Saturday, October 22, 2011

ތަރައްގީއަކީ ބިޔަރު ދަޅު ހިފައިގެން މަޖީދީ މަގުގައި ހިނގައިލެވުން ކަމަށް ކެބިނެޓްގައި ވާހަކަ ދައްކާފައިވޭ: އަދާލަތު


ތަރައްގީއަކީ ބިޔަރު ދަޅު ހިފައިގެން މަޖީދީ މަގުގައި ހިނގައިލެވުން ކަމަށް ކެބިނެޓްގައި ވާހަކަ ދައްކާފައިވޭ: އަދާލަތު 

އެ ވާހަކަތައް އަދާލަތާ ހިއްސާ ކުރީ ޑރ. މަޖީދު ކަމަށް ބުނާ ބުނުމަށް އޭނާ އިންކާރު ކުރައްވާ

    ސަންނޫސް -22 އޮކްޓޯބަރ 2011 - 51 މިނެޓް 40 ސިކުންތު ކުރިން

    0 ކޮމެންޓު




ރާއްޖެއަށް ތަރައްގީ ގެނެވުނު ކަމަށްވާނީ "ބިޔަރު ދަޅު ހިފައިގެން މަޖީދީ މަހުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގާލާފައި ދެވުން" ކަމަށް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވި ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތުން އެހެން ބުނި ނަމަވެސް ޑރ. މަޖީދު މިއަދު ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ.

ޑރ. މަޖީދު ވިދާޅުވީ ވަޒީރުންގެ މަޖިލީގުގައި އެފަދަ ކަމަކާބެހޭ ގޮތުން މަޝްވަރާކޮށް ވާހަކަ ދައްކާފައި ނުވާ ކަމަށާއި އެފަދަ ވާހަކައެއް އަދާލަތުގެ ބޭފުޅުންނާ ހިއްސާކޮށްފައި ވެސް ނުވާނެ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަދާލަތުން ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފު ހުސައިން ވިދާޅުވީ ރާއްޖެއަށް ތަރައްގީ ގެނެވުން ކަމަށް ވާނީ "ބިޔަރު ދަޅު ހިފައިގެން މަޖީދީ މަގުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގާލާފައި ދެވުން" ކަމަށް ޑރ. މަޖީދު ވިދާޅުވީ އަދާލަތު ޕާޓީގެ "އެތެރޭގައި" އުޅުއްވި ދުވަސްވަރު ކަމަށެވެ. ނަމަވެސް ވަޒީރުންގެ މަޖިލީހުގައި އެފަދަ ވާހަކައެއް ދެއްކެވީ ކޮން ބޭފުޅެއް ކަން ޑރ. މައުރޫފު ވިދާޅެއް ނުވެއެވެ.

މަޖީދަކީ ކުރިން އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސެވެ.

ޑރ. މައުރޫފު ވިދާޅުވީ ޑރ. މަޖީދާއި ޝެއިހު ހުސައިން ރަޝީދު، ސަރުކާރާ ބެހޭ ގޮތުން އެތައް ވާހަކައެއް ދައްކަވާފައިވާ ކަމަށާއި ނަމަވެސް އެއީ "މިވަގުތައް ހިއްސާ ކުރެވޭ ވަރުގެ ވާހަކަތެއް ނޫން" ކަމަށެވެ.

"ވިސްކީ ފުޅި، ބިޔަރު ދަޅު ހިފައިގެން މަޖީދީމަގުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގާލާފައި ދެވުން އެއީ ތަރައްގީ ކަމަށް، ކާކުތޯ ވިދާޅުވީ؟ ކާކުތޯ ކެބިނެޓްގައި އެހެން ވިދާޅުވީ؟ ތިބޭފުޅުން ނޯޓްކޮށްލައްވާ!" ޑރ. މައުރޫފު ވިދާޅުވި އެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons