Thursday, October 6, 2011

ސީރިއާގެ ޙަޤީޤަތް: ޢަލަވީންގެ އަނިޔާވެރިކަން

   1 ވަނަ އަހަރުގެ މާޗުމަހުގެ މެދުތެރޭގައި ސީރިއާގެ ރައީސް ބައްޝާރު އަސަދާ ދެކޮޅަށް މުޒާހަރާތައް ފެށުނު ފަހުން، ޝިޔަޢީންގެ ހައްދުފަހަނައެޅި މުޝްރިކު ފިރުޤާއެއްކަމަށްވާ، ޢަލަވީންގެ ބިންގަރާހެއްގައި މަރާލެވިފައި ވަނިކޮށް ފެނުނު އެންމެ ފުރަތަމަ އަންހެން ކުއްޖަކީ، 18 އަހަރުގެ ޒައިނަބުލް ޙުސްނީކަމުގައި ޤަބޫލުކުރެވެއެވެ.

މީގެ ކުރީ ހުކުރުގައި، އެމްނެސްޓީ އިންޓަރނޭޝަނަލް އިން ހާމަކުރިގޮތުގައި، ސީރިއާގެ ސަލާމަތީ ފަރާތްތަކުން އަންހެން ކުއްޖެއް ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރު ކުރެވުނީ، އަސަދުގެ އާއިލާއާ ދެކޮޅަށް ވަރަށް ބޮޑަށް ޙަރަކާތްތެރިވަމުން އަންނަ އޭނާގެ ބޭބެއަށް ޕްރެޝަރު ކުރުމުގެ ގޮތުންނެވެ.

އަލްޢަލަވީ ޝިޔަޢީންނާއި އީރާނުގެ ޝިޔަޢީން، އަސަދުގެ އާއިލާއާ ދެކޮޅަށް ނުކުމެގެން އުޅޭ ފަރާތްތަކުގެ ލީޑަރުންނަށް އެކިގޮތްގޮތުން މީގެކުރިންވެސް ޕްރެޝަރު ކޮށްފައިވެއެވެ. އެގޮތުން، އެމީހުންވަނީ އެފަދަ ލީޑަރުންގެ އަންހެން ކޮއްކޮ ނުވަތަ ދައްތަ ހައްޔަރުކޮށް، އޮރިޔާންކޮށް، ސީރިއާގެ މަގުތަކުގައި މަޖުބޫރުން ހިނގުވާފައެވެ. (ސުބުޙާނަﷲ)
ބައްޝާރާއި އޭނާގެ ޢަލަވީ އަޢުވާނުންގެ މި އަނިޔާވެރިކަމާއި، އިތްފަތްތެރިކަން ފޭރިގަތުމާއި، ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން، ގިނަބައެއްގެ ހިތްތަކުގައި ބިރުވެރިކަންވަނީ އުފެދިފައެވެ.

ޒައިނަބަކީ، ޙުމްޞް އަވަށުގެ މެދުތެރޭގައި ދިރިއުޅޭ މުސްލިމު ރައްޔިތެކެވެ. އެ ސަރަޙައްދަކީ އާލްއަސަދާ (ބައްޝާރުލް އަސަދުގެ އާއިލާ) އާ ދެކޮޅަށް މުޒާހަރާތައް ވަރަށް ހޫނުވި ސަރަޙައްދެކެވެ. ޖުލައި 27 ވަނަ ދުވަހު، އާލްއަސަދުގެ މުޝްރިކުންގެ އަތްދަށުވެ ޒައިނަބު ހައްޔަރުވިއެވެ. ޙުމްޞުގެ މުޒާހަރާތައް ފެށުމުގައި އިސްކޮށްއުޅުނު ޒައިނަބުގެ ބޭބެ މުޙައްމަދު، އެކަން ހުއްޓާލައި އެމީހުންނާ ހަވާލުވުމަށް ޢަކަވީން މަޖުބޫރުކުރުވިއެވެ. އަދި ދެކޮޅުވެރިކަން ހުއްޓާލައިފިނަމަ، ޒައިނަބު ދޫކޮށްލާނެކަމަށް ފޯނުން ގުޅައިގެން ބުންޏެވެ.

އެންމެފަހުން، މުޙައްމަދުވެސް އަތުލިއެވެ. އެކަން ހިނގީ މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައެވެ. އަދި ޝައްވާލްމަހު 15 (13 ސެޕްޓެމްބަރު 2011) ވީ ދުވަހު، މުޙައްމަދުގެ މަންމައަށް ޢަލަވީންގަނޑު ގުޅިއެވެ. އަދި އޭނާގެ ދަރިފުޅުގެ ހަށިގަނޑު މޯޗުއަރީއަށް ގޮސް ނެގުމަށް އެންގިއެވެ.

މުޙައްމަދުގެ ހަށިގަނޑުގައި، ނޫފައިގެންފައި ހުރިތަންތަނާއި، ދުޅަވެފައިހުރި ތަންތަނާއި، ބަޑިޖަހާފައިހުރި ތަންތަން ފެންނަން ހުރިކަމަށް، އިންސާނީ ޙައްޤުތައް ހިމާޔަތްކުރަން ދަޢުވާކުރާ ފަރާތްތަކުން ބުނެފައިވެއެވެ. މިދިޔަ 2 މަހެއްހާ ދުވަހު، ޒައިނަބުގެ ބެލެނިވެރިންތިބީ ޒައިނަބު އެނބުރި އަންނާނޭކަމުގެ އުއްމީދުގައެވެ. އެކަމަކު، ޒައިނަބުގެ ހަށިގަނޑުވެސް ފެނުނީ، ބޭބެ މުޙައްމަދު ބާއްވާފައިއޮތް މޯޗުއަރީ ތެރެއިންނެވެ. ބޮލާއި ދެއަތް ވަކިކުރެވިފައެވެ. އަދި ކަނޑުމަހުން ހަންގަނޑު ދަމާލާހެން، ޒައިނަބުގެ ހަށިގަނޑުންވެސް ހަންގަނޑުވަނީ ދަމާލެވިފައެވެ. ޙަޤީޤީ އަނިޔާތައް ދެކެދެނެވޮޑިގެންވާނީ ﷲ އެވެ.
އާލްއަސަދާ ދެކޮޅަށް ޙަރަކާތްތައް ފެށުނުފަހުން، ޢަލަވީންގެ އަނިޔާވެރިކަމުގައި 2700 މުސްލިމުން ޝަހީދުވެފައިވާކަމަށް ކުފުރުތައް ޖަމާވާ މައިމަރުކަޒު އ.ދ. އިން ހާމަކުރިއެއްކަމަކު، މިނިވަން ފަރާތްތަކުން ހާމަކުރާގޮތުގައި އެ ޢަދަދު 6000 މުސްލިމުންނަށްވުރެ އިތުރުވާނެއެވެ.
މެދުއިރުމަތީގެ އިސްލާމީ ބިންތަކުގައި ހަމަނުޖެހުންތައް ދަނީ އަދިވެސް ކުރިއަށް. ޔަމަނުގެ ޞާލިޙު ފަދައިން ސީރިއާގެ ބައްޝާރުވެސް ވެރިކަމުގައި ހުރުމަށްޓަކައި މުސްލިމު ރައްޔިތުން މަރަން ޖެހިލުމެއްނުވޭ.
ސީރިއާގެ ރަސްތާން ނަމަކަށް ކިޔުނު އަވަށުގެ ގެތަކުން 3 ދުވަހުގެ ތެރޭގައި 3000 ވަރަކަށް މީހުން، ސީރިއާގެ ގޮނޑިކޮއްކޮ ސިފައިން ހައްޔަރުކޮށްފައިވާކަމަށް، މިދިޔަ ހޯމަދުވަހު ހަނގުރާމަވެރިން ހާމަކޮށްފިއެވެ. 6 މަސްދުވަސްވެފައިވާ މި ހަމަނުޖެހުންތަކުގައި، އެންމެ ހަލަބޮލިކަމަށް ފާހަގަކުރެވިފައިވަނީ ރަސްތާންގައެވެ.
ޢަސްކަރިއްޔާގެ ޙަމަލާތަކުގައި ގިނަބަޔަކު މަރުވުމުގެ ސަބަބުން، މިވަގުތު ރަސްތާނުގައި ކުރިމަތިލުންތައް ވަނީ ހުއްޓިފައެވެ. ގޮނޑިކޮއްކޮ ސަރުކާރާ ދެކޮޅަށް ޙަރަކާތްތެރިވާ ޖަމާޢަތުން ހާމަކުރިގޮތުގައި، 70،000 މީހުންގެ އާބާދީއަކުން 3000 މީހުންވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހުން ތިބީ ސިމެންތި ކާރުޚާނާއެއްގައި ކަމަށާއި، އޭގެ އިތުރުން ބައެއް ސްކޫލްތަކާއި ކުޅިވަރު އެކުވެނި ތަކުގައި ކަމަށެވެ. "އަހަރެންގެ ތިމާގެ 10 މީހަކު ވަނީ ހައްޔަރު ކުރެވިފަ!" ނަންހާމަކުރަން ނޭދޭ ހަނގުރާމަވެރިޔަކު ހާމަކުރިއެވެ.
މިފަހަކަށް އައިސް ވަކިބަޔަކަށް އަމާޒުކޮށް ޙަމަލާތައް ދިނުމުގެ ސިލްސިލާގައި، ސީރިއާގެ އެންމެ އިސް ދީނީ ލީޑަރުގެ 21 އަހަރުގެ ފިރިހެން ދަރި، މިދިޔަ އާދީއްތަ ދުވަހު ވަނީ މަރާލައިފައެވެ. ސީރިއާގެ ބޮޑު މުފްތީ އަޙްމަދު ބަދުރުއްދީން ހަސަނަކީ، ސީރިއާގެ ގޮނޑިކޮއްކޮ ރައީސަށް ވަފާތެރި މީހެކެވެ. އަދި އެހެންމެ ރައީސް ބައްޝާރުގެ ވެރިކަން ހިންގާ ޝިޔަޢީންގެ ޢަލަވީ ފިރުޤާއަށް ހިމާޔަތްދޭ މީހެކެވެ.
މި ސިލްސިލާ ޙަމަލާތަކުގައި، ނިއުކްލިއަރ އިންޖިނިއަރަކާއި، ޔުނިވާސިޓީ ޕްރޮފެސަރަކާއި އަދި ޑޮކްޓަރުންވަނީ މަރާލައިފައެވެ. އެއީ ޢަލަވީންނާ، ނަޞާރާއިންނާ އަދި ޝިޔަޢީންގެ މީހުންނަށް އަމާޒުކޮށެވެ. މި ޢަމަލުތައް ހިންގަނީ "ހައްދުފަހަނައެޅި ހަނގުރާމަވެރިން" ކަމަށް ސަރުކާރުން ބުނަމުންދާއިރު، ހަނގުރާމަވެރިން ބުނާގޮތުގައި މިއީ ގޮނޑިކޮއްކޮ ސަރުކާރުގެ ގަދަބާރު ދައްކަން އުޅުމުގެ ސަބަބުން މެދުވެރިވާ ކަންކަން ކަމުގައެވެ.


ޢަލަވީންނަކީ ޢާއްމުކޮށް ސީރިއާގައި ދިރިއުޅޭ ޝިޔަޢީންގެ ހައްދުފަހަނައަޅާފައިވާ ފިރުޤާއެކެވެ. ވަރަށް ނުބައި ނުލަފާ ފިރުޤާއެކެވެ. ނުޞައިރީންނޭވެސް ކިޔައި އުޅެއެވެ. ޢަލަވީން މުސްލިމުންނަށް ނަފުރަތު ކުރެއެވެ. އެމީހުން ﷲ އަށް އަޅުކަމެއް ނުކުރެއެވެ. އެމީހުން ޤަބޫލުކުރާގޮތުގައި އިލާހަކީ ޢަލީ (رضي الله عنه) އެވެ. އަދި އިސްލާމްދީނުގެ ފަސް ރުކުން ނަގަނީ މަޖާޒީ ގޮތެއްގައެވެ. މިއީ އިސްލާމްދީނާއި، ނާޞާރާ ދީނާ އަދި މުޝްރިކުންގެ ޢަޤީދާތައް މަސްހުނިވެގެން އުފެދިފައިވާ ހުރާފީ ނުބައި ނުލަފާ ފިރުޤާއެކެވެ.
މިއަދު ޢަލަވީން ކުރިއަށްވުރެ ހައްދުފަހަނައަޅާ ގޮސްފައިވާކަން ޞޫރަތަކުން ބައްލަވާ!

ޢަލަވީން ބައްޝާރުގެ ފޮޓޯއަށް ސަޖިދަ ޖަހަނީ.

މަރުގެ ބިރު ދައްކައިގެން ބައްޝާރުގެ ފޮޓޯއަށް ސަޖިދަޖެހުމަށް ޢާލަވީން މަޖުބޫރުކުރުވަނީ.

ޢަލަވީން މިސްކިތަކަށް ޙަމަލާ ދީފައި.

ޢަލަވީން ޤުރްއާނަށް އިހާނެތިކޮށްހިތާފައި.
  

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons