Friday, February 27, 2015

ބެލުން ތިރި ކުރުން

Pic no.2552ހިތާމައާއެކު ދަންނަވަންޖެހެނީ ދަތުރުތަކުގައިދާ ބައެއް މީހުން އެމީހުން އެދާ ޤައުމެއްގައި އޭނާއަކީ ބީރައްޓެއްސެއް ކަމުގައިވާނަމަ އޭނާ ބޭނުން ދިމާއަކަށް ބަލަންފަށައެވެ. މީގެތެރޭގައި ފާޙިޝް މަންޒަރު ދައްކުވައިދޭ ފޮޓޯ ތަކާއި، ހިލޭ އަންހެނުންނާއި، ޙަރާމް ތަންތަނާއި، މުންކަރާތްތައް ހިމެނެއެވެ. އެފަދަ މީހަކަށް އެންމެ މުހިއްމު ކަމަކީ އެކަކަށްވެސް އޭނާގެ ބެލުން ތިރިނުކުރާކަން ނޭނގުމެވެ. އަދި އެކަކަށްވެސް އޭނާ ބަލާތަންތަން ނުފެނުމެވެ.

Wednesday, February 25, 2015

ބުރުގާ އެޅުމުގައި ރަނގަޅުނޫން ބައެއް އާދަތައް

hijab11em8ބައެއް އަންހެނުންނަށް ނުވަތަ ބައެއް އަންހެންކުދިންނަށް ހީވެފައި އޮންނަނީ އިސްތަށިގަނޑު ކޮންމެވެސް ގޮތަކުން ނިވާކުރީމަ ދެން ހުރިހާކަމެއްނިމުނީ ކަމުގައެވެ. ބުރުގާއާ އެކުލާ ހެދުން ކޮންމެ ގޮތަކަށް ހުއްޓަސް ހެޔޮކަމަށް ބަލައެވެ. މިއީ ރަނގަޅުގޮތެއްނޫނެވެ.


ގަޔަށް ބާރު ހެދުމާއި ފިނދު މަސްގަނޑު ކަނޑާ ނަގާފައި ހުންނަ ޖިންސު ނުވަތަ ހަރުވާޅުފަދަ އެއްޗިއްސަކީ ބުރުގާއާ އެކަށީގެންވާ އެއްޗެއްނޫނެވެ.

Monday, February 23, 2015

ދަތްތައް ސާފުކޮށް ބެލެހެއްޓުން

74120.gifދަތް އުނގުޅުމަކީ ވަރަށް މުހިއްމުކަމެކެވެ. އަހަރެމެން ކާ އެއްޗެތީގެ ތެރެއިން ބައެއް ބާވަތުގެ އެއްޗެތީގެ ސަބަބުން އަނގާގައި ބެކްޓީރިއާ ނުވަތަ ޖަރާސީމު އުފެދޭގޮތް ދިމާވެއެވެ. ޚާއްޞަކޮށް ޗޮކްލެޓާއި މެޓާ ފަދަ ފޮނި އެއްޗެތި ކެއުމަށްފަހު ދަތް އުނގުޅުމަކީ ދަތްފަނި ކެއުމުން ސަލާމަތްކުރުމަށްޓަކައި ވަރަށް މުހިއްމުކަމެކެވެ.

އިސްލާމްދީނުގައި މައިންބަފައިންގެ ދައުރު

parents-loveކީރިތި ﷲ އާދަމްގެފާނު ހެއްދެވިއެވެ. އެކަލޭގެފާނުގެ ކިބައިން އެކަލޭގެފާނުގެ ބައިވެރިޔާ ޙައްވާގެފާނު ހެއްދެވިއެވެ. އަދި އެދެކަނބަލުންގެ ކިބައިން އިންސާނީ ދަރިފަސްކޮޅު އުފެއްދެވިއެވެ. އާދެ! އިންސާނީ ނަސްލުގެ އުފެދުމާ އިތުރުވުން ދެޖިންސުގެ ގުޅުމުން ލެއްވިއެވެ.

 އަދި އެގުޅުން ހެޔޮގޮތުގައި ދެމިއޮތުމަށްޓަކައި ކައިވެނީގެ މަގު ޝަރުޢު ކުރެއްވިއެވެ. ދުނިޔެ ތަޢްމީރުކޮށް އުފާވެރި ދިރިއުޅުމަކަށްފަހު އިލާހީ ޙަޟްރަތަށް ރުޖޫޢަވުމަށެވެ. އިލާހީ އެންގެވުންތަކަށް ކިޔަމަންތެރިވުމުން އުޚްރަވީ ބާއްޖަވެރިކަން ޙާޞިލް ކުރުމަށެވެ.

Saturday, February 21, 2015

ގަޔަށް ބާރު ހެދުމާއެކު ބުރުގާ އެޅުން

bla1t6ivhjxeeiye6a7hމުއުމިނު އަންހެނުން، އެކަނބަލުންނާއި ކައިވެނި ހެޔޮވާ މީހުންގެ (އެބަހީ: މަޙްރަމުނޫން މީހުން) ކުރިމަތީގައި އުޅެންޖެހޭނީ ފުރިހަމައަށް އައުރަ ނިވާކޮށްގެންނެވެ. އެއީ ގޭތެރޭގައި ނުވަތަ މަގުމަތީގައި ވިޔަސް މެއެވެ. މިގޮތުން އައުރަ ނިވާކުރުމަށް ބޭނުންކުރައްވާ ހެދުމުގައި ޝަރުތުތަކެއް ހުރުން ލާޒިމުވެގެން ވެއެވެ. މިގޮތުން:

Thursday, February 19, 2015

ދުނިޔެއަށް އުފަންވާ ތުއްތު ކުއްޖާ

6218806851593967582ތުއްތު ދަރިފުޅުގެ އުފެދުމަކީ އެކަމުގައި ވަރަށް އާދަޔާޚިލާފު، އަޖާއިބުކުރުވަނިވި ކަންތައްތަކެއް ހިމެނިގެންވާކަމެކެވެ. ހަމައެހެންމެ އެވަގުތަކީﷲ ތަޢާލާގެ ޚާލިޤުވަންތަކަމާއި އެކަލާނގެ ކަށަކުޅަދުންވަންތަކަމުގެ މައްޗަށް އަޖާއިބުވާންޖެހޭ ވަގުތެކެވެ.

އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.

Tuesday, February 17, 2015

ރޯދައިގެ އަންހެނުންގެ ސުވާލުތައ

1- ރޯދަ ޤަޟާކުރުން ޖެހިގެން އަންނަ ރަމަޟާންމަހަށް ވުރެ ފަސްކުރުމުގެ ޙުކުމަކީ ކޮބައި ؟

Question_Mark - Copy
ޖަވާބު: އައްޝައިޚް އިބްނު ބާޒް

ދަތުރުގެ ސަބަބުން ނުވަތަ ބަލިވުން އަދި އެނުންވެސް ޝަރުޢީ ސަބަބަކާއި ހެދި ރޯދައެއް ދޫކޮށްލާ މީހާ، ޖެހިގެން އަންނަ ރަމަޟާން މަސް އައުމުގެ ކުރިން އެ ރޯދަ ހިފައި ހަމަ ކުރަންޖެހޭނެއެވެ. ޖެހިގެން އަންނަ ރަމަޟާން މަސް އަންނަ އިރުވެސް އުޒުރަކާއި ނުލައި ރޯދަ ޤަޟާ ނުކުރުން އެއީ ފާފަވެރިވާނެ ކަމެކެވެ. އަދި އެމީހަކު އެ ރޯދަ ޤަޟާ ކުރުމާއެކު ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާން ދޭން ޖެހޭނެއެވެ.

Saturday, February 14, 2015

އަލް އަސްޔާޙްގެ ކޯޓަށް ހުށަހެޅުނު އާދަޔާޚިލާފު މައްސަލަ

br7_2ދުނިޔޭގެ އެކިކަންކޮޅުތަކުގައި މުސްކުޅިން އުޅެމުންގެންދާ ނިކަމެތި ހާލުގެ ވާހަކަތައް އަޅުގަނޑުމެންނަށް ނިއިވޭ ދުވަހަކަށް އިރުއަރައިނުއޮއްސެއޭ ބުންޏަސް ދޮގަކަށް ނުވާނެވެ. މިދަންނަވަނީ ހަނގުރާމަތައް ގިނަވުމުގެ ސަބަބުންނާއި، ބިންހެލުމާއި، ފެންބޮޑުވުންފަދަ ސަބަބުތަކާހުރެ ނިކަމެތި ހާލުގައި އުޅެން ޖެހިފައިވާ މީހުންގެ ވާހަކައެއް ނޫނެވެ. – އެފަދަ މީހުންވެސް ގިނަކަމާއެވެ! – ނަމަވެސް އެބައިމީހުންގެ ދަރިންގެ އަޅާލުން ނުލިބުމުގެ ސަބަބުން ނިކަމެތިވެފައިވާ މީހުންގެ ވާހަކައެވެ.

Thursday, February 12, 2015

ތިބާއަށް އުނިވަނީ ކޮން ނިޢުމަތެއް ހެއްޔެވެ؟

22170_261006297189_582897189_3899749_4700118_nއެއީ މީގެ މަހެއްހާ ދުވަސް ކުރިއެވެ. އަހަރެންނަށް ބޮޑުދައިތަ ކިޔާ ކުއްޖެއްގެ ކައިވެނި ޙަފްލާއަކަށް ދިޔައީމެވެ. ކާއެއްޗެހި އަޅައިގެން އައިސް މޭޒެއް ކައިރީގައި ވަރަށް ހަމަޖެހިލައިގެން ކާން އިށީނދެއްޖައީމެވެ.


 އަދި ޝައުޤުވެރިކަމާއެކު ކާއެއްޗެއްސަށް އިންސާފުކުރަން ފަށައިފީމެވެ.

Tuesday, February 10, 2015

ދަރީންގެ މެދުގައި ހަމަހަމަކުރުން

Bronze_bowl_pink_flowersދުނިޔޭގެ އެންމެ ބޮޑަށް ތޮއްޖެހިފައިވާ، ވެރިކަން ކުރާ ރަށަކީ މާލެއެވެ. އެހެންކަމުން، މި މާލޭގައި ޢައިލާތައް އުޅެނީ ކުޑަ ކުޑަ ކޮޓަރިތަކާއި އެޕާރޓްމެންޓްތަކުގައެވެ. ދެތިން ހަތަރު ޢައިލާ އެއްތަނެއްގައި ނުވަތަ އެއް ގެއެއްގައި އުޅުމަކީ އާދައިގެ ކަމެކެވެ.


Saturday, February 7, 2015

ޒިކްރުކުރުމުގެ މާތްކަން

376323272_37631a3570އިމާމް އަޙްމަދު ބުން ޙަންބަލްއޭ ބުނުމުން އެއީ ކާކުކަން އެނގިވަޑައިނުގަންނަވާނެ ބޭފުޅަކު ހަމަ މަދުވާނެ ކަމީ ޔަޤީން ކަމެކެވެ. އެއީ މި އުއްމަތް ދުށް އެންމެ ވަރުގަދަ އެއް ޢިލްމުވެރިއާއެވެ. އުއްމަތަށްޓަކައި މިކަލޭގެފާނުގެ ޚިދުމަތްތަކަކީ ދުލުން ބަޔާންނުކުރެވޭހާ ގިނަ ޚިދުމަތްތަކެކެވެ. އިމާމް އަޙްމަދު ބުން ޙަންބަލަކީ ސުންނަތުގައި އެންމެ ވަރުގަދައަށް ހިއްޕެވި އެކަކެވެ. ނަމަވެސް މިފަހަރު މިޒިކުރު ކޮށްލަނީ އެކަލޭގެފާނަށް ދިމާވި ހާދިޘާއެކެވެ.

Wednesday, February 4, 2015

ޖިލްބާބް ޖަރީ ކުރުން

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

1236894528 (2)އިސްލާމްދީނުގައި މުސްލިމް އަންހެނާ ހިލޭފިރިހެނުން ކުރިމަތީގައި ހެދުން އެޅުމުގައި ވަކި ޝަރުޠުކެއްވެއެވެ. އިސްލާމީ ޝަރުޢުގައި މިގޮތަށް ކަނޑައަޅުއްވާފައިވުމުގެ މަޤްސަދަކީ ފިރިހުންންގެ ބެލުން އަންހެނުންނާއި ދިމާލަށް ނުހުއްޓި އަންހެނާ ރައްކާތެރިކޮށްދީ އަދި މުޖުތަމަޢުގައި ފާޙިޝްކަންތައްތަކަށް މަގުފަހިކޮށްނުދިނުމެވެ.

Monday, February 2, 2015

ފިރިހެނުންނާއި އަންހެނުން އުފެއްދެވުމުގެ ބޭނުން

ﷲ ޢައްޒަވަޖައްލަ، އެއްވެސް އެއްޗެއް ބޭކާރުގޮތުގައި ނުއުފައްދަވައެވެ. އެކަލާނގެ އުފައްދަވާފައިވާ ކޮންމެ އެއްޗެއް އުފެއްދެވުމުގައިވެސް ފަހަތުގައި ވަރަށް މަތިވެރި ޙިކުމަތްތަކެއްވާނެކަން ޔަޤީނެވެ.

180483_186525694699048_100000248574614_598626_3929313_nﷲ ޢައްޒަވަޖައްލަ، މުއުމިނުންގެ ނަމުން ނަންދެވިފައިވާ ސޫރަތުގައި ވަޙީކުރެއްވިއެވެ. “أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ” المؤمنون: ١١٥ މާނައީ: ” އަޅެފަހެ، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހައްދަވާފައިވަނީ، ބޭކާރުގޮތުގައި ހަމަކުޅިވަރަށްކަމަށާއި، އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ޙަޟްރަތަށް ރުޖޫޢަ 
ނުވާނޭކަމުގައި ތިޔަބައިމީހުން ހީކުރަނީ ހެއްޔެވެ؟

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons