ޝިރުކާއި ކުޑަޝިރުކެވެ. ޝިރުކުގެ މި ދެބާވަތް ބަޔާންކުރެވޭތޯ ބަލާނަމެވެ.

ބޮޑު ޝިރުކު:

1- އަޅުކަމުގައި ޝިރުކުކުރުން: އެއީ އަޅުކަމުގެ ބާވަތްތަކުގެ ތެރެއިން ބާވަތެއް ﷲ ތަޢާލާ ނޫން އެހެން ފަރާތަކަށް


Saturday, July 11, 2015

އިސްލާމީ ޝަރީޢަތުގައި ރޯދަ


الحمد لله الذي كتب علينا الصيام و جعله من أركان الإسلام ، و الصلاة و السلام على من بلغ رسالة ربه ، سيدنا محمد و على آله و صحبه و سلم ، و يعد :

Thursday, July 9, 2015

ﷲގެ ނަބިއްޔާ ޞާލިޙް ޢަލައިހިއްސަލާމްގެ ވާހަކަ

ފެށުން:


nusoos saharaaރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން ކުރެއްވި ދަތުރުފުޅެއްގައި ޘަމޫދު ބާގައިގެ އަހުލުވެރިންގެ ގެތަކާއި އަރާހަމަވެވަޑައިގަތެވެ. ޘަމޫދު ބާގައިގެ އަހުލުވެރިންނަކީ ޖަމަލު މަރާލިމީހުންނެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން ޖަމަލު ފެންބޮއެ އުޅުނު ފެންގަނޑު ކައިރީގައި މަޑުކުރެއްވިއެވެ.

Sunday, July 5, 2015

އިސްލާމްދީނުގެ ލުއިފަސޭހަކަން

އިސްލާމް ދީނަކީ ލުއިފަސޭހަ ދީނެކޭ ބުނެވޭ ބަހުގެ ޙަޤީޤީ މާނަ ބައެއް މީހުންނަކަށް ނޭނގެއެވެ. 

Friday, July 3, 2015

ޔަހޫދީންގެ ލަނޑުދަނޑިތައް

ޔަހޫދީންގެ ލަނޑުދަނޑިތައް ވަރަށް ގިނައެވެ. މިބައިމީހުންގެ އެންމެ ބޮޑު ލަނޑުދަނޑިޔަކީ، މުޅި ދުނިޔޭގެ ވެރިކަން، ފަލަސްޠީނުގެ ބިމުގައި މިބައިމީހުން އުފައްދާފައިވާ "އިޒްރޭލު" ގެ ބާރުގެ ދަށަށްގެނައުމެވެ. މިބައިމީހުން ދަޢުވާކުރާގޮތުގައި އިޒްރޭލުގެ ބޮޑުމިނަކީ އިރުމަތިން ޢިރާޤުން ފެށިގެން ހުޅަނގުން މިޞްރާހަމައަށެވެ. އެބަހީ ފުރާތުކޯރުން ފެށިގެން ނީލަކޯރަށެވެ. އަދި އުތުރުން ޝާމްކަރައިން ދެކުނަށް މަދީނާއާހަމައަށެވެ.

Wednesday, July 1, 2015

ކީރިތި ޤުރުޢާން ހިތުދަސްކުރުމުގައި ބަލަންޖެހޭ ކަންތައްތައް


ޝައްކެއްނެތް ގޮތުގައި ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަކީ މަތިވެތިވެގެންވާ ޢަމަލެކެވެ. އެއީ ތިބާގެ އަމިއްލަ ނަފްސަށާއި މުޅި އުންމަތަށް އެކަމުގެ ފައިދާ އާއި ލާބަ ހޯދައި ދެވިދާނެ ކަމެކެވެ. ހަމަ އެފަދައިން އެއީ ދެމިގެންވާ ޞަދަގާތެއްކަމުގައި ވެސް ހެދިދާނެ އެއްޗެކެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons