އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ދިވެހި ސިފައިން ބައިވެރި ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އދ. ގެ ސުލްހަ ބަލައްޓާ ފައުޖު ތަކުގައި ދިވެހި ސިފައިން ބައިވެރި ކުރުމަށްޓަކައި ސޮއިކުރަންޖެހޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގައި ގާނޫނު އަސާސީގައިވާގޮތުގެ މަތިން ސޮއި ކުރުމަށް ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ނިންމަވާފައިވާ ނިންމެވުން، ގައުމީ ސަލާމަތާބެހޭ ކޮމިޓީން ދިރާސާ ކުރުމަށްފަހު އެ ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓާ އެއްގޮތަށް އެއްބަސް ވުމުގައި ސޮއިކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފައިވަނީ އެވަގުތު ޖަލްސާގައި ތިއްބެވި 73 މެންބަރުން ގެ ތެރެއިން 56 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެކަމާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ފަސް މެންބަރުން ތިއްބެވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ ރިޕޯޓް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ، ސުލްހަ ބަލައްޓާ ފައުޖުތަކުގައި ދިވެހި ސިފައިން ބައިވެރި ކުރުމަށްޓަކައި ސޮއިކުރަންޖެހޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގައި ގާނޫނު އަސާސީގައި ވާގޮތުގެ މަތިން ސަރުކާރުގެ ފަރާތުން ސޮއި ކުރުމަށް މަޖިލީހުން ރުހުންދޭން ފެންނަ ކަމަށް އެ މައްސަލަ ދިރާސާ ކުރި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓަށް ވާހަކަ ދެއްކެވި މެންބަރުންގެ ތެރެއިން ވާހަކަ ދެއްކެވި ހަމައެކަނި އިދިކޮޅު މެންބަރު ޑީއާރުޕީގެ މެންބަރު މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމް ވަނީ އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ދިވެހި ސިފައިން ބައިވެރި ކުރުމަށް ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ވިދާޅުވީ އެފަދަ ކަމެއްގައި ބައިވެރިވާއިރު ގައުމުގެ ހާލަތަށް ބަލަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ މުޖުތަމައު މިވަނީ ހަލާކުވެގެން ގޮސްފަ. ހަރަދާދޭތެރޭ ވެސް ވިސްނަންޖެހޭ. އެހެން ތަންތަނަށް ސިފައިންނާ ފުލުހުން ފޮނުވާއިރު ފުރަތަމަ ގައުމު ހަމައަކަށް އަޅުވަންޖެހޭ. އެފަދަ ކަންކަމަށް ނުވިސްނާ ރައްޔިތުން ނިކަމެތި ކޮށްލައިފަ ގައުމު ބޮއްސުންލައިފަވާ ދަނޑިވަޅެއްގައި އެހެން ފަރާތަކަށް ސިފައިން ފޮނުވުމަކީ ކުރަންޖެހޭނެ ކަމެއްނޫން" އާޒިމް ވިދާޅުވި އެވެ.
އަދި މި ދަނޑިވަޅުގައި ނަމަކަށް އދ. ގައި ގައުމުގެ ދިދަ ވިހުރުމަކީ ގައުމަށް އެއްނެ މުހިއްމު ގޮތް ނޫން ކަމަށާއި އެ މައްސަލައަކީ އެއަށްވުރެ ބޮޑަށް ދިރާސާކުރަންޖެހޭ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ކޮމިޓީން އެ މައްސަލަ ދިރާސާކޮށްފައިވަނީ އެންމެ 25 މިނިޓް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއަށްވުރެ ބޮޑަށް އެ މައްސަލަ ސިރާސާ ނުކޮށްފިނަމަ ގައުމަށާއި ރައްޔިތުންނަށް ގެއްލުންތަކެއް ލިބިގެން ހިނގައިދާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ވާހަކަ ދެއްކެވި ކުޅުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބުދުލް ޣަފޫރު މޫސާ ވިދާޅުވީ އެކަމަށް އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިތުރު ފައިސާތަކެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

".ރާއްޖޭގެ ސިފައިން މިހާރުން މިހާރަށްވެސް ބޭނުންވާ ކަމެއް އެއީ. ސިފައިންނަށް ޓްރެއިނިންތަކާއި ކޯސްތަކާއި މާލީ ކުރިއެރުންތައް އެކަމުގެ ސަބަބުން ލިބިގެންދާނެ" ޣަފޫރު ވިދާޅުވި އެވެ.
0 comments:
Post a Comment