އިސްލާމް ދީނަކީ ލުއިފަސޭހަ ދީނެކޭ ބުނެވޭ ބަހުގެ ޙަޤީޤީ މާނަ ބައެއް މީހުންނަކަށް ނޭނގެއެވެ.
އަނެއްބައިމީހުންނަށްވަނީ އޮޅިފައެވެ. އަދި އިސްލާމް ދީނުގެ ޢަދާވާތްތެރެއިން އެމާނަ ބަދަލުކޮށް ފުރޮޅައިލުމަށްވަނީ ބޮޑެތި މަސައްކަތްތަކެއްވެސް ކޮށްފައެވެ. ކުރީގެ އުއްމަތްތަކަށް ކީރިތިވަންތަ ﷲ ބާވައިލެއްވި ލައްވާފައި ނުވާފަދަ ލުއިފަސޭހަކަންވަނީ މިއުއްމަތައް ދެއްވާފައެވެ. އަދި މިއުއްމަތަކީ މީސްތަކުންގެ ތެރެއިންވާ އެންމެ ހެޔޮ އުއްމަތްކަމުގައިވަނީ ލައްވަވާފައެވެ.
މިކަމުގެ އަލިގަދަ ހެއްކެއްގެ ގޮތުގައި މިއުއްމަތައް ކަނޑައަޅުއްވާފައިވާ ފަރުޟު ފަސްނަމާދު ފުދެއެވެ. ނަމާދު ފަރުޟުކުރެއްވުނު ރޭގައި، ﷲ ސުބުޙާނަހޫ ވަތަޢާލާ، މިއުއްމަތުގެ މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ބާވައިލެއްވީ ރެޔަކާއި ދުވާލު ފަންސާސް ނަމާދެއްވެ. ނަމަވެސް އެފަންސާސް ނަމާދުގެ ދަރުމަޔާއި ޘަވާބުން އުނިކުރެއްވުމެއްނެތި ފަސްނަމާދުކަމުގައި ކަނޑައަޅުއްވައިދެއްވިއެވެ. ހަމައެފަދައިން ދަތުރުވެރިޔާގެ ނަމާދައި، ބަލިމީހާއަށް ނަމާދުގައި ލުއިފަސޭހަ ގޮތްތަކެއް ކަނޑައަޅުއްވައިދެއްވިއެވެ.
މިހުރިހާ ކަމަކާއިއެކު ކުރީގެ އުއްމަތްތަކާއި ޚިލާފަށް މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އުއްމަތަށް ދެއްވިގެންވާ އެންމެބޮޑު އެއް ލުއިފަސޭހަކަމަކީ، ނަމާދުވަގުތު ޖެހޭއިރު ހުރި ކޮންމެ ތަނެއްގައި ނަމާދު ކުރުން ހުއްދަ ކުރައްވާފައިވުމެވެ. ޤަބުރުސްތާނުފިޔަވައި، ނަޖިސްތަކެތި ހިމެނިގެންނުވާ ސާފުތަންތާނަގއި ނަމާދު ކުރުމަކީ މިއުއްމަތަށް ދެއްވިގެންވާ ޚާއްޞިއްޔަތެކެވެ.
މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "أُعْطِيتُ خَمْسًا لَمْ يُعْطَهُنَّ أَحَدٌ قَبْلِي نُصِرْتُ بِالرُّعْبِ مَسِيرَةَ شَهْرٍ وَجُعِلَتْ لِي الْأَرْضُ مَسْجِدًا وَطَهُورًا فَأَيُّمَا رَجُلٍ مِنْ أُمَّتِي أَدْرَكَتْهُ الصَّلَاةُ فَلْيُصَلِّ وَأُحِلَّتْ لِي الْمَغَانِمُ وَلَمْ تَحِلَّ لِأَحَدٍ قَبْلِي وَأُعْطِيتُ الشَّفَاعَةَ وَكَانَ النَّبِيُّ يُبْعَثُ إِلَى قَوْمِهِ خَاصَّةً وَبُعِثْتُ إِلَى النَّاسِ عَامَّةً" މާނައީ: "މީގެ ކުރިން އެއްވެސް ބޭކަލަކަށް ނުދެއްވޭ ފަސްކަމެއް ތިމަންކަލޭގެފާނަށް ދެއްވިގެންވެއެވެ. އެއީ އެއް މަސްދުވަހުގެ ރާސްތާއަށް ތިމަންކަލޭގެފާނުގެ ޢަދާވާތްތެރިންގެ ހިތްތަކުގައިވަނީ ތިމަންކަލޭގެފާނުގެ ހައިބަންވަތަކަމުގެ ސަބަބުން އުފެދޭ ބިރުވެރިކަން ލައްވާފައެވެ. އަދި ބިންގަނޑަކީ ނަމާދުކުރެވޭ އަދި އެއިން ޠާހިރުވުމަށް ބޭނުންކުރެވޭ އެއްޗެއްކަމުގައި ތިމަންކަލޭގެފާނަށްވަނީ ލައްވަވައިދެއްވާފައެވެ. ވީމާ، ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުންކުރެ ކޮންމެ މީހަކުމެ ނަމާދުވަގުތު ޖެހޭހިނދު ހުރިތަނެއްގައި އެމީހަކު ނަމާދުކުރާހުށިކަމެވެ. ތިމަންކަލޭގެފާނަށް ޝަފާޢަތް ދެއްވިގެންވެއެވެ. އަދި ކުރީގެ ނަބިއްޔުން ފޮނުއްވެނީ އެބޭކަލުންގެ ޤައުމުގެ މީހުންގެ ގާތަށެވެ. ތިމަންކަލޭގެފާނު ފޮނުއްވުނީ އެންމެހައި މީސްތަކުންގެ މައްޗަށް ޢާއްމުވެގެންވާ ގޮތުގައެވެ."
މޫސާގެފާނުގެ ޝަރީޢަތުގައި މާތް ﷲ ޔަހޫދީންނަށް އަމުރުކުރައްވާފައިވަނީ، ނަމާދުގެތަކުގައި މެނުވީ ނަމާދު ނުކުރުމަށެވެ. އެހެންކަމުން ބަނީއިސްރާއީލް ދަރިކޮޅުގެ މީހުން ނަމާދުކުރުމަށްޓަކައި ދާންޖެހެނީ އަޅުކަން ކުރުމަށް ކަނޑައެޅިގެން ޚާއްޞަކުރެވިފައިވާ ތަންތަނަށެވެ. އަދި މިނޫނަސް އެތައް ކަމެއްގައި މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އުއްމަތަށް ލުއިކޮށްދެއްވާފައިވާއިރު، ކަނޑުގެ ލޮނުފެނުން ވުލޫކުރުން ހުއްދަވެގެންވުމަކީ މިފަދަ ކުދިކުދި ޖަޒީރާ ރައްތަކެއްގެ އަހުލުވެރިންނަށް ކޮންފަދަ ބޮޑު ނިޢްތެއްތޯއެވެ؟

0 comments:
Post a Comment