Monday, February 2, 2015

ފިރިހެނުންނާއި އަންހެނުން އުފެއްދެވުމުގެ ބޭނުން

ﷲ ޢައްޒަވަޖައްލަ، އެއްވެސް އެއްޗެއް ބޭކާރުގޮތުގައި ނުއުފައްދަވައެވެ. އެކަލާނގެ އުފައްދަވާފައިވާ ކޮންމެ އެއްޗެއް އުފެއްދެވުމުގައިވެސް ފަހަތުގައި ވަރަށް މަތިވެރި ޙިކުމަތްތަކެއްވާނެކަން ޔަޤީނެވެ.

180483_186525694699048_100000248574614_598626_3929313_nﷲ ޢައްޒަވަޖައްލަ، މުއުމިނުންގެ ނަމުން ނަންދެވިފައިވާ ސޫރަތުގައި ވަޙީކުރެއްވިއެވެ. “أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ” المؤمنون: ١١٥ މާނައީ: ” އަޅެފަހެ، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހައްދަވާފައިވަނީ، ބޭކާރުގޮތުގައި ހަމަކުޅިވަރަށްކަމަށާއި، އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ޙަޟްރަތަށް ރުޖޫޢަ 
ނުވާނޭކަމުގައި ތިޔަބައިމީހުން ހީކުރަނީ ހެއްޔެވެ؟


ކުރިން ބަޔާންވިފަދައިން، މުސްލިމުން ޤަބޫލުކުރާގޮތުގައި އިންސާނުންނާއި ޖިންނީން އުފެއްދެވުނީ މާތް ﷲ ޢައްޒަވަޖައްލައަށް އަޅުކަން ކުރުމަށެވެ. އަދި ޝައިޠާނާއާއި އޭނާގެ އެކުވެރިންގެ މަޅިތަކުން ސަލާމަތްވެ، ﷲ ޢައްޒަވަޖައްލަ، އަހަރެމެން ހިނގަން އެންގެވިމަގުން ހިނގައި ސުވަރުގޭގެ މަތިވެރި ނިޢުމަތް ޙާޞިލްކުރުމަށެވެ.

 ﷲ ޢައްޒަވަޖައްލަ ވަޙީކުރެއްވިއެވެ. “وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ” الذاريات: ٥٦ މާނައީ: “އަދި ތިމަންއިލާހު ޖިންނީންނާއި އިންސީން ހަމައެކަނި ތިމަން އިލާހަށް އަޅުކަންކުރުމަށް މެނުވީ ނުހައްދަވަމެވެ.”

 އަދިވެސް ﷲ ޢައްޒަވަޖައްލަ ވަޙީކުރެއްވިއެވެ. “بَلِ اللَّهَ فَاعْبُدْ وَكُنْ مِنَ الشَّاكِرِينَ” الزمر: ٦٦ މާނައީ: އަދި ކިޔެއް ހެއްޔެވެ! ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ. އަދި ޝުކުރުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ.”

 އަދިވެސް ހަމަ އެރައްބު ހަމައެސޫރަތުގެ 11 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. “قُلْ إِنِّي أُمِرْتُ أَنْ أَعْبُدَ اللَّهَ مُخْلِصًا لَهُ الدِّينَ” الزمر: ١١ މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ އިޚްލާޞްތެރިކަމާއެކު ﷲ އަށް އަޅުކަން ކުރުމަށެވެ. އެކަލާނގެއަށް އަޅުކަން ޚަލާޞްކޮށްގެންނެވެ.”

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons