Monday, October 31, 2011

ﷲ ގެ ލޯބި


 


އިބުނު ޤައްޔިމު ރަޙިމަހުﷲ ތަޢާލާ ބަޔާންކުރައްވައެވެ. ތިބާ ﷲ ގެ ލޯބި ބޭނުން ވާނަމަ ނުވަތަ އެލޯބި ލިބުމަށް އަވަހަށް އެދޭނަމަ މިބަޔާންކުރެވޭ ދިހަ ކަންތައް ކުރުމުގެ މަތީގައި ދެމިހުންނާށެވެ.

މުއުމިނުންގެ މާތްކަން


ﷲ تعالى ހެއްދެވި އަޅުތަކުންކުރެ، އެކަލާނގެ އެންމެ ރުހިވޮޑިގެންވާ ބަޔަކީ ޣައިބުގައި އެކަލާނގެއަށް އީމާންވެ، އެކަލާނގެ އަންގަވާފައިވާ ގޮތަށް އެފަރާތަށް އަޅުކަން ކުރާ މުއުމިނުންނެވެ. ޤިޔާމަތްދުވަހު ނަރަކައިގެ ވޭންދެނިވި ޢަޛާބުން ސަލާމަތްވެ، ސުވަރުގޭގެ މަތިވެރި ނިޢުމަތްލިބޭނެ ބަޔަކީ މުއުމިނުންނެވެ. 

Sunday, October 30, 2011

"އަލްގައިދާ ލޭޑީ"


 ޓެރަރިޒަމްގެ މައްސަލައެއްގައި ކުށް ސާބިތުވެ ސައޫދީ އަރަބިއްޔާގެ އަންހެނެއްގެ މައްޗަށް އެގައުމުން އިއްޔެ ފުރަތަމަ ފަހަރަށް ހުކުމް އިއްވައިފި އެވެ.

ޝެއިޚުލް އިސްލާމް އިމާމް އިބުނު ތައިމިއްޔާ 04


އެކަލޭގެފާނުގެ ލިޔުއްވުންތަކުގައި ގެންގުޅެފައިވާ ވައްޓަފާޅި އަދި އެކަލޭގެފާނު ލިޔުއްވި ފޮތްތައް

އެކަލޭގެފާނުގެ ލިޔުއްވުންތަކުގައި ގެންގުޅުއްވި ވައްޓަފާޅި

Thursday, October 27, 2011

އެއީ ޖިންނިތަކެއްބާ! ނޫން…. އެއީ ހަމަ ޖަލުގައި ބަންދުކުރެވިފައިވާ އަސީރުންތަކެއް


ޖޯޑަންގައި ބިމުއަޑިގައި ހަދާފައިވާ ސިއްރު ޖަލަކުން، އަޚް އަބޫ މުހަންމަދު އަލް މިސްރީއާއި އަޚް އަބޫ ޞާލިޙަށް ފެނިފައިވާ މިކަންތައްތައް ވަރަށް ތެދުވެރިކަމާއި އެކު ކިޔާދޭނަމެވެ.

Wednesday, October 26, 2011

ގާތް ވާގިވެރިޔާ މަރުވުމުން އެމެރިކާގެ މަތީފަންތީގެ ވަފުދެއް ސުޢޫދީއަށް


އެމެރިކާގެ ގާތް އެކުވެރިޔާ އަދި އެހީތެރިޔާ ސުލްޠާން ބުން ޢަބްދުﷲ މަރުވުމުގެ ސަބަބުން ގޮނޑިކޮއްކޮ ޢަބްދުﷲ ރަސްގެފާނަށް ލިބުނު ހިތާމައިގާ ތައުޒިޔާ ކިޔުމުގެގޮތުން، ސުޢޫދީ ޢަރަބިއްޔާއަށް "މަތީފަންތީގެ" ވަފުދެއް ފޮނުވަން ހަމަޖައްސައިފިކަމަށް، ވައިޓް ހައުސްއިން ހާމަކޮށްފިއެވެ.

ގައްޒާފީގެ ނިމުން ދިރިތިބީންނަށް އިބްރަތަކަށް ނުވޭބާ.....?


ކީރިތި ޤުރްއާނުގައި މާތް ﷲ ވަނީ އަންގަވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرّاً ثُمَّ يَكُونُ حُطَاماً وَفِي الْآخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ اللَّهِ وَرِضْوَانٌ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ" (الحديد : 20) މާނައީ: "ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުމަކީ ކުޅިވަރެކެވެ. އަދި މަޖަލެކެވެ. އަދި ޒީނަތްތެރިކަމެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެކެވެ. އަދި މުދާތަކާއި، ދަރިންތަކާއިމެދު، އެކަކު އަނެކަކަށްވުރެ ގިނަކަމުގައިބުނެ މޮޅުވާހަކަ ދެއްކުމެކެވެ.
 އެއީ ވާރޭފެނެއްގެ މިސާލުގައެވެ. އެފެނުން ފެންލިބިގެންފެޅި ގަސްތަކެއް، ދަނޑުވެރިން ޢަޖާއިބުކޮށްފައިވެއެވެ. ދެން، އެގަސްތައް ހިކިދެއެވެ. ދެން އެގަހުގެ ފަތްތައްރީނދޫވެފައިވަނިކޮށް ތިބާއަށްފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. އަދި އާޚިރަތުގައިވަނީ، ގަދަފަދަވެގެންވާ ޢަޛާބެކެވެ. އަދި ﷲ ގެ ޙަޟުރަތުން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ."

ޝެއިހް އިސްލާމް އިބްނުތައިމިއްޔާ 03


އެކަލޭގެފާނު ޖަލުގައި

ޝެއިޚުލް އިސްލާމް އިމާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ގެ ހިތްވަރުފުޅާއި ޙައްޤުގެ މަގުގައި ސާބިތުވެ ހުންނެވުމުގެ ސަބަބުންނާއި އެކަލޭގެފާނުގެ ޢިލްމުގެ ސަބަބުން އެކަލޭގެފާނުގެ މަޝްހޫރުކަން ފެތުރި، އެކަލޭގެފާނަށް ތާއީދުކުރާ މީހުން ގިނަވަމުން ދިޔައެވެ. މިކަމުގެ ނަތީޖާއަކަށްވީ އެދުވަސްވަރުގެ ބައެއް އިލްމުވެރިން އެކަލޭގެފާނާއި ހަސަދަވެރިވުމެވެ. އަދި އެކަލޭގެފާނު ގިނަ ފަހަރު ހައްޔަރު ކުރެވިފައިވަނީ މިފަދަ ބައެއް މީހުންގެ ޝަކުވާތަކުގެ ސަބަބުންނެވެ.

Tuesday, October 25, 2011

ލީބިއާގައި އޮންނާނީ އިސްލާމީ ޝަރީއާ ކަމަށް ބުނުމުން ގޯސްވެއްޖެ


ޓްރިޕޮލީ (އޮކްޓޫބަރު 25) - މުއައްމަރުލް ގައްޒާފީގެ ވެރިކަން ނިމުމަކަށް ގެނެސް އުފާ ފާޅުކުރަމުން ދާއިރު އެ ގައުމުގައި ގާއިމުކުރާނީ އިސްލާމީ ޝަރީއާ ކަމަށް މިހާރުގެ ވެރިން ވިދާޅުވުމާ އެކު ލީބިއާގެ އެތެރެއިންނާއި ބޭރުން ވަނީ ފާޑުކިޔުންތައް އަމާޒުވާން ފަށައިފަ އެވެ.

ޝުބުހާތައް ނުވަތަ އޮޅުންއަރާ ކަންތައްތަކާ ދުރުހެލިވުން


މާތް ﷲ ގެ ރަޙްމަތްފުޅުގެ މަތިވެރިކަމުން، ޙަލާލަކީ ކޮބައިކަން، އަދި ޙަރާމަކީ ކޮބައިކަން ނޭނގި، ޖާހިލުކަމެއްގެ ތެރެއަށް އިންސާނުން ދޫކޮށްނުލައްވައެވެ. އެކަލާނގެ ވަނީ، ޙަލާލަކީ ކޮބައިކަން ބަޔާންކޮށްދެއްވާފައެވެ.

Monday, October 24, 2011

ޞާލިޙް އަންހެނެއްގެ ކެއްތެރިކަން


ޤަތަފާން ޤަބީލާގައި އުންމު ޝުރައިކު ނަމަކަށް ކިޔާ އަންހެނަކު ދިރި އުޅުނެވެ. މިއަންހެނާ އަކީ ޤުރެއިންޝީއެއް ނޫނެވެ. އެހެނަސް އޭނާގެ ފިރިމީހާއަކީ ޤުރެއިޝީ އެއްކަމުން، ފިރިމީހާޔާ އެކުގައި ދިރިއުޅުނީ މައްކާގައެވެ. އުންމު ޝުރައިކް އަކީ ޤަތަފާންއަށް ނިސްބަތް ވާ މީހެކެވެ. އެއީ މައްކާއާއި ކައިރީގައިވާ ރަށެކެވެ.

ޝައިހުލް އިސްލާމް އިބުނު ތައިމިއްޔާ 02


( ކުރީދުވަހުގެ އަދަދާއި ގުޅޭ )
އެދުވަސްވަރުގެ ހާލަތު

އިމާމް އިބުނު ތައިމިއްޔާގެ އެންމެ މައިގަނޑުގޮތެއްގައި ޙާޞިލުކުރައްވާފައިވަނީ ހަންބަލީ މަޒުހަބުގެ ފިޤުހު ކަމުގައިވިޔަސް އެކަލޭގެފާނު އެހެން ހުރިހާ މަޒްހަބުތަކެއްވެސް ވަރަށް ރަނގަޅަށް ދިރާސާކުރައްވާ އެމަޒުހަބުތަކާއި ބެހޭގޮތުން ޢިލްމު ޙާސިލުކުރައްވާފައިވެއެވެ. އަދި އަދަބިއްޔާތުގައިވެސް އެކަލޭގެފާނަކީ ފުންނާބުއުސް ބޭފުޅެކެވެ.

Sunday, October 23, 2011

ސުންނަތްރޯދަ


މަހެއްގެ ތެރޭގައި ސުންނަތް ރޯދަ ހިފުން ރަނގަޅީ ކޮން ދުވަސްތަކެއްގައިހެއްޔެވެ؟ އަދި ރޯދަހިފުމަށް ހަފުތާގެ ވަކި ޚާއްޞަ ދުވަހެއް އޮވޭހެއްޔެވެ؟ އަދި ހޯމަ ބުރާސްފަތީގައި ރޯދަ ހިފުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟

Saturday, October 22, 2011

ތަރައްގީއަކީ ބިޔަރު ދަޅު ހިފައިގެން މަޖީދީ މަގުގައި ހިނގައިލެވުން ކަމަށް ކެބިނެޓްގައި ވާހަކަ ދައްކާފައިވޭ: އަދާލަތު


ތަރައްގީއަކީ ބިޔަރު ދަޅު ހިފައިގެން މަޖީދީ މަގުގައި ހިނގައިލެވުން ކަމަށް ކެބިނެޓްގައި ވާހަކަ ދައްކާފައިވޭ: އަދާލަތު 

އެ ވާހަކަތައް އަދާލަތާ ހިއްސާ ކުރީ ޑރ. މަޖީދު ކަމަށް ބުނާ ބުނުމަށް އޭނާ އިންކާރު ކުރައްވާ

ޝައިހުލް އިސްލާމް އިބުނު ތައިމިއްޔާ 01


الفقير الي الرحيم – عبد الرحيم

ޝައިހުލް އިސްލާމް އިބުނު ތައިމިއްޔާ އަކީ ކޮންބޭކަލެއް؟

މާތް ﷲގެ ކުޅަދުންވަންތަކަން.


" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެންމެހާތަކެތި ހައްދަވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

حج ގެ ބާވަތްތައް


حج ތިންގޮތަކަށްއަދާކުރެވެއެވެ.އެއީ: ، إِفْرَاُد، قِرَانُ، تَمَتُّعُ މިއެވެ.

Thursday, October 20, 2011

ހެޔޮލަފާ މަންމަ


މާތްވެގެންވާ މަދީނާގެ މުޖާހިދެކެވެ. ނަންފުޅަކީ ފަރޫޚެވެ. ކާފަރުންނާ ހަނގުރާމަކުރައްވަން ޚުރާސާނަށް ވަޑައިގަންނަވަނީއެވެ. ވަޑައިގަންނަވަމުން އަނބިކަނބަލުންނަށް އަސްރަފީކޮޅެއް ދެއްވަމުން ވިދާޅުވިއެވެ. [މިއީ، ކަމަނާ ހެޔޮކަންތަކަށް ހޭދަކުރެއްވުމަށް، ނުވަތަ ރަނގަޅު ކަންތަކަށް ޚަރަދުކުރެއްވުމަށް ތިމަން ކަލޭގެފާނު ދެއްވާ އަސްރަފީއެވެ.] މިގޮތަށް ބާރު އަޅުއްވައިފައި އެއަސްރަފީ ދެއްވައިފައި ފަރޫޚު ވަޑައިގެންފިއެވެ. ބާވީސް ތޭވީސް އަހަރުވީއިރުވެސް ގެއަކަށް ވަޑައެއް ނުގެންނެވުނެވެ.

Wednesday, October 19, 2011

ޙައްޖުކުރާނީކިހިނެއް؟

hajj-vaanee-kihiney
ޙައްޖަށް ދިއުމަކީ ﷲގެ އަމުރުފުޅަށް ބޯލެނބުމުގެ ގޮތުން، ޠަވާފްކުރުމާއި ކަނޑައެޅިފައިވާ އެހެނިހެން އަޅުކަންތައްވެސް ކުރުމަށް، ކަނޑައެޅިފައިވާ ވަގުތެއްގައި މައްކާ ޤަސްދުކޮށް އެތަނަށް ދިއުމެވެ.

ޤުރުއާން ރައްކާތެރިކުރެއްވުން



މާތްﷲ ޤުރުއާން ބާވައިލެއްވީ ހުރިހާކަމެއް އޭގައި ހިމެނިގެންވާ އެކަލާނގެ އެންމެ ފަހުގެ އިލާހީ ޤާނޫނުގެ ގޮތުގައެވެ. މިޤުރުއާނަށްފަހު އެކަލާނގެ އެހެން ފޮތެއް ބާވައިނުލައްވައެވެ.މިކަމުގެ ސަބަބުން އެޤުރުއާންވަނީ އިންސާނުން އެއަށް ގެނެސްފާނެ އުނިއިތުރަކުން ޙިމާޔަތްކުރައްވާފައެވެ. މިޙިމާޔަތް ޤުރުއާން އެންމެ ފުރަތަމަ ބާވައިލެއްވުނު ދުވަހުން ފެށިގެން އަދާހަމަޔަށްވެސްވެއެވެ.

Tuesday, October 18, 2011

ޙައްޖުވެރިންނަށް 20 ނަސޭހަތް


1-       ޙައްޖަށް ދަތުރު ފެށުމުގެ ކުރިންނާއި، އަދި ޙައްޖު ދަތުރުގައި އިޚްލާޞްތެރި ތައުބާއަކުން ﷲ އަށް ތައުބާވާށެވެ.

ވަޙީގެ ބާވަތްތައް


ވަޙީއަކީ އެއްވެސް ޙާލެއްގައި ރަސޫލުންގެ ޒާތީ ތަޖުރިބާއެއްގެ މައްޗަށް ބިނާކޮށް އެބޭކަލުން އަމިއްލައަށް ގެންނަވާ ވާހަކަތަކެއްނޫނެވެ. އަދި ވަޙީގެ ޙާލަތަކީ މެޑިޓޭޝަންފަދަ ރޫޙާނީ ކަސްރަތުތައްކޮށްގެން ޙާޞިލްކުރެވިދާނެ ދަރަޖައެއްނޫނެވެ. 

Monday, October 17, 2011

ޢީސާ ޢަލައިހިއްސަލާމް ދުނިޔެއަށް އަލުން ފޮނުއްވުން

     ޙަގީގީ މުއުމިނުންނަކީ، މާތްﷲ ގެ އެންގެވުންތަކަށް ފުރިހަމަގޮތުގައި އީމާންވާ މީހުން. އަދި އެކަލާނގެ ރަސޫލާ މުޙައްމަދު  صلى الله عليه وسلم އަންގަވާ ދެއްވާފައިވާ ގޮތްތައްގަބޫލު ކުރާމީހުން. އެއީ އެކަންތައްތަކުގެ ޙަގީގަތާއި ޙިކުމަތް ނޭގުނު ކަމުގައިވިޔަސް އަދި ނުވިސްނުނު ކަމުގައި ވިޔަސް. ސަބަބަކީ އިންސާނުންނަކީ، އެމީހުންގެ ސިކުނޑިއާއި ވިސްނުން ވަކީޙުދޫދެއްގެ ތެރޭގައި ހުންނަބަޔަކަށް ވާތީ. މިކާއިނާތާއި މިކާއިނާތުގައިވާ ހުރިހާ އެއްޗެހި އުފެއްދެވި ފަރާތަށް އެނގި ވޮޑިގެންވާ ކަންތައްތައް ބަލިކަށި ނިކަމެތި އިންސާނާ އަށް ނޭނގޭނެތީ.

މޫނު ބުރުގާއެޅުމުގެސަބަބުން ޖޫރިމަނާ ދައްކަންޖެހޭ އަންހެނުންނަށް 1 މިލިއަންޔޫރޯގެ ފަންޑެއްހުޅުވައިފި.

     މޫނު ބުރުގާއެޅުމުގެސަބަބުން ޖޫރިމަނާ ދައްކަންޖެހިއްޖެ އަންހެނެއްގެ ޖޫރިމަނާ ދައްކައިދިނުމުގެ ގޮތުން ހިލޭ އެހީދޭ ފަންޑެއް ހުޅުވައިފިއެވެ.

Sunday, October 16, 2011

ބަނގުރަލާއި އޫރުމަހުގައި ޖަހާނީ ކޮން ޓެގެއްބާ!

     ރާއްޖޭގައި އުފައްދާ ބާވަތްތަކަށް ޙަލާލުސެޓްފިކެޓް ދޫކުރަން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓްއިން ދާދިފަހުންވަނީ ހާމަކޮށްފައެވެ. އަދި މުސްތަޤްބަލުގައި ރާއްޖެއަށް އެތެރެކުރާ މުދަލަކީވެސް ޙަލާލް ސެޓްފިކެޓް ހުރި އުފެއްދުންތޯ ބެލުމަށް ހަމަޖެހިފައިވާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.

މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ މަތިވެރިކަމާއެވެ.

    މާތް ﷲ އެދެބައިކަލުންނަށް ރުއްސުންލެއްވި ޢަބްދު ﷲ ބުން ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާތީ ތިމަން އަޑު އެއްސެވީމެވެ. ”

Saturday, October 15, 2011

ޒަމްޒަމް، އިލާހީ ޤުދްރަތްތެރިކަމުގެ އަލިގަދަ ހެއްކެއް

 
ޒަމްޒަމްވަޅަކީ،  މާތްވެގެންވާ ކަޢުބާއާ 21 މީޓަރު ދުރުގައިވާ ވަޅެކެވެ. އެވަޅުވަނީ ކަޢުބާ ވަށައިގެން ، ހިޔާނުކޮށް އޮންނަ ސަރަޙައްދުގައެވެ. މީގެ އަހަރުތަކެއް ކުރިން ވަޅާ ދިމާލަށް ކަޅުކުލައިގެ ހިލައިން ކަނޑާ ނަގާފައި "بِئْرُ زَمْزَمْ" ލިޔެފައިއޮވެއެވެ. ނަމަވެސް ގިނަ ބަޔަކު އެތާމަތީގައި ނަމާދުކުރަން އުޅުމުގެސަބަބުން ޠަވާފުކުރާމީހުންގެ ޙަރަކާތަށް ބުރޫއަރާތީވެ، މިހާރު އެއީ ކޮންތަނެއްކަން އެނގޭކަށް ނުހުރެއެވެ.

Thursday, October 13, 2011

ދިރިއުޅުމުގައި ދިމާވާ ހިތްނުތަނަވަސްކަމާއި ހާސްކަން ފިލުވައި އުފާވެރި ޙަޔާތެއް

     އެންމެހާ ޙަމްދުޘަނާއާއި ތަޢުރީފެއް ހުރީ ޢާލަމްތައް ހެއްދެވި ގަދަކީރިތިވަންތަ ކުޅަދުންވަންތަ އިލާހަށެވެ. އެއިލާހީ ދުނިޔޭގެ ޚަލީފާއަކުކަމުގައި އިންސާނާ ލައްވައި އޭނާގެ ހުރިހާ ބޭނުންތައް ފުއްދޭނެ ވަސީލަތްތައް އެތަނުގައި ލައްވައި އޭނާއަށް ފައިދާއާއި ހިތްހަމަޖެހުމާއި، ލާބަހުރި ހުރިހާކަމަކަށް މަގުދައްކަވައި އެމަގުން ހިނގުމަށް އަމުރުކުރެއްވި ޙިކުމަތްވަންތަ އިލާހެވެ.

އިމާމް: ލޯބި ލޯބި 10 އަހަރުގެ ކޮއްކޮ

     އިމާމުވެރިންގެ ދުވަސްވަރުގައި ބަޣްދާދުގައި ވަރަށް ބުއްދިވެރި ކާފަރަކު އުޅުނެވެ. މުސްލިމުންނަށް ޖަވާބު ނުދެވޭނެ ޙާއްސަ 3 ސުވާލެއް އޭނާގެ އަތުގައި ވާކަމަށް ދަޢުވާ އުފުލަމުން މީސްތަކުންގެ ތެރޭގައި އުޅުނެވެ. އަދި އެ ސުވާލުތަކުގެ މޮޅުކަމުން މީނާ ހުންނަނީވެސް ވަރަށް ހިންހަމެޖެހިފައެވެ. އެހެންވެ މުސްލިމުންތައް ރުޅި އަރުވާ ހަދާލަންވެސް މީނާ އެކަން ކޮށް އުޅެއެވެ.

މުސްލިމުންގެލޭބޯއަދުއްވު ބޮޑުޓެރަރިސްޓް އެމެރިކާ އިސްލާމްދީނާދެކޮޅަށްނަމުގައި 10އަހަރުގެބޮޑުކެމްޕޭނެއް އެމެރިކާގަ އިފްތިތާހުކޮށްފި

    އެމެރިކާގެ 7 ޖަމާޢަތަކާއި ބޮޑެތި ވިޔަފާރިވެރިން އެކުވެގެން، އިސްލާމްދީނާމެދު މީސްތަކުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނަފްރަތު އުފެއްދުމުގެ 10 އަހަރުގެ ކެންޕޭނެއް އެމެރިކާގައި ފެށިގެން ކުރިއަށް އެބަދެއެވެ.

Wednesday, October 12, 2011

ދުޢާއާއި ތަސްބީޙު


ދުޢާގެ މުހިއްމުކަން

އިންސާނުންނަށް މިދުނިޔޭގައި ލިބޭ ކޮންމެ އުފަލަކާއި އަރާމަކީ މާތްﷲގެ ޙަޟްރަތުން ލިބޭ ކަންތައްތަކެކެވެ. އިންސާނުން އަބަދުވެސް އެކަލާނގެއަށް މުހުތާދުވެ، ބޭނުންތެރިވެއެވެ.

Tuesday, October 11, 2011

މައިން ބަފައިން މުސްކުޅިވާ ދުވަހު އަޅާލުން

     ސުވާލު:ފިރިމީހާ ބޭނުންވާ ގޮތް ނަހަދާ އަނބިމީހާ އޭނާގެ މަންމަ ދޫކޮށް އެހެން ގެއަކަށް (ފިރިމީހާގެ ގެއަށް) ދާން ބޭނުންނުވާނަމަ އެކަމުގައި ބޮޑަށް ސަމާލުކަން ދޭންޖެހޭނީ ފިރިމީހާއަށްތޯ؟ ނުވަތަ މަންމަ އަށްތޯ؟ މިހެން މިދެންނެވީ އަނބިމީހާގެ މަންމަ މުސްކުޅިވާ ދުވަހު ބަލާނެ އިތުރު މީހަކު ނެތްނަމަ މިކަމުގައި ކަންތައް ކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟

" ކަލާނގެ އެމެރިކާ އުފެއްދެވީ ދުނިޔޭގައި ވެރިކަންކޮށް، ލީޑަރެއްގެ ގޮތުގައި ދުނިޔެ ހިންގަން" ކަމަށް މުސްލިމުންގެ ލެބޯބޮޑުޓެރަރިސްޓް އެމެރިކާ ބޮޑާކަމާއެކު ބުނަންފަށާފި "

    ވޮޝިންޓަން (8 އޮކްޓޯބަރު) - ކަލާނގެ އެމެރިކާ އުފެއްދެވީ ދުނިޔޭގައި ވެރިކަންކޮށް، ލީޑަރެއްގެ ގޮތުގައި ދުނިޔެ ހިންގަން ކަމަށް، އިދިކޮޅު ރިޕަބްލިކަން ޕާޓީން ރިއާސީ ރޭހަށް ނުކުމެވަޑައިގަތުމުގެ ފުރުސަތު ބޮޑު މިޓް ރޮމްނީ އިއްޔެ ވިދާޅުވެއްޖެ އެވެ.

Monday, October 10, 2011

އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ދިވެހި ސިފައިން ބައިވެރި ކުރުމަށް ފާސްކޮށްފި

    އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ދިވެހި ސިފައިން ބައިވެރި ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިމާމް އަޙްމަދާއި ރޮށި ފިހާ މީހާ

    އިމާމް އަހުމަދު ބުން ހަންބަލްއޭ ބުނުމުން އެއީ ކާކުކަން އެނގިވަޑައި ނުގަންނަވާނެ ބޭފުޅަކު ހަމަ މަދުވާނެ ކަމީ ޔަޤީން ކަމެކެވެ. އެއީ މި އުއްމަތް ދުށް އެންމެ ވަރުގަދަ އެއް އިލްމުވެރިޔާއެވެ. އުއްމަތަށްޓަކައި މިކަލޭގެފާނުގެ ހިދުމަތްތަކަކީ ދުލުން ބަޔާންނުކުރެވޭހާ ގިނަ ހިދުމަތްތަކެކެވެ. އިމާމް އަހުމަދު ބުން ހަންބަލަކީ ސުންނަތުގައި އެންމެ ވަރުގަދަޔަށް ހިއްޕެވި އެކަކެވެ. ނަމަވެސް މިފަހަރު މިޒިކުރު ކޮށްލަނީ އެކަލޭގެފާނަށް ދިމާވި ހާދިޘާއެކެވެ.

އަޅުގަނޑުމެން ކުރާ ކޮންމެކަމެއް ރެކޯޑްކުރެވެމުން ދާކަން އަޅުގަނޑުމެންނަށް އެނގޭބާ!

     ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މިއަދުގެ ދުނިޔޭގައި، ކިތަންމެ ސިއްރުން މީހަކު ކަމެއް ކުރިޔަސް އެކަމެއް ސިއްރުވެފައެއް ނޯވެއެވެ. ރައްޓެއްސަކަށް ނުވަތަ ލޯބިވެރިޔަކަށް ކުރާ ފޯނުކޯލަކަށް ވިޔަސް މިއިވެނީ އަނެއްދުވަހު ޔޫޓިއުބްގައި ނުވަތަ ކޮންމެސް ވެބްސައިޓެއްގައި ވަނިކޮށެވެ.

ޖުވާކުޅުމަކީ ނުބައިކަން ބޮޑުވެގެންވާ ޢަމަލެކެވެ.

    މީސްތަކުންގެ މުދަލާއި އަބުރާއި ލެއަކީ، އިސްލާމީ ޝަރީޢަތުގައި ޙުރުމަތްތަރެ ވެގެންވާ އެއްޗެއްސެވެ. ޝަރްޢުގައި  ހުއްދަކުރައްވާފައިވާ ވަސީލަތަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް ލިބިގަތުން އަނެކާއަށް ހުއްދަވެގެން ނުވެއެވެ.

Sunday, October 9, 2011

ޑރ.މަޖީދުގެ ފަރާތުން ފެނުނީ ޕާޓީގެ ނިންމުމަށް އިޙްތިރާމް ނުކުރެއްވިތަން: އިމްރާން

    އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ނިންމުމަށް އިހުތިރާމް ކުރެއްވުމުގެ ގޮތުން ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އަލުން އެ މަގާމަށް މިއަދު ވަޑައިގަތުމުން އެނގުނީ ޕާޓީގެ ނިންމުންތަކަށް އިހުތިރާމް ކުރުމުގެ ސިފަ ގެއްލުނުތައް ކަމަށް ޕާޓީގެ ރައީސް ޝޭހު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ކައުނު

    ސައިންސްގެ ހޯދުންތައް ދައްކާގޮތުން އިންސާނުން ދުނިޔޭގައި އާބާދުވާން ފަށާފައިވަނީ މީގެ 200 ހާސް އަހަރު ކުރިންނެވެ. މާމެލާމެލި އާބާދުވާން ފަށާފައިވަނީ މީގެ 130 މިލިއަން އަހަރު ކުރީންނެވެ. މަންމަލި ޖަނަވާރުން ދުނިޔޭގައި އުޅެން ފެށިތާ 200 މިލިއަން އަހަރު ވެދާނެއެވެ. އެއްގަމުގައި ގަސްގަހާގެހި އާބާދުވާން ފަށާފައިވަނީ 475 މިލިއަން އަހަރު ކުރީންނެވެ. މަސްމަހާމެހި ދުނިޔޭގައި އާބާދުވެފައިވަނީ 500 މިލިއަން އަހަރު ކުރީންނެވެ.

އިމްތިޙާނު ކުރިއަށްދާތީކަމަށްބުނެ ބޭރަށް އަޑުއިވޭގޮތަށް ބަންގި ނުގޮވުމަށް އަންގައިފި.

     އިމްތިޙާނު ކުރިއަށްދާތީކަމަށްބުނެ، ބޭރަށް އަޑުއިވޭގޮތަށް ބަންގިނުގޮވުމަށް އައްޑުއަތޮޅު ހުޅުމީދޫގައި ހުންނަ މަސްޖިދް ޢަބްދުﷲ ބިން އިބްރާހީމްގެ އިމާމުމީހާއަށް ހުޅުމީދޫ އަވަށުބޯޑުގެ ވަގުތީރައީސް އިބްރާހީމް ޒުބޭރު އަންގައިފިއެވެ. 

Saturday, October 8, 2011

ކުޑަޝިރުކް

    ﷲ ތަޢާލާ ވަހީކުރެއްވިއެވެ . "وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا" (ފުރުޤާން 23 ). މާނަ: " އަދި ޢަމަލުތަކުގެ ތެރެއިން އެމީހުން ކުރި ކަންތައްތައް ތިމަން އިލާހު ބައްލަވައި، އެ ޢަމަލުތައް ވަޔާ ބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ." އާދެ މިއާޔަތުގައި މިވަނީ ދެއްކުންތެރިކަމާއެކު ދުނިޔެމަތީގައި ޢަމަލުތައް ކޮށްއުޅުނު މީހުންގެ ވާހަކައެވެ.

މަންމަގެ ނަސޭހަތް.

     އަބްދުލް މާލިކު (ރަޟިޔަﷲ ޢަންހު) ވިދާޅިވިއެވެ. “ޖަހިލިއްޔަތުގެ ދުވަސްވަރުގައި ޢައުފް އިބްނު މުހައްލިމް އައްޝައިބާނީ އަކީ އަރަބިން ވަރަށް ޤަދަރުކުރާ ބޭކަލެކެވެ.އެކަލޭގެފާނުގެ ދަރިކަނބަލުން އުއްމު ޣިޔާސް ކައިވެނި ބައްލަވައިގަތީ އަލްހާރިޘް އިބްނު އަމްރު އަލް ކިންދީ އާއެވެ. އެކަމަނާ ކައިވެނީގެ މަޖިލިހަށް ގެންދިޔުމުގެ ކުރިން އެކަމަނާގެ މަންމާފުޅު އުމާމާ އެކަމަނާއަށް ނަސޭހަތްތެރިވަމުން ދެންނެވިއެވެ.

Thursday, October 6, 2011

ބާރަށް ބިސްމި އާއި ފަތިސްނަމާދުގައި ޤުނޫތު ކިއުމަށް އައްޑުއަތޮޅު މީދޫގެ 2 އިމާމުން ލައްވާ ސޮއެކުރުވައިފި.

     ޖަހުރިއްޔަ (ބާރަށް ކިޔެވޭ) ނަމާދުތަކުގައި ބާރަށް ބިސްމިކިއުމަށާއި، ފަތިސްނަމާދުގައި ޤުނޫތު ކިއުމަށް އައްޑުއަތޮޅު މީދޫގެ 2 އިމާމުންނަށްލައްވައި އިއްޔެ ސޮއެކުރުވައިފިއެވެ.

ކަނޑު

    ފެނަކީ ދިރުން ދެމެހެއްޓުމުގެ އަސްލެވެ. ﷲ ދުނިޔޭގައިވަނީ ފެން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލައްވަވާ، އެފެނަކީ ދިރޭތަކެއްޗަށް ކޮންމެހެން ބޭނުންވާ އެއްޗެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. މިއީ އަދުގެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސައިންސްވެރީން ސާބިތު ކޮށްދީފައިވާ ކަމެކެވެ.

ސީރިއާގެ ޙަޤީޤަތް: ޢަލަވީންގެ އަނިޔާވެރިކަން

   1 ވަނަ އަހަރުގެ މާޗުމަހުގެ މެދުތެރޭގައި ސީރިއާގެ ރައީސް ބައްޝާރު އަސަދާ ދެކޮޅަށް މުޒާހަރާތައް ފެށުނު ފަހުން، ޝިޔަޢީންގެ ހައްދުފަހަނައެޅި މުޝްރިކު ފިރުޤާއެއްކަމަށްވާ، ޢަލަވީންގެ ބިންގަރާހެއްގައި މަރާލެވިފައި ވަނިކޮށް ފެނުނު އެންމެ ފުރަތަމަ އަންހެން ކުއްޖަކީ، 18 އަހަރުގެ ޒައިނަބުލް ޙުސްނީކަމުގައި ޤަބޫލުކުރެވެއެވެ.

ބިރު ގަންނާށެވެ.

    އޭ އިންސާނާއެވެ. ދުނިޔޭގެ ދަޅަތަކަށް ހެއްލި އުފަލާއި މަޖަލުގައި އުޅެމުންދާ އިންސާނާއެވެ. އަގުހުރި މިދުނިޔޭގެ ވަގުތުތައް ބޭކާރު ގޮތުގައި ހޭދަކުރަމުންދާ އިންސާނާއެވެ.

Tuesday, October 4, 2011

ދީނީ ޚިޔާލު ތަފާތުވުން ކުޑަކުރުމަށް ދީނީ މަހާސިންތާއެއްގެ ބޭނުން ބޮޑުވެފައި

     މުސްލިމުންގެ މެދުގައި ހުރި ޚިޔާލު ތަފާތުވުންތައް ސިފަކުރައްވައި ރާއްޖޭގެ މަޝްހޫރު އަދީބު އަދި ޅެންވެރިޔާ އަބްދުﷲ ސޯދިގު (ސޯދުބޭ) މީގެ އެތައް އަހަރެއް ކުރިން ވިދާޅުވެފައިވެ އެވެ؛ "އެންމެން ކިޔެވީ އެއް ފޮތަކުންނޭ، ފެންނަ ގޮތުން ދިހަ ބާރަ ފޮތުންނޭ، ނެތް ނުކުރާކަ ކަމެއް މަ ދަރިންނޭ، ދެން ވެސް ކިޔަނީ އިސްލާމުންނޭ"،

ގަސްގަހާގެހި

    މިދުނިޔޭގައި ދިރުންހިނގާނަމަ ގަސްގަހާގެއްސަކީ ކޮންމެހެން ހުންނަންޖެހޭ އެއްޗެކެވެ. މިކަމުގެ ޙަޤީގީ މަފްހޫމާއި ހަމައަށް ވާޞިލުވުމަށްޓަކައި، އިންސާނާގެ ދިރިހުރުމަށް އެންމެ މުހިއްމު ބަހާ ތަކަކީ ކޮބައިތޯ ސުވާލުކުރަން ޖެހެއެވެ. ޝައްކެއްނެތެވެ.

Monday, October 3, 2011

މިނިސްޓަރުކަމުން ޑރ. މަޖީދު އިސްތިއުފާ ދެއްވައިފި

     ޑރ. މަޖީދު ވިދާޅުވީ މިނިސްޓްރީ ހިންގުމަށް ސަރުކާރުގެ އެއްބާރުލުން ދިން ކަމަށާއި އިސްތިއުފާ ދެއްވީ އަދާލަތު ޕާޓީގެ ނިންމުމަށް އިހުތިރާމު ކުރުމުގެ ގޮތުން ކަމަށް. އަދި އިލްމުވެރިންގެ މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވީ ބަޔާނެއްގެ މައްސަލާގައި ކަމަށް ވެސް އޭނާ ވިދާޅުވި.

އާދަމު ޢަލައިހިއްސަލާމް ގެ ވާހަކަ

     އާދަމު ޢަލައިހިއްސަލާމް ގެ ވާހަކަ ކީރިތި ޤުރުއާނުގައި ﷲ ސުބްހާނަހު ވަތަޢާލާ ވަރަށްގިނަ ތަންތަނުގައި ބަޔާންކުރައްވާފައި ވެއެވެ.
 ޝައްކެއްވެސް ނެއް ގޮތުގައި އާދަމު ޢަލައިހިއްސަލާމަކީ އެންމެ ފުރަތަމަ ވުޖޫދުކުރެވުނު އިންސާނާއެވެ. ﷲ ތަޢާލާ އެކަލޭގެފާނު ޚަލްޤުކުރެއްވީ އެ އިލާހުގެ ދެ އަތްޕުޅުންނެވެ.  ﷲ ތަޢާލާ ވަޙި ކުރެއްވިއެވެ.

Sunday, October 2, 2011

إن شاء الله ކިއުމުގެ މުހިއްމުކަން

     ކުޑަކުޑަ ޝަހަރެއްގައި ހުކުރު ދުވަހުގެ ޚުތުބާގައި ކަމެއްކުރަން ގަސްތުކުރާއިރު إن شاء الله (ﷲ ގެ އިރާދަފުޅުން) ކިއުމުގެ މުހިއްމުކަމާއި ބެހޭގޮތުން އަލިއެޅުއްވިއެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons