ކީރިތި ޤުރްއާނުގައި މާތް ﷲ ވަނީ އަންގަވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرّاً ثُمَّ يَكُونُ حُطَاماً وَفِي الْآخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ اللَّهِ وَرِضْوَانٌ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ" (الحديد : 20) މާނައީ: "ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުމަކީ ކުޅިވަރެކެވެ. އަދި މަޖަލެކެވެ. އަދި ޒީނަތްތެރިކަމެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެކެވެ. އަދި މުދާތަކާއި، ދަރިންތަކާއިމެދު، އެކަކު އަނެކަކަށްވުރެ ގިނަކަމުގައިބުނެ މޮޅުވާހަކަ ދެއްކުމެކެވެ.
އެއީ ވާރޭފެނެއްގެ މިސާލުގައެވެ. އެފެނުން ފެންލިބިގެންފެޅި ގަސްތަކެއް، ދަނޑުވެރިން ޢަޖާއިބުކޮށްފައިވެއެވެ. ދެން، އެގަސްތައް ހިކިދެއެވެ. ދެން އެގަހުގެ ފަތްތައްރީނދޫވެފައިވަނިކޮށް ތިބާއަށްފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. އަދި އާޚިރަތުގައިވަނީ، ގަދަފަދަވެގެންވާ ޢަޛާބެކެވެ. އަދި ﷲ ގެ ޙަޟުރަތުން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ."
ލީބިއާގެ ލީޑަރު މުއައްމަރުލް ގައްޒާފީ
އަވަހާރަވީ އޭނާ ހައްޔަރުކުރި ފަހުން ބަޔަކު އޭނާ އަށް ކުރި އަނިޔާތަކުގެ ސަބަބުން ކަމަށް ކުރެވޭ ތުހުމަތުތަކަށް ހަނގުރާމަވެރިން އިންކާރު ކުރެ އެވެ. އެ މީހުން ތިބީ ގައްޒާފީ ކޮންމެ ގޮތަކުން ވިޔަސް ހައްޔަރުކޮށް އޭނާގެ ދުވަސް ދުއްވާލެވުނީތީ ފަހުރުވެރިވެފަ އެވެ.

އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "زُيِّنَ لِلنَّاسِ حُبُّ الشَّهَوَاتِ مِنَ النِّسَاء وَالْبَنِينَ
وَالْقَنَاطِيرِ الْمُقَنطَرَةِ مِنَ الذَّهَبِ وَالْفِضَّةِ وَالْخَيْلِ
الْمُسَوَّمَةِ وَالأَنْعَامِ وَالْحَرْثِ ذَلِكَ مَتَاعُ الْحَيَاةِ الدُّنْيَا
وَاللّهُ عِندَهُ حُسْنُ الْمَآبِ" (آل عمران : 14 ) މާނައީ:
"އަންހެނުންނާއި، ދަރިންނާއި، ރަނާއި، ރިހީގެ ތެރެއިން އެއްކުރެވިފައިވާ
ގިނަބައިވަރުތަކާއި، މޮޅު އަސްތަކާއި، ގެރިބަކަރި ޖަމަލާއި، ދަނޑުބިމާއި،
މިތަކެއްޗަށް އެދުމުގެ ލޯބި، މީސްތަކުންނަށްޓަކައި ޒީނަތްތެރި ކުރެއްވިއެވެ. އެއީ،
ދުނިޔޭގެ ދިރިއުޅުމުގައި އުފާލިބިދޭ ތަކެއްޗެވެ. އެކަމަކު އެނބުރިދާން އެންމެ
ރިވެތިވެގެންވާތަން ވަނީ މާތް ﷲ ގެ ޙަޟުރަތުގައެވެ."
އަވަހާރަވީ އޭނާ ހައްޔަރުކުރި ފަހުން ބަޔަކު އޭނާ އަށް ކުރި އަނިޔާތަކުގެ ސަބަބުން ކަމަށް ކުރެވޭ ތުހުމަތުތަކަށް ހަނގުރާމަވެރިން އިންކާރު ކުރެ އެވެ. އެ މީހުން ތިބީ ގައްޒާފީ ކޮންމެ ގޮތަކުން ވިޔަސް ހައްޔަރުކޮށް އޭނާގެ ދުވަސް ދުއްވާލެވުނީތީ ފަހުރުވެރިވެފަ އެވެ.
އުމުރުން 21 އަހަރުގެ ހަނގުރާމަވެރިއެއް ކަމަށްވާ އުމްރާން ޝާބަން ބުނީ ގައްޒާފީ އެންމެ ފުރަތަމަ ފެނުނީ އޭނާ އަށް ކަމަށެވެ. އެއީ ފެން ހިންދުމަށް ހަދާފައިވާ ކޮންކްރީޓް ބޮޑު ހޮޅިއެއްގެ ތެރެއިންނެވެ.
"އަހަންނަށް އޭނާ ފެނުމުން ވާހަކައެއް ވެސް ނުދެއްކުނު. އެކައްޗެއް ވެސް ނުވިސްނުނު. ހިތަށް އެރީ ގައްޒާފީގެ ދުވަސް މި ދިޔައިއްޔޭ،" އޭނާ ބުންޏެވެ.
އެހެން ހަނގުރާމަވެރިއެއް ކަމަށްވާ އަހްމަދު ގަޒަލް ބުނީ ގައްޒާފީގެ ރަށަށް އޭނާ ހަނގުރާމަކުރަން ވަނީ ނޭޓޯގެ ވައިގެ ހަމަލާއެއްގައި ސަލަމާތްވި ބަޔަކު އެކި ތަންތަނަށް ވަދެ ފިލަން މަސައްކަތް ފެށުމުން އެ މީހުން ހޯދުމަށް ކަމަށެވެ. އަދި އިރުކޮޅަކު ހަމަލާ ބަދަލުކުރުމަށް ފަހު ހޮޅިއެއްގެ ތެރޭގައި ގައްޒާފީ ފިލައި އޮތްކަން އެނގުނު ކަމަށް ބުންޏެވެ.
"އުމްރާން ހުރީ ގައްޒާފީއާ ވަރަށް ގާތުގައި. ގައްޒާފީ ދަމާ ނެރުނީ އޭނާ. ގައްޒާފީގެ ފައި ހޮޅީތެ ތެރެއިން ނެރުނީ އަހަރެން. ހޮޅީގެ ތެރެއިން ނެރުމާ އެކު (ގައްޒާފީ) ބުނި ކީއްހޭ ތި ކުރަނީ. ކިހިނެއް ވެގެންހޭ މި އުޅެނީ،" ގަޒަލް ބުންޏެވެ.
އޭނާ ބުނީ ގައްޒާފީއާ ސީދާ ކުރިމަތިން ދިމާވުމާ އެކު ގައްޒާފީގެ އަނިޔާވެރި ހުރިހާ އަމަލުތަކެއްގެ މަތިން ހަނދާންވި ކަމަށާއި އެއީ ވަރުގަދަ ޝަހުސިއްޔަތެއްކަން ހިތަށް ވެރިވި ކަމަށެވެ. އެކަމަކު ގަލަޒް ބުނީ ހަގީގަތުގައި ގައްޒާފީ އަކީ "މީދަލެއް" ކަމަށާއި އާރެއް ބާރެއް ނެތް ކަމަށެވެ. އޭނާ ބުނީ ގައްޒާފީ ފެނުނު އިރު ވެސް މުޅި ހަށިގަނޑުގައި އޮތީ ލޭ ކަމަށެވެ.
މޯބައިލް ފޯނުން ނަގާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ޕިކަޕް ޓްރަކެއްގެ ފަހަތަށް ގައްޒާފީ އަރުވައިގެން ގެނެސް ބޭލުމާ އެކު ހަނގުރާމަވެރިންގެ ބަޔަކު އައިސް ގައްޒާފީ ވަށާލަ އެވެ. ހަނގުރާމަވެރިން ބުނީ ޓްރަކުން ބޭލުމަށް ފަހު ގައްޒާފީ ދެން އެރުވީ އެމްބިއުލާންސަކަށް ކަމަށެވެ.
