ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މިއަދުގެ ދުނިޔޭގައި، ކިތަންމެ ސިއްރުން މީހަކު ކަމެއް ކުރިޔަސް އެކަމެއް ސިއްރުވެފައެއް ނޯވެއެވެ. ރައްޓެއްސަކަށް ނުވަތަ ލޯބިވެރިޔަކަށް ކުރާ ފޯނުކޯލަކަށް ވިޔަސް މިއިވެނީ އަނެއްދުވަހު ޔޫޓިއުބްގައި ނުވަތަ ކޮންމެސް ވެބްސައިޓެއްގައި ވަނިކޮށެވެ.
އޮފީހެއްގައި ބޭއްވޭ ސިއްރު މީޓިންއެއް ވިޔަސް ކޮންމެވެސް ގޮތަކުން ކޮންމެވެސް ބަޔަކު ރެކޯޑުކޮށްގެން ރަށުތެރޭގައި ބަހައި އުޅޭނެއެވެ. ފެންވަރަން ގިފިއްޔަށް ވެދެ ހުއްޓާވެސް ކޮންމެވެސް ބަޔަކު ކެމެރާ ކޮށްފާނެއެވެ.
އަދި އެނޫން ޙާލަތްތަކުގައިވެސް ސިއްރިއްޔާތުގައި މަޝްހޫރު މީސްމީހުންގެ ޙަރަކާތްތައް ބަލައި ފަސްފަހަތުން އުޅޭ ބަޔަކު ފޮޓޯނަގައި ނުވަތަ ވީޑިޔޯކޮށް އުޅެއެވެ. މަގުގައި ހިނގާފައި ދިޔަކަމުގައިވިޔަސް ފެންނަ ގޮތަށާއި ނުފެންނަ ގޮތްގޮތަށް ރަށުތެރޭ އެތަންމިތާގައި ހަރުކޮށްފައި ހުންނަ ސީސީޓީވީ ކެމެރާތަކުގެ ޛަރީޢާއިން އަޅުގަނޑުމެންގެ އެންމެހައި ޙަރަކާތްތައް ބަރާބަރަށް މޮނިޓާކުރެވެމުން ދެއެވެ.
މިހުރިހާކަމެއް މިގޮތަށް ވަމުންދާކަން އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކަށް އެނގުނު ކަމުގައިވިޔަސް، މިކަމާމެދު މާބޮޑު ފަރުވާލެއް އަޅުގަނޑުމެން ބަހައްޓައެއް ނުއުޅެމުއެވެ. އެހެނަސް ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފު ޢަމަލުތައް ހިންގާމީހުން އެފަދަ ކަމެއް ކުރާއިރު މިކަންކަމަށް ސަމާލުވާކަން ފާހަގަކުރެވެއެވެ.
އެބައިމީހުން ޙަރަކާތްތެރިވަމުންދާއިރު މިކެމެރާތަކަށް ނާރާވޭތޯ ވަރަށް މަސައްކަތް ކުރެއެވެ. ތަނެއް ފަޅާލާ ނުވަތަ ވައްކަމެއް ކުރާނަމަ އެކަމެއްވެސް ކުރާނީ ފިންގަރ ޕްރިންޓް ނާރާގޮތަށް އަތަށް އަންގިވެސް ލައްވައިގެންނެވެ. މިހުރިހާ ކަމެއް ކުރިކަމުގައިވީނަމަވެސް ގިނަފަހަރަށް އެއްކަލަ ކެމެރާތަކުގައި ރެކޯޑްކުރެވިފައިވާ މަޢުލޫމާތުގެ އަލީގައި އެފަދަ ކުށްތައް ކުރާ މީހުންނާ ހަމައަށް ވަރަށް ފަސޭހައިން ވާސިލުވެއެވެ.

މިދެންނެވިފަދަ ކެމެރާތަކުން ނޫނަސް، ދުނިޔެމަތީގައި އަޅުގަނޑުމެން ކުރާ އެންމެހައި ކަންތައްތަކާއި ދައްކާހާ ވާހަކައެއް ރެކޯޑުކުރެވެމުންދާކަން އަޅުގަނޑުމެންނަށް އެނގޭހެއްޔެވެ؟
އަޅުގަނޑުމެންގެ ޢަމަލުތައް ލިޔުއްވުމަށް ކޮންމެ މީހެއްގެ ދެކޮނޑުގައި ދެމަލާއިކަތުން ލައްވާފައިވާ ކަން އަޅުގަނޑުމެންނަށް އެނގޭ ހެއްޔެވެ؟ އިންސާނާ ޚަލްޤުކުރެއްވި އޭނާގެ އެންމެހައި ކަންތައް އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ވަނީ އެކަން އަޅުގަނޑުމެންނަށް އަންގަވާފައެވެ.
އެހެންކަމުން، މިއީ އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭ ކަމެކެވެ. އިންސާނުން އުފައްދާފައިވާ ކެމެރާތަކަށް ނާރާނޭހެން އަޅުގަނޑުމެންނަށް ޙަރަކާތްތެރިވެ އުޅުވުނަސް މިމަލާއިކަތްބޭކަލުންނަށް އެނގިވަޑައި ނުގަންނަވާނޭހެން އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެއެވެ.
މާތް ﷲ ވަޙީކުރެއްވިއެވެ. وَلَقَدْ خَلَقْنَا الإنْسَانَ وَنَعْلَمُ مَا تُوَسْوِسُ بِهِ نَفْسُهُ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ الْوَرِيدِ (١٦)إِذْ يَتَلَقَّى الْمُتَلَقِّيَانِ عَنِ الْيَمِينِ وَعَنِ الشِّمَالِ قَعِيدٌ (١٧)مَا يَلْفِظُ مِنْ قَوْلٍ إِلا لَدَيْهِ رَقِيبٌ عَتِيدٌ (١٨) [ق 16-18]
މާނައީ"އަދި ހަމަކަށަވަރުން، ތިމަންއިލާހު އިންސާނާ ހެއްދެވީމެވެ. އަދި އޭނާގެ ނަފްސު އޭނާޔަށް ވަސްވާސްދޭ ކަންތައް ވެސް ތިމަންއިލާހު ދެނެވޮޑިގެންވަމެވެ. އަދި އޭނާގެ ކަނދުރާގެ މައިނާރަށްވުރެވެސް ތިމަންއިލާހު އޭނާޔާ ކުއްތަންވެ ވޮޑިގެންވަމުއެވެ.
އެއީ އޭނާގެ ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ތިއްބަވާ ދެމަލާއިކަތުން އޭނާ ކުރާ ކަންތަކާއި، ބުނާ ބަސްތައް ލިޔުއްވާހިނދުގައެވެ. އޭނާ ކުރާ ޢަމަލުތައް ބަލަހައްޓަވަން އޭނާގެ ކައިރީގައި ޙާޟިރުވެ މަލާއިކަތަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ."
0 comments:
Post a Comment