ޓެރަރިޒަމްގެ މައްސަލައެއްގައި ކުށް ސާބިތުވެ ސައޫދީ އަރަބިއްޔާގެ އަންހެނެއްގެ މައްޗަށް އެގައުމުން އިއްޔެ ފުރަތަމަ ފަހަރަށް ހުކުމް އިއްވައިފި އެވެ.
"އަލްގައިދާ ލޭޑީ" ގެ ގޮތުގައި މަޝްހޫރުވެފައިވާ 45 އަހަރުގެ މި އަންހެން މީހާ ޓެރަރިޒަމްގެ އަމަލުތަކުގައި ބައިވެރިވެ ޓެރަރިޒަމަށް އެކި ފެންވަރުގައި އެއްބާރުލުން ދީފައިވާ ތަފާތު މައްސަލަތަކެއްގައި އިއްވާފައި ވަނީ 15 އަހަރުގެ ޖަލު ހުކުމެކެވެ. ސައޫދީން މި އަންހެން މީހާގެ ނަމާއި ތަފްސީލު އާންމުކޮށްފައެއް ނުވެ އެވެ.
އޭނާގެ މައްޗަށް 15 އަހަރުގެ ހުކުމެއް އިއްވާފައި ވާއިރު ޖަލުން މިނިވަންވުމަށް ފަހު 15 އަހަރު ވަންދެން ގައުމުން ބޭރަކަށް ވެސް ނުދެވޭނެ އެވެ. މި އަންހެން މީހާގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ހަނގުރާމަވެރިންނަށް ހިމާޔަތް ދީގެން ގޭގައި ގެންގުޅުމާއި ހަތިޔާރު ގެންގުޅުން އަދި ހަމަލާތަކަށް އެއްބާރުލުން ފޯރުކޮށްދީފައިވުން ހިމެނެ އެވެ.
އަލްގައިދާގެ ހަނގުރާމަވެރިންނަށް 267،000 އެމެރިކާ ޑޮލަރު (އެއް މިލިއަން ރިޔާލް) ފޯރުކޮށްދީފައިވާކަން ވެސް ސާބިތުވެފައިވެ އެވެ. ސައޫދީން މީނާ އަތުލައިގަތީ މިދިޔަ އަހަރު އެވެ.
ތައުޙީދުގެ ދައުލަތްކަމަށް ބޭރުފުށުން ދައްކަމުންދާ ސުޢޫދީއަކީ ރަތްލާޖެހި ﷲގެ ޢަދުއްވުންނާއެކު “ފުން”، “ދުވަސްވީ” އަދި “ގާތް” ގުޅުމެއް ބާއްވަމުން އަންނަ ދައުލަތެއް.
ސުޢޫދުގެ ޢާއިލީ ރަސްކަމުގެ ދާޚިލީ ވަޒީރަކަށް ހުރި ނާއިފު ބިން ޢަބްދުލް ޢަޒީޒަކީ އައު ވަލީ ޢަހްދު ކަމުގައި ކަނޑައަޅައިފިއެވެ. ހުކުރު ދުވަހު ސުޢޫދީގެ ދައުލަތުގެ ޓީވީން މިކަން އިޢުލާނު ކުރުމާގުޅިގެން، އެކުވެރި ޓެރަރިސްޓު އޮބާމާވަނީ ޢަބްދުﷲ ރަސްގެފާނަށް އެކަމުގެ މަރުހަބާ ރައްދުކޮށްފައެވެ.
ނާއިފު ހޮވުމުން އޮބާމާއަށް ލިބުނު އުފަލެއްގެ ސަބަބުން، އޭނާއަށް މަރުހަބާ ކީއިރު ފާހަގަކޮށްލި އެންމެ ފުރަތަމަ ކަމަކީ، އެމެރިކާއާ އަޢުވާނުންނާ ދެކޮޅު މުސްލިމުން ނުވަތަ އޭނާގެ ނަމުންނަމަ “ޓެރަރިސްޓުން” އާ ދެކޮޅަށް ނާއިފު ކުރަމުން އަންނަ މަސައްކަތެވެ.
“ނާއިފު ބިން ޢަބްދުލް ޢަޒީޒަށް (ގޮނޑިރަސްކަމުގެ) ވަލީ އަޙްދުކަން ލިބުމާއެކު، ޢަބްދުﷲ ރަސްގެފާނަށާއި އަދި ސުޢޫދީގެ ރައްޔިތުންނަށް އަހަރެން މަރުހަބާ ކިޔަމެވެ. ޓެރަރިޒަމްއާ އަދި ސަރަޙައްދުގެ ޞުލްޙައާ ސަލާމަތްކަން ގެންނަން، އޭނާ (ނާއިފު) ވަރަށް ގަދައަށް މަސައްކަތްކުރާކަން، އަހަރެމެން އެމެރިކާގައި ތިބިމީހުންނަށް އެނގެއެވެ. އަދި އޭނާއަށް އިޙްތިރާމް ކުރަމެވެ!” އޮބާމާ ބުންޏެވެ.
“އެމެރިކާއާ ސުޢޫދީ ޢަރަބިއްޔާ އެކު އޮންނަ ފުން އަދި ދުވަސްވީ އެކުވެރިކަން ވަރުގަދަ ކުރަމުން، ވަލީ ޢަހްދު ނާއިފުގެ އައު މަޤާމުގައި އޭނާއާ އެކު އޮތް ގާތްގުޅުން ކުރިއަށް ގެންދިއުމަށް އެމެރިކާއިން ދަނީ ވިސްނަމުންނެވެ.”އޮބާމާ ބުނެފައިވެއެވެ.
“ފުން”، “ދުވަސްވީ”އަދި “ގާތް” ގުޅުމުގެ ސަބަބުން، މެދުއިރުމަތީގައި ޓެރަރިޒަމްގެ ބައްޕައަށް އެންމެ އަޅުވެރި އަދި އެންމެ ވާގިވެރި ބަޔަކީ ސުޢޫދީ ޢަރަބިއްޔާއެވެ. އަދި ޓެރަރިޒަމްގެ ނަމުގައި މުސްލިމުން ސިއްރު ޖަލުތަކަށްލާ ހައްޔަރުކޮށް، އަދި ބޮޑެތިފަދަ ޙަޔާތްކުޑަ އަނިޔާތައް ސުޢޫދީ ޖަލުތަކުގައި ދެވޭކަމީ، ކަމުގެ ޙަޤީޤަތް ހޯދާ ބަޔަކަށް ހޯދަން އުނދަގޫކަމެއް ނޫނެވެ.
ޚާއްޞަކޮށް މުސްލިމު މުޖާހިދު އަޚުންނާ ދެކޮޅަށް ނާއިފުކޮށްފައި ކަންކަމަކީ ފޮރުވިފައިވާ ކަންކަމެއްނޫނެވެ. ދާޚިލީ ވުޒާރައާ ޙަވާލުވިފަހުން ނާއިފުވަނީ އެތައް މުޖާހިދުންނެއް ހައްޔަރުކޮށް، ﷲގެ މަގުގައި ޖިހާދުކުރުމަށްޓަކައި އެއްކުރެފައިވާ އެތައް ފައިސާއެއް ފޭރިގަނެފައެވެ. ނާއިފަށް އަމާޒުކޮށް 2005 ވަނަ އަހަރު ރިޔާޟުގައި ޙަމަލާއެއް ދެވުނެވެ. އެކަމަކު އެވަގުތު އޭނާ ހުރީ ސުޢޫދީން ބޭރުގައިކަމަށް އޭނާ ދަޢުވާކުރެއެވެ. ނާއިފުގެ ޑެޕިއުޓީއެއްގެ މަގާމު ފުރަމުންދާ އަދި ބައްޕަ ފަދައިން އަނިޔާވެރި ދަރި މުޙައްމަދު ބުން ނާއިފަށް އަމާޒުކޮށް 2009 ވަނަ އަހަރު ޔަމަނުގެ އަޚަކު ދިން ފިދާޢީ ޙަމަލާގައި އޭނާވަނީ ކުދި ޒަހަމްތަކަކާއެކު ސަލާމަތްވެފައެވެ.
އިނގިރޭސީން މުސާރަދީގެން ގެންގުޅުނު ގޮނޑިކޮއްކޮ އެޖެންޓު ޢަބްދުލް ޢަޒީޒު އުފެއްދި ސުޢޫދީ ޢަރަބިއްޔާގެ ރަސްކަމަށް އިސްވާ ކޮންމެ މީހަކީވެސް، ޓެރަރިސްޓު އެމެރިކާގެ ކުފުރު ސަރުކާރާއެކު ވަރަށް ގާތް، އެކުވެރި އަދި އެހީތެރި ގުޅުމެއް ބާއްވާ މީހެކެވެ. އެގޮތުން ޢަބްދުﷲ ރަސްގެފާނަކީ ހުޅަނގުން އެދޭގޮތަށް ކަންކަން ބަދަލުކުރަން ފޫގަޅާލައިފާހުރި މީހަކެވެ. އަދި ސުޢޫދީ ޢަރަބިއްޔާއަކީ “މޮޑަރން” ތަނަކަށް ހެދުމަށް އޭނާދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހުޅަނގުން އެދޭގޮތަށް ސުޢޫދީގެ އަންހެންވެރިން މުޖުތަމަޢުއަށް ނެރުމަށް އެކިގޮތްގޮތަށް މަސައްކަތް ކުރަމުންދެއެވެ.
ރިޔާޒު ( 30 އޮކްޓޯބަރު) -
ރިޔާޒު ( 30 އޮކްޓޯބަރު) -
0 comments:
Post a Comment