ލީބިއާގެ ވަގުތީ ސަރުކާރުން ބުނީ ގައްޒާފީ އަވަހާރަވީ ބޮލަށް އަރާފައިވާ ވަޒަނެއްގެ ސަބަބުން ކަމަށެވެ. އަދި އެއީ ގައްޒާފީގެ ސަޕޯޓަރުންނާއި ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރި ހަމަލާތަކުގެ ތެރޭގައި އަރާފައިވާ ވަޒަނެއް ކަމަށް ވެސް ބުނެ އެވެ. ނަމަވެސް އދ. އިން ވަނީ ގައްޒާފީ އަވަހާރަވި ސަބަބު ހޯދުމަށް ތަހުގީގުކުރުމަށް ގޮވާލައިފަ އެވެ.
"ގައްޒާފީ މަރާލީ އަހަރެމެންނެއް ނޫން،" ގައްޒާފީ އަތުލައިގަތް ހަނގުރާމަވެރިންގެ ލީޑަރަކު ބުންޏެވެ.
ތަރުކާރީ މާރުކާޓެއްގައި މަސް ފިނިކުރާ ތަނެއްގެ ތެރޭގައި ގައްޒާފީ ބާއްވާފައި އޮތް އިރު ގައްޒާފީގެ ދަރިއެއް ކަމަށްވާ މުއުތަސިމްގެ ހަށިގަނޑު ވެސް ވަނީ ގައްޒާފީއާ އެކު ބާއްވައިފަ އެވެ. މިސްރާތާގެ އާންމުން ދަނީ ގައްޒާފީގެ ހަށިގަނޑު ދެކެލުމަށް އެ ތަނަށް ޖަމާވަމުންނެވެ.
މީގެ އަށް މަސް ކުރިން ހަތިޔާރާ އެކު ނިކުތް ހަނގުރާމަވެރިން ގައްޒާފީ އަތުން އަތުލި އޭނާގެ ރަން ފިސްތޯލަ އާއި މެޝިން ބަޑީގެ އިތުރުން ސެޓެލައިޓް ފޯނެއް ވެސް ހަނގުރާމަވެރިން އެބަ ގެންގުޅެ އެވެ.
ހަނގުރާމަވެރިން ބުނީ ގައްޒާފީގެ ސެޓެލައިޓް ފޯނަށް އެންމެ ފަހުން ގުޅާފައި ވަނީ ސީރިއާގައި ހުރި މީހަކު ކަމަށެވެ. އަދި ފޯނުން ވާހަކަ ދައްކާފައި ވަނީ އަންހެނަކު ކަމަށްވެ އެވެ.
ގައްޒާފީގެ މަރާ މެދު އެކި މީހުން އެކި ގޮތަށް ވާހަކަ ދައްކާއިރު އެންމެ ބޮޑު ސުވާލެއް އުފެދިފައި ވަނީ ބެންގާޒީގެ ޒުވާން ހަނގުރާމަވެރިއެއް ކަމަށް ބުނާ މީހަކު ޔޫޓިއުބްގައި އާންމުކޮށްފައިވާ ވީޑިއޯއެއްގެ ސަބަބުންނެވެ. އެ ވީޑިއޯގައި ވާހަކަ ދައްކާ މީހާ ބުނަނީ ގައްޒާފީގެ ގަޔަށް ބަޑި ޖަހާފައި ވާނެ ކަމަށެވެ.
"އަހަރެން އޭނާ ގަޔަށް ދެ ވަޒަން ޖެހިން. އެއް ވަޒަން އެރީ ކިހިލިފަތް ދޮށަށް. އަނެއް ވަޒަން ބޮލަށް. އެކަމަކު އެ ވަގުތުން މަރެއް ނުވޭ. މަރުވީ ބައި ގަޑިއިރު ފަހުން،" ސަނަދު އަލް ސާދިގު އަލް އުރައިބީ ނަމަކަށް ކިޔާ ޒުވާނާ ވީޑިއޯގައި ބުނެ އެވެ.
ތިބާ ޤައްޛާފީގެ ނަން ޔޫޓިއުބްކޮށް އޭނާގެ ކުރީގެ ބައެއް ވީޑިޔޯތައް ބަލައިފިނަމަ، އޭނާ ދުވަހަކު މަރުނުވާނެ ފަދައިން އޭނާ ވާހަކަދައްކާފައިވާކަމަށް ތިބާއަށް ހީކުރެވޭނެ އެވެ. އިންސާނުން ބޮޑާވެ މަގުފުރެދި އަނިޔާވެރިވެގެން ދިޔުމަކީ ޢަޖައިބެކެވެ. މިހުރިހާ ކަމެއް މިވަނީ އޭނާގެ މަތީގައިވާ ކަލާނގެއަށް އޭނާ ކިޔަމަންވާން ޖެހޭކަން އޭނާ ހަނދާންނެތުމުންނެވެ. ﷲ ޤުރުއާނުގައި ވަޙީކުރައްވަނީ:
"ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ. އޭނާ އަމިއްލަޔަށް ފުދިގެންފިކަމަށް އޭނާޔަށް ފެނުމުންނެވެ."
ފިރުޢައުނާމެދު ﷲ ވަޙީކުރައްވާފައިވަނީ،
"އަދި އޭނާއާއި، އޭނާގެ لشكر حق އަކާ ނުލައި ބިމުގައި ބޮޑާވެގަތެވެ. އަދި ތިމަންރަސްކަލާނގެ حضرة އަށް އެއުރެން އަނބުރާ رجوع ނުކުރައްވާނެކަމަށް އެއުރެން ހީކުރޫއެވެ. ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ لشكر ހިއްޕަވައި، ދެން ތިމަންރަސްކަލާނގެ އެއުރެން ކަނޑު ލެއްވީމެވެ. ފަހެ، އަނިޔާވެރިންގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!"
ވަރަށް ގިނަ މީހުންނަކީ ޖާހިލު މޮޔަ ބައެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް މިހާރު "ރަސްކަލުންގެ ރަސްގެފާނު" [އެބަހީ އެކަމަށް ދަޢުވާކުރި ޤައްޛާފީ] ގެ ނިމުން ދެކޭނެ އެވެ. މިހާރު ޤައްޛާފީ ކޮބައިހެއްޔެވެ؟ އޭނާގެ ދަރިންނާއި އޭނާގެ ލަޝްކަރުތަކާއި، އޭނާގެ މުދަލާއި، އޭނާގެ ސަޕޯރޓަރުން ކޮބާ ހެއްޔެވެ؟ މިހާރު އޭނާ ކުރި ކަންތަކުގެ ޙަޤީޤަތާ އޭނާ ކުރިމަތިލާނެ އެވެ. 40އަށް ވުރެ ގިނަ އަހަރުގެ ބޮޑާކަމާއި އަނިޔާވެރިކަން މަދު ސުކުންތު ކޮޅެއްގެ ތެރޭގައި ނެތި ހިނގައްޖެ އެވެ. މަދު ހަފްތާތަކެއް ކުރިން އޭނާ އޭނާގެ މީހުން އެއީ މީދާތަކެއް ކަމުގައި ގޮވި މީހާ، ﷲގެ އިޛްނަފުޅާއެކު، ނުފެނި ޖަންގްޝަން ހޮޅިއެއްގައި ނެތިގެން އެދިޔައީ މީދަލެއް ފަދައިންނެވެ.
އޭނާގެ ޙަޔާތާއި މަރު އެއީ އެހެން ވެރިންނަށް އޮތް ޢިބްރަތެއްގެ އިތުރުން އަހަރެމެން އެންމެންނަށް ވެސް އޮތް ޢިބްރަތެކެވެ. ސަބަބަކީ އަހަރެމެން އެންމެންގެ ހިތުގައި ވެސް ކޮންމެވެސް ވަރަކަށް އަނިޔާވެރިކަމާއި ބޮޑާކަން އެކުލެވެ އެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުން އެމީހުންގެ ދަށުގައި ތިބޭ މީހުންނަށް ހަމަ އެބީދާއިން ކަންތައް ކުރަމު އެވެ. އަނެއް ބަޔަކު ނަޞީޙަތަށް ދެކޮޅު ހަދަ އެވެ. އަދި އާޔަތްތަކަށްވެސް މެ އެވެ. މީހުންގައި ހުންނަ ބޮޑާކަމުގެ އަސަރު ބަޔާންކުރައްވާ ﷲ ވަޙީކުރައްވަނީ:
"حق އަކާނުލައި ބިމުގައި ބޮޑާވެގެން އުޅޭމީހުން، ތިމަންރަސްކަލާނގެ آية ތަކުން އެއްކިބާކުރައްވާހުށީމެވެ. އެއުރެނަށް ކޮންމެ آية އެއް ފެނުނަސް، އެއަކަށް އެއުރެންނެއް إيمان އެއް ނުވެތެވެ. ރަނގަޅު ގޮތުގެ މަގު އެއުރެންނަށް ފެނުނަސް، އެއީ މަގެއްކަމުގައި އެއުރެން ނުހިފަތެވެ. އަދި ފުރެދުމުގެ މަގު އެބައިމީހުންނަށް ފެނިއްޖެނަމަ، އެއީ މަގެއްކަމުގައި އެއުރެން ހިފަތެވެ. އެއީ އެއުރެން ތިމަންރަސްކަލާނގެ آية ތައް ދޮގުކޮށް، އަދި އެ آية ތަކާމެދު غافل ވެގެންވާ ބަޔަކު ކަމުގައި އެއުރެން ވީކަމަށްޓަކައެވެ."
ޤައްޛާފީ ވެއްޓެން ވުމުން އޭނާ އާ ދުރަށް ޖެހުނު އެންމެ ފުރަތަމަ ބަޔަކަށްވަނީ ފާޅުގައި ނުވަތަ ސިއްރުގައި ޤައްޛާފީއަށް ތާއީދުކުރި ހުޅަނގުގެ ގިނަ ޤައުމުތަކެވެ. މިކަމާ މެދު އަޅުގަނޑުމެން ފިކުރުކޮށް، އެމީހުންގެ އަމިއްލަ އެދުންތަކަށް ކުލަ ބަދަލުކޮށް އަދި އެއްވެސް ވެލިޔުއަކަށް އިޚްތިރާމެއްނެތް ބައެއްގެ ފަރާތުން ޙިމާޔަތް ހޯދުމުން ދުރުހެލިވާކަށް ނުވޭތޯ އެވެ؟
އަޅުގަނޑުމެންގެ މުސްލިމް އުންމަތް ދިރިއޮތްކަމާއި، އޭގެ މަޤާމް ހޯދުމަށްޓަކާ ހޭލަމުންދާ ކަން ލީބިޔާގެ ރައްޔިތުން ޘާބިތުކޮށްދީފި އެވެ. ﷲ ވަޙީކުރައްވަނީ،
"މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّة ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمر ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް إيمان ވަމުއެވެ. ފޮތުގެ أهل ވެރިން إيمان ވީނަމަ، އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެއުރެންގެ ތެރެއިން إيمان ވެގެންތިބި މީހުންވެއެވެ. އަދި، އޭގެތެރެއިން ގިނަމީހުންނީ فاسق ންނެވެ."
ނުވާނެކަންތައް ވާނެކަންތަކަށް ބަދަލުކޮށްލެވިދާނެކަން ލީބިޔާގެ ރައްޔިތުން ހާމަކޮށްދީފި އެވެ. މަދު އަހަރުކޮޅެއް ކުރިން ތިބާ މީހެއް ގާތު ޤައްޛާފީ ބޭރުކޮށްލެވިދާނެތޯ އަހައިފިނަމަ، އެކަކުވެސް އެކަމަކީ ވާނެކަމެއް ކަމަށް ޤަބޫލެއް ނުކުރާނެ އެވެ.
އެހެނަސް، ﷲ ގެ އިރާދަފުޅާއެކު، އެކަން ވެއްޖެ އެވެ. މުސްލިމުން އެމީހުންގެ ޙާލަތާއި އަދި މުސްތަޤްބަލާމެދު ދެކެމުންދާ ގޮތް ބަދަލުކުރަން ވެއްޖެ އެވެ. އެހެނީ، މުސްލިމުން މެދުއިރުމަތީގެ އެންމެ ނުބައި ތިން އަނިޔާވެރިން ބޭރުކޮށްލައިފީމު އެވެ. އަދި އަވަސް މުސްތަޤްބަލެއްގައި އެ އެންމެންނަށް ވުރެ އެންމެ ނުބައި ސީރިޔާގެ ރައީސްވެސް ބޭރުކޮށްލާނެ އެވެ

ކާނަލް މުޢައްމަރުލް ޤައްޒާފީގެ ސަރުކާރުގައި ސަލާމަތީ ބޮޑެއްގެ ޙައިޞިއްޔަތުން މަސައްކަތްކުރަމުން ދިޔަ މަންޞޫރު ދައު ހައްޔަރު ކުރެވުނުތާ އިރުކޮޅެއްފަހުން ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ކިޔައިދިނެވެ.
ޚަބަރުތަކުން ބުނާގޮތުގައި ޤައްޒާފީ އަތުލައިގަނެފައިވަނީ ނަރުދަމާ ހޮޅިއެއްގެ ތެރޭގައި މީދަލެއްހެން ފިލައި އޮއްވައެވެ. އިދިކޮޅު ފަރާތްތަކުން ތަރާބުލްސް ހިފުމަށްފަހު، ސިރްތަށް ދަތުރުކޮށް، މަންޞޫރު ވެސް ދިރިއުޅެމުންދިޔައީ ޤައްޒާފީގެ ސަރުކާރުގެ ބޮޑުންނާއެއްކޮށް އެއް ސަރަޙައްދެއްގައެވެ. އޭނާ ދަޢުވާކުރާގޮތުން ޤައްޒާފީ އެއވެސް ހަނގުރާމައެއްގައި ޢަމަލީގޮތުން ބައިވެރިވެފައެއް ނުވެއެވެ.
އެންމެ ފަހު ދުވަސްތަކުގައި، ޤައްޒާފީއާ އޭނާގެ ބައިވެރިން ދިރިއުޅެމުން ދިޔައީ ސިރްތުގައިހުރި ޤައްޒާފީގެ ޢާއިލީމީހުންގެ އެކިއެކި އެޕާޓްމަންޓު ތަކުގައެވެ. އެތަންތަނުގެ މީހުންވަނީ އެ ސަރަޙައްދު ދޫކޮށް ގޮސްފައެވެ. "ތަރާބުލްސް ވެއްޓުމަށްފަހު، އަހަރެން ސިރްތަށް ދިޔައިން. އެތަނުން އަހަރެންނާ ޤައްޒާފީއާ ދިމާވި. އަހަރެންހުރީ އޭނާގެ ކައިރީ." މަންޞޫރު އިންޓަވިއުގައި ބުނެފައިވެއެވެ. އޭނާ ބުނިގޮތުގައި ޤައްޒާފީ ސިރްތަށް ދިޔައީ އޮގަސްޓު މަހުގައެވެ. އެއީ އެތަނުގައި އޭނާއަށް ސަޕޯޓު އޮތީމައެވެ. "އެންމެ ފުރަތަމަ އޭނާއަށް ވަރަށް ސަޕޯޓަރުންނާ ވަފާތެރިން ތިބި. އެކަމަކު ޙަމަލާތައް ވަރުގަދަވުމުން، އޭގެ ތެރެއިން ގިނަބަޔަކު އަވަށް ދޫކޮށް ދިޔައީ." އޭނާ ބުންޏެވެ.
ސިރްތުގެ ޙަމަލާތައް އޮބިނޯންނަ ވަރަށް ވަރުގަދަވުމުން، ޤައްޒާފީއާއެކު މަންޞޫރުވެސް ސިރްތުން ނުކުންނަށް ދުއްވައިގަތީ ފައިމަގުގައެވެ. އެހެނީ، ނޭޓޯގެ ފައުޖުތަކާއި އިދިކޮޅު ފަރާތްތަކުގެ ޙަމަލާތަކުގައި ޤައްޒާފީ ގެންގުޅުނުހާ އުޅަނދެއް ވަނީ ހަލާކުވެގޮސްފައެވެ. ފައިސާގެ މަތީގައި އުނދުހެމުންދިޔަ ޤައްޒާފީ، އެވަގުތު ދުއްވާލާނެ ބައިސްކަލުގަނޑެހާ ހިސާބުވެސް ނެތެވެ.
އެމީހުން ފިލަން ދުއްވައިގަތް ވަގުތު، ދެމުން ދިޔަ ބޮމުގެ ޙަމަލާތަކުގެ ސަބަބުން، އެތިގަނޑެއް އައިސް މަންޞޫރުގެ ގާގައި ޖެހި ހޭނެތިގެން ވެއްޓުނު ކަމަށް އޭނާ ބުނެއެވެ. ޤައްޒާފީ ނަރުދަމާ ހޮޅިއެއްގެ ތެރެއިން އަތުލައިގަތީ އެވަގުތުގައި ކަމަށްވެސް ވެދާނެކަމަށް އޭނާ ބުނެފައިވެއެވެ. އެމީހުންގެ ދިފާޢުގައި ޢާއްމުން އައްޑަނައެއްގެ ގޮތުގައި ބޭނުންކޮށްފައިވާކަމަށް މީޑިއާތަކުން ބުނިބުނުމަށް އޭނާ އިންކާރުކޮށްފައިވެއެވެ. އަދި އަވަށުގެ މީހުން އެތަން ދޫކޮށް ދިއުމަށާއި އެތަނަށް ކާބޯތަކެތި ވެއްދުމުގެ މަގު ހުޅުވާލެވިފައިވާނޭކަމަށް، މަންޞޫރު ބުނެފައިވެއެވެ.
ކިބުރުވެރިކަމާ ބޮޑާވެރިކަމުގައި ދިރިއުޅެމުން އައި ޤައްޒާފީ، އެންމެ ފަހު ވަގުތު ފެނިގެން ދިޔައީ ނިކަމެތިވެ އާރެއް ބާރެއްނެތް ކުޅޭކުޅޭ އެއްޗެއްގެ ގޮތުގައެވެ. އޭނާ ހައްޔަރުކޮށްގެން ގެނެސް ލޮރީން ބޭލިވަގުތު އޭނާގެ ގަމީސްވަނީ އެއްކޮށް ލެއިންތަތްތެޅީފައެވެ. ވީޑިއޯތަކުން ފެނިގެންދާގޮތުގައި، ހިނިތުންވުމުގެ ބަދަލުގައި އޭނާގެ މޫނުމަތިން ފެންނަނީ ބިރުވެރިކަމާއި މާޔޫސްކަމެވެ. ވަޙުޝީ އަންހެން ބޮޑީގާޑުންގެ ހިމާޔަތުގައި ތަންތަނަށް ދަތުރުކޮށް އުޅުނު ޤައްޒާފީގެ ޙިމާޔަތެއް، ދުނިޔެމަތިން އޭނާ އެންމެ ބޭނުން ޖެހުނު ވަގުތުގައި ލިބޭގޮތެއް ނުވިއެވެ. މޫނު މަތީގައި ދަނގަޑު ބަޑިއަކުން ޖެހިއިރުވެސް، އަތް ދިއްކޮށްލާނެ ހިތްވަރެއްވެސް އެކަލޭގެއަކަށް ނުލިބުނެވެ.
ކޮންމެ ނަފްސަކީވެސް މަރުވާނެ ނަފްސެކެވެ. އެކިމީހުން ދުނިޔެ ދޫކޮށްދަނީ އެކިގޮތްގޮތަށެވެ. މަރުވާނީ ކޮން ބިމަކަށްކަމެއް، ކިހިނެއްކަމެއް އެނގޭނެ މީހަކު ނެތެވެ. ގަދަކީރިތިވަންތަ ﷲ ގެ ޤަދަރު އެގޭނެ އެއްވެސް ފަރާތެއް ނެތެވެ. ދުނިޔޭގައި މުދަލާއި ފައިސާ އަދި ބާރު ލިބިގެން އުޅެފައި މީގެކުރިންވެސް އަނިޔާވެރިންވަނީ ނިމިގެން ގޮސްފައެވެ. ދުނިޔަވީ ޢިއްޒަތްތެރިއެއްގެ ގޮތުގައި ދިރިއުޅުން ހޭދަކުރަމުން "ޔުނީކު" ގޮތްތައް އަބަދުވެސް އިޚްތިޔާރުކުރަމުން އައި ޤައްޒާފީ، މަރުވުމަށް އިޚްތިޔާރުކުރީވެސް އެހާ ޔުނީކު ގޮތެކޭ ބުނެވިދާނެތޯއެވެ؟
نَّمَا أَمْرُهُ إِذَا أَرَادَ
شَيْئًا أَنْ يَقُولَ لَهُ كُنْ فَيَكُونُ ( يس 82 )
" އެކަލާނގެ ކަމަކަށް
އިރާދަކުރައްވައިފިނަމަ، އެކަލާނގެ އަމުރުފުޅުވާކަން ކަށަވަރީ އެކަމަށް،
"ވާށޭ" ވަޙީ ކުރެއްވުމުން ދެން އެކަމެއް ވެދެއެވެ. "
وَمَا تَدْرِي نَفْسٌ مَّاذَا
تَكْسِبُ غَدًا وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ إِنَّ اللَّهَ
عَلِيمٌ خَبِيرٌ ( لقمان 34 )
"އަދި އެއްވެސް ނަފްސަކަށް، އެނަފްސެއް
މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭންގެއެވެ. އަދި އެއްވެސް ނަފްސަކަށް
އެނަފްސެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭންގެއެވެ. ހަމަކަށަވަރުން، ﷲއީ،
މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ."
ޣާފިލް ކަމުގެ ނިދީން ނިދާފައިތިއްބައި ކުއްލިއަކަށް މަރުއައިސް ޖެހުމުން
ވެގެންދާނޭގޮތް ކީރިތި ޤުރުއާނުގެ المؤمنون ސޫރަތުގައި މާތްﷲ ވަޙީ ކުރައްވާފައިވަނީ
މިފަދައިންނެވެ.
حَتَّىٰ
إِذَا جَاءَ أَحَدَهُمُ الْمَوْتُ قَالَ رَبِّ ارْجِعُونِ ﴿٩٩﴾
لَعَلِّي أَعْمَلُ صَالِحًا فِيمَا تَرَكْتُ ۚ كَلَّا ۚ إِنَّهَا
كَلِمَةٌ هُوَ قَائِلُهَا ۖ وَمِن وَرَائِهِم بَرْزَخٌ إِلَىٰ يَوْمِ
يُبْعَثُونَ ﴿١٠٠﴾
މާނައީ: ” އެއުރެންކުރެ މީހެއްގެ ގާތަށް މަރު އަތުވެއްޖައުމަށް ދާންދެނެވެ.
އެހިނދު އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ (ދުނިޔޭގެ حياة އަށް) އަލުން އަނބުރައި ފޮނުއްވާނދޭވެ!
(އެއީ) ތިމަންފަހަތަށް ދޫކުޅަ ކަންތަކުގައި صالح عمل ކުރުމުގެ އެދުމުގައެވެ. ހަމަހިލާ
އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއީ އޭނާ ބުނެލާ ބަހެކެވެ. އަދި
އެއުރެންގެ ފަހަތުގައިވަނީ ފަރުދާއެކެވެ. އެއުރެން އަލުން ދިރުމަކަށް ފޮނުއްވާ
ދުވަހަށްދާނދެނެވެ. “
0 comments:
Post a Comment